ކޮވިޑް-19އަށް ރާއްޖޭގައި ދާއިމީކޮށް ޓެސްޓުކުރެވޭނެ ގޮތް ހަދައިފި
ކޮވިޑް-19އަށް ރާއްޖޭގައި ދާއިމީ ގޮތެއްގައި ޓެސްޓު ކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ. އެކަން ހާމަކުރެއްވީ ކޮވިޑް-19އާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ސިލްސިލާކޮށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އޮފް ހެލްތު ޢަބްދު ﷲ އަމީނެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވި އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ދާއިމީ ގޮތެއްގައި ކޯވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. މިހާތަނަށް ރާއްޖޭގައި 24 ސާމްޕަލެއް ޓެސްޓުކޮށްފަ...