މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިކަން ބޮރިސް ވަނީ އެބޭފުޅާގެ ޓްވިޓަރ މެދުވެރިކޮށް އިއުލާން ކުރައްވާފައެވެ. ވީޑިއޯއެއް ހިމަނުއްވާ ކުރި ޓުވީޓުގައި ބުނެފައިވަނީ މިދިޔަ24 ގަޑިއިރުގެ ތެރޭގައި ރޯގާގެ އަސަރު ހުރުމުން ޓެސްޓު ކުރި ކަމަށާއި ނަތީޖާއަކީ ކޮވިޑް19 ޕޮޒިޓިވް ކަމަށް ބުނެފައިވެއެވެ. Over the last 24 hours I have developed mild symptoms and tested positive for coronavirus. I am now self-isolating, but I will continue to lead […]

ޔުމްނާ ޢަލީ
ބޭރުން ރާއްޖެއައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ބޭރުން ރާއްޖެއައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެ އިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމަށް ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސެއް ކޮވިޑްއަށް ޕޮޒިޓިވްވެފައި ވާކަމަށެވެ. އެމީހަކީ އުމުރުން 38 އަހަރުގެ މީހެއް ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އެ ނޫސްވެރިންގެ ބައްދަލުވު...

ޔުމްނާ ޢަލީ
އެކިދުވަސް މަތިން އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން 4 މީހުން ހައްޔަރުކޮށްފި

އެކިދުވަސް މަތިން އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން 4 މީހުން ހައްޔަރުކޮށްފި

އެކިދުވަސް މަތިން ހއ. އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން 4 މީހުން ހައްޔަރުކޮށްފައިވާކަމަށް މޯލްވިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ. ހއ އަލިދޫ ރިސޯޓްއަށް އެކި ދުވަސްމަތިން އަރައި އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވަ ކަމުގެ މައްސަލަ އެއް މިމަހުގެ 24 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ އާ ގުޅިގެން، މިމަހުގެ 26 ވަނަ ދުވަހު ކޯޓު  އަމުރެއްގެ ދަށުން ހއ. އުތީމުގެ ބައެއް ގެތަށް […]

އިބްރާހިމް އަސްވާޤް
އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 އިންސައްތަ ބޯނަސް ޑޭޓާ ލިބޭގޮތް ހަދައިފި

އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 އިންސައްތަ ބޯނަސް ޑޭޓާ ލިބޭގޮތް ހަދައިފި

ކޮވިޑް-19 އާއި ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ދެމުންދާ އެހީތެރިކަމުގެ ތެރެއިން އެކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 އިންސައްތަ ބޯނަސް ޑޭޓާ މުޅިން ހިލޭ ލިބޭ ޚާއްޞަ އޮފަރ އެއް ތަޢާރުފުކޮށްފިއެވެ. މި އޮފަރ ތައާރަފް ކުރެވިފައި ވަނީ މިދުވަސްވަރަކީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރާ ދުވަސްކޮޅަކަށް ވުމާއެކު، ކަސްޓަމަރުންނަށް ލުއި ކޮށްދިނުމުގެ ގޮތުންނާއި، މިއީ މަހުގެ ފަހުކޮޅު ކަމަށް ވެފައި، ޑޭޓާ އެލަވަންސްތައް ހުސްވެފައިވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު...

ޔުމްނާ ޢަލީ
އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށްވެސް އެސްޑީއެފްސީން ދޫކުރާ ލޯނަށް ކުރިމަތިލެވޭނެ: ފައްޔާޒް

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށްވެސް އެސްޑީއެފްސީން ދޫކުރާ ލޯނަށް ކުރިމަތިލެވޭނެ: ފައްޔާޒް

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށްވެސް އެމްސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ އެސްއެމްއީ ލޯނަށް ކުރިމަތިލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ރިޕޯޓު ހުށަހެޅޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓާ ޕޯޓަލަށް ވަރަށް އަވަހަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި އެސްޑީއެފްސީން ވީހާވެސް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ...

ޝިއުނާ އާދަމް
މެލޭޝިޔާ މިނިސްޓަރުންގެ 2 މަހުގެ މުސާރަ އެ ޤައުމުގެ ކޮވިޑް ފަންޑަށް ހަދިޔާ ކުރަނީ

މެލޭޝިޔާ މިނިސްޓަރުންގެ 2 މަހުގެ މުސާރަ އެ ޤައުމުގެ ކޮވިޑް ފަންޑަށް ހަދިޔާ ކުރަނީ

މެލޭޝިޔާ ގެ ކެބިނެޓް މެންބަރުންގެ ދެމަހުގެ މުސާރަ މެލޭޝިޔާގެ ނެޝަނަލް ކޮވިޑް ފަންޑަށް ހަދިޔާ ކުރެއްވުމަށް ނިންމަވައިފިއެވެ. މީގެތެރޭގައި ޕްރައިމް މިނިސްޓަރާއި، މިނިސްޓަރުން އަދި ޑެޕިއުޓީ މިނިސްޓަރުންގެ މުސާރަ ހިމެނެއެވެ. ޕްރައިމް މިނިސްޓަރ ޓޭން ސްރީ މުހިއްދީން ޔައްސީން 26 މާރިޗުގައި ފޭސްބުކްގައި ހިއްސާކުރެއްވި ބަޔާނެއްގައި ބުނެފައިވަނީ މިކަމަކީ ކޮވިޑް-19ގެ އަސަރު ފޯރާފައިވާ މީހުންނަށް ސަރުކާރުން އެހީފޯރުވަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމެއް ކަމުގައެވެ. ސަރުކާރުގެ މަސައްކަތުން 11 މާރިޗުގައ...

އައިމިނަތު ޔުމްނާ
ވެމްކޯއިން އެދެނީ ރަނގަޅަށް ކުނިކޮތަޅު ބަންދުކޮށްދިނުމަށް

ވެމްކޯއިން އެދެނީ ރަނގަޅަށް ކުނިކޮތަޅު ބަންދުކޮށްދިނުމަށް

ގޭބިސީތަކުން ކުނި އުކާލުމަށް ނެރޭއިރު، މިހާރަށްވުރެ ރަނގަޅަށް ކުނިއަޅާ ކޮތަޅުތައް ބަންދުކޮށްދިނުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއިން އިލްތިމާސްކޮށްފިއެވެ. ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާއެކުވެސް، ވެމްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަދަލު ގެނައުމަށް ގަސްތުނުކުރާކަމަށް އެ ކޯރޕަރޭޝަނުން ބުނެފައިވެއެވެ. ވެމްކޯއިން ވިދާޅުވީ، ކުނި ނެގުމަކީ ޒަރޫރީ އާންމު ޚިދުމަތަކަށް ވުމުން، ކޯވިޑް-19ގެ ސަބަބުން ޤައުމަށް ދިމާވެފައިވާ މިފަދަ ޙައްސާސް ދަނޑިވަޅ...

އިބްރާހިމް އަސްވާޤް
ސާފުތާހިރުކަން އިސްކޮށް، އިޖްތިމާއީ ގައިދުރުކަން އިސްކުރަށްވާ: މުފްތީ މެންކް

ސާފުތާހިރުކަން އިސްކޮށް، އިޖްތިމާއީ ގައިދުރުކަން އިސްކުރަށްވާ: މުފްތީ މެންކް

ސާފުތާހިރުކަން އިސްކޮށް، އިޖްތިމާއީ ގައިދުރުކަން އިސްކުރުމަށް މަޝްހޫރު ދީނީ ޢިލްމް ވެރިޔާ މުފްތީ އިސްމާއިލް މެކް ނަސޭހަތްތެެރިވެ ވަޑައިގެންފިއެވެ. މީސް މީޑިއާ މެދުވެރި ކުރަށްވާ ޢިލްމީ ގިނަ މައުލޫމާތުތައް ގެނެސް ސެއްވާ ސެއިޚް، މުފްތީ މެންކް ވިދާޅުވީ ސާފްތާހިރު ކޮށް އުޅުމަށާއި އިޖްތިމާއީ ގައިދުރުން  އިސްކުރުމަށެވެ. މިވަގުތަކީ ރަނގަޅު އަމަލު ކުރުން ގިނަކުރަންޖެހޭ ވަގުތެއްކަމަށް މުފްތީ މެންކް ވަނީ ވިދާޅުވެފައެވެ.  Practise good hygiene & social distancing. Do what’s right in this current […]

އައިމިނަތު ޔުމްނާ
އެމެރިކާއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޢަދަދު ޗައިނާއަށް ވުރެ ގިނަ ވެއްޖެ

އެމެރިކާއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޢަދަދު ޗައިނާއަށް ވުރެ ގިނަ ވެއްޖެ

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިބަލި ފުރަތަމަ ފެތުރެން ފެށި ޗައިނާއަށް ވުރެ، ދުނިޔޭގެ އެންމެ ބާރުގަދަކަމަށް ދަޢުވާ ކުރާ އެމެރިކާގައި މިބަލި ޖެހުނު މީހުންގެ ޢަދަދު އިތުރުވެއްޖެއެވެ. މިބަލި އެމެރިކާއިިން މިހާތަނަށް 81943 މީހުންނަށް ވަނީ ޖެހިފައެވެ. 2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށިކަމަށް ބުނާ މިބަލި މިހާތަނަށް ޗައިނާއިން ޖެހިފައިވަނީ 81285 މީހުންނަށެވެ. އެމެރިކާ އިން މިބަލީގެ ފުރަތަމަ ކޭ...

ޝިއުނާ އާދަމް
ފިލިޕީންސްގައި ތިބި މެޑިކަލް ކިޔަވާ ރާއްޖޭގެ ދަރިވަރުން މިރޭ ރާއްޖެ އަންނަން ފުރަނީ

ފިލިޕީންސްގައި ތިބި މެޑިކަލް ކިޔަވާ ރާއްޖޭގެ ދަރިވަރުން މިރޭ ރާއްޖެ އަންނަން ފުރަނީ

ފިލިޕީންސްގައި ތިބި މެޑިސިން ކިޔަވާ 47 ދިވެހި ދަރިވަރަކު މިރޭ ރާއްޖެ އަންނަން ފުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ހާމަ ކުރަށްވައިފިއެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމަށް ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެނެސްގައި އެސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިރޭގެ ވަގުތެއްގައި ފިލިޕީންސްގައި ތިބި 47 ދިވެހި ދަރިވަރަކު ރާއްޖެ އަންނަން ފުރާނެ ކަމަށެވެ. އެ ކުދިން ގަތަރަށް ގޮސ...

ޝިއުނާ އާދަމް
ކޮވިޑް-19: ބަލި ޖެހުން ޢަދަދު ފަސް ލައްކަ ފަހަނަ އަޅައިފި

ކޮވިޑް-19: ބަލި ޖެހުން ޢަދަދު ފަސް ލައްކަ ފަހަނަ އަޅައިފި

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވެ، ދުނިޔޭން އެބަލި ޖެހުނު މީހުންގެ ޢަދަދު ފަސް ލައްކަ ފަހަނަ އަޅައި ގޮސްފިއެވެ. ދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެކި ބައްރު ތަކުން ކޮވިޑް-19 ބަލި މިހާތަނަށް 503219 މީހުންނަށް ވަނީ ޖެހިފައިއެވެ. އެބަލި ޖެހުނު މީހުން ކުރެ 121227 މީހުން ރަނގަޅު ވެފައިވާއިރު، 22340 މީހުންވަނީ އެބަލީގައި މަރުވެފައިއެވެ. ކޮވިޑް-19 ބަލި މިހާތަނަށް 503219 މީހުންނަށް ޖެހުނު ކަމަށް މިހާރު […]

ޝިއުނާ އާދަމް
ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19 އިން ރަނގަޅު ވެއްޖެ

ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19 އިން ރަނގަޅު ވެއްޖެ

ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19 އިން ރަނގަޅުރަނގަޅުވި މީހުންގެ އަދަދު ނުވަޔަކަށް އަރައިފިއެވެ. މި ފަހަރު ރަނގަޅުވެގެން ރިޕޯޓުކުރީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒާ އެކު ބައިވެރިވެވަޑައިގެންނެވި ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި މީހަކު މިއަދު އެވައިރަސް އަށް ނެގެޓިވް ވެފައިވާ ކަމަށެވެ. ނަމ...

ޝިއުނާ އާދަމް
ހައުސިން ލޯން ދެއްކުން 6 މަސް ދުވަހަށް އެޗް.ޑީ.އެފް.ސީ އިން ފަސްކޮށްދީފި

ހައުސިން ލޯން ދެއްކުން 6 މަސް ދުވަހަށް އެޗް.ޑީ.އެފް.ސީ އިން ފަސްކޮށްދީފި

ކޮރޯނާ ވައިރަސްގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން ދޫކޮށްފައިވާ ލޯނުތައް 6 މަހަށް ފަސް ކުރުމަށް އެކޯޕަރޭޝަނުން ނިންމައިފިއެވެ. ކޮވިޑް-19 ގެ ސަބަބުން ފަރުދުންގެ ދިރިއުޅުމުގެ އާންމު ހާލަތައް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ޓަކައި ސަރުކާރުން ރާއްވަވައި ކުރިޔަށް ގެންދަވާ އިކޮނަމިކް ރިކަވަރީ ޕްލޭންގެ ދަށުން އެޗް.ޑީ.އެފްސީ އިން ވަނީ އެކުންފުނީގެ ހައުސިންގ ފައިނޭންސް ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ބޭނުންފުޅ...

ޔުމްނާ ޢަލީ
ކާބޯ ތަކެތީގެ ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓުވީ ގްރެއިޓަރ މާލޭ ރީޖަން އެކަނި: އެޗްޕީއޭ

ކާބޯ ތަކެތީގެ ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓުވީ ގްރެއިޓަރ މާލޭ ރީޖަން އެކަނި: އެޗްޕީއޭ

ގްރެއިޓަރ މާލޭ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ/ހޮޓާ/ރެސްޓޯރެންޓްތަކުގެ ޚިދުމަތްތައް ދިނުން ހުއްޓައިލާން އެއްވެސް ސިފައެއްގައި އަންގާފައި ނުވާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ގްރެއިޓަރ މާލޭ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ/ހޮޓާ/ރެސްޓޯރެންޓްތަކުގެ ޚިދުމަތްތައް ދިނުން ހުއްޓައިލާން އެއްވެސް ސިފައެއްގައި އަންގާފައި ނުވާނެ ކަމަށެވެ. އޭގެ އިތުރުން އަދި، އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނާނ...

ޔުމްނާ ޢަލީ
ކޮވިޑް-19: ކޮއްދިއްޕަރުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރަނީ

ކޮވިޑް-19: ކޮއްދިއްޕަރުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރަނީ

ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް އިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގާކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް އިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެ. މިހާރު އެ ރިސޯޓު ވަނީ މޮނިޓަރިންގެ ހާ...

ޔުމްނާ ޢަލީ