އީރާންގެ އިމާމް ޚުމައިނީ އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރުތައް އަލުން ފަށައިފި
އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓް (އައިކޭއައިއޭ) އިން ބައިނަލްއަގުވާމީ ބައެއް ދަތުރުތައް މިއަދު ހެނދުނު އަލުން ފަށައިފިއެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ދަތުރުތައް އަލުން ފެށުމާއެކު އެންމެ ފުރަތަމަ ފުރި ފްލައިޓްތައް ދަތުރުކޮށްފައިވަނީ މެދުއިރުމަތީގެ އެކި ސިޓީތަކަށެވެ. މީގެ ތެރޭގައި ސައުދީ އަރަބިއްޔާގެ މަދީނާ، އޮމާންގެ މަސްކަޓް އަދި ތުރުކީގެ އިސްތަންބޫލް ހިމެނެއެވެ. ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ފެށުނު ފަހ...