މަސްމާރުކޭޓު ސަރަޙައްދު ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައި ހުރި އުޅަނދުތަކާއި، ގިނަ ދުވަސްތަކެއްވަންދެން ނުދުއްވާ ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދު ހެނދުނު އެމައްސަކަތްވަނީ ފަށާފައެވެ. މަސް މާރުކޭޓު ހިމެނޭ ސަރަހައްދުން ފެށި އެ މަސައްކަތް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލް އާއި ފުލުހުންގެ އިތުރުން ސަރުކާރުގެ ކަމާ ގުޅުން ހުރި އެހެން މުއައްސަސާތައް ގުޅިގެންނެވެ.
މިއަދު ފެށި މަސައްކަތުގެ ތެރެއިން މަސް މާރުކޭޓު ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ބަލައި ފާސްކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ގަވާއިދާ ހިލާފަށް ހުރި އުޅަނދުތަކާއި އެ ސަރަހައްދުގައި ގިނަ ދުވަސްތަކެއް ވަން ދެން ނުދުއްވާ ކަމަށް ފަހާގަ ކުރެވޭ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށް ފުލުހުން ބުންޏެވެ.
Mas market sarahadhu falhugai gavaaidhaa khilaafah huri ulhandhufaharaai gina dhuvasthakeh vandhen nudhuvvaa alhaafaihuri ulhandhufaharu negumah @MaleCitymv aai kamaa gulhunhuri muahsasaathah gulhigen kuramundhaa masakkathugai #MarinePolice in dhanee eheetherikan foarukoh dhemun. pic.twitter.com/lJvrTJNeKx
— Maldives Police (@PoliceMv) January 20, 2020
ފުލުހުންގެ މެރިން ޕޮލިސް ގެންދަނީ މިސައްކަތުގައި މާލޭ ސިޓީކައުންސިލާއެކު މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!