ރާއްޖެ ޓެލެކިލާސްތައް އަލުން ފަށަނީ ކޮވިޑް19އާ ގުޅިގެން ފެށި ޓެލިކިލާސްތައް މާދަމާއިން ފެށިގެން އަލުން ފަށަން ނިންމައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިކަން ސްކޫލްތަަކަށް އަންގައި މި ކުލާސްތައް ފެށުމަށް ތައްޔާރު ވަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނ 29 މާރޗް ވާ އާދިއްތަ ދުވަހުން ފެށިގެން އަލުން ޓެލިކްލާސްތައް ބައެއް ގްރޭޑްތަކަށް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ގުރޭޑް ދިހައެއްގެ ދަރިވަރުންނަށް އަމާޒުކޮށް ޓެލިކިލާސް ޔެސްޓީވީން ގެނެސްދޭއިރު، ގުރޭޑް ނުވައެއްގެ ދަރިވަރުންނަށް ޓެލ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ރާއްޖެއިން އިތުރު ދެ މީހަކު ކޮވިޑް19 އިން ރަނގަޅުވެއްޖެ ރާއްޖެއިން ކޮވިޑް19 ޖެހުނު އިތުރު ދެ މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކުރެއްވީ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެސެންތަރުންވަނީ މިއަދު އިތުރު 2 މީހަކު ރަނގަޅުވީކަން ޢިއުލާންކުރައްވާފައެވެ. އެއާއެކު މިހާރު މިވަނީ ރަނގަޅުވީ މީހުންގެ ޢަދަދު 11 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާދެމުން ދަނީ 3 މީހަކަށެވެ. ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 16 މީހެއް: ކުރެއްދޫ އައިލެންޑް ރިސޯޓުން 5... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ އިންޑިޔާގައި ކޮވިޑް19 ޖެހިގެން މަރުވި މީހެއްގެ ސަބަބުން 40،000 މީހުން ކަރަންޓީނަށް! ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ އިޓަލީއިން އިންޑިޔާއަށް ދަތުރުކުރި މީހަކު ވައިރަހަށް ޕޮޒިޓިވްވުމުގެ ސަބަބުން އިންޑިޔާއިން 40،000 މީހުން ކަރަންޓީނު ކޮށްފި ކަމަށް ބީބީސީއިން ބުނެފިއެވެ. މިމީހާ އިޓަލީއިން އައުމަށްފަހު ވަނީ ކޯވިޑްޖެހިގެން މަރުވެފައެވެ. މިކޭސް އާއި ގުޅިގެން ޕަންޖާބުގެ 20 އަވަށަކަށް ވަނީ އައިސޮލޭޓް ވުމަށް މަޖުބޫރުވެފަ އެވެ. 70 އަހަރުގެ މިމިހާވަނީ އިޓަލީއަށް ފަހު އަދި ޖަރުމަނަށް ވެސް ދަތުރުކޮށްފަ އެވެ. އަދި އެއަށްފަހު އޭނާވަނީ އިންޑިޔާގެ ޕަންޖާބުގައި ފާހަގަކުރާ ފެސްޓިވަލެއްގަ... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ނުކުރަން އެންގި މުއްދަތު 4 އޭޕްރީލްއަށް އިތުރުކޮށްފި މާލެ އާއި ރާއްޖޭގެ ރިސޯޓުތަކުގައި ހުކުރު ނަމާއި ފަރުޟު ނަމާދުތައް ޖަމާތުގައި ނުކުރަން އިސްލާމިކް މިނިސްޓްރީން އަންގާފައިވާ އެންގުމުގެ މުއްދަތު 4 އޭޕްރީލްއަށް އިތުރުކޮށްފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މިއަދު މިނިސްޓްރީ އޮފް ޓޫރިޒަމް، ސިޓީ ކައުންސިލްތައް، އަތޮޅު ކައުންސިލްތައް، ރަށު ކައުންސިލްތައް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެޑްރެސް ކުރައްވާ ފޮނުވި ސާރކިއުލަރއެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) ރާއްޖެއިން ފެނިފައ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޮވިޑް-19: ބަލި ޖެހުނު ޢަދަދު 6 ލައްކަ އަށް! ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު 6 ލައްކަ އަށްވުރެ އިތުރު ވެއްޖެއެވެ. ދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެކި ބައްރު ތަކުން ކޮވިޑް-19 ބަލި މިހާތަނަށް 601010 މީހުންނަށް ވަނީ ޖެހިފައިއެވެ. އެބަލި ޖެހުނު މީހުން ކުރެ 133439 މީހުން ރަނގަޅު ވެފައިވާއިރު، 27432 މީހުންވަނީ އެބަލީގައި މަރުވެފައިއެވެ. ކޮވިޑް-19 މިވަގުތަށް ،28 މާރިޗް 2020، ދިވެހިރާއްޖެ ގަޑި 13:35 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ޕޮޒިޓީވް މީހުންގެ ޢަދަދު: 601010 […] އަލީ އާދިލް · 6 އަހަރު ކުރިން
ޚަބަރު ކޮވިޑް-19: އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެއްސަކު އަށް ޕޮޒިޓިވް ވެއްޖެ އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެެ. އެ ޤައުމުގައި އުޅުއްވާ ދިވެހި ޑޮކްޓަރެއްގެ ފޭސް ބުކްގައި ލިޔުއްވާފައިވަނީ އޭނާގެ އަނބިކަނބަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ޑޮކްޓަރު ލިޔުއްވާފައިވާ ގޮތުން ކޮވިޑް-19 އަށް އަނބިކަނބަލުން ޕޮޒިޓިވް ވީ ރޯގާގެ އަލާމާތްތަކެއް ހުރުމުން ޓެސްޓް ހެދުމުންނެވެ. މިހާރު އެ އަލާމާތްތައް ވެސް ރަނގަޅު ވަމުން އަންނަ ކަމަށް ލިއުއްވާފައި ވެއެވެ. ޑަކްޓަރުގެ ކިބާގައިވެސް ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރި ކަމަށް ވެ އެވެ. […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޢަދަދު 1 ލައްކައަށްވުރެ ގިނަ ވެއްޖެ ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް، ދުނިޔޭގެ އެންމެ ބާރުގަދަކަމަށް ދަޢުވާ ކުރާ އެމެރިކާގައި ޕޮޒިޓިވް ވި މީހުންގެ އަދަދު 1 ލައްކައަށްވުރެ އިތުރުވެއްޖެއެވެ. މިބަލި އެމެރިކާއިިން މިހާތަނަށް 100390 މީހުންނަށް ވަނީ ޖެހިފައެވެ. 2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށިކަމަށް ބުނާ މިބަލި މިހާތަނަށް ޗައިނާއިން ޖެހިފައިވަނީ 81340 މީހުންނަށެވެ. އެމެރިކާ އިން މިބަލީގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 15 ގައިއ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ކޮވިޑް-19: ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއް ޓެސްޓްކުރަނީ ކޮވިޑް- 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދަވާ ކަމަށެވެ. އެމީހާ މިހާރު ވަނީ ރިސޯޓުގައި އެކަހެރި ކުރެވިފައި ކަމަށާއި... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ކޮވިޑް 19 : ދެ ރިސޯޓެއް މޮނީޓަރިންގެ ހާލަތަށް ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ބަޔަކު ފެނިގެން ރެސިޑެންސް މޯލްޑިވްސް ދިގުރަށާއި ފިލިތެޔޮ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމަށް ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެނެސްގައި އެސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ދެ ދިވެއްސެއްގެ ފަރާތުން ފެނިގެން ރެސިޑެންސް މޯލްޑިވްސް ދިގުރަށް މޮނީޓާ ކުރަމު... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 16 އަށް ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެ ފަތުރުވެރިން ހިމަނައިގެން ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 16 އަށް އަރައިފިއެވެ. ރާއްޖެ އިން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިންނަކީ އެބަށްޔަށް ޝައްކުވެގެން އައިލެންޑް ސަފާރީން ކަރަންޓީނު ކުރި ދެ މީހުން ކަމަށް ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވަނީ ވިދާޅުވެފައެވެ. މިއަދު ވަނީ ރާއްޖޭގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ދެވަނަ އަށް ގިނަ ޤައުމަކަށް އިޓަލީ ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ދެވަނަ އަށް އެންމެ ގިނަ ޤައުމު ކަމުގައި އިޓަލީ ވިލާތް ހިމެނިއްޖެއެވެ. މިބަލި އިޓަލީއިން މިހާތަނަށް 86493 މީހުންނަށް ވަނީ ޖެހިފައެވެ. އިޓަލީން މިބަލީގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 20 ގައިއެވެ. 2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިބަލި، ޗައިނާއިން މިހާތަނަށް ޖެހިފައިވަނީ 81340 މީހުންނަށެވެ. ކުރިން އެންމެ ގިނަ މީހުން […] އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާ ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދެނީ ހއ. ކެލާ ސިއްޚީ މަރުކަޒުގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ އަންހެނަކު އިތުރު ފަރުވާއަށް މާލެ ގެނެސްދިނުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ހއ. ކެލާ ސިއްޚީ މަރުކަޒުގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ އަންހެނަކު، ހާލު ބޮޑުވެ އިތުރު ފަރުވާއަށް އެމްއެންޑީއެފް ނޯތު އޭރިއާގެ އެހީތެރިކަމާއި އެކު މާލެ ގެނައުމަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިހާރު ދަތުރު ފަށާފައިވާކަމަށެވެ. އެ ހެލިކޮޕްޓަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސަން ހަމަޖެހިފައިވަނީ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ޖެކްމާ، ރާއްޖެއަށް ދެއްވި އެހީ ގެންނަން ފްލައިޓެއް ޗާޓަރު ކުރަނީ މަޝްހޫރު އީކޮމާސް ޕްލެޓްފޯމް އަލީބާބާގެ ފައުންޑާ ކަމުގައިވާ ޖެކްމާ، އާއި ޗައިނާގެ ކުންފުނިތަކުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެތި ގެނައުމަށް ފްލައިޓެއް ޗާޓަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭންގް ލީ ޖޮންގް ވިދާޅުވެއްޖެ އެވެ. ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލީ ޖޮންގު ވިދާޅުވީ ރާއްޖެއަށް ޗައިނާގެ އަމިއްލަ ފަރާތްތަކުން ދީފައިވާ އެހީތައް ނުގެނެވިގެން އުޅެނީ ގައުމުތައް ލޮކްޑައުންކޮށްފައި އޮތުމާއި... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރިޕޯޓް ރައްޔިތުންގެ "މާލިމީ" ހުންނެވީ ރައްޔިތުނަށް ވާގޮތެއް ވާން! މިހިނގާ މާރިޗް މަހުގެ 25 ވީ ބުދަ ދުވަހު، ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ ހުންގާނުގައި ހިއްޕަވައިގެން ހުންނެވި، ރައީސް އިބްރާޙީމް މުޙައްމަދު ސާލިޙް ވިދާޅުވީ އެމަނިކުފާނު ހުންނެވީ ރައްޔިތުންނާއި އެކު ރައްޔިތުންނަށް ވާގޮތެއް ވާންކަމަށެވެ. “އަޅުގަނޑު ހުންނާނީ ރައްޔިތުންނާ އެކީގައި. ރައްޔިތުންނަށް ވާގޮތެއް ވާން. އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފި... ހުސައިން ހަބީބް · 6 އަހަރު ކުރިން
ވިޔަފާރި ކޮވިޑް 19 އާއި ގުޅިގެން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ރަނުގެ ފުރުޞަތެއް ފުޑް ޑޮޓް އެމްވީއަކީ މިއީ މުޅި ރާއްޖޭގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކެއް ލިސްޓްކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓުގައި ރާއްޖޭގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި އެ ތަންތަނުގެ ލޮކޭޝަން، ފައިސާ ދެއްކެން ހުރި އޮޕްޝަންތަކާއި ޑެލިވަރީ ޚިދުމަތް ލިބޭކަން ނުވަތަ ނޫންކަން، އަދި ތަންތަނުގެ ފޯނު ނަންބަރު ފަދަ މުހިންމު މަޢުލޫމާތުގެ އިތުރުން އެތަންތަނުގެ މެނޫ ތަކާއި ލިބެންހުންނަ ބާވަތްތަކާއި އަގާއި ފޮޓޯ ފަދަ މުހިންމު އެތައް މަޢުލޫމާތު ފަސޭހައިން […] އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން