މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ގިރާވަރުގެ އުތުރުން ކަނޑުން ބޯޓެއް އޮޔާދަނީ، ދަތުރުކުރައްވާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފި

ގިރާވަރުގެ އުތުރުން ކަނޑުން ބޯޓެއް އޮޔާދަނީ، ދަތުރުކުރައްވާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކ. ގިރާވަރުގެ އުތުރު ކަނޑުން “ބަރޯސާ” ނަމަކަށް ކިޔާ ބޯޓެއް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރައްވާ ކަނޑު އުޅަނދުތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ. އެއްވެސް މީހެއް ނެތި މި ބޯޓު އޮޔާދާކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހަވީރު 16:00 ހާއިރުއެވެ. އެމްއާރުސީސީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓް އޮޔާދަނީ ކ.ގިރާވަރު ކަނޑުން ހުޅަނގަށެވެ. އެހެންކަމުން، އެ ސަރަހައްދުނ...

ޔުމްނާ ޢަލީ
ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ބިދޭސީއަކު ޖިންސީ ގޯނާކޮށްފި

ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ބިދޭސީއަކު ޖިންސީ ގޯނާކޮށްފި

ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ބިދޭސީއަކު ޖިންސީ ގޯނާކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ބުނީ އުތުރުގެ ރަށެއްގައި ހާއްސަ އެހީ އަށް ބޭނުންވާ ދިވެހި އަންހެނަކަށް ބިދޭސީ ފިރިހެނަކު ޖިންސީ ގޯނާކުރި މައްސަލައެއް މިއަދު މެންދުރު 12:00 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށައެޅިފައިވަނީ ނޯތު ސެންޓްރަލް ޑިވިޝަން ހިމެނޭ (ކ،އއ،އދ،ވ) ހިމެނޭ ރަށަކުންކަމަށާއި މިމައްސަލަ ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުންވަނީ ބުނެފައެވެ. ފުލުހުން ބުނީ މިފަދަ ސެންސިޓިވް...

ޔުމްނާ ޢަލީ

ރާއްޖޭގައި ކްލައިމެޓް އިމަރޖެންސީ އިއުލާނުކުރުމަށް ފާސްކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކްލައިމެޓް އިމަރޖެންސީ އިއުލާނުކުރުމަށް ފާސްކޮށްފިއެވެ. މިގޮތަށް އިއުލާނު ކުރުމަށް ފާސްކުރީ މަޖިލީހުގެ 68 މެމްބަރުންގެ ވޯޓުންނެވެ. މޫސުމީ ކުއްލި ހާލަތު އިއުލާނު ކުރުމަށް ހުށަހެޅި ގަރާރަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި އަދި މިބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އޮތް ހަނި ފުރުސަތު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާތީ އެކަމުގެ ކަންބޮޑުވުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެދި ހުށަހެޅި ގަރާރެކެވެ. މިގަރާރުގައި ގޮވާލާފައިވާ މައިގަ...

ޔުމްނާ ޢަލީ

ސައުދީ އަރަބިއްޔާއިންވެސް ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭނެގޮތް ހަމަޖައްސައިފި

ސައުދީ އަރަބިއްޔާއިންވެސް ދިވެހިންނަށް އޮންއެރައިވަލް ވިސާ ދިނުމަށް ނިންމާފައިވާކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ މިހާރު ކުރިޔަށްދާ ނޫސްވެރީންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ފޮރިން މިނިސްޓްރީގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ސައުދީ އަރަބިއްޔާއަށް އޮން-އެރައިވަލް ވިސާ ދިނުމަށް ސައުދީން ނިންމާފައިވާ ނިންމުން ހާމަކޮށްދެނީ ރައީސުލްޖުމްހޫރިއްޔާއާއި ސައުދީ ވަލީ އަހުދާއި ދެމެދު އޮންނަ ގާތްގުޅުންކަ...

ޔުމްނާ ޢަލީ
މަޖިލީހުގެ ބައްދަލުވުމެއް ކަނޑު އަޑީގައި ބޭއްވުމަށް ގޮވާލައިފި

މަޖިލީހުގެ ބައްދަލުވުމެއް ކަނޑު އަޑީގައި ބޭއްވުމަށް ގޮވާލައިފި

މަޖިލީހުގެ ބައްދަލުވުމެއް ކަނޑު އަޑީގައި ބޭއްވުމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ގޮވާލައިފި އެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް މޫސުމީ މައްސަލަތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވޭކަން ފާހަގަ ކުރައްވާ މެމްބަރު އިކްރާމް ވިދާޅުވީ، އެ މަސައްކަތްތައް ދުނިޔޭގެ ސަމާލުކަމަށް އިތުރަށް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން މަޖިލީހުގެ ބައްދަލުވުމެއް ކަނޑުގެ  އަޑީގައި ބޭއްވުމަށް ގޮވާލާކަމަށެވެ. “އަޅުގަނޑުމެން އެބަޖެހޭ މިއަދު މުޅި ދުނިޔެއަށް މިވާހަކަ އަޑުއިވޭނެ ކޮންމެސް ގޮތެއް ހަދަން… އަޅުގަނ...

ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއެކު ފުނަދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ފުނަދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފުނަދޫން ހައްޔަރުކޮށްފިއެެވެ. ފުނަދޫގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ...

ޔުމްނާ ޢަލީ
12 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

12 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

12 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނަ ކުރި މައްސަލަ އެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާކަމަށްފުލުހުންބުނެފިއެވެ. މި މައްސަލަ އާ ގުޅިގެން ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު 09:15 ކަންހާއިރު 20 އަހަރުގެ ދިވެހި ފިރިހެނެއް ނޯތު ޕޮލިސް ޑިވިޝަން ހިމެނޭ ރަށަކުން ހައްޔަރުކޮއްފައިވާކަމަށެވެ. ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ، ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، އަދި ޅ. އަތޮޅުގެ ރަށްތަކެވެ. ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގައި އެ ކަމެއް […]

އިބްރާހިމް އަސްވާޤް
ފެންކުންފުނިން ދޫކުރާ ފެނަކީ ބޯން ބޭނުންކުރަން ރަނގަޅު ފެނެއް: އެމްޑީ ޝާހު

ފެންކުންފުނިން ދޫކުރާ ފެނަކީ ބޯން ބޭނުންކުރަން ރަނގަޅު ފެނެއް: އެމްޑީ ޝާހު

ޤައުމީ ފެން ކުންފުނި، މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ދޫކުރާ ފެނަކީ ބޯން ބޭނުންކުރަން ރަނގަޅު ފެނެއް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ޝާހު ވިދާޅުވީ ފެން ކުންފުނިން މީޓަރު ހަރުކޮށްގެން ދޫކުރާ ފެނަކީ ބުއިމަށް ބޭނުން ކުރަން ރަނގަޅު ފެނެއް ކަމާއި، ޑަބްލިޔުއެޗްއޯގެ މިންގަނޑަށްވުރެ ފެނުގެ ކޮލެޓީ ރަނގަޅުވާނެ ކަމަށެވެ. އަދި އެފެން ބޮއެގެން އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށްވެސް ޝާހު...

އަލީ އާދިލް
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ބައެއް އުޅަނދުތައް އައްޑޫއަށް ގެންގޮސްފި

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ބައެއް އުޅަނދުތައް އައްޑޫއަށް ގެންގޮސްފި

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ބައެއް އުޅަނދުތައް އައްޑޫއަށް ގެންގޮސްފި އެވެ. އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އައްޑޫ އެއާޕޯޓު އޮތަސް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބޭނުންވާ ގިނަ އުޅަނދުތަކާއި ވަސީލަތްތައް އައްޑޫ އެއާޕޯޓުގައި ނެތް ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ހިތަދޫ ބަނދަރަށް އެއާޕޯޓުގެ އުޅަނދުތަކުގެ ފުރަތަމަ ޝިޕްމެންޓް ގެންގޮސް ކްލިއާ ކުރުމަށް ފަހު ގަން އެއާޕޯޓަށް މިހާރު ވަނީ ގެންގޮސްފައެވެ. އުޅަނދުތަކުގެ ތެރޭގައި ބޮޑެތި ފްލައިޓުތައް މަރާމާތުކުރުމަށް ބޭނުންކުރާ އުޅަނދު...

ޔުމްނާ ޢަލީ
މި އަހަރުގެ ފުރަތަމަ ދައުރަށް 56 ބިލެއް ހުށަހެޅުމަށް ސަރުކާރުން ނިންމާ، ލިސްޓު މަޖިލީހަށް ފޮނުވައިފި

މި އަހަރުގެ ފުރަތަމަ ދައުރަށް 56 ބިލެއް ހުށަހެޅުމަށް ސަރުކާރުން ނިންމާ، ލިސްޓު މަޖިލީހަށް ފޮނުވައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ޤަޞްދުކޮށްފައިވާ ބިލުތަކުގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވައިފި އެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ޤަޞްދުކޮށްފައިވާ ބިލުތަކުގެ ލިސްޓު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅަންޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައ...

އިބްރާހިމް އަސްވާޤް
ހޮޅުދޫ އަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ހޮޅުދޫ އަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ނ.އަތޮޅު ހޮޅުދޫއަށް އުދައަރައި ބޮޑުތި ގެއްލިންތަކެއް ލިބިއްޖެއެވެ. މޫސުން ގޯސްވެ އުދަ އެރުންފަދަ ހާދިސާއެއް ހިނގާފާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގަައުމީ އިދާރާއިން ރޭ އިންޒާރު ނެރެފައިވާ، އެރަށަށް އުދަ އަރަން ފަށާފައިވަނީ ރޭ ދަންވަރު 00:00 އިން ފެށިގެންނެވެ. އެ ރަށުގެ ބައެއް ސަރަޙައްދުތަކުގައި ގާތްގަނޑަކަށް 3 ފޫޓަށް ލޮނުގަނޑު ބޮޑުވެފައިވާއިރު ވަރަށް ގިނަ ގެތަކަށްވެސް ލޮނުގަނޑު ވަދެފައިވާކަމަށް އެރަށުން މަޢުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ. މީސްމީޑިޔާގައި އެރަށުގެ ބަޔެއް މީހުން ހިއްސާކޮށްފައ...

އިބްރާހިމް އަސްވާޤް
ކޮރޯނާ ވައިރަސްގެ ނަމަކަށް " ކޮވިޑް-19"

ކޮރޯނާ ވައިރަސްގެ ނަމަކަށް " ކޮވިޑް-19"

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްއަށް ” ކޮވިޑް-19″ ނަމުން ނަންދީފިއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން، ކޮރޯނާ ވައިރަހަށް ނަމެއް ދިނުމަށްފަހު ހާމަކޮށްފައިވަނީ ” ކޮވިޑް-19″ ނަން ދީފައިވަނީ ކޮރޯނާ އިން “ކޮ”، ވައިރަސް އިން “ވި” އަދި ޑިޒީޒް އިން “ޑް” އަދި މި ވައިރަސް ފެތުރެންފެށި އަހަރު ކަމުގައިވާ 2019 ރަމްޒުކޮށްދޭ “19” އަށް ބަލައިގެންކަމަށެވެ. https://twitter.com/WHO/status/1227248333871173632?s=19 ޗައިނާގެ ވޫހާންއިން ފެތު...

ޔުމްނާ ޢަލީ
ޕީއެސްއައިޕީ މަޝްރޫޢެއް ކައުންސިލް މެދުވެރިކޮށް ހިންގުމުގައި ޢަމަލު ކުރާނެ އުސޫލު އާއްމުކޮށްފި

ޕީއެސްއައިޕީ މަޝްރޫޢެއް ކައުންސިލް މެދުވެރިކޮށް ހިންގުމުގައި ޢަމަލު ކުރާނެ އުސޫލު އާއްމުކޮށްފި

ޤައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ނުވަތަ ސިޓީއެއްގައި ހިންގުމަށް ކަނޑައަޅާ ޕީ.އެސް.އައި.ޕީ މަޝްރޫޢެއް ކައުންސިލް މެދުވެރިކޮށް ހިންގުމުގައި ޢަމަލުކުރާނެ ގޮތް ފިނޭންސް މިނިސްޓްރީން އާއްމުކޮށްފި އެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިސްލާޙް ގެނެވުނު ޤާނޫނުގެ 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ނުވަތަ ސިޓީއެއްގައި ހިންގުމަށް ކަނޑައަޅާ ޕީ.އެސް.އައި.ޕީ މަޝްރޫޢެއް ކައުންސިލް މެދުވެރިކޮށް ހި...

ޔުމްނާ ޢަލީ
އޭ އިންތިޙާބު ވާނޭ ކައުންސިލްގެ މެންބަރުންނޭވެ!

އޭ އިންތިޙާބު ވާނޭ ކައުންސިލްގެ މެންބަރުންނޭވެ!

ތިޔަބެއިކަލުންނީ ރަށުގެ رعيةންގެ ފަރާތުން دولة އަށް ހުށައަޅާން އޮތް އެދުމެއް ހުށައެޅުމަށާއި، ރަށުގެ ކުރިއެރުމާއި ތަރައްޤީ އަށް އަޅާން އޮތް ފިޔަވަޅެއް އެޅުމަށް رعيةން ވަރަށް އިތުބާރުކޮށްފައި انتخاب ކުރާނޭ ممبرންނެވެ. މިހެންމިކަން ހުރިއިރު ތިޔަބެއިކަލުން އުފުލާންޖެހޭ ޒިންމާދާރީކަންވެސް ނުލާހިކު ބޮޑުވާނޭ ކަމީ شكއް ހުރި ކަމެއް ނޫނެވެ. ތިޔަބެއިކަލުން ރަށުގެ ތަރައްޤީ އާއި ކުރިއެރުމަށް ވިސްނަވައި، ރަށުގެ آمدني ގިނަވާގޮތްތައް ފިކުރުކުރައްވައި خرد ކުޑަވާނޭ ގޮތްތައް ކުރީއްސުރެ ހޯއްދަވައިގެން ކައުންސިލަށް...

Thiladhun
ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި

ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި

ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ލިބޭ 110 ފަރާތްތަަކުގެ ދާއިމީ ލިސްޓާއި އަދި އެކިއެކި ސަބަބުތަކާހުރެ ހައުސިންގ ޔުނިޓް ނުލިބޭ ފަރާތުގެ ލިސްޓް އާންމުކޮށްފިއެވެ. ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 110 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި އަދި އެކިއެކި ސަބަބުތަކާއިހުރެ ހައުސިން ޔުނިޓް ނުލިބޭ ފަރާތްތަކުގެ ލިސްޓް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން މިއަދު ކުރި އި...

ޔުމްނާ ޢަލީ