ފެނަކައިން އިހަވަންދޫގައި އައު އޮފީސް އިމާރާތެއް އަޅަނީ
ފެނަކައިން ހއ. އިހަވަންދޫގައި އައު އޮފީސް އިމާރާތެއް ކުރުމަށް ޢިއުލާން ކޮށްފިއެވެ. ފެނަކައިން ބުނީ އެކުންފުނިން ދޭ ކުރެހުމާއި ބީއޯކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް އިހަވަންދޫގައި އައު އޮފީސް އިމާރާތެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. އެމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ފެނަކައިންވަނީ ފުރުޞަތު ހުޅުވާލާފައެވެ...