އުތުރާއި ދެކުނުގެ ރައްޔިތުންވެސް "ޑޮލަރު އޭޓީއެމް"ގެ ފަސޭހަކަން ބޭނުންވޭ!
އަސާސީ ޚިދުމަތްތަކާއި އެހެނިހެން ކަންކަމަށް މާލެ ދާންޖެހޭ ޖެހުން ކުޑަކުރާނެ ކަމުގެ ވާހަކައަކީ އަބަދުވެސް ދައްކަމުން އަންނަ ވާހަކަ އެކެވެ. ކުރިއަށްވުރެ ކަންކަމުގައި މާލެ ދާންޖެހޭ މިންވަރު ކުރިޔާއި އަޅާބަލާއިރު މަދުކަމުގައި ދަންނަވަން ޖެހެއެވެ. ރައްޔިތުންނަށް ލުއިފަސޭހަވާނެހެން ކަންކަން ކުރުމަކީ ސަރުކާރާއި ދައުލަތުގެ މުވައްސަސާތަކާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެވެސް އެންމެ މުހިންމު އެއްކަމެއްކަމުގައި ބުނެއެވެ. ފައިދާއަށްވުރެ ރައްޔިތުންގެ ލުއިފަސޭހައަށް ކަންކަން ރާވާ ހިންގާނެކަމަށް އަހަރީ ރ...