މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ފޯނު މެދުވެރިކޮށް އީރާނާއި މަޝްވަރާކުރެވޭގޮތްވެއްޖެ: ޓްރަމްޕް

ފޯނު މެދުވެރިކޮށް އީރާނާއި މަޝްވަރާކުރެވޭގޮތްވެއްޖެ: ޓްރަމްޕް

ފޯނުގެ ޒަރީރާއިން އީރާނާއެކު ދާއިމީ ސުލްހައިގެ ވާހަކަތައް ދެކެވޭގޮތް ވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ބުނެފިއެވެ. އީރާނުން ވަނީ އެމެރިކާ އާއި ސީދާ ބައްދަލުކޮށް ފޭސްޓް ފޭސް މަޝްވަރާތަކަށް ދެކޮޅު ހަދާފައެވެ. އެހެންވެ ފޯނުން ވެސް މަޝްވަރާ ކުރެވިދާނެކަމަށް ޓްރަމްޕް އޮތީ ކުރިން ބުނެފައެވެ. ބުދަ ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ މިހާރު އީރާނާއެކު ފޯނުން މަޝްވަރާ ކުރެވޭގޮތް ވެފައިވާ ކަމަށެވެ. އެހެންވެ މިހާރު ކުރިއަށްދާ މަޝްވަރާތައް […]

ނާޒިމާ އަލީ
ރަޝިއާއިން ''މުސްކުޅިވުން ލަސްކޮށްދޭ ވެކްސިނެއް'' އުފައްދަނީ

ރަޝިއާއިން ''މުސްކުޅިވުން ލަސްކޮށްދޭ ވެކްސިނެއް'' އުފައްދަނީ

އިންސާނާގެ ހަށިގަނޑުގެ ސެލްތައް މުސްކުޅިވުން ލަސްކޮށްދޭ ޖީން ތެރަޕީ ބޭހެއް ނުވަތަ “މުސްކުޅިވުމާ ދެކޮޅު ވެކްސިނެއް” ރަޝިއާއިން އުފައްދަމުންދާކަން އެ ގައުމުގެ ސައިންސް އެންޑް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. މި ވެކްސިނަކީ ހަށިގަނޑު މުސްކުޅިވުމާ ގުޅުންހުރި ރިސެޕްޓަރެއް ބްލޮކްކޮށްގެން މަސައްކަތްކުރާ އެއްޗެކެވެ. ރަޝިއާގެ ޑެޕިއުޓީ ސައިންސް މިނިސްޓަރު ޑެނިސް ސެކިރިންސްކީ ވިދާޅުވި ގޮތުގައި، މި ތަޖުރިބާގެ މަރުހަލާގައިވާ ފަރުވާ އަމާޒުކުރަނީ ‘RAGE’ ރިސެޕްޓަރަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ރ...

ނާޒިމާ އަލީ
ޓްރަމްޕްގެ ހުދުމުހުތާރުކަމަށް އައު ބޮޅެއް، އެމެރިކާގެ ޕާސްޕޯޓްގައި އޭނާގެ ފޮޓޯ ހިމަނަނީ

ޓްރަމްޕްގެ ހުދުމުހުތާރުކަމަށް އައު ބޮޅެއް، އެމެރިކާގެ ޕާސްޕޯޓްގައި އޭނާގެ ފޮޓޯ ހިމަނަނީ

އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރޭ ޚާއްޞަ ލިމިޓެޑް އެޑިޝަން ޕާސްޕޯޓްތަކެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ހިމެނުމަށް ނިންމާފައިވާކަން ވައިޓް ހައުސްއިން ކަށަވަރުކޮށްދީފިއެވެ. ފޮކްސް ނިއުސްއިން ފުރަތަމަ ރިޕޯޓްކުރި މި ޚަބަރާ ގުޅިގެން ސަރުކާރުގެ އިސް އޮފިޝަލަކު ”ބީބީސީ” އަށާއި ”ދަ ގާޑިއަން” ފަދަ ނޫސްތަކަށް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އޭނާ ބުނެފައިވާގޮތުގައި، މި ޕާސްޕޯޓްތައް ދޫކުރާނީ އަންނަ ޖުލައި މަހު ފާހަގަކުރާ އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ އިޙްތިފާ...

ނާޒިމާ އަލީ
ސުޕްރީމް ކޯޓުގެ ހުކުމަށް ޕީއެންސީގެ މަރުޙަބާ: "މިއީ މަޖިލީހުގެ ނަޒާހަތްތެރިކަން އިތުރުކޮށް ކޮރަޕްޝަން ނައްތާލުމަށް ލިބުނު ބޮޑު ކުރިއެރުމެއް"

ސުޕްރީމް ކޯޓުގެ ހުކުމަށް ޕީއެންސީގެ މަރުޙަބާ: "މިއީ މަޖިލީހުގެ ނަޒާހަތްތެރިކަން އިތުރުކޮށް ކޮރަޕްޝަން ނައްތާލުމަށް ލިބުނު ބޮޑު ކުރިއެރުމެއް"

ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ކަނޑައެޅި އިސްލާހު ދެމެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު މަރުޙަބާ ކިޔައިފިއެވެ. މި ހުކުމަށް މަރުޙަބާ ކިޔައި އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުން މިއަދު އިއްވި ޙުކުމުގައި ބަޔާންކޮށްފައިވަނީ، އެންޓި-ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރުމުގެ...

ޝިއުނާ އާދަމް
ކިނބިދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި

ކިނބިދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި

ތ. ކިނބިދޫގައި ހިނގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 29 ވީ ބުދަ ދުވަހުގެ ރޭ 20:40 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ކިނބިދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، އިތުރު ފަރުވާ ބޭނުންވާތީ އޭނާ މިހާރު ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، […]

ޔުމްނާ ޢަލީ
''އަނެކާގެ ހިތަށް ލިބޭނެ އަނިޔާއަށް ވިސްނުމެއް ނެތް މުޖުތަމައަކުން އުފެދޭނީ ނަފްސާނީ ގޮތުން ބަލިކަށި ޖީލެއް''

''އަނެކާގެ ހިތަށް ލިބޭނެ އަނިޔާއަށް ވިސްނުމެއް ނެތް މުޖުތަމައަކުން އުފެދޭނީ ނަފްސާނީ ގޮތުން ބަލިކަށި ޖީލެއް''

ކަންކަމުގެ އަސްލު ބެލުމެއް ނެތި، އަނެކާގެ ހިތަށް ލިބޭނެ އަނިޔާއަށް ވިސްނުމެއް ނެތް މުޖުތަމައަކުން ނުކުންނާނީ ނަފްސާނީ ގޮތުން ބަލިކަށި ޖީލެއް ކަމަށާއި، މިއީ ދިވެހި ކޮންމެ ފަރުދަކު ފުންކޮށް ވިސްނައި އިސްލާހީ ފިޔަވަޅު އަޅަންޖެހިފައިވާ ކަމެއް ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިއަދު ހެނދުނު އާންމު ރައްޔިތަކާއެކު ފޯނުން ދެކެވުނު ވާހަކަތަކެއްގެ ތެރެއިން، ސްކޫލްތަކުގައ...

ޝިއުނާ އާދަމް
ހިތަދޫ އުތުރު ބައި-އިލެކްޝަން: ޕީއެންސީގެ ޓިކެޓް ސައީދަށް

ހިތަދޫ އުތުރު ބައި-އިލެކްޝަން: ޕީއެންސީގެ ޓިކެޓް ސައީދަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކަށް، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) ހަމަޖައްސައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓް ޓިކެޓް ދޫކޮށްލެއްވުމާ ގުޅިގެންނެވެ. މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ބޭއްވި ޕީއެންސީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވައި، އެ ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ ކުރީގެ މެމްބަރު...

ޔުމްނާ ޢަލީ
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެމެރިކާ އަތުން 25 ބިލިއަން ޑޮލަރު ހޭދަވެއްޖެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެމެރިކާ އަތުން 25 ބިލިއަން ޑޮލަރު ހޭދަވެއްޖެ

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެމެރިކާއިން މިހާތަނަށް ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ޕެންޓަގަނުގެ އިސް އޮފިޝަލަކު ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރީ ބުދަ ދުވަހު ހައުސް ކޮމިޓީގައި ވާހަކަދައްމުން ޕެންޓަގަނުގެ އެކްޓިންގ ޗީފް ފައިނޭންޝަލް އޮފިސަރު ޖޫލްސް ޑަބްލިއު ހަރސްޓް އެވެ. ހަރސްޓް ބުނި ގޮތުގައި މި ހޭދައިގެ ބޮޑު ބައެއް ހިއްސާކުރަނީ ހަތިޔާރާއި ގޮވާތަކެއްޗަށް ކުރި ޚަރަދުތަކެވެ. މީގެ އިތުރުން އޮޕަރޭޝަންތަކާއި، މަރާމާތު ކުރުމާއި، އަދި ހަލާކުވާ ހަތިޔާރުތަކުގެ ބަދ...

ނާޒިމާ އަލީ
ފިއުލް ސްޓޯރޭޖު ތަރައްޤީކުރާނެ ބައެއް ލޮކޭޝަންތައް ވަނީ ފާހަގަކުރެވިފައި: ޒަމީރު

ފިއުލް ސްޓޯރޭޖު ތަރައްޤީކުރާނެ ބައެއް ލޮކޭޝަންތައް ވަނީ ފާހަގަކުރެވިފައި: ޒަމީރު

ރާއްޖޭގައި ފިއުލް ސްޓޯރޭޖު ތަރައްޤީކުރާނެ އެކަށީގެންވާ ސަރަޙައްދުތަކެއް އެސް.ޓީ.އޯ އާއި ކަމާގުޅޭ ވުޒާރާތަކުން ފާހަގަކޮށްފައިވާކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިނިސްޓަރު ޒަމީރު ވިދާޅުވ...

ޔުމްނާ ޢަލީ
ރައީސާއި ގުޅުވައި އެދައްކާ ވާހަކަތަކަކީ ދޮގެއް، ހަތިމުގައި އަތްލައި ހުވާކުރަން ވެސް ކެރޭނެ: ފަލާހް

ރައީސާއި ގުޅުވައި އެދައްކާ ވާހަކަތަކަކީ ދޮގެއް، ހަތިމުގައި އަތްލައި ހުވާކުރަން ވެސް ކެރޭނެ: ފަލާހް

ރައީސް ޑރ. މުހައްމަދު މުޢިއްޒުއާ ގުޅުވައިގެން ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެކަމުގައި ހަތިމުގައި އަތްލައި ހުވާކުރަން ވެސް ކެރޭނެ ކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ފަލާހު މިހެން ވިދާޅުވީ މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް މުޢިއްޒުއާ ގުޅުވައި...

އަލީ އާދިލް
ދިއްދޫ ކައުންސިލުން ތަރައްގީކުރި ފުޓްސަލް ދަނޑު މިރޭ ހުޅުވަނީ

ދިއްދޫ ކައުންސިލުން ތަރައްގީކުރި ފުޓްސަލް ދަނޑު މިރޭ ހުޅުވަނީ

ހއ. ދިއްދޫގައި އަލަށް ތަރައްގީކުރި ފުޓްސަލް ދަނޑު މިރޭ ހުޅުވާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ބުނިގޮތުގައި މި ދަނޑަކީ އެ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ތަރައްގީކުރި ދަނޑެކެވެ. މިދަނޑު ހުޅުވުމާއި ގުޅޭގޮތުން ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވީ މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ދިއްދޫގެ ރައްޔިތުން ޚާއްޞަކޮށް ފުޓްސަލަށް ލޯބިކުރާ ޒުވާނުން ބައިވެރިވުމަކީ ކައުންސިލްގެ ވަަރަށް ބޮޑު އެދުމެއްކަމަށެވެ. ’’މިދަނޑު މިރޭ ހުޅުވިގެންދާއިރު ދިއްދޫ ޒުވާނުންގެ ފޯ...

ޔުމްނާ ޢަލީ
ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދަށް ބޮޑު ގޮންޖެހުމެއް، ޔޫއޭއީ އެ އިއްތިހާދުން ވަކިވަނީ

ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދަށް ބޮޑު ގޮންޖެހުމެއް، ޔޫއޭއީ އެ އިއްތިހާދުން ވަކިވަނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކް އަދި އޯޕެކް ޕްލަސް އިން ވަކިވުމަށް ނިންމައިފިއެވެ. މި ނިންމުމަކީ ގައުމީ މަސްލަހަތަށް އިސްކަންދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ ގައުމުން ބުނެފައިވާއިރު، މިއީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ލޮޅުން އަރާފައިވާ ދަނޑިވަޅެއްގައި އެ އިއްތިހާދަށް ލިބުނު ބޮޑު ހީނަރުކަމެކެވެ. އެ ގައުމުގެ ދައުލަތުގެ މީޑިއާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،...

ނާޒިމާ އަލީ
ބުރުނުވިލާޖެހުން

ބުރުނުވިލާޖެހުން

ރޭގައި ކުއްލިއަކަށް ވިދާގުގުރަން ފެށިއެވެ. ވަރަށް ބާރަށް ގުގުރިޖަހައި ހޮނު ވެސް އެޅިއެވެ. ބައެއް ޢިމާރާތްތަކަށް ގެއްލުން ލިބުނެވެ. ޅަކުދީން ވަރަށް ބިރުން އުޅުނެވެ. ބައެއް މީހުންނަށް މިވަނީ ކީއްކަމެއް ނޭނގެއެވެ. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ދުވަސްވީ މީހުންނަށް މިއީ ބުރުނު ނަކަތްކަމާއި މި ނަކަތުގައި ބުރުނުވިލާޖެހޭކަން އެނގެއެވެ. މި ތަޖުރިބާ އެކިފަހަރު ކުރަން ޖެހެނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އެކިވަރަށްކަން ދުވަސްވީ ދަނެއެވެ. ބުރުނުވިލާޖެހުމަކީ ބުރުނު ނަކަތުގެ ވިލާގެ ކޮޅިގަނޑު އައުމެވެ. ބު...

ޢަބްދުﷲ ސަޢީދު
ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ބަދަލު ގެންނަވައި އައްޔަން ކުރެއްވި ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި ބަދަލާއެކު ރައީސް ވަނީ ކެބިނެޓުގެ މިނިސްޓްރީތަކުގެ އަދަދު 20 އިން 15 އަށް ކުޑަކުރައްވާފައެވެ. މި ބަދަލުގެ ދަށުން އަލަށް އައްޔަން ކުރެއްވި ފަސް ވަޒީރުންނާއި، މެންޑޭޓަށް ބަދަލު ގެނެސް އަލުން އައްޔަން ކުރެއްވި ނުވަ ވަޒީރުން ހިމެނޭހެން ޖުމްލަ 14 ބޭފުޅެއްގެ ނަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފްތާގެ […]

ޝިއުނާ އާދަމް
މީޑިއާ ކޮމިޝަނުން މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު އާންމުކޮށްފި

މީޑިއާ ކޮމިޝަނުން މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު އާންމުކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.އެމް.ބީ.ސީ) އަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި، އެފަދަ މައްސަލަތަކުގައި ފިޔަވަޅުއެޅުމާ ގުޅޭ އާ ގަވާއިދު އިއްޔެ އާންމުކޮށްފިއެވެ. މި ގަވާއިދަކީ މީޑިއާތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ގާނޫނީ އިލްތިޒާމްތައް ކަށަވަރުކުރުމަށް އެކުލަވާލާފައިވާ އުސޫލެކެވެ. އަލަށް އާންމުކުރި ގަވާއިދުގައިވާ ގޮތުން، ކޮމިޝަނަށް މައްސަލަ ހުށަހެޅޭނީ މައިގަނޑު ތިން ގޮތަކަށެވެ. އެއީ ކޮމިޝަނުން ކަނޑައަޅާފައިވާ ފޯމެއްގެ މެދުވެރިކޮށް ހުށަހަޅާ ޝަކު...

ޔުމްނާ ޢަލީ