ތިލަދުންމަތީ ޚަބަރު ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ހިޔާލާއި މަޝްވަރާ ހޯދައިފި ހޯރަފުށީގެ ދެމެހެއްޓެނިވި ތަރައްގީއާއި ހަމަށް ވާސިލްވުމާއި ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާ ކޮށްފިއެވެ. ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު، އަހްމަދު ސަލީމް ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ އިސްލާމް ދީނަށް ލޯބިކުރާ، ރަށްދެކެ ލޯބިވާ، ހުނަރުވެރި ޖީލެއް އުފެދުމަކީ ތަރައްގީގެ އެންމެ މުހިންމު އެއް ތަނބު ކަމަށެވެ. މިމަހުގެ ފަސް ވަނަ ދުވަހު ކުރިޔަށް ގެންދިޔަ މި މަޝްވަރާ ބައްދަލުވުމު... Thiladhun · 7 އަހަރު ކުރިން
ޚަބަރު އިސްލާމީ ޤައުމުތަކުގެ ޖަމިއްޔާގެ ނިންމުމަށް ރައީސް ނަޝީދު ތާއިދެއް ނުކުރޭ އިންޑިއާގެ ޖައްމު އަދި ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލައި، ގާނޫނީ އެންމެ މަތީ ބާރުތައް ބޭނުންކުރުމުގެ ހުއްދައާއެކު ދިހަހާހަށްވުރެ ގިނަ ސިފައިން އިންޑިއާގެ ސަރުކާރުން އެ ސަރަހައްދަށް ފޮނުވާފައިވާ މައްސަލައިގައި، އިސްލާމީ ގިނަ ގައުމުތަކަކުން ކަންބޮޑުވުން ފާޅުކޮށްއިންޑިއާ ސަރުކާރާ ދެކޮޅަށް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ “އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން” އިން ނިންމާފައިވާ ނިންމުމަށް، ރާއްޖެ އޮތީ ތާއީދު ނުކުރާ ގޮތަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މު... ޔުމްނާ ޢަލީ · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށުން 600 އަށް ވުރެ ގިނަ ރުއްގަސް ނަގައިފި ހއ ބާރަށުން ރުއްގަސް ނެގީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެ ރަށުން 600 އަށް ވުރެ ގިނަ ރުއް ނެގުމުގެ ހުއްދަ ދިނީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ. ހއ. ބާރަށް އަދި ކެލާ އާއި ށ. ފޯކައިދޫއިން ރުއްގަސް ނަގަމުންދާ ކަމުގެ މައުލޫމާތާއި ފޮޓޯ މިހާރު ވަނީ މީސްމީޑިޔާގައި ފެންމަތިވެފައެވެ. އެކަމާ ދެކޮޅަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ މީހުން ދަނީ މީސް މީޑިއާގައި ޝުއޫރު […] އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާއިން ރުއްގަސް ނަގައިގެން ގެންދަނިކޮށް ހުއްޓުވައިފި ހއ. ކެލާ އިން ރުއް ނަގައި ބޭރުކުރުން ހުއްޓުވާފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ. މިއަދު އެންވަޔަރެމެންޓް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަލީ ނަސީރު ވިދާޅުވީ، ރުއްގަސް ނަގަނީ ގާނޫނީ އިމުގެ ތެރެއިންތޯ މިނިސްޓްރީއާއި އީޕީއޭއިން ކަށަވަރު ކުރާ ކަމަށެވެ. މިހާރު ރުއްގަސް ނަގަމުންދާ ތަންތަނަށް ބަލާއިރު، ކެލާގައި ރުއްގަސް ނެގުމުގައި މައްސަލަތަކެއް އުޅޭކަން ފާހަގަވެގެން އެކަން އީޕީއޭއިން އެކަން... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ.އަތޮޅު މަދަރުސާގެ ބައެއް އިމާރަތްތައް ކޮށް ދޭނެ ފަރާތެއް ހޯދަނީ ށ.ކަނޑިތީމުގައި ހުންނަ އެއަތޮޅު، އަތޮޅު މަދަރުސާގެ 05 ކްލާސްރޫމް ޢިމާރާތުގެ ޕާޓިޝަންތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ. އެގޮތުން އެމަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމަށް ނަންނޯޓްކުރުމާއި، ބީލަންފޮތާއި ޙަވާލުވުމަށް 07 އޮކްޓޫބަރ 2019 އިން 13 އޮކްޓޫބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00އަށް އެއިދާރާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޮކްޓޫބަރ 2019 ވާ ހޯމ... ފާތިމަތު ސިނާޒާ · 7 އަހަރު ކުރިން
ވިޔަފާރި އުޅޭ ސްކޫލެއްގެ ތައްގަނޑުޖަހާފަ ދިރާގަށް އެޕްލިކޭޝަން ލީމަ "+A" ޓީޗަރުންނަށް ހާއްސަ “އޭ ޕްލަސް” އޮފާއެއް ދިރާގުން ތައާރަފު ކޮށްފިއެވެ. މިއީ ޓީޗަރުންގެ ދުވަހާއި ގުޅިގެން އެ ކުންފުނިން ތައާރަފްކުރި އޮފާ އެކެވެ. ދިރާގުން ތައާރަފްކޮށްފައިވާ “އޭ+” އޮފާގެ ދަށުން ގިނަ ހިދުމަތްތަކެއް ލިބެ އެވެ. އޭގެ ތެރޭގައި: އަލަށް ގުޅާ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުން ޕޯސްޓްޕެއިޑް 350 ޕްކޭޖުން މަތީގެ ޕެކޭޖުތައް ގެންގުޅޭ ފަރާތްތަކަށް ތިން މަސްދުވަސް ވަންދެން 2 ޖީބީއާ ހަމަ އަށް ހިލޭ ޑޭޓާ ދިރާގުން ގަންނަ ސެމްސަންގް، ވާވޭ […] އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ކޮލަމް ފުރިހަމަ ޑިމޮކްރަސީއަކަށް ދިވެހިންކުރި ދަތުރުގެ ނަތީޖާއަކީ؟ ފުރިހަމަ ޑިމޮކްރަސީއަކަށް 2008 އާއި ހަމަޔަށް ދިވެހިންކުރި ވަރުގަދަ ދަތުރުގެ ނަތީޖާއަކަށް ދިވެހިންނަށް ލިބުނީ ފިކުރުތަކަކަށްވުރެ ބޮޑަށް ވަކިމީހަކަށްޓަކާ ޖާނާމާލުން ގުރުބާންވާން ތައްޔާރަށްތިބި “ސިޔާސީ ޕާޓީ” ތަކެކެވެ. ގޭންގުތައް ކުލަބުތަކަށް ބަދަލުވެ އިސްލާހުވިއިރު، ޑިމޮކްރަސީގެ ހަގީގަތް އައީ އެއާ ދިމާ އިދިކޮޅަށެވެ. އަޅުގަޑުމެންގެ ސިޔާސީ ޕާޓީތަކުގެ ހަގީގަތަކީ ކޮންމެވެސް ސަބަބަކަށްޓަކާ ވަކިމީހަކަށް ފިދާވާނެ ބަޔަކު އުފެއްދުމުގެ ހަރުގެ ތަކެކެވެ. ކޮންމެކަމެއް ކޮށްގެން، ކޮންމެފަދަ ގޮތަކުން ކަމުގައިވިޔ... މުޙައްމަދު ޝިހާބް · 7 އަހަރު ކުރިން
ދީން ޢުމަރު ބުން ޢަބްދުލްޢަޒީޒު ދެއްވި އެންމެ ފަހު ޚުޠުބާ الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ޢުމަރު ބުން ޢަބްދުލްޢަޒީޒު ދެއްވި އެންމެ ފަހު ޚުޠުބާގައި ޙަމްދުޘަނާއަށްފަހު ވިދާޅުވިއެވެ. “އެއަށްފަހު ދަންނައެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ޚަލްޤުކުރެއްވުނީ ބޭކާރު ގޮތުގައެއް ނޫނެވެ. އަދި އަޅާނުލާ ތިޔައިބައިމީހުން ދޫކޮށްލެވިފައި ނުވެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން އަލުން އިޢާދަކުރެވޭނެއެވެ. އެދުވަހުން ތިޔަބައިމީހުންގެ ޙިސާބު ބައްލަވައި ޙުކުމްކުރެއްވުމަށް ﷲ ތަޢާލާ ފައިބާވޮޑިގަންނަވާނެއެވެ. ފަހެ ގެއްލެނިވެ ހަލާކުވެގެންވަނީ... Thiladhun · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނެއްލައިދޫ ކައުންސިލުން އެމްޑީއެންގެ ރިޕޯޓް ހަރުކަށި ޢިބާރާތުން ކުއްވެރިކޮށްފި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އިސްލާމްދީނަށް ފުރައްސާރަ ކޮށްފާވާތީ އެޢަމަލު ނެއްލައިދޫ ކައުންސިލުން ކުއްވެރިކޮއްފިއެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން ” ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އެކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ “އިސްލާމްދީނުގެ އަސާސްތަކާއި ރައްބުލް ކާޢިނާތުގެ ވެރި މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކު އުފައްދާ، އަދި ކީރިތި ޤުރުއާނުން ވާރިދުވެފައިވާ ކަންކަމާ މެދު ސުވާލު އުފަ... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ރާއްޖެ މުޖުތަމައު ހަރުދަނާވެ ކުރިއަރައި ތަރައްގީވާނީ ޒަމާނީ ތައުލީމުގެ ޒުވާން ޓީޗަރުން އުފައްދައިގެން: ރައީސް ތަރައްގީއާ ފައި ހަމަވާގޮތަށް މުޖުތަމައު ހަރުދަނާވެ ކުރިއަރައި ތަރައްގީވާނީ ޒަމާނީ ތައުލީމަށް ލޯ ހުޅުވިފައިވާ ޒުވާން މުދައްރިސުންތަކެއް އުފައްދައިގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރާ ބައިނަލް އަގްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޙިތާބުގައި ރައީސް ވިދާޅުވީ، ހަރުދަނާ ސަހްސިއްޔަތެއްގެ ވެރި ދަރިވަރުންތަކެއް އުފެއްދުމަށް ތައުލީމީ ކޮންމެ މުއައްސަސާއަކުންވެސް ހާއްސަ އިސްކަމެއްދިނުމަށް އެދިވަޑައިގެންނެވި އެވެ. ޔުނެސްކޯއިން... ޔުމްނާ ޢަލީ · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތުރުގައި މަސްވެރިކަންކުރާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުނުވުމަށް އިލްތިމާސްކޮށްފި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި ދިވެހި މަސްވެރި އުޅަނދުފަހަރު ޙަރަކާތްތެރިވުމަކީ ޤާނޫނާއި، ގަވާއިދާ ޚިލާފު އަމަލެއް ކަމަށާއި އެކަމުގައި އިތުރަށް ސަމާލުވެލުވުމަށް ފިޝަރީޒް މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ. ދިވެހިރާއްޖޭގެ މަސްވެރި އުޅަނދެއް އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ތެރެއިން މަލިކާއި ގާތްގަނޑަކަށް 3 މޭލު ކައިރިން ހިފަހައްޓާފައިވާކަމުގެ މަޢުލޫމާތު ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް ފިޝަރީޒް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، “ހައި... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ރާއްޖެ ނުރައްކާތެރި އެކްސިޑެންޓެއްވެ ޔާސިރަށް ބޮޑެތި އަނިޔާތަކެއްވެ ފަރުވާދެނީ ނުރައްކާތެރި އެކްސިޑެންޓެއްވެ ޔާސިރަށް ބޮޑެތި އަނިޔާތަކެއްވެ ފަރުވާދޭން ފަށައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް އެކްސިޑެންޓްވެ މިހާރު ފަރުވާދެމުން އަންނަީ ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. ސިނަމާލެ ބްރިޖުގެ ހުޅުލެއާވީ ކޮޅުގައި ހުންނަ ޓްރެފިކް ލައިޓް ކައިރީގައި ރޭ ހިނގި މިއެކްސިޑެންޓްގައި ޔާސިރަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. ޔާސިރުގެ އެކުވެރިޔަކު ބުނީ އޭނާ މާލެއިން ހުޅުމާލެއަށް ދަނިކޮށް ބްރިޖްގެ އެއަރޕޯޓް ލައިޓާއި އަރާހަމަވިތަނުން ސައިކަލް... ޔުމްނާ ޢަލީ · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާ އިން ކުޅުދުއްފުށްޓާއި ހަމަޔަށް ގުޅުވައިދޭ އެމްޓީސީސީގެ ސްޕީޑް ފެރީ ފަށައިފި ކެލާ، ވަށަފަރު، ފިއްލަދޫ، ބާރަށް އަދި ހަނިމާދޫ އިން ކުޅުދޫފުއްޓަށް އެމްޓީސީސީގެ ލޯންޗް ފެރީގެ ހިދުމަތްތައް ފަށައިފި އެވެ. ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރާއި އާދިއްތަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. ދެކޮޅަށް ދަތުރުތައް އޮންނައިރު، ދަތުރު ރޫޓާއި ގަޑިތަކާއި އަގުތައްވެސް އެމްޓީސީސީން ވަނީ އިއުލާންކޮށްފަ އެވެ. ކެލާއިން ކުޅުދުއްފުއްޓަށް ހެނދުނު 6:30 ގައި ދަތުރުތައް ފަށާއިރު، ކުޅުދުއްފުށިން ކެލާއަށް ދަތުރުތައް އޮންނާނީ މެންދުުރުފަހު 2:30ގައި އެވެ. މި ރޫޓުގެ އަގުތައް އުޅެނ... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ ސްޓޭޑިއަމް ގެ އަމަލީ މަސައްކަތް ފަށައިފި ހޯރަފުށީގެ ސްޓޭޑިއަމް ގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައި ދެއްވީ މި މަސައްކަތާއި އަމަލީގޮތުން ހަވާލުވެ ލެއްވި އެމް.ޓީ.ސީ.ސީ ގެ ފަރާތުންނެވެ. ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރ އަހުމަދު ސަލީމް(ސައްލެ) ވަނީ ބައިވެރިވެލައްވާފައެވެ. މިކަމާ ގުޅޭގޮތުން ސައްލެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒުވާނުންގެ މިނިސްޓަރ އަހުމަދު މަހުލޫފް މިމަސައްކަތް ހަލުވި އަވަސް ބާރުމިނެއްގައި ގެންދަވާ ކަމަށްޓަކައި ފަރާތަށް ޝުކުރުވެރިވަކަމަށެވެ.ހަމަ އެއާ އ... ފާތިމަތު ސިނާޒާ · 7 އަހަރު ކުރިން
ރާއްޖެ ޓްރެއިނިން ހަދަމުން ދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ތަމްރީނު ހަދަމުން ދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ. މިއަދު ހެނދުނު ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) 2 ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް އެވެ. Girifushi gai thamreenu hadhamundhiya Staff Sergeant Ali Riyaz niyaavejje.https://t.co/bRb4vjp8gl pic.twitter.com/plzkS7nTmf — Maldives National Defence Force (@MNDF_Official) October 5, 2019 އެމްއެންޑީއެފުން ބުނީ ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް މިއަދު ހެނދުނު ހުޅުމ... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން