ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ކައްޕި ގެއްލުނު ސަރަހައްދުގެ ކަނޑުގެ އަޑިން ވަޅިއަކާއި އިތުރު އެއްޗެއްހިތަކެއް ފެނިއްޖެ ކ. ކަގި ކައިރިން ފަރަށް އެރި ދޯންޏަކުން ގެއްލުނު ކުޅުދުއްފުށީ ކައްޕި ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޑައިވަރުންނަށް އެ ސަރަހައްދުގެ ކަނޑުގެ އަޑިން ވަޅިއަކާއި އިތުރު އެއްޗެއްހިތަކެއް ފެނިއްޖެއެވެ. މި މަހުގެ 7 ވަނަ ދުވަހު ކ. ކަގި ކައިރިން ފަރަށް އެރި “ޓީޓީއެސް ފާން” ކިޔާ މުދާ އުފުލާ ދޯނިން ގެއްލިގެން ހޯދަމުން ދަނީ މުހައްމަދު ޔޫސުފް / ހދ. ކުޅުދުއްފުށި، ހަވީރީ ނާޒް އެވެ. އޭނާ ހޯދުމަށް އެމްއެންޑީއެފް އިން އަންނަނީ ކަނޑު […] އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ދޮޅު އަހަރަށްފަހު ރާއްޖެއިން ހިމަބިހި ފެނިއްޖެ ދޮޅު އަހަރަށްފަހު ރާއްޖެއިން ހިމަބިހި ފެނިފައިވާކަމަށް ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ. ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދޮޅު އަހަރަށްފަހު ރާއްޖޭންވެސް ހިމަބިހި ފެނިއްޖެކަމަށާއި، ދަރިފުޅުގެ ވެކްސިން ކާޑު ޗެކް ކުރަށްވައި، ހަނދާންނެތިގެންވެސް ނުޖެހި ހުރި ވެކްސިންތައް ހަމަކުރެއްވުމަށެވެ. އަދި ވެކްސިން ނުޖަހާ ހުއްޓާ އެއިން ރައްކާތެރިކޮށްދޭ ބައްޔެއް ޖެހިއްޖެނަމަ އެ ކޮންޓުރޯލް ކުރެވޭނޭ ގޮތްތައް ރާއްޖޭގައިވެސް މަދުވާނެ ކަމަށް ޑޮކްޓަރު ފައި... އަލީ އާދިލް · 6 އަހަރު ކުރިން
ރިޕޯޓް އޮސްޓްރޭލިއާގައި މުސްލިމުންނާއި ކްރިސްޓިއަނުންގެ އެއްބައި ވަންތަކަމުގެ ވަގުތުކޮޅު އެވަގުތުކޮޅު ރަމްޒުކޮށްދެނީ އޮސްޓްރޭލިއާގައި މުސްލިމުންނާއި ކްރިސްޓިއަނުންގެ އެއްބައި ވަންތަކަމެވެ. ޤައުމަށް ދިމާވެފައިވާ އުނދަގޫ ދަނޑިވަޅުގައި އެ ޤައުމުގެ މުސްލިމުންނާއި ކްރިސްޓިއަނުން އެޤައުމުގެ އެޑެލައިޑް ގެ ބޮނީތޮން ޕާކަށް ޖަމާވިއެވެ. އެދުވަހު ފަންސާހަށްވުރެ ގިނަ މުސްލިމް ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިންވަނީ ދެކުނު އޮސްޓްރޭލިއާގެ އެޑެލައިޑް ގެ ބޮނީތޮން ޕާކްއަށް ޖަމާވެ، އޮސްޓްރޭލިއާގައި އަނދަމުންދާ އަލިފާނުގެ ސަބަބުން ގެއްލުން ލިބެމުންދާ މީހުނަށްޓަކައި ވާރޭ ވެއްސެވުމަށް އެދި ދުޢާކޮށް... އައިމިނަތު ޔުމްނާ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫގައި އިމާރާތް ކުރަން ފަށާފައިވާ ހައުސިންގ ޔުނިޓް ތަކުގެ ޓެކްނިކަލް އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް ފަށައިފި ހދ. ހަނިމާދޫގައި އިމާރާތް ކުރަންފަށާފައިވާ ހައުސިންގ ޔުނިޓް ތަކުގެ ޓެކްނިކަލް އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. އިއްޔެ ހައުސިންގ މިނިސްޓްރީއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ “ހދ. ހަނިމާދޫގައި އިމާރާތް ކުރަންފަށާފައިވާ 100 ހައުސިންގ ޔުނިޓް ތަކުގެ ޓެކްނިކަލް އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް ފަށައިފި ކަމަށެވެ.” ހދ.ހަނިމާދޫގައި އިމާރާތް ކުރަންފަށާފައިވާ 100 ހައުސިންގ ޔުނިޓް ތަކުގެ ޓެކްނިކަލް އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް ފަށައިފި pic.twitter.com/lI0EjnBz5V — Min.of Natio... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިނޭ ބަނޑިޔާ ގްރޫޕްތަކުގެ މަތިން ހަނދާން އެބަހުރިތަ؟ ފިނޭ ބަނޑިޔާ ގްރޫޕްތަކުގެ ވާހަކަ އަޑުއެހިން ހެއްއްޔެވެ؟ އައްޑިހައިގެ އަހަރު ތަކުގައި އުތުރުން ވިދާލި ބަނޑިޔާ ގްރޫޕްތައް ނިސްބަތްވާ އެއް ރަށަކީ ހދ. ފިނޭއެވެ. އެ ރަށުގައި ދެ ބަނޑިޔާ ގްރޫޕް އޮތެވެ. އަވަށަކު ބަނޑިޔާ ގްރޫޕެކެވެ. ފިނޭ ޖިންސުންލަތީފުންގެ ފަރި ހަރަކާތްތައް ބައްލަވާލެއްވުމަށް އޭރުގެ އަތޮޅުވެރިންވެސް އެރަށަށް ވަޑައިގަންނަވައެވެ. އަތޮޅުވެރިން އޭރު ބަނޑިޔާ ބައްލަވަން ވަޑައިގެން މަޑުކުރައްވަނީ މިހާރުގެ ފިނޭ ސްކޫލް ކުރިމައްޗަށްވާހެން އެހެރަ ވީރާނާ ވެފައިވާ ފިނޭ ބާ ރައްވެހިގޭގައެވެ. ބަނޑިޔާ ގް... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ހައުސިންގ ޔުނިޓްތައް ލިބޭނެ ފަރާތްތައް އަލުން ދެނެގަންނަނީ ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ލިބޭނެ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް އަލުން ފަށައިފިއެވެ. ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމަށްޓަކައި ފޯމްތައް އިވެލުއޭޓްކޮށް، ލިސްޓް ތަރުތީބު ކުރުމުގެ މަސައްކަތް ފެށީ އިއްޔެއެވެ. އެމަސައްކަތް ކުރަމުންދަނީ އެކަމަށް އެ ރަށު ކައުންސިލުން އެކުލަވާފައިވާ ޓީމަކުންނެވެ. ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައްޙަވާލުކުރުމަށް ޓަކައި އޭސީސީ އާއި އޭޖީ އޮފީހުގެ ލަފާއާއިއެކު އަލުން ފޯމްތައް އިވެލުއޭޓްކ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ޔޫތު މިނިސްޓްރީން ތިން އެވޯޑެއް ދެނީ ޔޫތު މިނިސްޓްރީން ތިން އެވޯޑެއް ދޭން ނިންމައި، އެކަން މިރޭ ޢިއުލާންކޮށްފިއެވެ. ޔޫތު މިނިސްޓްރީއިން މިރޭ ތަޢާރުފުކޮށްފައިވާ ތިން އެވޯޑަކީ، ޒުވާނުންގެ އެވޯޑާއި، ކުޅިވަރު އެވޯޑު އަދި މަދަނީ ޖަމުޢިއްޔާތަކުގެ އެވޯޑެވެ. އެ ތިން އެވޯޑު ތަޢާރުފުކޮށްފައި ވަނީ ޔޫތު މިނިސްޓްރީން “ރަން އަހަރު”ގެ ނަމުގައި މިރޭ ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މިރޭ ތަޢާރުފު ކުރި ޒުވާނުންގެ އެވޯޑަކީ ޒުވާނުންގެ އިލްމާއި، ހުނަރުވެރިކަމާއި، މަސައްކަތްތެރިކަމުގެ ތ... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި ކުޅުދުއްފުށީ ކައުންސިލުން ބާއްވާ 2020 ވަނަ އަހަރުގެ ރަށު ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ރަށު ފެންވަރުގައި ބޭއްވޭ ތިން ދުވަހުގެ މުއްދަތަށް ބޭއްވޭ މި ޤުރުއާން މުބާރާތް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 20، 21 އަދި 22 ގައި ހދ. ކުޅުދުއްފުށީގައެވެ. އެހެން އަހަރުތަކާ ތަފާތުކޮށް 2020 ވަނަ އަހަރުގެ ރަށު ޤުރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކުވެސް ބައިވެރިވާންވާނީ ވަކިވަކިންކަމަަށާއި، އެއްވެސް ސުކޫލެއް އަދި ޤުރުއާން ކުލާހެއް މެދުވެރިކޮށްގެން ނޫން ކަމަށް އެކައުންސިލުން [... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ނ. ކެނދިކުޅުދޫ "މަސްޖިދުއްރަޙްމަތު" ރަސްމީކޮށް ހުޅުވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫގައި އަލަށް ޢިމާރާތްކޮށްފައިވާ “މަސްޖިދުއްރަޙްމަތު” މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި މިސްކިތް ހުޅުއްވައިދެއްވާފައިވަނީ، މިއަދު ހަވީރު ކެނދިކުޅުދޫގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. 550 މީހުންގެ ޖާގައިގެ މި މިސްކިތަކީ ހެޔޮ އެދޭ ފަރާތަކުން ކެނދިކުޅުދޫގައި ޢިމާރާތްކޮށްފައިވާ މިސްކިތެކެވެ. ރައީސުލްޖުމްހޫރިއްޔާ ބިންގާ އަޅުއްވައިދެއްވާފައިވާ މި މިސްކިތް ޢިމާރާތް ކުރުމުގެ މަސައް... އަލީ އާދިލް · 6 އަހަރު ކުރިން
ރިޕޯޓް ދޮށީ އަނތްބަށް ނާންގައި އެހެން ކައިވެންޏެއް ކުރުން ހުއްދަތޯ؟ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީގެ ތަފާތު ޓުވީޓުތަކުން ޓުވީޓެކެވެ. ” ދޮށީ އަތްބަށް ނާންގައި އެހެން ކައިވެންޏެއް ކުރުން ހުއްދަތޯ؟” ” ދޮށީ އަނތްބަށް ނާންގައި ސިއްރުން އެހެން ކާވެންޏެއް ކުރުން އިސްލާމް ދީނުގައި ހުއްދަ ހެއްޔެވެ؟ ދީނީ ޢިލްމުވެރިޔަކު ނިކަން ޖަވާބެއް ދެއްވަބައްލަވާށެވެ!” ދޮށީ އަނތްބަށް ނާންގައި ސިއްރުން އެހެން ކާވެންޏެއް ކުރުން އިސްލާމް ދީނުގައި ހުއްދަ ހެއްޔެވެ؟ ދީނީ ޢިލްމުވެރިޔަކު ނިކަން ޖަވާބެއް ދެއްވަބައްލަވާށެވެ! — އަޝްރަފް ޢަލީ (@ashraf830) January […] އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ އަޑިއަށް ދިޔަ ޑިންގީ ކަނޑު އަޑިން ނަގައިފި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނާއި، ބ، ހަނިފަރާ ދެމެދުން ދަތުރުކުރަމުންދިޔަ ދޯންޏަކާއި، ޑިންގީއެއް މުޑިއެރި ހާދިސާގައި އަޑިއަށް ދިޔަ ޑިންގީ ކަނޑުއަޑިން ނަގައިފިއެވެ. އެމްއެންޑީއެފް ޑްރައިވަރުން އެ ޑިންގީ ނަގާފައިވަނީ ބ. ދޮންފަނު ހުޅަނގުން 0.5 ނޯޓިކަލް މޭލް ބޭރުން 46 މީޓަރު އަޑިންނެވެ. މި ޑިންގީ މިހާރުވަނީ ބ. ދަރަވަންދޫއަށް ގެންގޮސްފައިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ. Launch akaai Dinghy eh jehi, B. Dhonfanu kairin hin'gi accident gai gellunu […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ރައީސުލްޖުމްހުރިއްޔާ އިންޑޮނޭޝިޔާގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އިންޑޮނީޝިޔާގެ ޖަކާޓާގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެ، ހާލުގައިޖެހި، އާންމުންގެ ގެދޮރަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ހަމްދަރުދީ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، މި ހާދިސާގައި ފުރާނަ... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިއްލަދޫ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި އެމްއެންޑީއެފްގެ ފަރާތުން ހއ. ފިއްލަދޫގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން މިއަހަރުގެ ޖެނުއަރީ 4 އަށް ފިއްލަދޫގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމްގައި އެރަށުގެ 60 މީހުން ބައިވެރިވެފައި ވެއެވެ. އެ ޕްރޮގްރާމް ނިންމުމުގެ ގޮތުން ރަސްމިޔާތެއްވަނީ ހއ. ފިއްލަދޫގައި ބާއްވާފައެވެ. MNDF Northern Area in HA. Filladhoo gai kuriahgendhiya “Moodhu Kasrathu Program” nimmaalaifi. 2019 December 15 in 2020 January […] އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ރ. މަޑުއްވަރީ އިން ތިން މީހަކު ހައްޔަރުކޮށްފި ރ. މަޑުއްވަރީގައި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި އެރަށުން ތިން މީހަކު ހައްޔަރުކޮށްފިއެވެ. ހަރުކަށިފިކުރާ ދެކޮޅަށް ފުލުހުން ހިންގާ އެ އޮޕަރޭސަންސްގައި ރ. މަޑުއްވަރީއިން އިއްޔެ ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއްގެ އިތުރުން 28 އަހަރުގެ ފިރިހެނެކެވެ. ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނުގައި މީގެ ކުރިންވެސް ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެ ތިންމީހުންގެ ބަންދަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު 10 ދުވަސް ޖަހާފައިވެއެވެ. މަޑުއް... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރިޕޯޓް މި ދުވަސްވަރު ދުނިޔޭގައި ހިނގަމުން އެދަނީ އާދައިގެ ކަންކަމެއް ނޫނެވެ. ފިކުރު ބޮޑު ވާންޖެހެ އެވެ. މި ދުވަސްވަރު ދުނިޔޭގައި ހިނގަމުން އެދަނީ އާދައިގެ ކަންކަމެއް ނޫނެވެ. އަމިއްލަ ރައްކާތެރިކަން ދަށް ކުދި ގައުމުތަކުން ފިކުރު ބޮޑު ވާންޖެހެ އެވެ. މިދުވަސް ވަރު ދުނިޔޭގެ މަޝްރަހުގައި އެންމެ ފާހަގަ ކޮށްލެވޭ ނުތަނަވަސް ކަމަކީ ސުލައިމާނީ އަވަހާރަކޮށްލުމުގެ މައްސަލައެވެ. އެމައްސަލަ އާއި ގުޅިގެން މިއަދުވަނީ އިރާނުން ހަމަލާތައް ދޭން ފަށާފައެވެ. އެމެރިކާގެ ކޯލީޝަން ފައުޖު ގާއިމްވެ އިރާގުގައި ތިބޭ އެއާބޭސް އަށް އީރާނުން ރޮކެޓް ހަމަލާތަކެއް ދީފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެގޮތުން ބީބީސީ އާއި އަލްޖަޒީ... އަލީ އާދިލް · 6 އަހަރު ކުރިން