މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ވަގުތު ނެގިޔަސް މިނިމަމް ވޭޖުގެ ބިލު ޤަނޫނަކަށް ވާންޖެހޭނީ އޭގެ އެންމެ ފުރިހަމަ ގޮތުގައި: ރާއީ

ވަގުތު ނެގިޔަސް މިނިމަމް ވޭޖުގެ ބިލު ޤަނޫނަކަށް ވާންޖެހޭނީ އޭގެ އެންމެ ފުރިހަމަ ގޮތުގައި: ރާއީ

ވަގުތު ނެގިޔަސް މިނިމަމް ވޭޖުގެ ބިލު ޤަނޫނަކަށް ވާންޖެހޭނީ އޭގެ އެންމެ ފުރިހަމަ ގޮތުގައިކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅިވެއްޖެއެވެ. އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެެ ބިލާއި ބެހޭގޮތުން މިއަދު ކުރި ޓުވީޓުގައި އިތުރަށް ބުނެފައިވަނީ ރިސޯޓް ތަކުގެ މަސައްކަތް ކުރާ ބޭފުޅުންނާއި ހުރިހާ މަސައްކަތްރިންގެވެސް ހައްޤުތައް ނުގެއްލި، އިންތިހާބު އާއި ވޯޓު އާއި ގުޅިފައިވާ ކަމަކަށްވުރެ އެއީ ޤައުމުގެ މުސްތަޤްބަލާ ގުޅިފައި ވާކަމެއްކަމަށް ރާއީ ވިދާޅުވިއެވެ. Vaguthu ekama n...

Thiladhun
ދިވެހިންގެ ދީލަތި އެހީތަކުން ސީރިޔާގެ އެތައް ކުދިންނެއް ހެއްވާލައިފި! ވީޑިއޯ ބަލާފަ ރޮވިއްޖެ!

ދިވެހިންގެ ދީލަތި އެހީތަކުން ސީރިޔާގެ އެތައް ކުދިންނެއް ހެއްވާލައިފި! ވީޑިއޯ ބަލާފަ ރޮވިއްޖެ!

ރާއްޖޭގައި ހިންގާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ފަރާތުން ސީރިޔާގެ އިދްލިބްގައި ޙާލުގައި ޖެހިފައިތިބި ކުޑަކުދިންނަށް ޖެކެޓް ހަދިޔާ ކުރުމަށް ފަހު މިއަދު ފޭސްބުކްގައި ހިއްސާކުރި ވީޑިއޯއިން ގިނަބަޔެއްގެ ހިތްތައް ރޮއްވާލައިފިއެވެ. ސީރިޔާގައި 5 މިލިއަނެއްހާ ކުޑަކުދިން ތިބީ އިންސާނީ އެހީއަށް ބޭނުންޖެހިފައެވެ. 14 މިލިއަން މީހުންނަކީ ކާބޯތަކެތި ނުލިބި މަރުވެދާނެ ކަމުގެ ބިރުވެރި ކަމުގައި ތިބި އިރު މީގެ ތެރޭގައި ކުޑަކުދީންގެ އަދަދު ގިނަ އެވެ. ސީރިޔާގެ ކުޑަކުދީންނަކީ އުފަންވީއްސުރެ ހަނގުރާމައިގެ ތެރޭގައ...

ހުސައިން ހަބީބް
ކުޅުދުއްފުށީގައި ޢިމާރާތް ކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ފެނަކައިން ހޯދަނީ

ކުޅުދުއްފުށީގައި ޢިމާރާތް ކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ފެނަކައިން ހޯދަނީ

ހދ. ކުޅުދުއްފުށި ސިޓީ ގައި ޢިމާރާތް ކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ފެނަކައިން އިޢުލާން ކޮށްފި އެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކުންފުނިން ދޭ ކުރެހުމާއި ބީއޯކިޔާ އަދި މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހދ. ކުޅުދުއްފުށީގައި އިމާރާތް ކޮށްފައިވާ 40 ރޯހައުސް މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެ ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ […]

އިބްރާހިމް އަސްވާޤް
ޓީއެމްއޭއިން ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރު ދިންކަމަށް މޮސްޓާ ތުހުމަތުކޮށްފި

ޓީއެމްއޭއިން ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރު ދިންކަމަށް މޮސްޓާ ތުހުމަތުކޮށްފި

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 13 މިލިއަން ޑޮލަރު ދިން ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ތުހުމަތުކޮށްފިއެވެ. މިއަދު ވިދާޅުވީ ޓީއެމްއޭއިން ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރު ދީފައިވާ ކަމަށާއި އަދި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ މަޖިލީސް މެންބަރުންން ލައްވާ ކުރީ ސަރުކާރޭ ކިޔައިގެން އެ ވާހަކަތައް އޮއްބާލަން ކަމަށެވެ. “ގާނޫނު އަރާ ހަމަކުރާނެ، އެކަން ދަންނާތި. ގޮ...

އަލީ އާދިލް
ލީކުވި އޯޑިއޯތަކުގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭ: ފުލުހުން

ލީކުވި އޯޑިއޯތަކުގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭ: ފުލުހުން

މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ އޯޑިއޯތަކެއް ލީކުވަމުން ދިއުމާ ގުޅިގެން، ލީކުވި އޯޑިއޯތަކުގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތީ ފުލުހުން މައްސަލަ ބަލަން ފަށައިފި އެވެ. ފުލުހުން މިއަދު ބުނެފައިވަނީ ލީކުވެގެން އުޅޭ އޯޑިއޯތަކާއި ގުޅޭގޮތުން ފުލުހުންނަށް މައްސަލަ އެއް ހުށަހަޅާފައި ނުވާކަމަށެވެ. ނަމަވެސް އެއޯޑިއޯތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭ ފަދަ އޯޑިއޯ އެއް ފާހަގަ ކުރެވިފައި ވާތީ ކަމާބެހޭ ފަރާއިތަކާ ގުޅިގެން […]

އަލީ އާދިލް
މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމަށް 462 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފަށައިފި

މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމަށް 462 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފަށައިފި

މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމަށް 462 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފަށައިފިއެވެ. “މާލޭ ސިޓީ ސްޓްރީޓް ކޭޕިން ޕްރޮޖެކްޓް” އިފްތިތާހު ކުރުމަށް ވެސްޓް ޕާކް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ. މިރަސްމިއްޔާތުގައީ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއު ނިމޭއިރު ޒަމާނީ ބައްތިތަކާއެކު ކެމެރާތައް ހަރުކުރެވޭނެ ކަމަށެވެ. އަދި އިތުރަށް ވިދާޅުވި އެ މަޝްރޫރުގެ ދަށުން […]

އަލީ އާދިލް
ނޫމަރާ ނެރުފައިކަށި މައްޗަށް އެރި ބާޖު އަޑިއަށް ގޮސް، ނެރު ބަންދު ވެއްޖެ

ނޫމަރާ ނެރުފައިކަށި މައްޗަށް އެރި ބާޖު އަޑިއަށް ގޮސް، ނެރު ބަންދު ވެއްޖެ

ށ. ނޫމަރާ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ހިލަ ހިފައިގެން އެރަށަށް ގޮސް އޮތް ބާޖެއް ނެރުފައިކަށި މައްޗަށް އެރި ބާޖު ފުންކުރަން އުޅުމުގެ ތެރޭގައި ނެރު މެދަށް އަޑިއަށް ގޮސް، ނެރު ބަންދު ވެއްޖެ އެވެ. ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ތިލަދުންއަށް މަޢުޅުމާތު ދެއްވަމުން ވިދާޅުވީ އެރަށު ނެރުފައިކަށި ހެދުމުގެ މަސައްކަތުގައި ހަރަކަތްތެރިވި ބާޖެއް މިދިޔަ ހަފްތާގައި އަޑިއަށް ގޮސްފައިވާކަމަށާއި މިއަދު އެބާޖު ފުން ކުރުމަށް  މަސައްކަތް ކުރިކަމަށާއި ނަމަވެސް ބާޖު ފަޅައިގެންގޮސް ނެރުގެ މެދަށް އަޑިއަށްގ...

އިބްރާހިމް އަސްވާޤް
ގުރޭޓަރ މާލޭގެ ރައްޔިތުންނަށް އިތުރު 3000 ހައުސިން ޔުނިޓް އަޅަން އަންނަމަހު ފަށަނީ

ގުރޭޓަރ މާލޭގެ ރައްޔިތުންނަށް އިތުރު 3000 ހައުސިން ޔުނިޓް އަޅަން އަންނަމަހު ފަށަނީ

ގުރޭޓަރ ރައްޔިތުންނަށް އަމާޒުކޮށްގެން އިތުރު 3000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފިއެވެ. މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހިފައި ހުރި މަސައްކަތް ބައިވަރު އެބަހުރި ކަމަށާއި އޭގެތެރެއިން އެންމެ މުހިއްމު ކަމަކީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ސީދާ މާލޭގެ ރައްޔިތުންނަށް އަމާޒުކޮ...

ޔުމްނާ ޢަލީ
ތިލަދުންމަތީގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން (1): ހއ. ބެރިންމަދޫ

ތިލަދުންމަތީގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން (1): ހއ. ބެރިންމަދޫ

ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން: އެކިއެކި ސަބަބާހުރެ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމަކީ، އަބަދުވެސް ހިނގަމުން އަންނަކަމެކެވެ. ދިވެހިރާއްޖޭގައި މިކަން ފެށިފައި ވަނީ، ކަނޑައެޅިގެން ކޮން ތާރީޚެއްގައި ކަމެއް އެއްވެސް މުއައްރިޚަކަށް އެނގޭކަށް ނެތެވެ. ރޯގާ ބަލިމަޑުކަން ކުރިމަތި ވުމުން، ސަލާމަތުން ތިބި މީހުންކޮޅެއް ކައިރީއޮތް އެހެން ރަށަކަށް ބަދަލުވެފައި އެބަހުއްޓެވެ. ތާރީޚީ ގޮތުން ފުރިހަމަ ސާބިތެއް ނެތަސް ތުންތުންމަތީން ކިޔަމުން އަންނަ ބައެއްކަހަލަ ހާދިސާއާ ގުޅ...

ތިލަދުން
ޤައުމީ ދިފާޢީ ބާރުގެ 2020 ވަނަ އަހަރުގެ ކޮމާންޑާސް ކޮންފަރެންސް އިފްތިތާޙްކޮށްފި

ޤައުމީ ދިފާޢީ ބާރުގެ 2020 ވަނަ އަހަރުގެ ކޮމާންޑާސް ކޮންފަރެންސް އިފްތިތާޙްކޮށްފި

ޤައުމީ ދިފާޢީ ބާރުގެ 2020 ވަނަ އަހަރުގެ ކޮމާންޑާސް ކޮންފަރެންސް މިއަދު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވައިފިއެވެ. މިމަހު 17 އިން 20 ގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި ޖެނެރަލް އޮފިސަރުންނާއި ސާވިސް ކޮމަޑާންޓުންނާއި އެކި ލެވެލްގެ ކޮމާންޑަރުންނާއި ކޮމާންޑް ސާޖަންޓް މޭޖަރުންނާއި ވޮރަންޓް އޮފިސަރުން އަދި ސީނިއަރ އެންލިސްޓެޑް ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ. HEP inaugurated Commanders Conference 2020 “Towards a Holis...

އިބްރާހިމް އަސްވާޤް
ށ. ފުނަދޫގެ އިރުއުތުރުގައިވާ އޮއިވާލި ކަނދުފަތި އަލުން ހަރުކޮށްފި

ށ. ފުނަދޫގެ އިރުއުތުރުގައިވާ އޮއިވާލި ކަނދުފަތި އަލުން ހަރުކޮށްފި

ށ. ފުނަދޫގެ އިރުއުތުރުގައިވާ އޮއިވާލި ކަނދުފަތި އަލުން ހަރުކޮށްފި އެވެ. މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިނަ މަޢުލޫމާތުދޭ ގޮތުގައި މި އޮއިވާލި ކަނދުފަތި އަލުން ހަރުކުރެވިފައިވާ ސަރަޙައްދަކީ ށ. ފުނަދޫ އިރު އުތުރުން 11.5 މޭލު ބޭރުގައެވެ. ކަނދުފަތި ނަންބަރަކީ 523 އެވެ. ޕޮޒިޝަން: 06 ދަރަޖަ 12 މިނިޓް 32 ސިކުންތު، އުތުރު އަރުޟު 06°12’32” N 73 ދަރަޖަ 28 މިނިޓް 30 ސިކުންތު، ދެކުނު އަރުޟު 73°28’30” E މިކަނދުފަތި ހަރުކުރެވިފައިވަނީ މިދިޔަ ހޮނިހިދު ދުވަހުގައެވެ.

ޔުމްނާ ޢަލީ
ދ. މީދޫގައި 83 އަހަރުގެ ފިރިހެނަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

ދ. މީދޫގައި 83 އަހަރުގެ ފިރިހެނަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

ދ. މީދޫގައި 83 އަހަރުގެ ފިރިހެނަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ. ދ. މީދޫގައި 83 އަހަރުގެ ދިވެހި ފިރިހެނަކު މެންދުރު ނަމާދަށް ގޮސް އެންބުރި ނައިސްގެން އާއިލާ ގެ ފަރާތުން ހޯދަމުން ދަނިކޮށް ފެނިފައިވަނީ މޫދުގައި އޮއްވައިކަމަށް ފުލުހުންވަނީ ބުނެފައެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 13:30 އެހައިކަންހާއިރުކަމަށާއި ސިއްހީ މަރުކަޒަށް ގެނައި އިރުވެސް އެމީހާ ނިޔާވެފައިވާކަމަށް މަރުކަޒުން އެމީހާ ބެއްލެވި ޑރ މައުލޫމާތު ދެއްވާފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ އާ ގުޅިގ...

ޔުމްނާ ޢަލީ
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚާއްސަ ލޯނު ހިމެނޭހެން މަތީ ތައުލީމްގެ ލޯނަށް ހުޅުވާލައިފި

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚާއްސަ ލޯނު ހިމެނޭހެން މަތީ ތައުލީމްގެ ލޯނަށް ހުޅުވާލައިފި

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ދަރިވަރުންނަށް ޚާއްސަ ލޯނު ހިމެނޭހެން މަތީ ތައުލީމްގެ ލޯނަށް ހުޅުވާލައިފި އެވެ. ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރުމަށް މިފަހަރު ހުޅުވާލީ 550 ފުރުސަތު ކަމަށެވެ. އެކަމަށް އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ. އެއަށްފަހު ލޯނަށް ހޮވޭ ދަރިވަރުން، އަންނަ އޭޕްރީލް 20 ވަނަ ދުވަހުގެ ކުރިން […]

އަލީ އާދިލް
ސްޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަޤާމަށް ފައިސަލް

ސްޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަޤާމަށް ފައިސަލް

ސްޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަޤާމަށް އަލްއުސްތާޛް ފައިސަލް އާދަމް ހަމަޖައްސަވައިފިއެވެ. ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވާފައިވާ ފައިސަލް އެންމެ ފަހުން ހުންނެވީ ޑިޕާރޓްމަންޓް އޮފް ޖުޑީސަލް އެޑްމިނިސްޓްރޭޝަންގެ ލީގަލް އޮފިސަރގެ މަޤާމާއި، ސްޕޯކްސް ޕާސަންގެ މަޤާމުގައެވެ. ޤާނޫނީ ވަކީލު އަލްއުސްތާޛް ފައިސަލް އާދަމަކީ ހދ. ފިނޭއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

ޔުމްނާ ޢަލީ
ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުން: ރައީސް

ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުން: ރައީސް

ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުންކަމަށާއި، އެކަމުގައި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައިގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ “ކޮމާންޑަރސް ކޮންފަރެންސް 2020” އިފްތިތާޙުކޮށްދެއްވުމަށް ބަންޑާރަކޮށީގައި މިއަދު...

ޝިއުނާ އާދަމް