ރާއްޖެ އުމުރުން ދުވަސްވީ މީހަކު އުމުރުން 2 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނ އުމުރުން ދުވަސްވީ މީހަކު އުމުރުން 2 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ. ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު އުމުރުން 2 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ އެއް 2020 ޖެނުއަރީ 15 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވޭ. މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފަ އެއް ނުވާކަމަށާއި ނަމަވެސް މި މައްސަލަ ފުލުހުން ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ކަނޑުގެ ލޮނުން ހަކަތަ އުފަށްދާ އޯޓެކް ސިސްޓަމް ރާއްޖެގައި ޓެސްޓު ކުރުމަށް ތައްޔާރުވަނީ ކަނޑުގެ ލޮނު ބޭނުންކޮށްގެން ހަކަތަ އުފައްދާ އީޖާދެއްގެ ސާމްޕަލް ސިސްޓަމް އުފެއްދުމަށް، ކޯންވެލްގެ ކުންފުންޔެއްކަމުގައިވާ ގްލޯބަލް އޯޓެކް ރިސޯސަސް އަށް 140،000 ޕައުންޑުގެ އެހީ އީޔޫ އިން ދީފިއެވެ. މި އީޖާދުން ކަނޑުއަޑީގައި ހުންނަ ފިނި ފެން، ހޫނު ފެން ފަށަލައިގެ ތެރެއަށް ދެމުމުން ފެނުގެ ފިނިހޫނުމިނުގައި ހުންނަ ތަފާތުގެ ސަބަބުން މި ސިސްޓަމުގައި ހަރުކުރެވިފައިވާ ބުރަފަށްޗެއްގެ އެހީގައި ހަކަތަ އުފައްދައިދެއެވެ. މިކުންފުނިން މައުލޫމާތު ދޭގޮތުގައި މި ސިސްޓަމުން އެއް މެގަރ ވޯޓްގެ ކަރަންޓު އުފެއްދޭނެއެވެ.... އައިމިނަތު ޔުމްނާ · 6 އަހަރު ކުރިން
ޚަބަރު ސީޕްލޭން ޓާމިނަލް ހިންގުން އެއްވެސް ބަޔަކަށް ދިނުމަކީ ކުރަންހެޔޮވާވަރު ކަމެއް ނޫން: ޢަލީ ހުސައިން ސީޕްލޭން ޓާމިނަލް ހިންގުން އެއްވެސް ބަޔަކަށް ސަރުކާރުން ދިނުމަކީ ކުރަންހެޔޮވާވަރު ކަމެއް ނޫންކަމަށް ކެނދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. އެމްއޭސިއެލްގެ ސީޕްލޭން ޓާމިނަލް ހިންގުން އެއްވެސް ބަޔަކަށް ސަރުކާރުން ދިނުމަކީ ދިވެހި ދައުލަތަށް އިންތިހާޔަށް ގެއްލުންވާނެ ކަމެއްކަމަށްވެސް މެމްބަރު ޢަލީވަނީ ވިދާޅުވެފައެވެ. ސީޕްލޭން ޓާމިނަލް ހިންގުން އެއްވެސް ބަޔަކަށް ސަރުކާރުން ދިނުމަކީ ދިވެހި ދައުލަތަށް އިންތިހާޔަށް ގެއްލުންވާނެ ކަމެއް. ތިޔައީ ކުރަންހެޔޮވާވަރު ކަމެ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ އޮޕެކް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް – އޮފިޑްގެ ޑިރެކްޓަރ ޖެނެރަލް ޑރ. އަބްދުލް ޙާމީދު އަލް ޚަލީފާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮފިޑްގެ ޑިރެކްޓަރ ޖެނެރަލްގެ އިތުރުން އޮފިޑްގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ދިވެހިރާއްޖެއަށް މަރުޙަބާ ވިދާޅުވެ، އޮފިޑްގެ ފަރާތުން ދިވ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ށ. ފުނަދޫ އެއާޕޯޓު އަންނަމަހު ހުޅުވަނީ ށ. ފުނަދޫގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓު އަންނަމަހު ހުޅުވަން މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރު ޕީއެސްއެމް އަށް ދެއްވި ބަސްދީގަތުނެއްގައި ވިދާޅުވީ ފުނަދޫ އެއާޕޯޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހު އިންސްޕެންޝަންތައް ފަށައި، ވަރަށް އަވަހަށް ޓެސްޓް ފްލައިޓް ޖައްސާނެކަމަށް ޒުހައިރު ވިދާޅުވިއެވެ. އެހެންނަމަވެސް އެއަޕޯޓް ހުޅުވާނެ ސީދާ ތ... އަލީ އާދިލް · 6 އަހަރު ކުރިން
ރިޕޯޓް ތަރައްޤީގެ ޖާދޫ ފެނި މޫސަ އާސޯޚް ވެއްޖެ! މޫސައަށް ފެނިލެއްވީ އަމިއްލައަށް އޭޓީއެމް މެޝިން މައްޗަށް އަރާ އޮތް ޓިޝޫ ކޮޅެކެވެ. މޫސަ ސިފަ ކުރެއްވީ އެއީ ޖާދޫއެއް ކަމަށެވެ. ކުރިމަތީ ހުރި ޑަސްބިނުން ފުންމައިގެން އަރައި މެޝިންމަތީ ޓިޝޫކޮޅު އޮތުމަކީ ޖާދޫއަކަށް ނުވާންވީ ސަބަބެއް ނޫންތާއެވެ. މޫސަ ބުނުއްވަނީ އާދެ! ތަރައްގީ އިނގޭތޯ. ދަންނަވަންތޯ މެޝިންމަތީ އެ އޮތް ޓިޝޫކޮޅު އެއީ ހަމަ އަމިއްލައަށް އެތަނަށް އަރާއޮތް އެތިކޮޅެއް. ކޮންފަދަ ޖާދުލެއްތޯ. ޓީވީއެމްގައި 13 އަހަރު ޚިދުމަތް ކުރެއްވި މަޝްހޫރު ޕްރެޒެންޓަރު، މިހާރު އައިއޭއެސްގެ […] ޙުސައިން ޝަހުދީ · 6 އަހަރު ކުރިން
ރާއްޖެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ސިޔާސީ ޕާޓީތަކަށްވެސް ވާދަކުރެވޭނެ: އީސީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަގޮތުންވެސް ވާދަކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ސިޔާސީ ޕާޓީތަކުންނާއި، އަމިއްލަގޮތުން ވާދަކުރުމުގެ ފުރުސަތުވެސް އޮންނާނެކަމަށެވެ. ކައުންސިލްތަކުގެ އިންތިޚާބާއި، ލޯކަލް ކައުންސިލް އިންތިޚާބުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކަމަށް އަކްރަ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަމުގައި ޤާއިމްކުރާ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ނޮޅިވަރަމުގައި ޤާއިމްކުރާ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި އެވެ. އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25,269,605.00 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. https://twitter.com/monpimv/status/1217731842721247233?s=21 ހ.ދ ނޮޅިވަރަމުގައި ފެނުގެ ނިޒާމު ޤާއިމް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ހުޅުވާލައިފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 2... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް ލަފާދީފި ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް ލަފާދީފި އެވެ. ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމާފަ އެވެ. 15 ޖަނަވަރީ 2020 ގައި ބޭއްވުނު އެ ކޮމިޝަންގެ 05/2020 ވަނަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ރައީސްއަލްއުސްތާޛު […... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހާލަތު ރައީސް ބައްލަވާލައްވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ ހާލަތު ބައްލަވާލައްވައިފިއެވެ. މިއަދު ހެނދުނު ކުރެއްވި މި ޒިޔާރަތުގައި ހޮސްޕިޓަލުގައި އެޑަމިޓްކޮށްފައިވާ ފަރާތްތަކާއި ބައްދަލުކުރައްވާ ހާލު އައްސަވާފައިވެއެވެ. އަދި އެ ހޮސްޕިޓަލުގެ އިސްވެރިންނާއި ބައްދަލުކޮށް ހުރި ގޮންޖެހުންތައް އައްސަވާފައިވެއެވެ. President @ibusolih visits Kulhudhuffushi Regional Hospital pic.twitter.com/JRueovc9aW — The President's Office (@presidencymv) January 16, 2020 ރައ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފެނާއި ނަރުދަމާ އަދި ބަނދަރު ހަދަން އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނު ރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށާއި ބަނދަރު ހެދުމަށް 50 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ނިންމައިފި އެވެ. އޯޕެކް ފަންޑުގެ އެހީގައި ފަސް ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް އަދި އަށް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ދޭ ލޯނު އެހީގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އޯޕެކް ފަންޑުގެ އެހީގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް […] އަލީ އާދިލް · 6 އަހަރު ކުރިން
ވިޔަފާރި "ވިޔަފާރީގެ އުޞޫލުން އަގުއެއްކުރި މަހާއިމަހުގެ އުފެއްދުންތައް ތައްޔާރުކުރުން" ގެ ނަމުގައި ތަމްރީން ޕްރޮގްރާމުތަކެއް ދިވެހި މަސްވެރިކަމުގެ ޞިނާޢަތުގައި މަހާއި މަހުންތައްޔާރުކުރާ ބާވަތްތައް އިތުރުކޮށް މަތީއަގުލިބޭ ބާވަތްތައް އުފައްދާ ޖަމާއަތެއްގެ ގޮތުގައި އެބާވަތްތައް މާކެޓްތަކަށް ބޭނުންވާ ގޮތަށް ތައްޔާރުކުރުމުގެ މަޤްޞަދުގައި “ވިޔަފާރީގެ އުޞޫލުން އަގުއެއްކުރި މަހާއިމަހުގެ އުފެއްދުންތައް ތައްޔާރުކުރުން” ގެ ނަމުގައި ތަމްރީން ޕްރޮގްރާމުތަކެއް ބޭއްވުމަށް ހަމަޖެހިފަިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފިޝަރީޒް މެނޭޖްމަންޓް ޔުނިޓް އިން ބުނެފިއެވެ. މިތަމްރީން ޕްރޮގްރާމުގެ މަޤްޞަދު... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ އެމްއާރް ވެކްސިން ނުޖަހާ ކުދިންނަށް އެ ވެކްސިން ދިނުމަށް އިލްތިމާސްކޮށްފި ހިމަބިހިން ރައްކާތެރިވުމަށް އެމް.އާރް ވެކްސިން ނުޖަހާ ކުޑަކުއްޖަކު ހުރެއްޖެ ކަމަށްވާ ނަމަ ވީ އެންމެ އަވަހަކަށް އެ ވެކްސިން ޖެހުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. ހެލްތް މިނިސްޓްރީން އެމްއާރް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައި މިވަނީ ދޮޅުއަހަަރަށް ފަހު ރާއްޖެއިން ހިމަބިހި ފެނުމާއި އެކުގައެވެ. އެ މިނިސްޓްރީންވަނީ ހިމަބިހި ރާއްޖޭގައި ފެތުރެމުން އަންނަކަން ރަސްމީކޮށް އިއުލާންވެސް ކޮށްފައެވެ. ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރިޕޯޓް ކައުންސިލްތަކުގެ "ސެކްރެޓަރީ ޖެނެރަލުން" ގެ މުސާރައިގައި ސިޓީ، އަތޮޅު އަދި ރަށަށް ބޮޑު ތަފާތުކުރުމެއް! ރައީސް ޞާލިޙް ވިދާޅުވުމުން ކައުންސިލަރުންގެ މުސާރަ ބޮޑުވާކަން ޔަޤީންވެއްޖެއެވެ. ރައީސް އިއްޔެ ވިދާޅުވީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކޮށް ރައްޔިތުންގެ މަޖިލީހަށް ގޮތެއް ނިންމަން ފޮނުވާފައިވާ ކަމަށެވެ. ހަމައެޔާއެކު ސިވިލް ސަރވިސް ކޮމިޝަނުންވަނީ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ ކަނޑައަޅައި ފައެވެ. ކައުންސިލަރުންގެ މުސާރަ ބޮޑުކުރާ އިރު، ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައެޅި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާ... އަލީ އާދިލް · 6 އަހަރު ކުރިން
ކޮލަމް އަޅުގަނޑުގެ ތަޞައްވަރު: ނޮޅިވަރަމު- ފަތުރުވެރިކަމަށް ތައްޔާރުވުން މި ލިޔުމަކީ ކުރިން 2009 ގައި، ނޮޅިވަރަމު އޮންލައިނަށް ލިޔުނު ލިޔުމެކެވެ. އެ ފަހަރުގެ ސުރުޚީއަކީ، “ނާގޯށި ރިސޯޓު ހުޅުވަން ވާއިރަށް، މަރުހަބާކިޔުމަށް ތައްޔާރުވުން” އެވެ. އެއީ އެއަހަރު ނާގޯށި ރިސޯޓު ހުޅުވާނެކަމަށް ބުނެ ލިޔެފައިވާ ޚަބަރެއް ފެނުމާ ގުޅިގެން ލިޔުނު ލިޔުމެކެވެ. މި ތަސައްވަރަކީ އަޅުގަނޑު ވަރަށް ކުރީއްސުރެ ގެންގުޅޭ ތަސައްވަރެކެވެ. ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީވެގެން އަންނަ އިރު، އެކަމުގެ މަންފާ ނޮޅިވަރަމަށް ހޯދިދާނެ ގޮތުގެ ތަސައްވަރެވެ. މިފަހަރު މި ލިޔަނީ މިހާރުގެ ހާލަތާ […] ތިލަދުން · 6 އަހަރު ކުރިން