ރާއްޖެ މެރިކަލްޗަރ ސިނާޢަތެއް ތަޢާރަފުކޮށް ތަރައްޤީކުރުމަށް ވޯކްޝޮޕެއް ފަށައިފި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ ލޯން އެހީއާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިނިސްޓރީ އޮފް ފިސަރީޒް އެން އެގްރިކަލްޗަރ އިން ކުރިއަށްގެންދާ [މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ ޕްރޮޖެކްޓް ކޮންޕްލީޝަން ރިވިއު ވޯކްޝޮޕް މިނިސްޓަރ ޒަހާ ވަޙީދު މިއަދު އިފްތިތާޙްކޮށް ދެއްވައިފިއެވެ. މިވޯކްޝޮޕް ކުރިޔަށް ގެންގޮސްފައިވަނީ މިއަދު މާގިރި ހޮޓެލްގައެވެ. [މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގ... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ރާއްޖެ ވިޔަފާރިކުރުމާގުޅޭ ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ކުންފުންޏެއް އުފައްދައިފި ވިޔަފާރިކުރުމާގުޅޭ ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން އުފައްދައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި މި ކުންފުންޏަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކައި “ސިންގަލް ވިންޑޯ” އޮޕަރޭޓަރުގެ ޒިންމާ އަދާކުރާ، ސަރުކާރުގެ ސައްތައިން ސައްތަ ޙިއްޞާ އެކުލެވިގެންވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ހުއްދަ ކޮށްފައިވާ ރައުސުލްމާލަކީ 10 ރުފިޔާގެ 15 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 150... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދިޔަ ރާސިޙު ނިޔާވެއްޖެ ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ރާސިޙު ނިޔާވެއްޖެ އެވެ. ހއ. ބާރަށަށް އުފަން ރާސިޙު މުހައްމަދު ނިޔާވެފައިވަނީ އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮން މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ރާސިޙުގެ ހާލުދެރަވެ ޑޮކްޓަރުން އުންމީދު ކަންޑާލާފައިވަނީ މިއަދު ހެނދުނުއެވެ. https://thiladhun.com/6282 ލެއަށް ކެންސަރުޖެހި ރާސިޙްއަށް އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާތާ ތިން ހަފްތާ ވަރުވެދާނެކަމަށް ރާސިހުގެ އާއިލާއިން މަޢުލޫމާތުދެއެވެ. އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ރާއްޖެ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް މުޙައްމަދު ޢާމިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް، ގދ.ފަރެސްމާތޮޑާ، ހުސްނުހީނާގެ މުޙައްމަދު ޢާމިރު އަޙްމަދު ޢައްޔަނު ކުރައްވައިފިއެވެ. ޤައުމީ އަރުޝީފުގެ ޑިރެޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާފައި މިވަނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) އިން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރެއްވި މުޙައްމަދު ޢާމިރަކީ ދިވެހިބަހުގެ ބެޗްލާސް ޑިގްރީ... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ނަޝީދު އެންޑް ކޯ" އުތުރު ގޮފި ކުޅުދުއްފުށީގައި ހުޅުވައިފި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދުގެ، ލޯ ފާރމް “ނަޝީދު އެންޑް ކޯ” އުތުރު ގޮފި ކުޅުދުއްފުށީގައި ހުޅުވައިފި އެވެ. މި އޮފީސް ހުޅުވައިދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަނެވެ. މާލޭގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނަޝީދު ވިދާޅުވީ، މިއަދު ހުޅުވިގެން މިދިޔައީ އެ އޮފީހުގެ އުތުރު ގޮފި ކަމަށާއި ދެކުނު ގޮފި ހުޅުވުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. މި އޮފީސް ހުޅުވުމުގެ ރަސްމިއް... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ރާއްޖެ ލީޑިން އޯލް އިންކުލޫސިވް ރިސޯޓަކަށް ސެންޓާރާ ރަސްފުށި ދެކުނު އޭޝިއާގެ ޓޫރިޒަމް ވިޔަފާރިތަކަށް ހާއްސަކޮށް ބާއްވާ، ހަތަރު ވަނަ ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް 2019 (ސަޓާ) ގެ ލީޑިން އޯލް އިންކުލޫސިވް ރިސޯޓަކަށް ރާއްޖޭގެ ސެންޓާރާ ރަސްފުށި ރިސޯޓު އެންޑް ސްޕާ ހޮވިއްޖެއެވެ. މިއަހަރުގެ ސަޓާ އެވާޑަށް އެކި ދާއިރާތަކުން 700 އަށްވުރެ ގިނަ ފަރާތްތަކުން ނޮމިނޭޓް ވެފައިވެއެވެ. އެގޮތުން ސަޓާގެ މެމްބަރު 6 ގައުމު ކަމަށްވާ ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭސް، ބޫޓާން އަދި ނޭޕާލް ބައިވެރިވާ ސަޓާ އެވޯޑު ތަކުގެ ހައްގުވެރިން […] އަޙްމަދު މުޖުތަބާ · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތީގެ ބަތަލު - އުތީމު ބޮޑު ތަކުރުފާނު ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަކީ މީލާދީން 1573 ން 1585 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 981 ން 993 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި 981 ވަނަ އަހަރު ގައެވެ. ދިވެހިތާރީޚްގައި މިރަދުން މަޝްހޫރު ވެފައިވަނީ ބޮޑު ތަކުރުފާނުގެ ނަމުންނެވެ. ބޮޑު ތަކުރުފާނު އަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ހަރުދަނާ ބަޠަލެވެ. ބޮޑު ތަކުރުފާނު އަކީ ދިވެހިންގެ ގައުމީ ބަތަލެކެވެ. ގައުމީ ދުވަހުގެ ބަތަލުވެސް މެއެވެ. އައްސުލްޠާން ޣާޒީ […] Thiladhun · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުރިނބީ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ސޮއިކޮށްފި ހދ. ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ސޮއިކޮށްފިއެވެ. އަފްރާޙް އެމްޑީޕީއަށް ސޮއިކޮށްފައިވަނީ، މިރޭ އެމްޑީޕީގެ އައު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. އަފުރާހުއަކީ ވޭތުވެދިޔަ ތިން ދައުރުގައިވެސް ކުރިނބީ ކައުންސިލްގެ އިންތިޚާބު ކާމިޔާކޮށްފައިވާ، ފަރާތެކެވެ. ފުރަތަމަ ދައުރުގައި އަފްރާޙް ޑީއާރުޕީއިން އިންތިޚާބުވެ، ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާއިރު، ދެވަނަ ދައުރުގައި ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބުކޮށް ކައުންސިލްގެ މެމްބަރުކަ... ޔުމްނާ ޢަލީ · 7 އަހަރު ކުރިން
ރާއްޖެ ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކޮށްފި ސަރުކާރުގެ ސިއްހީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ “ނޭޝަނަލް އެމްބިއުލާންސް ސަރވިސް” ތައާރަފްކުރުމަށްޓަކައި 25 ރަށަކަށް އެމްބިއުލާންސް ހަވާލު ކޮށްފިއެވެ. ހޮނިހިރު ދުވަހު ޖުމްހޫރީ މައިދާނު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި، 25 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފައިވާއިރު، އޭގެ ތެރެއިން އެއްވެސް ގޮތަކަށް އެމްބިއުލެންސްގެ ހިދުމަތް ލިބިފައިނުވާ ހަތަރު ރަށަކަށް ވެސް އެމްބިއުލެންސް ވަނީ ހަވާލުކޮށްފައެވެ. ކޮންމެ ރަށަކަށް އެމްބިއުލަންސްއެއް ފޮނުވާފައި އެހިސާބުން އެކަން ހުއްޓައެއްނުލާނެ. ސަރު... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ބަނދަރުން ތެލާއި ގޭހުގެ ވިޔަފާރިއަށް ބިން ދޫކުރަން ހަމަޖައްސައިފި ހދ.ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުން ތެލާއި ގޭހުގެ ވިޔަފާރިއަށް ދިގު މުއްދަތަކަށް ބިން ދޫކުރަން ހަމަޖައްސައި އެސަރަހައްދުން ބިން ބޭނުންވާ ފަރާތްތަކަށް ބީލަމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ތެލާއި ގޭހުގެ ވިޔަފާރިއަށް ބަނދަރު ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 2 ބިން ކަމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތް ތަކުން މި މަހު 13 އިން ފެށިގެން 24 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ […] ފާތިމަތު ސިނާޒާ · 7 އަހަރު ކުރިން
ރާއްޖެ ފޮރިން ސަރވިސްގެ ބިލާއި ބެހޭގޮތުން ޚާރިޖިއްޔާގެ އިސް ބޭފުޅުންނާއިއެކު މަޝްވަރާކުރައްވައިފި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ފޮރިން ސަރވިސްގެ ބިލާއި ބެހޭ ގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ފޮރިން މިނިސްޓްރީގެ އިސްވެރިންނާއިއެކު މަޝްވަރާކުރައްވައިފިއެވެ. ހޮނިހިރު ދުވަހު ބޭއްވި މި ބައްދަލުވުމުގައި މިހާރު ޑްރާފްޓްކޮށްފައިވާ ފޮރިން ސަރވިސްގެ ބިލާއި ބެހޭ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް، އިތުރަށް ގެންނަން ފެންނަ ބަދަލުތަކާއި ބެހޭ ގޮތުން މިނިސްޓަރަށް ލަފާ އެރުވުނެވެ. ފޮރިން ސަރވިސްގެ ޤާނޫނެއް އެކުލަވާލައި، ދައު... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ރާއްޖެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅަނީ ދައުލަތުން 2020 އަހަރަށް ލަފާ ކުރާ ބަޖެޓް މިމަހުގެ ފަހު ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. ޤާނޫނުގައިވާ ގޮތުން ބަޖެޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ މިމަހުގެ 31 ކަމަށްވާއިރު، ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައިނިމި ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، އަދި ބަޖެޓް ތައްޔާރުކުރުމުގެ ކުރ... ފާތިމަތު ސިނާޒާ · 7 އަހަރު ކުރިން
ރާއްޖެ މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. މިއަދު ހަވީރު 04:00 އިން ފެށިގެން މިރޭ08:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ ހދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަޙައްދަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ މި ވަގުތުތަކުގެ ތެރޭގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. Alert White for heavy rain and thunderstorms. pic.twitter.com/qJIXILWChL — Maldives […] އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ޚަބަރު ބޯކޮށް ވާރޭ ވެހި އައްޑޫގައި ފެންބޮޑުވެއްޖެ ބޯކޮށް ވާރޭ ވެހި އައްޑޫ ސިޓީގެ ބައެއް އަވަށްތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަންނަމުން ދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ. އިއްޔެ ހަވީރުން ފެށިގެން އައްޑޫ އަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންދާއިރު، މިއަދު ހެނދުނު ވެސް ބައެއް ހިސާބުތަކަށް އަންނަނީ ވާރޭވެހެމުންނެވެ. އެމްއެންޑީއެފުން ބުނީ އައްޑޫ އަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ފެން ހިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހިތަދޫގެ ބައެއް ގެތަކަށް... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަސްވެރިޔެއްގެ ލޮލުގައި ބުޅިއަކުން ޖެހި ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާ ދެނީ ހދ. ކުޅުދުއްފުށި އިރު ދެކުނުން 13 މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ މަސްދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއަކުން ޖެހުމުން އިތުރު އަވަސް ފަރުވާއަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ބުޅި އެޅިފައިވަނީ ރޯދި3 ނަމަކަށް ކިޔާ ދޯންޏެއްގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި ފިރިހެނެއްގެ ލޮލުގައި ކަމަށް މައުލޫމާތު ލިބެއެވެ. އެމް.އެން ޑީ އެފް ނޯތަންއޭރިޔާ ސިފައިން މި މީހާ ހދ.ކުޅުދުއްފުއްޓަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 12:10 ހާއިރު ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. ފާތިމަތު ސިނާޒާ · 7 އަހަރު ކުރިން