ރާއްޖެ ސަމާުލުވޭ! 15 އަހަރުގެ އަންހެން ކުއްޖެއްގެ ނޭވާހޮޅިން އަނެއްކާ ވެސް ބުރުގާ ޕިނެއް ނަގައިފި 15 އަހަރުގެ އަންހެން ކުއްޖެއްގެ ނޭވާހޮޅިން އަނެއްކާ ވެސް ބުރުގާ ޕިނެއް އައިޖީއެމްއެޗް ހޮސްޕިޓަލްއިން ނަގައިފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ޓީމަކުން މިރޭ ޓުވިޓަރގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ ބުރުގާ އަޅާއިރު، އަނގައަށް އެއްގޮތަކަށް ވެސް ޕިން ލާކަށް ނުވާނެ. ކޮންމެވެސް ކަހަލަ ގޮތަކަށް ޕިން ހަމަ އަނގައިގެ ތެރެއަށް ހިނގައިދާނެ. ކޮށި އެރުން ނުވަތަ ކޮންމެވެސް އެހެން ކަމެއް ދިމާވެގެން ވެސް، އެހން ކަމުން އެއްވެސް ހާލަތެއްގައި ބުރުގާޕިން އަނގަޔަށް ނުލުމަށް ވަނީ އިލްތިމާސްކޮށްފ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ދީން "ދީނާ ދެކޮޅު މީހެއް ކަމުގައިވިޔަސް، އަދާވާތްތެރިއެއްގެ ގޮތުގައި ބަލައިގެން ނުވާނެ، އެމީހަކީ ހިދާޔަތު ދެވިދާނެ މީހެއް" ދީނާ ދެކޮޅު މީހެއް ކަމުގައިވިޔަސް، އެމީހަކީ ހިދާޔަތު ދެވިދާނެ މީހެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށާއި އެއީ އަދާވާތްތެރިއެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށް ޒިންބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވެއްޖެއެވެ. މުފްތީ މެންކު ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން މާލެ ސިޓީގެ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ދަރުސްގައި ވާހަކަދައްކަވަމުން ވިދާޅުވީ ދީން ދޭހަވުމުގައި އަދި ދީނަށް އަމަލުކުރުމުގައި ބޭނުންކުރަން ޖެހޭނީ ހަރުކަށި ގޮތްތައް ނޫން ކަމަށާއި އެއީ އަގީދާގެ ގޮތުން އިސްލާމްދީނާ... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދެ ރައީސުންނާއި އެމްޑީޕީގެ ވަފުދަށް ކުޅުދުއްފުށި ސިޓީއިން ހޫނު މަރުޙަބާއެއް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއާއި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަދި އެމްޑީޕީގެ ވަފުދަށް ކުޅުދުއްފުށިން މިރޭ ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ. ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއާއި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު “އެޖެންޑާ 19 ރަށަށް” މިނަމުގައި ކެމްޕެއިނަށް ތިލަދުންމަތީ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި މިރޭ ކުޅުދުއްފުއްޓަށް ވަޑައިގ... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުށްމަދުކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ހަނިމާދޫ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި ކުށްމަދު އަމާން މާހައުލެއް ޤާއިމު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ހަނިމާދޫ ރައްޔިތުން ހޭލުންތެރިކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މި ހިނގާ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ފެށި މި ޕްރޮގްރާމްގައި، މުޖުތަމަޢުގައި ހިންގާ ނޭދެވޭ ކުށްތައް މަދު ކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ނޭނގި ކުރެވޭ ކުދި ކުށްތަކަކީ ކޮބައިކަމާއި އެކުށްތަކ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޑީޕީގެ ތިލަދުންމަތީ ދަތުރުގެ ބައިވެރިންނާއި ރައީސް ޞާލިޙް ގުޅިވަޑައިގަތީ ކަނޑުމަތިން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް، އެމްޑީޕީގެ ތިލަދުންމަތީ ދަތުރުގެބައިވެރިންނާއި ކަނޑުމަތިން ގުޅިވަޑައިގެންފިއެވެ. ރައީސް ޞާލިހް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ، ތިލަދުންމަތީ ދަތުރުގެ ބައިވެރިންނާއި ގުޅިވަޑައިގަތީ ކުމުންދޫއާއި ވައިކަރަދޫއާއި ދޭތެރޭ ކަނޑުމަތިންނެވެ. ރައީސް އެމްޑީޕީގެ ތިލަދުންމަތީ ދަތުރުގެ ބައިވެރިންނާއި ގުޅިވަޑައިގަތުމުގެ ކުރިންވަނީ ހދ. ނޭކުރެންދޫއަށް ވަޑައިގެންފައެވެ. އެމަނިކުފާނު ނޭކުރެންދޫއަށް ވަޑައިގަތީ ބްލޫ ޕްރޮސްޕަރިޓީއާ ގުޅޭގޮތުން ރައ... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫގައި އިސްލާމިކް ޔުނިވަރސިޓީގެ 56 ކޯހެއް ފަށަނީ ހަނިމާދޫގައި އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތައް ފެށުމަށް ހަމަޖައްސައި، ކޯސްތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއަދު އެޔުނިވަރސިޓީއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ ސެމިސްޓަރގައި އައި.ޔޫ.އެމް އިން ހދ. ހަނިމާދޫގައި އެ ޔުނިވަރސިޓީގެ ކޯސްތައް ފެށުމަށް ހަމަޖެހިފައިވާ ވާކަމަށެވެ. އެގޮތުން ޖުމްލަ 56 ކޯހެއް ހަނިމާދޫގައި ފެށުމަށް ޢިއުލާންކޮށްފައިވެއެވެ. އޭގެ ތެރޭދައި މާސްޓަރސް ޑިގްރީއަށް ކިޔެވޭ 11 ކޯހާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާގެ 3 ކޯހާއި، ބެޗްލަރސް ޑިގްރީއ... އަލީ އާދިލް · 6 އަހަރު ކުރިން
ޚަބަރު ޑރ. އަލްތާފް އަދުނާން ކޭއާރުއެޗްގައި އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށައިފި ޑރ. އަލްތާފް އަދުނާން ކޭއާރުއެޗްގައި އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށައިފިއެވެ. މިއީ ފުރަތަމަ ފަހަރަށް ދިވެއްސެއް އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައި ކޭއާރުއެޗުގައި ބަލިމީހުން ބަލަން ފެށިފުރަތަމަފަހަރެވެ. ޑރ. އަލްތާފް އަދުނާން އިސްމާއިލް ކޭއާރުއެޗްގައި މަސައްކަތް ކުރަން ފަށާފައިވަނީ މިއަދުއެވެ. ދިވެހި ސަރޖަންއެއް ވަނީ ވަގުތީގޮތުން އެ ހޮސްޕިޓަލުގައި ކުރިން މަސައްކަތް ކުރައްވާފައި ވީނަމަވެސް މިއީ އެ ހޮސްޕިޓަލުގައި ދިވެހި އޮޕަރޭޝަން ޑޮކްޓަރަކު ދާއިމީކޮން މަސައްކަތް ކުރަންފެށި ފުރ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރިޕޯޓް 30 އަހަރު ވަންދެން ރިޓައަރމަންޓް މުސާރަ އެއްކުރުމަށްފަހު، ފިރިމީހާގެ ނަންމަތީ މިސްކިތެއް ބިނާކޮށްފި ސައޫދީ އަރަބިއާގެ އަންހެނަކު އޭނާގެ ފިރިމީހާ ނިޔާވުމުން ފިރިމީހާގެ މުސާރަ 30 އަހަރު ވަންދެން ރައްކާ ކުރުމަށްފަހު، ފިރިމީހާގެ ނަންމަތީގައި މިސްކިތެއް ބިނާކޮށްފިއެވެ. އެ އަންހެން މީހާގެ ދަރިފުޅު މުހައްމަދު އަލް ހަރބީ އޭނާގެ މަންމަގެ ފޮޓޯއެއް ޓްވީޓަރ ގައި ހިއްސާ ކުރިތާ މާގިނަ އިރު ތަކެއް ނުވެ މިވާހަކައިގެ އަޑުވަނީ މުޅި ސޯޝަލް މީޑިއާގައި ގުގުމާލައި، އެތައްބައެއްގެ ތައުރީފް އެ ވަނީ އަންހެންމީހާ އަށް ލިބިފައެވެ. مواطن ينشر صورة لوالدته داخل مسجد استطاعت […] އައިމިނަތު ޔުމްނާ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޭކުރެންދޫ ކައުންސިލަރުންނާއި މުއައްސަސާތަކުގެ އިސް ވެރިންނާއި ރައީސް ބައްދަލުކުރައްވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހދ. ނޭކުރެންދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޭކުރެންދޫ ކައުންސިލަރުންނާ އަދި އެރަށު މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީ ނޭކުރެންދޫގައެވެ. މި ބައްދަލުކުރެއްވުމުގައި، ނޭކުރެންދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ކުރިޔަށް ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ އައްޑޫ ސިޓީގައި ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫއަށް ލޯނު އެހީގެ ގޮތުގައި 14 މިލިއަން ޑޮލަރު ހަމަޖެހިއްޖެ އައްޑޫ ސިޓީގައި ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫއަށް ލޯނު އެހީގެ ގޮތުގައި 14 މިލިއަން ޑޮލަރު ހަމަޖެހިއްޖެއެވެ. އައްޑޫ ސިޓީގައި ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫޢެއް ހިންގުމަށް އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ) މެދުވެރިކޮށް އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) އިން 14 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 216 މިލިއަން ދިވެހި ރުފިޔާ) ލޯނު އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ދިނުމަށް ނިންމައި، އެކަން ރަސްމީކޮށް މިއަދު އޭ.ޑީ.އެފް.ޑީ އިން އިޢުލާން... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ހައުސިންގ ޔުނިޓްތަކާ ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަ ތަކަށް ކުރީގެ މެމްބަރު ލަތީފް ރަށްދު ދެއްވައިފި ހއ. ދިއްދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ދެއްކެވި ވާހަކަތަކަށް ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުލްލަތީފް މުހައްމަދު ރަށްދުދެއްވައިފިއެވެ. ރޭ ދިއްދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު، ދިއްދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ އިތުރުފުޅެއްކަމަށް ލަތީފް ވިދާޅުވިއެވެ. ނަޝީދުގެ ރޭ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުގައި އަޅާ... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ކަނޑު ފަޅުގެ މުއްސަނދިކަން ފޯރުކޮށްދޭންޖެހޭ: ރައީސް ދިވެހިންގެ ދިރިއުޅުން ބިނާވެފައި އޮތީ ކަނޑުތަކާއި ފަޅުތަކުން ލިބޭ ނަފާގެ މައްޗަށްކަމުން، އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ބޮލުގައި އެޅިފައި އޮތް ވަރަށް މުހިންމު ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ހދ. ނޭކުރެންދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ކުރިޔަށް ގެންދާ ޙަރަކާ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ މި އަހަރަށް ކަނޑައަޅާފައިވާ ޓްރެފިކް ހޭޝްޓެގް ލޯންޗުކޮށްފި މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޓްރެފިކް ހޭޝްޓެގް #މަގޭޒިންމާ #MageyZinma ލޯންޗުކޮށްފިއެވެ. މިކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ދެއްކެވި ވާހަކަފުޅުގައި، ޓްރެފިކްގެ ޤަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވައި ހޭލުންތެރިކޮށް ސޯޝ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރިޕޯޓް ޝަހާދަތް ކިޔުއްވުމަށްފަހު ދަރުސް ދެއްވަނިކޮށް ސެއިޚް ނިޔާވުން، ކޮންމެ ވަގުތަކުވެސް މަރުވެދާނެ! ޝޭހް އަބްދުލް ލަޠީފް އަހްމަދު ބާޤީ ކައިވެނި ހަފްލާއަކަށް ވަޑައިގެން ޝަހާދަތް ކިއުއްވުމަށްފަހު ކައިވެންޏާއި ގުޅޭ ދަރުހެއް ދެއްވަން ހުންނަވަނިކޮށް ވަނީ މިދުނިޔެ ދޫކުރަށްވާފައެވެ. މިފަދަ އެތައް ހާދިސާއަކުން އަޅުގަނޑުމެން އިބުރަތް ލިބިގަންނަން ޖެހެއެވެ. މަރު ބައްދަލުކުރާނޭ ވަގުތު ހަމަ އެކަކަށްވެސް ނޭނގޭ ކަމުން އަބަދުމެ ތިބެންވާނީ މަރަށް ތައްޔާރުވެގެންނެވެ. ކޮންމެ މުސްލިމަކުވެސް މިދުނިޔެއަށް އުފަންވާއިރު އެމީހަކަށް ރަހުމަތެއްގެ ގޮތުގައި އާއިލާގެ މެމްބަރުން ބަންގީގެ އަޑުއިއްވައެވެ. އަދި ޝަހާދަތުގެ ދެކ... އައިމިނަތު ޔުމްނާ · 6 އަހަރު ކުރިން
ރާއްޖެ ރައީސް ނޭކުރެންދޫއަށް ވަޑައިގެންފި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ހދ. ނޭކުރެންދޫ އަށް ވަޑައިގެންފި އެވެ. ރައީސްގެ މި ދަތުރުފުޅަކީ ބްލޫ ޕްރޮސްޕަރިޓީއާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ބާއްވާ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ. ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރާ ދިރާސާ ޕްރޮގްރާމެއް ސަރުކާރުން ވަނީ ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެންފަށާފައެވެ. މި ދިރާސާ ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެވުނު އެއްބަ... އަލީ އާދިލް · 6 އަހަރު ކުރިން