ތިލަދުންމަތީ ޚަބަރު އިޚުލާސް ޤުރުއާން ކުލާހާއި އެކު ކުރިނބީ ރައްޔިތުންނަށް އުފާވެރިކަން ކުރިނބީގައި މިދިޔަ ހުކުރުދުވަހު އަލަށް ހުޅުވިގެން ދިޔަ އިޚުލާސް ޤުރުއާން ކުލާހުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް މިވަނީ ވަރަށް ބޮޑު އުންމީދެއް އާވެގެން ގޮސްފައެވެ. ކުރިނބީގައިި ޤުރުއާން ކުލާހެއް ހުޅުވިގެން ދިއުމަށް އެރަށު ރައްޔިތުން ކުރަމުން ދިޔަ އުންމީދުތަކަށް މިވަނީ ނިމުނެއް އައިސްފައެވެ. މިކަމުގެ އިންތިޒާރުގައި ތިބި ބެލެނިވެރިން އަދި ހާއްސަކޮށް ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކުރުމުގެ ފަހި ފުރުޞަތު ތަކެއް މިވަނީ ހުޅުވިފައެވެ.... އަލީ އާދިލް · 6 އަހަރު ކުރިން
ދީން "ކަޅުދިރީގައި މަރު ފިޔަވާ އެހެން ހުރިހާ ބައްޔަކަށް ޝިފާ ވޭ" ކަޅު ދިރި ގަހަކީ އިންޑިޔާގައި ގިނަ އަދަދަކަށް ހުންނަ ގަހެކެވެ. ގަހުގެ ދިގު މިނަކީ ގާތްގަޑަކަށް ބައިމީޓަރު ވަރެވެ. މިގަހުގައި ނޫކުލައިގެ މާތަކެއް އަޅައެވެ. މިގަސް ހެދެން ފަށާފައިވަނީ ތުރުކީއައި އިޓަލީގައެވެ. އަދި ފަހުން މިގަސް އޭޝީއާއަށް ގެނެސް އިންޑީޔާގައި ހައްދަން ފެށުނެވެ. ކަޅު ދިރި އަކީ ކަޅުކުލައިގެ، ތިނެސްކަން ބައްޓަމެއްގައި އިންނަ އޮށެކެވެ. ކަޅުދިރީގައި ތޫނު ވަހެއް އެކުލެވިގެން ވުމާއެކު ގިނަ އަދަދަކަށް ތެޔޮ އެކުލެވިގެން ވެއެވެ. ކަޅު ދިރީގެ ބޭނުން އަރަބިން ދަސްކުރީ ގްރީކު […] Thiladhun · 6 އަހަރު ކުރިން
ކޮލަމް މަންމާއެވެ. ހަނދާނެއް ނުނެތެއެވެ. ހަނދާނެއް ނުނެތެއެވެ. ނުވެސް ނެތޭނެއެވެ. އެދުވަހު މައިން ބަފައިން ޚާއްޞަކޮށް މަންމަ ދަރިން ބަލަން އުފުލި ބުރަ އެއީ ދައްކާ ކޮޅުންލާނެ ވާހަކަތަކެއް ނޫނެވެ. މިޒަމާނާ އަޅާ ބަލާއިރު އޭރު ވަސީލަތްތައް މަދެވެ. ލިބޭ އާމްދަނީ ވެސްމަދެވެ. އާމްދަނީ ހޯދުމަށްޓަކައި ބައްޕަ އުޅުނީ ދަތުރު ކުރާށެވެ. ދަރިންގެ ހުރިހާ ބުރައެއް އުފުލީ މަންމައެވެ. އެއްވެސް ކަމެއް އުނިނުކޮށް އެންމެ ފުރިހަމައަށް ހުރިހާ ޚިދުމަތެއް ކޮށްދިނީ އެ މަންމަ އެކަނިމާ އެކަންޏެވެ. މިޒަމާނުގައި ވެސް މިކުރާ ހުރިހާ މަސައްކަތެއް […] އަޙްމަދު މުނައްވަރު · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޑީޕީ ޕްރައިމަރީގައި 1228 ކެންޑިޑޭޓުން ވާދަކުރާއިރު ލިސްޓު ވަނީ އާންމުކޮށްފަ އެމްޑީޕީ ޕްރައިމަރީގައި 1228 ކެންޑިޑޭޓުން ވާދަކުރާއިރު ލިސްޓު ވަނީ އާންމުކޮށްފައެވެ. އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފި އެވެ. ހއ އަތޮޅު ރަށު ކައުންސިލް ތަކަށް ޖުމްލަ 95 ފަރާތަކުން ކުރިމަތިލާފައިވާއިރު ހދ އަތޮޅުން 58 ފަރާތަކުން ވާދަކުރާނެއެވެ. ށ. އަތޮޅު ރަށު ކައުންސިލްތަކަށް 86 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. ހއ އަތޮޅު ކައުންސިލްގެ ރައީސް ގެ މަޤާމަށް ކުރިމަތިލާފައިވަނީ އެ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ލޯންޗަކާއި ފެރީއެއް އެކްސިޑެންޓްވެ ތިން ފަތުރުވެރިންނަށް އަނިޔާވެއްޖެ ލޯންޗަކާއި ފެރީއެއް އެކްސިޑެންޓްވެ ތިން ފަތުރުވެރިއަކަށް އަނިޔާވެއްޖެ އެވެ. ވިލާ ޓްރެވަލްސްގެ ލޯންޗަކާއި މާލެއާއި އެއާޕޯޓާއި ދެމެދު ދަތުރުކުރާ ފެރީއަކާއި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:30 ހާއިރުގައެވެ. “މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވޭ” ފުލުހުން ބުނެފައިވެއެވެ. އެ ސަރަހައްދުގައ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ޚަބަރު އިހަވަންދޫ ކައުންސިލްގެ ވެބްސައިޓް ރައީސް ނަޝީދު އިފްތިތާހް ކޮށްދެއްވައިފި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް އިފްތިތާޙް ކޮށްފިއެވެ. މިވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައްޔިތުން މަޖްލިސްގެ އިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މިއީ މިހާތަނަށް އިހަވަންދޫގައި މުޢައްސަސާ އެއްގައި ގާއިމްކުރެވުނު އެންމެ ފުރަތަމަ ވެބްސައިޓެވެ. މިވެބްސައިޓް ހިންގަން ފެށުމާއިއެކު އިހަވަންދޫ ކައުންސިލްގެ ޚިދުމަތްތަކަށް އިތުރު ފުރިހަކަމެއް ލިބި ޚިދުމަތ... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ 2020 ވަނަ އަހަރަށް، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލައިފި 2020 ވަނަ އަހަރަށް، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލައިފިއެވެ. މި މަޖިލީހަކީ ޤާނޫނު ނަންބަރު: 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ) ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 2-33 ގެ (ވ) އިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން އެކުލަވާލަފައިވާ މަޖިލީހެކެވެ. މި މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގެ އިދާރީ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، އެ މަސައްކަތްތައްކުރާނީ އިދާރީ ގޮތުން މަޖިލިސް ކުރިއަށްދާނެ ގޮތް ކަނޑައަޅާ މި ޑިޕާޓްމަންޓުން އެ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ ހުޅުމާލޭ ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ލޮލުގެ ފަރުވާދޭ ސެންޓަރ ރައީސް ހުޅުއްވައި ދެއްވައިފި ހުޅުމާލޭ ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ލޮލުގެ ޚާއްޞަ ފަރުވާދޭ “ޑރ. އެން.ޑީ. ޢަބްދުﷲ ޢަބްދުލްޙަކީމް އޮފްތަލްމޮލޮޖީ ސެންޓަރ” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން މިއަދު ހުޅުވައިދެއްވައިފިއެވެ. ރައީސް އޮފީހުން ބުނީ، ރާއްޖޭގައި އެންމެ ފުރަތަމަ ލޮލުގެ ޚިދުމަތް ފެއްޓެވި ދިވެހި ޑޮކްޓަރުގެ ނަމުން ނަންދެވިފައިވާ މި ސެންޓަރަކީ ރާއްޖޭގައި ލޮލުގެ ބަލިތަކަށް ދެވޭ ފަރުވާ ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ސެން... ޙުސައިން ޝަހުދީ · 6 އަހަރު ކުރިން
ރާއްޖެ ކޯލިޝަން ސަރުކާރެއްގަައި ހިމެނޭ ކޮންމެ ބައިވެރިއަކީވެސް މުހިންމު ބައިވެރިއެއް: މެންބަރު އަބުދު ﷲ ރިޔާޒް ކޯލިޝަން ސަރުކާރެއްގަައި ކޯލިޝަންގައި ހިމެނޭ އެންމެހާ ބައިވެރިންނަކީވެސް މުހިންމު ބައެއްކަމަށް ކަމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދު ﷲ ރިޔާޒް ވިދާޅުވެއްޖެއެވެ. ރިޔާޒް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން އެއްވެސް ބައެއް ބާކީ ނުކޮށް ހުރިހާ ރައްޔިތުންނަށް ހައްގު މިންވަރު ދެއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުގެ މަސައްކަތް އެތައް ގޮތަކުން ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. ރިޔާޒް މިގޮތަށް ވިދާޅުވީ ” ހައްޤު މިން... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގިނަ ސްކޫލްތަކުން ތަހައްމަލުކުރާ ދަށްޗެއް، ނޮޅިވަރަންފަރު ސްކޫލުން ހައްލު ހޯދައިފި ސްކޫލް ކައިރީ ޕާކް ކުރުމުގައި ތަރުތީބުމަގެއް ހޯދައި، ހދ. ނޮޅިވަރަންފަރު ސްކޫލުން، އެ ސްކޫލް ކައިރީ އެއްގަމު އުޅަނދު ޕާކް ކުރުމުގައި ދިމާވާ އުނދަގޫތަކަށް ހައްލު ހޯދައިފިއެވެ. ރާއްޖޭގެ ސްކޫލްތައް އިންވެގެންވާ ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކްކޮށްފައި ހުންނަ ގޮތުން ދަރިވަރުންނާއި، ބެލެނިވެރިންނާއި ސްކޫލަށް އެތައް ދައްޗެއް ކުރިމަތި ވެއެވެ. މާލޭގެ ސްކޫލްތަކާއި ޚިލާފަށް ރަށް ފުށުގެ ގިނަ ސްކޫލްތަކަކީ ވަށައިގެން ޖާގަ އޮންނަ، ނުވަތަ އެ ސްކޫލެއް ހުންނަ ސަރަހައްދުގައި ޤަވާޢިދުން ޕާކްކުރާނަމަ ދަރިވަރުންނ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ހިމަބިއްސަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާ ނެގެޓިވް: ހެލްތު މިނިސްޓްރީ ހިމަބިއްސަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާ ނެގެޓިވްކަމަށް ހެލްތު މިނިސްޓްރީ ބުނެފިއެވެ. ހިމަބިއްސަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާ ނެގެޓިވް ކަމަށާއި އެ ކުއްޖާއަކީ ވެކްސިން ޖަހާފައިވާ ކުއްޖެއް ކަން ފާހަގަކުރާކަމަށް ހެލްތު މިނިސްޓްރީއިން ބުފައިވެއެވެ. ހިމަބިހި ޖެހިގެން ކަމަށް ޝައްކު ކުރެވިގެން މިއަދު ފަރުވާ ދިން ކަމަށް އަޖީއެމްއެޗްއިން ހާމަކުރީ 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ. އެކުއްޖާ ވަކިން ބާއްވައިގެން އައިޖީއެމްއެޗްގައި ވަނީ އޮބްޒަވޭސަންތައް ކުރިއަށް ގެންގޮއްސައެވެ. އެ ކޭސްގ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ކައުންސިލް އިންތިޚާބުގެ ވޯޓާސް ލިސްޓް އާންމުކުރާ ދުވަސް ހާމަކޮށްފި އަންނަ އޭޕްރިލް 4 ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިޚާބުގެ ވޯޓު ލިސްޓް އާންމުކުރާ ދުވަސް އިލެކްޝަންސް ކޮމިސަނުން މިއަދު ހާމަކޮށްފިއެވެ. އެ ކޮމިސަންގެ ނައިބު ރައީސ އަހުމަދު އަކުރަމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓް މިމަހުގެ 20 ވަނަ ދުވަހު އާންމު ކުރައްވާނެ ކަމަށެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް 10 ދުވަސް ލިބޭނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވަނީ އެ […] އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި ހިމަބިހި ފެތުރޭކަން އިއުލާންކޮށްފި ރާއްޖޭގައި ހިމަބިހި ފެތުރޭކަން ހެލްތް މިނިސްޓްރީއިން އާންމުކޮށް އިއުލާންކޮށްފި އެވެ. އެ މިނިސްޓްރީއިން މިއަދު އެކަން ޢިއުލާންކުރީ ހެލްތް މިނިސްޓަރު އަބދު ﷲ އަމީން މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށާ އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. ހިމަބިހި އެންމެ ފުރަތަމަ ފެނުނު ސަރަހައްދުތަކަށް މިއަދު ހަވީރު 4:00 ގައި ހެލްތްގެ ޓީމްތައް ގޮސް ވެކްސިން ދޭން ފަށާނެ ކ... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ކޯލިޝަން ސަރުކާރާ ހެދި ހިތްހަމަ ޖެހުން ހޯދޭތަނެއް ނުފެނޭ: ރައީސް ނަޝީދު އެމްޑީޕީގެ ސަރުކާރެއް އޮތްނަމަވެސް އެމްޑީޕީގެ މެންބަރުންނަށް އޭގެ ހިތްހަމަޖެހުން ހޯދޭތަން ފެންނަމުން ނުދާކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ އުތުރަށް ކުރަމުން ގެންދާ އުތުރުގެ ދަތުރުގައި ހއ. އިހަވަންދޫ އަށް ވަޑައިގެން އެރަށުގެ އެމްޑީޕީސަޕޯޓަރުންނާއި މިއަދު ހެނދުނު ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސ... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ އިތުރު ފަރާތެއް ފެނިއްޖެ: އެޗްޕީއޭ ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ އިތުރު ފަރާތެއް ފެނިއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ. އެޗްޕީއޭއިން ދެންމެ ކުރެއްވި ޓުވީޓެއްގައި ވަނީ ހިމަބިހީގެ އިތުރު ކޭސްއަކާއި، ބައްޔަށް ޝައްކު ކުރެވޭ އިތުރު ފަރާތެއް ފެނިއްޖެކަމަށެވެ. އަދި ބައްޔަށް ޝައްކުކުރެވޭ ފަރާތުގެ ޓެސްޓްތައް ކުރެވެމުން ދާކަމަށެވެ. ހިމަބިހީގެ އިތުރު ކޭސްއަކާއި، ބައްޔަށް ޝައްކު ކުރެވޭ އިތުރު ފަރާތެއް ފެނިއްޖެ. ބައްޔަށް ޝައްކުކުރެވޭ ފަރާތުގެ ޓެސްޓްތައް ކުރެވެމުން އެބަދޭ. @MoHmv — Health Protection Agency (@HPA_MV) Janu... ޔުމްނާ ޢަލީ · 6 އަހަރު ކުރިން