ސުނާމީގެ ހަނދާންތައް ކަރީމުގެ ދުލުން، ހީކުރީ ދުނިޔެ ނިމުނީ ކަމަށް!
އުޑުމަތި ސާފު މޫސުން ރީތި ދުވަހެކެވެ. ހދ. ނޮޅިވަރަންފަރު ވައިޖެހޭގެ އަބުދުލް ކަރީމު އަބުދުއްރަޙްމާން އެވަގުތު މަޑުކޮށްލައިގެން ހުރީ ގޮނޑު ދޮށާ މާދުރުނޫން ހިސާބެއްގައެވެ. ޑިސެމްބަރ 26، 2004 ދުވަހު ހެނދުނު 9:23 ކަންހާއިރު ރާއްޖެއަށް ކުރިމަތިވި ބިރުވެރި ސުނާމީގެ ކާރިޘާގައި، ހދ. ނޮޅިވަރަންފަރަށް ސުނާމީގެ ރާޅު ފޯރި ވަގުތާއި، އެދުވަހުގެ ހަނދާންތަކުން ކަރީމު ކިޔައިދިން ވާހަކަތަކުން މުހިންމުބައިތައް ލިޔެލާނަމެވެ. ހީކުރީ ދުނިޔެ ނިމެނީ ކަމަށް ކަރީމު މަޑުކޮށްލައިގެން ހުރިތަނަށް ދުވެފައި އައީ ކުޑަކުއްޖެކެވެ...