ޕަލާއުގެ ކަނޑުގެ ދިރުން ހިމަޔާތް ކުރުމަށްޓަކައި ކަނޑުގެ ބޮޑުބަޔަކުން މަސްބޭނުން މަނާ
ވެސްޓާރން ޕެސިފިކް އޯޝަންގައި އޮންނަ ރަށެއް ކަމަށްވާ ޕަލާއުގެ ކަނޑުގެ ދިރުން ހިމަޔާތް ކުރުމަށްޓަކައި އެ ކަނޑުގެ ބޮޑުބަޔަކުން މަސްބޭނުން މަނާ ކޮށްފިއެވެ. އެރަށުގެ މީހުން މިގޮތަށް ކަންތައްކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަރުތަކަށް އަންނަ ބަދަލުތަކުން ސަލާމާތްވުމަށާއި މުރަކަތަކާއި އެހެނިހެން ދިރުންތައް ހެދިބޮޑުވުމަށް ފުރުސަތުދީ ގިނަ ބާވާތްތައް ދިރުވައި އާލާ ކުރާށެވެ. އެގޮތުން މިހާރުވެސް މަސްތަކުގެ އާބާދީ އިތުރުވެފައިވާ ކަމަށް ވެއެވެ. މިހާރު އެ ރަށުގައި ކަނޑުގެ ދިރުން ހިމާޔާތް ކު...