ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރަށް ބަދަލުކުރި 52 އާއިލާއަކަށް ބަދަލު ފައިސާ ހަވާލުކުރަނީ ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން 2011 ވަނަ އަހަރު ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވާ ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫއިން ބަދަލުކުރައްވާފައިވާ އާއިލާތަކުގެ ތެރެއިން މިހާތަނަށް ދާއިމީ ބޯހިޔާވައިކަން ލިބިފައިނުވާ 52 ޢާއިލާއަށް ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ބަދަލުފައިސާ ދޭން ނިންމައިފިއެވެ. ނޮޅިވަރަންފަރު ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ބަދަލުފައިސާގެ ތެރެއިން ފުރަތަމަ ދިނުމަށް ހަމަޖެހިފައިވާ ފައިސާ މިހާރު ކައުންސިލަަށް ލިބިފައިވާ ކަމަށެވެ. އަދި މިފައިސާ... Thiladhun · 7 އަހަރު ކުރިން
ރާއްޖެ މަރާލާ ކޮންމެ 3 ބުޅަލަކަށް އުނގޫފާރު ކައުންސިލުން 100 ރުފިޔާ! މަރާލާ ކޮންމެ ތިން ބުޅަލަކަށް 100 ރުފިޔާ ދޭން އުނގޫފާރު ކައުންސިލުން ނިންމައިފިއެވެ. އުނގޫފާރު ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ބުޅާ ގިނަވެ އާންމު އުދަގުލަކަށް ވެފައިވާތީއެވެ. އުނގޫފާރު ކައުންސިލުން ބުނީ މިއީ ރަށުން ބުޅާ މަދުކުރުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އުނގޫފާރު ކައުންސިލުން މިއަދު އާންމުކޮށް ކުރި އިއުލާނެއްގައި ބުނީ އަމިއްލަ ބޭނުންތަކަށް ގޭގައި ބުޅާ ގެންގުޅޭނަމަ ގެންގުޅެންވާނީ އާންމުންނަށް އުނދަގޫ ނުވާގޮތަށް ކަމަށެވެ. އުނގޫފާރު ކައުންސިލުން ބުނީ މަގުމަތީގައި އުޅޭ ބުޅަލަކ... Thiladhun · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ.އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް މާލީއެހީ ދޫކުރަނީ ޞިއްޙީދާއިރާގެ ތަރައްޤީއަށާއި، ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން މި އަހަރު ހިންގޭ ޕްރޮގްރާމުތަކަށް މާލީ އެހީދިނުމަށް ށ.އަތޮޅުކައުންސިލާއި، ށ.ފުނަދޫ އަތޮޅުހޮސްޕިޓަލާ ދެމެދު ވެވޭ ފަހުމުނާމާގައި އިއްޔެ ސޮއިކޮށްފިއެވެ. އިއްޔެ ހެނދުނު ށ.އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތުގައި ށ.ފުނަދޫ އަތޮޅުހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ ހެލްތު ސަރވިސް އަލްފާޟިލް އަޙްމަދު ޒުމްރަތެވެ. ށ.އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނާއިބުރައީސް ޢަބްދުﷲ ނާހިދެވެ. މި ޕްރޮގްރާމުގ... ފާތިމަތު ސިނާޒާ · 7 އަހަރު ކުރިން
ކުޅިވަރު ޤައުމީ ބާސްކެޓު ޓީމު ފަރިތަކުރުންތަކަށް ކުޅުދުއްފުއްޓަށް މިއަހަރު ނޭޕާލުގައި އޮންނަ ސައުތު އޭސިއަން ގޭމްސްގައި ވާދަކުރާ ދިވެހި އަންހެން ޤައުމީ ބާސްކެޓް ޓީމު، ސައުތު އޭސިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތަކެއް ބޭއްވުމަށް ހދ. ކުޅުދުއްފުއްޓަށް ފުރައިފިއެވެ. އިއްޔެ ކުޅުދުއްފުއްޓަށް ފުރި ދިވެހި އަންހެން ޤައުމީ ބާސްކެޓް ޓީމުގައި 13 ކުޅުންތެރިންނާއި، 3 އޮފިޝަލުން ހިމެނެއެވެ. މިޓީމު ހަފްތާއެއްވަންދެން ކުޅުދުއްފުށީގައި ފަރިތަކުރުންތައް ބާއްވާނެއެވެ. ބާސްކެޓް ބޯލް އެސޯސިއޭސަނުން ވިދާޅުވި ގޮތުގައި، މިދަތުރަށް މިފަހަރު ކުޅުދުއްފުށި ޚިޔާރުކުރީ އުތ... ޙުސައިން ޝަހުދީ · 7 އަހަރު ކުރިން
ރާއްޖެ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ބީ.އެމް.އެލްއިން ފާހަގަކޮށްފި ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ހަރަކާތެއް ބާއްވައިފިއެވެ. ބޭންކްގެ މުއާމަލާތްތަކާއި މާލީގޮތުން އުމުރުން ދުވަސްވީ މީހުން ހޭލުންތެރިކުރުމަށް ޚާއްސަކޮށްގެން ބޭއްވި މިހަރަކާތް ހިންގާފައިވަނީ ބޭންކް އޮފް މޯލްޑިވްސް އާއި އޭޖްޑް ކެއާ މޯލްޑިވްސް ގުޅިގެންނެވެ. އުމުރުން ދުވަސްވީ މީހުނަށް ޚާއްސަކޮށްގެން އިއްޔެ ކުރިއަށް ގެންދެވުނު މިހަރަކާތުގައި ބޭންކާއިބެހޭ މައުލޫމާތު ހޯދޭނެ ގޮތްތަކާއި، ރައްކާތެ... ޔުމްނާ ޢަލީ · 7 އަހަރު ކުރިން
ކޮލަމް ނަލަނަލަ ނައިވާދޫ: ލޯކަލް ޓޫރިޒަމް ފައްކާކުރަން ހަމަ މަރެއް ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓުން ފުރައިގެން ސްޕީޑް ލާންޗެއްގައި 30 މިނިޓު ރާސްތާގައި އޮންނަ ހދ. ނައިވާދޫއަކީ އަތޮޅުގައި ލޯކަލް ޓޫރިޒަމް ވިޔަފާރި ފައްކާކުރަން ހޮވާލެވޭނެ އެންމެ ރަނގަޅު ރަށްތަކުގެ ތެރެއިން އެއްރަށެވެ. ހދ. ކުޅުދުއްފުށި އެއަރޕޯރޓުން ފުރައިގެންވެސް ސްޕީޑް ލާންޗެއްގައި 25 މިނިޓުން ހދ. ނައިވާދޫއަށް ފޯރާނެއެވެ. އާބާދީގައި 866 މީހުން ތިބި ނައިވާދޫގައި ދިރިއުޅެނީ 400 އެއްހާ މީހުންނެވެ. ނައިވާދޫއަކީ އަތޮޅުގައި ހިޖުރަކުރުމުގެ މައްސަލަ އެންމެ ބޮޑަށް ތަހައްމަލު ކުރަމުންދާ އެއްރަށްވެސ... ޙުސައިން ޝަހުދީ · 7 އަހަރު ކުރިން
ރާއްޖެ 3 ސަރަޙައްދެއްގައި ޕާކު ކުރާނަމަ ޚާއްޞަ ސަމާލުކަމެެއްދީގެން ޓޯވ ކުރަނީ 3 ސަރަހައްދެއްގައި ޕާކު ކުރާނަމަ ޙާއްސަ ސަމާލުކަމެެއްދީގެން ޓޯވ ކުރާނެކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ ބޮޑުތަކުރުފާނުމަގު މެހެލިގޯޅި ގުޅޭ ހިސާބު MTCC ފެރީޓަރމިނަލް ކުރިމަތިން ފެށިގެން ބޮޑުތަކުރުފާނުމަގު ބޭންކް އޮފް މޯލްޑިވްސް ޑޮލަރު ATM އާއި ދެމެދު ބޮޑުތަކުރުފާނުމަގާއި އަމީނީމަގު ބޭންކް އޮފް މޯލްޑިވްސް ކަސްޓަމަރ ސަރވިސް ސެންޓަރު ސަރަޙައްދު އަދި ކަނބާއައިސާރަނިހިނގުން އައިޖީއެމްއެޗް ހޮސްޕިޓަލް ސަރަޙައްދެވެ. ފުލުހުން ބުނެފައިވަނީ މަތީގައި ބަޔާންކޮށްފައިވާ 03 ސަރަޙައްދުގައި މި ފަހަ... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ރާއްޖެ "މަގޭ ސިކުނޑީ ތެރޭ" އެގްޒިބިޝަން އިފްތިތާޙް ކޮށްފި ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި “މަގޭ ސިކުނޑީ ތެރޭ” ގެ ނަމުގައި ބާއްވާ އެގްޒިބިޝަނާއި، ނަފްސާނީ ބަލިތައް ތަޙައްމުލު ކުރަމުންދާ މީހުންނަށް އެހީތެރިވުމަށް ހިތްވަރުދޭ “ބީ ކައިންޑް” މޫވްމަންޓް އިފްތިތާޙު ކޮށްފިއެވެ. “މަގޭ ސިކުނޑީ ތެރޭ” އަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި، ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްއާއި، ރޮޓަރީ ކްލަބް އޮފް މާލެ ގުޅިގެން އިންތިޒާމްކޮށްފައިވާ ފަންނުވެރިކަމުގެ [... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ރާއްޖެ "ލާމަރުކަޒީ ކުރުމަށްޓަކައި، ފުރަތަމަވެސް ކުރަންވީ ކަމަކީ ބަޖެޓް ލާމަރުކަޒީ ކުރުން" ލާމަރުކަޒީ ކުރުމަށްޓަކައި، ފުރަތަމަވެސް ކުރަންވީ ކަމަކީ ބަޖެޓް ލާމަރުކަޒީ ކުރުންކަމަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރ އަލްއުސްތާޛް އަލީ ހުސައިން ވިދާޅުވެއްޖެއެވެ. މެންބަރު އަލީ މިހެން ވިދާޅުވީ، ކުރައްވާފައިވާ ޓުވީޓެއްގައެވެ. ޓްވީޓްގައި އަލީ އިތުރަށް ވިދާޅުވެފައިވަނީ ބަޖެޓުގެ އިންވެސްޓްމަންޓްގެ ބައިން ކޮންމެ ބޮލަކަށް ޖެހޭ މިންވަރު އެމީހަކު ނިސްބަތްވާ ރަށަކަށް ޚަރަދުކުރަންވީ ކަމަށާއި، ހުރިހާ ފައިސާއެއް އެއްދިމާއަކަށް އޮއްސާލީމައި މަރުކަޒީ ފަންވަރު އިތުރުވެ ތޮއްޖެހުން އިންތިހާއަށް... ޔުމްނާ ޢަލީ · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތީމުގައި އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކޮށްފި ހއ. އުތީމު ކައުންސިލާއި އެރަށުގައި ހުންނަ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން އުމުރުން ދުވަސްވީ މީހުންގެ ދުވަސް އެރަށުގައި ފާހަގަކޮށްފިއެވެ. އުތީމު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދިޔަ މިހަރަކާތުގައި މިއަދުވަނީ އުތީމުގެ އުމުރުން ދުވަސްވީ މީހުން އުޅޭ ގޭގެޔަށް ޒިޔާރަތްކޮށް، އުމުރުން ދުވަސްވީ މީހުންނަށް ހަދިޔާ ދީފައެވެ. މިއަދަކީ، ބައިނަލް އަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހެވެ. މިއަދުގެ އުތީމުގައި އޮތް ހަރަކާތުން އެރަށުގެ އުމުރުން ދުވަސްވީ މީހުނަށްވަނީ އުފާވެރިކަން ލިބިގެންގޮސްފައެވެ. ޔުމްނާ ޢަލީ · 7 އަހަރު ކުރިން
ޚަބަރު ފްރީޑައިވިންގް ވަރލްޑް ރެކޯޑް ޤާއިމުކުރުމުގައި ރައީސް ބައިވެރިވެވަޑައިގެންފި މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމް ކޮށްގެން “ނޭވާ” ގެ ނަމުގައި މިއަދު ރާއްޖޭގައި ބޭއްވި ފްރީޑައިވިންގް ވަރލްޑް ރެކޯޑް ޤާއިމުކުރުމުގައި ޢަމަލީގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންފިއެވެ. ފްރީޑައިވިންގް ރެކޯޑް ޤާއިމު ކުރުމަށް ބޭއްވި މި ޙަރަކާތް ބާއްވާފައިވަނީ މިއަދު ހަވީރު ބަރޮސް މޯލްޑިވްސްގެ ފަޅުގައެވެ. ރާއްޖެއިން ފްރީޑައިވިންގް ރެކޯޑް ހެދުމުގައި ރައީ... ޔުމްނާ ޢަލީ · 7 އަހަރު ކުރިން
ރާއްޖެ ”ފްރީ ޑައިވް“ ދުނިޔޭގެ ރެކޯޑް ރާއްޖެއިން މުގުރާލައިފި ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ފްރީ ޑައިވް ވޯލްޑް ރެކޯޑެއް ހަދައިފިއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އިން މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވޯލްޑް ރެކޯޑެއް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ”ފްރީ ޑައިވް“ ހަރަކާތް “ނޭވާ” ކުރިއަށްގެންގޮސްފައިވަނީ ބަރޮސް މޯލްޑިވްސް ފަޅުތެރޭގައެވެ. It's official! With 521 participants, #Maldives has broken the #GuinnessWorldRecord for most people freediving simultaneously today!#NEYVAA @GWR#WTD20... ޔުމްނާ ޢަލީ · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފީވަކު މަގު ބައްތިތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ ށ. ފީވަކު މަގު ބައްތިތައް މަރާމާތުކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށް ގެޒެޓް ކޮށްފިއެވެ. ފީވަކު ކައުންސިލް އިން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ރަށުގެ ބަނދަރާއި، މަގުތަކާއި އަދި އިޖުތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިވާ ބައްތިތައް، ކޮންޓްރެކްޓް އުޞޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 06 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ށ. ފީވަކު ކައުންސ... Thiladhun · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުރިނބިގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ހަވާލުކޮށްފި ހދ.ކުރިނބިގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ވިތް ވޯޓަރ އިންޖިނިއަރިންގ ސަރވިސަސް އެފް.ޒެޑް.އީ އާއި މިއަދު ހަވާލުކޮށްފި އެވެ. ކުރިނބީ ފެނާ ނަރުދަމާގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ޕްލޭން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިއަދު ހަވާލުކުރެވުނު މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 19,757,340.00 ރުފިޔާއަށެވެ. މިރަސްމިއްޔާތުގައި ރ.އަނގޮޅިތީމުގެ ފެނާ ނަރުދަމާގެ އެއްބަސްވުމުގައިވެސް އެފަރާތުން ވަނީ ސޮއިކ... ފާތިމަތު ސިނާޒާ · 7 އަހަރު ކުރިން
ރިޕޯޓް ދިރާގުގެ 31 އަހަރުގެ "ގަދަ ދަތުރު" ދިވެހިންނަށް ލުޔެއް! ދުނިޔޭގެ ޗާޓުގައި ތިކިތަކެއް ފަދައިން ބަބުޅާ ވިދަމުންދާ މިކުޑަ ކުޑަ ދިވެހިރާއްޖެއަކީވެސް މުވާސަލަތީގޮތުން ދުނިޔޭގެ އެހެން ގައުމުތަކާއި އެއް ހަމައަކަށް ދަތުރު ކުރަމުން އަންނަ ގައުމެކެވެ. އެގޮތުން ރައްޔިތުންގެ އިތުބަރާއި ޔަގީންކަން ލިބިފައިވާ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އަށް މިއަދު 31 އަހަރު ވެފައިވާއިރު ދިރާގަކީ 1 އޮކްޓޫބަރ 1988 ގައި ޤާއިމް ކުރެވުނު ދިވެހިރާއްޖޭގައި ޓެލެކޮމިޔުނިކޭޝަންގެ ޚިދުމަތް އެންމެ ފުރަތަމަ ދޭންފެށި ފަރާތެވެ. މިއަދުވެސް ދިރާގަކީކުރިއެކޭ އެއްފަދައިން އެޚިދުމަތްތައް ދިވެހިރާ... ފާތިމަތު ސިނާޒާ · 7 އަހަރު ކުރިން