ރާއްޖެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާންމު ކޮށްފި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާންމު ކޮށްފިއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުމާއި އެކު މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ލިބޭނެ އިންތިޒާމް ހަމަޖަށްސައިފި ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހއ. ހޯރަފުށިން ދޫކުރެވޭނެގޮތް ހަމަޖައްސައިފިއެވެ. އެކަމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލާއި ހޯރަފުށީ ކައުންސިލްގެ އިދާރާއާއި ދެމެދުވަނީ އިއްޔެ ސޮއިކޮށްފައެވެ. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ދޫކުރަން ފެށުމަށް، ހޯރަފުށީ ކައުންސިލް އިދާރާގައި ބޭއްވުނު ސޮއި ކުރުމުގެ ރަސްމިއްޔާތުގައި، އެ އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލަރު އަލްފާޟިލް އިބްރާހީމް ރަޝީދ... އަލީ އާދިލް · 6 އަހަރު ކުރިން
ޚަބަރު ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅި ފަރުވާކުރަމުންދާ ވައިކަރަދޫ ޒާހިރުއަށް އެހީ ވެދެއްވާ! ވައިކަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅި ފަރުވާހޯދަމުންދާ މުޙައްމަދު ޒާހިރު އިތުރުފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 16 ވަނަ ދުވަހު ހދ. ވައިކަރަދޫގައި ދެ ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 48 އަހަރުގެ މުހައްމަދު ޒާހިރުގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ. އިތުރު ފަރުވާއަށް މާލެ ގެންދެވި އައިޖީ އެމްއެޗްގައި... އަލީ އާދިލް · 6 އަހަރު ކުރިން
ރިޕޯޓް މަޤާމާއި ލަޤަބުގެ ސަބަބުން، ތިމާއަށް ތިމާގެ ފެންވަރު އޮޅި އެހެންމީހުން ކުޑައިމީސް ނުކުރާށެވެ. ސްކޫލް ދައުރު ނިންމާ މަތީ ތައުލީމް ހާސިލްކޮށް ވަޒީފާ އަކަށް ނުކުންނައިރު އަތުގައި ޑިގްރީ، މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރުގެ ސަނަދުތައް އޮތުމަކީ ކޮންމެމީހަކަވެސް ބޭނުންވާ އަދި ފައިދާ ހުރިކަމެކެވެ. ނަމަވެސް މީގައި މައްސަލަ އަކަށް ގިނަފަހަރު ވެގެންދަނީ ތިމާއަށްލިބޭ މަޤާމާ ލަޤަބުގެ ސަބަބުން، ހަޔާތުގައި ދިމާވަނީ އެކި ފެންވަރާއި ފަންތީގެ މީހުންނާކަން ބައެއްފަހަރު ހަނދާން ނައްތާލެވޭކަމެވެ. ދިރިއުޅުމުގައި ކިތަންމެ ކާމިޔާބީއެއް ހާސިލްވެ ކިތަންމެ ބޮޑު މާގާމެއްގައި ހުރި ކަމުގައި ވިޔަސް ، ދަންނަން ޖެހޭ އެނ... އައިމިނަތު ޔުމްނާ · 6 އަހަރު ކުރިން
ރާއްޖެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު މިއަދު ސަރުކާރުން ހުޅުވާލައްވައިފިއެވެ. މި ފުރުޞަތު ހުޅުވާލައްވައިފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު 23 މާރިޗު 2020 އަށް ހަމަވާތީއެވެ. އެގޮތުން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 27 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލައްވާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ މަސް މާރުކޭޓު ސަރަޙައްދު ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި މަސްމާރުކޭޓު ސަރަޙައްދު ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައި ހުރި އުޅަނދުތަކާއި، ގިނަ ދުވަސްތަކެއްވަންދެން ނުދުއްވާ ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ. މިއަދު ހެނދުނު އެމައްސަކަތްވަނީ ފަށާފައެވެ. މަސް މާރުކޭޓު ހިމެނޭ ސަރަހައްދުން ފެށި އެ މަސައްކަތް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލް އާއި ފުލުހުންގެ އިތުރުން ސަރުކާރުގެ ކަމާ ގުޅުން ހުރި އެހެން މުއައްސަސާތައް ގުޅިގެންނެވެ. މިއަދު ފެށި މަސައްކަތުގެ ތެރެއިން މަސް މާރުކޭޓު ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ބަލައި ފާސްކުރަމުން ގެނ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ގޮތްނޭނގޭ ޕާރުސަލްތަކެއް މާމެންދުއަށް ލައްގައިފި ނޭނގޭ ޕާރުސަލުތަކެއް ގއ. މާމެންދޫ ގޮނޑުދޮށަށް ލައްގައިފިއެވެ. ފުލުހުން ބުނެފައިވަނީ މާމެންދޫގެ ދެކުނު ފަރާތުގެ ގޮނޑުދޮށަށް ގޮތް ނޭނގޭ ޕާރްސަލުތަކެއް ލައްގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:35 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ފުލުހުން ބެލި ބެލުމުން ގޮތްނޭނގޭ 44 ޕާރުސަލް މާމެންދޫ ގޮނޑުދޮށަށް ލައްގާފައިވާ ކަމަށާއި، އެ ޕާރުސަލްތަކުގައި ހުރި އެއްޗެހި ޓެސްޓު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކުރަށްވާފައިވެއެވެ. މިހިނގާ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުވެސް... އަލީ އާދިލް · 6 އަހަރު ކުރިން
ކޮލަމް މުޑިކާށި: ނުކައި ދޫކޮށްލާވަރު އެއްޗެއްނޫން ކާއްޓަކީ އާންމުދިރިއުޅުމުގައި ކާށީގެ ކިރު، ކާށީގެ ހުނި އަދި އެނޫންވެސް އެތައް ބޭނުންތަކެއް ކުރެވޭ އެއްޗެކެވެ. ދުވަސްވެ ފަންނިކުންނަން ތައްޔާރުވެފައިވާ ކާށި ފަޅާލުމުން އެތެރޭގައި މަޑުކޮށް އުފެދިފައިވާ ބަޔަށް ދިވެހީން ކިޔައި އުޅެނީ ” ކާށި މުޑި” ނުވަތަ “ރުއް މުޑި” އެވެ. މިއީ ހުރިގޮތަށް ކާލަން މީރު ފޮނި ރަހައެއް އަދި ބައެއް މުޑީގައި ކޮންމެވެސް ވަރެއްގެ ލޮނު ރަހައެއްލާ މީރު އެއްޗެކެވެ. ކާއްޓާއި ކުރުނބާ ފެނަކީ އެތައް ފައިދާއެއް އެކުލެވިގެންވާ އެއްޗަކަށް ވާއިރު، ކާށީގެ […] އައިމިނަތު ޔުމްނާ · 6 އަހަރު ކުރިން
ޚަބަރު 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި 80 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި 80 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ 2020 ޖަނަވަރީ 11 ވަނަ ދުވަހު ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެއް ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ. މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް 2020 ޖަނަވަރީ 19 ވަނަ ދުވަހު ހައްޔަރު ކުރެވިފައިވާކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙްޤީގު ކުރަމުންކަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާ [... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރާ ސިވިލްސަރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރުމަށް ނިންމުމުގެ ސަބަބުން ސަސްޕެންޑް ކުރެވިފައިވާ ސިވިލްސަރވިސް މުވައްޒަފުންގެ ސަސްޕެންޝަން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފިއެވެ. ސިވިލްސަރވިސް ކޮމިޝަނުން މިއަދު އާންމުކުރި ސަރކިއުލާއެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރާ ދިވެހި ސިވިލްސަރވިސްގެ މުވައްޒަފުން ސަސްޕެންޑް ކުރުމަށް ދިވެހި ސިވިލްސަރވިސްގެ ޤަވާޢިދުގައިވާ މާއްދާތައް އިސަލާޙްކޮށް އާންމުކުރާ ކަމަށެވެ. އެޔާއިއެކު 2020 ވަނަ އަހަރުގެ ލޯކަލް ކައުންސ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫގައި އަލަށް އިތުރުކުރަން ހަމަޖެހިފައިވާ މަގުތަށް ސާފުކޮށްދޭނެ ފަރާތެއް ހޯދަނީ ހދ. ކުމުންދޫ އަލަށް އާބާދުވާ ސަރަހައްދުގެ މަގުތަކާއި ގޯޅިތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ. ކުމުންދޫ ކައުންސިލުން މިއަދު ކޮށްފައިވާ ޢިއުލާނެއްގައި ބުނީ އެރަށުގެ އަލަށް އާބާދުވާ ސަރަހައްދުގެ މަގުތަކާއި ގޯޅިތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެ މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން އެމައްސަކަތާ ގުޅޭ މައުލޫމާތު ސާފުކުރުން އޮންނާނީ 29 ޖެނުއަރީ 2020 ވާ ބުދަ ދުވަހު 13:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފައިވަނީ 10 ފެބްރުއަރީ 2020 ވާ ހޯމަ […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރިޕޯޓް ޔޫސޭ ރާއްޖެ ދޫކޮށް ފުރައިފި! ދެން އަންނާނީ "އިސްލާމީ ޝަރީއަތް ގާއިމްކުރެވުނު ދުވަހަކުން" “ދިރިއުޅުމަކީ މިއީބާ” ގެ މަސްޙޫރު އެކްޓަރ ޔޫސޭ ރާއްޖެ ދޫކޮށް ފުރައިފިއެވެ. ދެން އަންނާނީ “އިސްލާމީ ޝަރީއަތް ގާއިމްކުރެވުނު ދުވަހަކުން” ކަމަށް ޔޫސުފް ރަފީއުގެ ރަސްމީ ފޭސްބުކް ޕޭޖްގައި އަދި ޓުވިޓަރ ގައި ޕޯސްޓްކުރި ކުރު ވީޑިއޯ އެއްގައި އެއިނާ ބުނެފައިވެއެވެ. މުޖުތަމައުގެ ތަފާތު މައްސަލަތަކަށް އަލިއަޅުވާލާ ތަފާތު އިޖުތިމާއީ މައްސަލަތަކެއްގެ މައްޗަށް މަޖާޒީގޮތަކަށް މީހުން ހޭލުންތި ކުރުމުގައި ގިނަދުވަހު ޚިދުމަތް ކޮށްފައިވާ ޔޫސޭ މިހާރުވެސް އަންނަނީ އެދުވަސް ވަރާ ގުޅޭ ގޮތުން ކުރު ވީޑިއޯ އަދި ފޭސްބުކް ލަ... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފެނަކަ ތިލަދުންމަތީ ފުޓްސަލް މުބާރާތް ނޮޅިވަރަމްފަރު ކާމިޔާބުކޮށްފި އެފްއާރްސީ ޒޯން ފުޓްސަލް ޓޯނަމެންޓްގެ ހއ އަދި ހދ ޒޯންގެ މުބާރާތް ނޮޅިވަރަމްފަރު ކާމިޔާބުކޮށްފިއެވެ. ނޮޅިވަރަމްފަރުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި މުރައިދޫއާއި ބައްދަލުކޮށް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ދެޓީމް ޢެއްވަރުވުމުން ޕެނަލްޓީ ޖަހަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކަށް މުރައިދޫ ޓީމް ހޮވުނުއިރު ކިންގްއޮފްދަ ޓޯނަމެންޓަކަށް ހޮވިފައިވަނީ މުރައިދޫ ޓީމްގެ ޖާޒީ ނަންބަރު 10، އަލީ ޝާފިއުއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް... އަޙްމަދު އަސްފާން · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް އެޅުމަށްޓަކައި ބިން ކަނޑައަޅައިފި ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް އެޅުމަށްޓަކައި ބިން ކަނޑައަޅައިފި އެވެ. ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް އެޅުމަށްޓަކައި ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާއިން މިއަދު ބިމެއް ކަނޑައަޅައި ބިން ހަވާލުކުރިކަމުގެ ލިޔުން ވަނީ ހަވާލުކޮށްދެއްވާފައެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.އަބްދުﷲ ނަޒީރާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިން އެއަތޮޅު މެޖިސްޓްރޭޓް ކޯޓުތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތިލަދުންމަތ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ" އުތީމު އާދަމްބޭގެ ޅެމުން ރޮއްވާލައިފި މި ނިކަމެތި މެޔާއި ހިތް ބާރަށް ތެޅެނީއެވެ. ދެ ކޯތާފަތް ކަރުނައިން ފޯވެއްޖެއެވެ. ލޭ ކަރުނައިން ދެލޯ ފާރުވެއްޖެއެވެ. މިއަދުގެ ޤައުމުގެ ހާލަތު އުތީމު އާދަމްބޭގެ ޤަލަމުން ސިފަކޮށްދެއްވީ އަސަރުގަދަ ޅެމަކުންނެވެ. ދިވެހި އަދަބީ ގުލްޒާރުގައި އެފަދަ ދެވަނައެއް ނުވާފަދަ ހއ. އުތީމު އާދަމްބޭގެ އެ ޅެމުގެ މޮޅުކަމާއި، ހުރި އަސަރުން އެންމެ ފުރިހަމައަށް ޅެމުގައި ބުނާ ވާހަކަތައް ނުގެނެވުނު ނަމަވެސް ޅެމުހައި ހުރި އިބްރަތްތެރި ބަސްތަކުގެ މަށްޗަށް ކޮންމެސް މިންވަރަކަށް ގަލަން ހިންގާލެވޭތޯ ބަލައިލާނަމެވެ. ” […] ޙުސައިން ޝަހުދީ · 6 އަހަރު ކުރިން