ތިލަދުންމަތީ ޚަބަރު ހޯރަފުށީ ކުޑަކުދިންގެ ޕާކުގެ ބިންގާ މިނިސްޓަރ ނަހުލާ އަޅުއްވައިދެއްވައިފި ހއ. ހޯރަފުށީގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް އެރަށަށް ނިސްބަތްވެވަޑައިގަންނަވާ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ބިންގާ އަޅުއްވާދެއްވައިފިއެވެ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފަށްޓަވަފައިވާއިރު މިރަސްމިއްޔާތުގައި އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އަތޮޅު ކައުންސިލްގެ ރައީސް ހޮވަން ކުޅުދުއްފުށިން ވޯޓު ދޭން ޖެހޭ: އީސީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް، އެ އަތޮޅު ކުޅުދުއްފުށި ސިޓީގެ މީހުން ވެސް ވޯޓު ދޭން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ. އީސީގެ ނައިބު ރައީސް އަހުމަދު އަކުރަމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށި ސިޓީ ވެސް ހިމެނޭނީ އެ އަތޮޅުގެ އިދާރީ ދާއިރާތަކުގެ ތެރޭގައި ކަމަށާއި އެ ސިޓީގެ މީހުން ވެސް އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބު ކުރަން […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު 2025 ފެށިގެން ރާއްޖޭގައި "ފްލައިން ޓެކްސީ" ބޭނުންކުރުމަކީ އެކަށީގެންވާ ކަމެއް: ކެލާ ޝަރީފް 2025 ފެށިގެން ރާއްޖޭގައި ފްލައިން ޓްކްސީ ބޭނުންކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ. އިންޑިޕެންޑެންޓުގެ އާޓިކަލް އެއް ޝެއަރ ކުރައްވާ ޝަރީފް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ރާއްޖެ އަކީ އަލަށް އުފަންވާ ޓެކްނޮލޮޖީ ވަރަށް އަވަހަށް ބޭނުން ކުރަން ފަށާ ގައުމެއްކަމަށާއި އެކަން އެހެން އޮތުމުން، 2025 ފެށިގެން ރާއްޖޭގައި އާންމުގޮތެއްގައި ފުލައިން ޓްކްސީ ބޭނުން ކުރުމަކީ އެކަށީގެން ވާކަމެއްކަމަށް ބުނެފައިވެއެވެ. https://t.co/CypYSIm9T8 Rajje akee ala... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ހިންނަވަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހިންނަވަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ހިންނަވަރަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޖަނަވަރީ މަހުގެ 06... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށި އެއާޕޯޓު ފެހި ކުރުމަށް އެއްލައްކަ ގަސް އިންދުމުގެ ހަރަކާތް ފަށައިފި ހޯރަފުށި އެއާޕޯޓު ފެހި ކުރުމަށް އެއްލައްކަ ގަސް އިންދުމުގެ ހަރަކާތް ފަށައިފިއެވެ. ހޯރަފުށީ އެއަރޕޯޓް ހެދުމަށް ހާއްސަކޮށްގެން ހިއްކި ބިމުގެ ހޭޅިފަށުގައި މިއަދު ހަވީރު މިހަރަކާތް ފައްޓަވައި ދެއްވީ ހޯރަ ފުއްޓަށް ނިސްބަތްވާ ޓްރާންސަޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއެވެ. We launched 100,000 trees planting program today in #Hoarafushi. Thank you Hon. Minister Nahla for gracing the event. Thank you #Hoarafushi #Uligan #Thuraakunu for the excellent effort […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށަހަޅަނީ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށަހަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މަސައްކަތްެތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓު އަޅުގަނޑަށް ލިބިއްޖެ. ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށަހަޅާނަން. pic.twitter.com/QSMU0EjTFe — Ibrahim Mohamed Solih (@ibusolih) January 7, 2020 ރައީސް މި... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ 2019 ވަނަ އަހަރު 1.7 މިލިއަން ފަތުރުވެރިންނާއި އެކު ރާއްޖެއަށް ރެކޯޑެއް: ޓޫރިޒަމް މިނިސްޓްރީ މި ނިމުނު 2019 ވަނަ އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރާ ކަމަށާއި އެއީ ދިވެހި ރާއްޖެއަށް މިހާތަނަށް އެނަމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް ހެދިފައިވާ ރެކޯޑެއް ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މިދިޔަ އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ތަފްސީލްކޮށް ހާމަކޮށްފަ އެވެ. މިދިޔަ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ކުޅިވަރު ސައުތު އޭޝިއަން ގޭމްސް 2019ގައި ހޯދި ކާމިޔާބީއަކީ ޤައުމަށް ލިބުނު ޝަރަފެއް: ރައީސް ސައުތު އޭޝިއަން ގޭމްސް 2019ގައި ގައި ދިވެހި ޓީމުތަކުން ހޯދި ކާމިޔާބީއަކީ ޤައުމަށް ލިބުނު ޝަރަފެއްކަން ފާހަގަކުރައްވައި ކުޅިވަރު ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅިވީ، ސައުތު އޭޝިއަން ގޭމްސް 2019ގައި ރާއްޖެ ތަމްޞީލުކުރި ކުޅުންތެރިންނާ އޮފިޝަލުންނާ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ސައުތު އޭޝިއަން ގޭމްސް 2019ގައި ބައިވެ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ވިޔަފާރި ގިނަ ރިސޯޓު ތަކުން ސާވިސް ޗާޖު ބެހުމުގައި ގާނޫނާއި ގަވާއިދު ތަކަށް އަމަލުކުރޭ: މަޓީ ގިނަ ރިސޯޓު ތަކުން ސާވިސް ޗާޖު ބެހުމުގައި ގާނޫނާއި ގަވާއިދު ތަކަށް އަމަލުކުރާކަމަށް ރިސޯޓު އޯނަރުން ހިމެނޭ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފި އެވެ. އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ގިނަ ރިސޯޓު ތަކުން ސާވިސް ޗާޖު ބެހުމުގައި ގާނޫނާއި ގަވާއިދު ތަކަށް އަމަލުކުރާ ކަމަށާ، ސާވިސް ޗާޖު ބެހުމާ ބެހޭ ގަވާއިދަށް ހުރިހާ ފަރާތްތަކުން ވެސް އަމަލު ކުރަން ޖެހޭ ކަމަށެވެ. ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖު ބަހާ […] އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މުފްތީ މެންކް ކުޅުދުއްފުށި ސިޓީގައި ދަރުސް ދެއްވާނީ މިމަހުގެ 16 ވަނަ ދުވަހު މުފްތީ މެންކް ކުޅުދުއްފުށި ސިޓީގައި ދަރުސް ދެއްވާނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ކުޅުދުއްފުށި ސިޓީގެ އިތުރުން އައްޑޫ ސިޓީ އަދި މާލޭގައި ދަރުސް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭ ސިޓީގައި ދަރުސް ދެއްވާނީ މިމަހުގެ14 ވަނަ ދުވަގައެވެ. އަދި އައްޑޫ ސިޓީގައި ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ 15 ވަނަ ދުވުކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. Prominent scholar Mufti Ismail Menk will be giving lectures on […] އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ކުރިއަށް އޮތް އިންތިޚާބަށް ރަށްވެހިކަން ބަދަލުކުރެވޭނީ މިމަހުގެ 15ގެ ނިޔަލަށް: އީސީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމުގައި ރަށްވެހިވެފައިވާ ތަން ކަމުގައި ބަލާނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެމީހަކު ރަޖިސްޓްރީވެފައި އޮތް ތަނެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެކޮމިޝަނުން ވިދާޅުވީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ރަޖިސްޓަރީ ފައިނަލް ކުރުމުގެ މަސައްކަތް އެ ކޮމި... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގެއްލުނު ކުޅުދުއްފުށީ ކެޕްޓަން ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް އެބަގެންދަން: އެމްއެންޑީއެފް ކ. ކަގި ކައިރިއަށް ފަރަށް އަރާފައިވާ، “ޓީ.ޓީ.އެސް ފާން” ދޯނީގެ ކެޕްޓަން، ކުޅުދުއްފުށީ ހަވީރީނާޒް، މުޙައްމަދު ޔޫސުފް (37އ) ގެއްލިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާ ކަމުގައި އެމްއެންޑިއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، މިއަދުވެސް އޭނާ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ލޯންޗު ނޫރައްދީން ކަނޑގެ ސަރަހައްދު ބަލަމުން ގެންދާއިރު، އެސަރަހައްދަށް ކޯސްޓްގާޑުގެ ޑައިވަރުން ފީނަމުން ގެންދާ ކަމަށެވެ. މިގޮތުން ކަގި ފަރާއި،... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ޚަބަރު "ރީތި ސާފު ނަރުދޫ" ނަމޫނާ ހަރަކާތް ކާމިޔާބުކަމާއިއެކު ނިންމާލައިފި، ފެނަކައިގެ ޝުކުރު ރައްޔިތުންނަށް! 29 އޮކްޓޯބަރ 2019 ވަނަދުވަހު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ށ. ނަރުދޫ ބްރާންޗުން އިސްނަގައިގެން ރަށުތެރެސާފުކުރުމުގެ ޕްރޮގްރާމްތަކެއް “ރީތި ސާފު ނަރުދޫ” މި ޝިޢާރުގެ ދަށުން އެރަށުގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ފުރަތަމަ ޕްލާސްޓިކްހޮވުމުގެ މުބާރާތެއް ޖުމްލަ 17 ޓީމް ބައިވެރިވެ ކުރިޔަށް ގެންދެވިފައިވާއިރު 35191 ޕްލާސްޓިކް، 3 ޓަން ޕްލާސްޓިކް އެކުރެވިފައިވެއެވެ. އަދި މުބާރާތުގައި ވާދަކޮށް ވަނަތައް ހޯދި ފަރާތްތަކަށް އިނާމް ދެވިފައިވެއެވެ. އެގޮތުން އެއް ވަނަ ޓީމަށް 1000 ރުފިޔާ، ދެވަނަ ޓީމަށް [... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ މުޑިއެރި ޑިންގީ ކަނޑު އަޑިން ފެނިއްޖެ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނާއި، ބ، ހަނިފަރާ ދެމެދުން ދަތުރުކުރަމުންދިޔަ ދޯންޏަކާއި، ޑިންގީއެއް މުޑިއެރި ހާދިސާގައި އަޑިއަށް ދިޔަ ޑިންގީ ކަނޑުއަޑިން ފެނިއްޖެއެވެ. އެމްއެންޑީއެފް އިން ބުނީ އެކްސިޑެންޓުވި ޑިންގީ ފެނިފައި ވަނީ ދޮންފަނާއި އެ އަތޮޅު އަނގަފަރާ ދެމެދުން، ކަނޑުގެ 40 މީޓަރު އަޑީގައި އޮއްވާ ކަމަށެވެ. Launch akaai Dinghy eh jehi B. Dhonfanu kairin hin'gi accident gai gellunu Dinghy, B. Dhonfanu adhi B. Angafaru […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ސުޖާއު ހުޅުމާލެ ދާއިރާއަށް ވާދަ ކުރައްވަނީ ބާރަށު ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރު އިބްރާޙީމް ސުޖާއު އަންނަ ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައިފިއެވެ. ސުޖާވަނީ ހުޅުމާލޭ ދާއިރާއަށް ޕީޕީއެމް ޓިކެޓްގައި ވާދަ ކުރެއްވުމަށް، ޕާޓީގެ ޓިކެޓު ހޯދުމަށް އެދޭ ފޯމުވެސް ޕީޕީއެމަށް ހުށަހަޅުއްވާފައެވެ. ސުޖާއުގެ ފޯމާ ހަވާލުވެލެއްވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖްލިސްގެވެސް މެމްބަރު އަހުމަދު ޝިޔާމެވެ. ސުޖާއު އަކީ ޕީޕަލް ނެސަނަލް ކޮންގްރެސް (ޕީއެންސ... އަލީ އާދިލް · 6 އަހަރު ކުރިން