ރާއްޖެ ބީއެމްއެލް ގެ އޮންލައިން ޚިދުމަތްތައް ހޯދަން އެދިއްޖެ ކޮވިޑް-19 އާ ގުޅިގެން ސޯޝަލް ޑިސްޓެންޓް އަށް ސަމާލުކަން ދިނުމުގެ ގޮތުން ބީއެމްއެލްގެ ބްރާންޗަށް ނުގޮސް، އިންޓަނެޓް ބޭންކިން އަދި އޭޓީއެމް ބޭނުން ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެ އެވެ. ބީއެމްްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި ހަފްތާގެ ތިން ދުވަހު ބީއެމްއެލްގެ ބްރާންޗްތަކާއި ހިދުމަތްދޭ ސެންޓަތައް ހުޅުވާނެކަމަށާ އެހެން ނަމަވެސް އިލްތިމާސަކީ ކޮންމެހެން ބްރާންޗަށް ވަޑައިގެން ހޯއްދަވަންޖެހޭ ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް ހޯއްދެވުމަށް އ... ޖަލްވާން ޖާދުﷲ · 6 އަހަރު ކުރިން
ރާއްޖެ ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން ގެންދިޔުމުގައި އެހީތެރިކަމަށް އެދިއްޖެ ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެގައުމަށް ގެންދިޔުމުގައި ބަންގްލަދޭސްގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ. މިނިސްޓަރު ޝާހިދު އެގޮތަށް އެދި ވަޑައިގަތީ، ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު އޭކޭ އަބްދުލް މޮމެން އާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފޯނުން ގުޅުއްވައި މިއަދު ދެއްކެވި ވާހަކައިގައެވެ. ދެވަޒީރުން ކުރެއްވި މަޝްވަރާގައި، ކޮވިޑް-19 ރާއްޖޭގައި ފެތުރިއްޖެ ހާލަތެއްގައި ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނެއްލައިދޫ ކައުންސިލުންދޭ ބައެއް ޚިދުމަތްތަކުގެ ފީ ނެގުން ހުއްޓާލައިފި ހދ. ނެއްލައިދޫ ކައުންސިލުންދޭ ބައެއް ޚިދުމަތްތަކުގެ ފީ ނެގުން ހުއްޓާލައިފިއެވެ. ނެއްލައިދޫ ކައުންސިލުން ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ޚަރަދުތަކަށް ލުޔެއް ދިނުމުގެ ގޮތުން އެ ކައުންސިލުންދޭ ބައެއް ޚިދުމަތްތަކުގެ ފީ ނެގުން ހުއްޓާލުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފީ ނެގުން ހުއްޓާލާފައިވާ ޚިދުމަތްތައް: ނެއްލައިދޫ ޕްރީސްކޫލް ފީ ( ފީނެގުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ ކިޔެވުން ކުރިއެކޭ އެއްގޮތަށް ގެންދެވި، ސްކޫލްގެ ކިޔ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ވިޔަފާރި ގައުމީ ޝިޕިން ލައިންގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސްފި އަލަށް އުފެއްދި ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ. “އެމްވީ އައިބީރިއަން އެކްސްޕްރެސް” ގެ ނަން ދީފައިވާ މިބޯޓު ރާއްޖެ ބަނދަރުކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މި ބޯޓަށް މަރުޙަބާކިޔުމުގެ ގޮތުން ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް އަރުވާފައެވެ. ރާއްޖޭގެ ގައުމީ ޝިޕިން ލައިން ހިންގުމަށް އުފެއްދި އެމްއެސްއެސް އަކީ، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަަމަށްވާ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެކެ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ކޮލަމް މާސްކެއްގެ ޝަކުވާ އަހަރެން ދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު އުޅޭނެބާވައެވެ. އެކަމަކު މި ވާހަކަ ބުނަން ބޭނުމެވެ. މިއަދުގެ ހާލަތަށް މި ވާހަކަ ވަރަށް މުހިންމު ވާހެން ހީވަނީއެވެ. އަހަރެންނޭ ކިޔައިގެން ވަރަށް ގިނަ ވާހަކަ ދައްކާތީއެވެ. ވަރަށް ގިނަ ބަޔަކު އަހަރެން ބޭނުން ކުރާތީއެވެ. އަނެއް ބަޔަކު އެހެން މީހުން އަހަރެން ބޭނުން ކޮށްފާނެތީ އުޅޭހެން ވެސް އުޅޭތީއެވެ. އަހަރެން އެކަށީގެން ނުވަނީ ހެއްޔެވެ. ނުވަތަ އަހަރެން ބޭނުން ކުރުމަށް އިންސާނާ ކުފޫ ހަމަ ނުވަނީހެއްޔެވެ. ކުއްލިއަކަށް ހަނދާނަށް […] ޢަބްދުﷲ ސަޢީދު · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޮވިޑް- 19 އަށް ވެކްސިނެއް އުފެއްދުމަށް މެޑޯނާ 1 މިލިއަން ޑޮލަރުގެ އެހީ ދީފި ކޮވިޑް- 19 އަށް ވެކްސިނެއް އުފެއްދުމަށް ކުރާ މަސައްކަތަށް ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ 1 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ. އެންއެމްއީ ނޫހުގައި ބުނެފައިވާ އުމުރުން 61 އަހަރުގެ މެޑޯނާ ކޮވިޑް- 19 އަށް ވެކްސިނެއް އުފެއްދުމަށް ކުރާ މަސައްކަތުގެ ތަހުލީލުތަކަށް ހަދިޔާ ކުރާ މިފައިސާގެ އެހީ ދިނުމަށް ނިންމާފައި ވަނީ ބިލް އެންޑް މެލިންޑާ ގޭޓު ފައުންޑޭޝަން މެދުވެރިކޮށް ކަމަށެވެ. އިންސްޓަރގްރާމް މެދުވެެރިކޮށް މެޑޯނާ އާންމު ކުރި މެސެޖެއްގައި ބުނީ ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމަށް ކުރެވެމުންދާ […... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުރިނބީން ދަނޑުވެރިކަމަށް ހިލޭ ވަގުތީ ބިން ދޫކުރަނީ ހދ. ކުރިނބީން ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ހިލޭ ބިން ދޫކުރުމަށް ކުރިނބީ ކައުންސިލުން ނިންމައިފިއެވެ. ކުރިނބީ ކައުންސިލުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ އިޤްތިޞާދީ ހީނަރުކަމަށްބަލައި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި އެއްވެސް ކުއްޔަކާއި ނުލައި، ރަށުގެ ދެކުނުފަރާތުން ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް ނިންމައިފިކަމަށެވެ. “މިގޮތުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިކަންކުރަން ބޭނުންވާ ގޭގެއިން ކޮންމެ ގެޔަކަށް 1 (އެކެއް)... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ސޯސަލް ސަޕޯޓް ޑެސްކެއް ޤާއިމް ކޮށްފި ށ. ފުނަދޫ ރައްޔިތުންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެރަށު ކައުންސިލުން، ސޯސަލް ސަޕޯޓް ޑެސްކް (އެސްއެސްޑީ) އެއް ޤާއިމް ކޮށްފިއެވެ. ފުނަދޫ ސޯސަލް ސަޕޯޓް ޑެސްކްގެދައުރު އެކައުންސިލުންވަނީ ކޮވިޑް-19 އާއި ގުޅިގެން އެކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ހޯދުމުގެ ގޮތުން އެރަށުގެ ވިޔަފާރިވެރިންނާއިވެސް ބައްދަލު ކޮށްފައެވެ. ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއިން ށ. ފޮނަދޫ ރައްޔިތުން ރައްކާތެރިވެ ތިބުމަށް ފޮނަދޫ ކައުންސިލުން ކުރިންވެސްވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ސަރުކާރު ބަންދު ދުވަސްތަކުގައި ކުޅުދުއްފުށީ ކައުންސިލުން ބައެއް ޚިދުމަތްތައް ދެނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ބައެއް މުހިންމު ޚިދުމަތްތައް ކުޅުދުއްފުށީ ކައުންސިލުން ލިބޭ ގޮތަށް އެ ކައުންސިލުން ހަމަޖައްސައިފިއެވެ. ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު ބަންދު ކުރައްވާފައިވާ މުއްދަތުގައި އެ އިދާރާއިން އުފަންދުވަހުގެ ރެޖިސްޓްރީއާއި ސެޓްފިކެޓް ހެއްދުން، ރަށްވެހިވުން އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ދޫކުރުމުގެ ޚިދުމަތް ލިބޭ ގޮތަށް ހަމަޖައްސާފައި ވާކަމަށެވެ. https://www.facebook.... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ކޮލަމް ފޮޓޯއިން އެދުވަސް - ށ.ކޮމަންޑޫ ސްކޫލުގެ ހަނދާންތައް މިފޮޓޯ ފެނުމުން ހަނދާންތައް އަހަރެން ގޮވައިގެން ދަތުރުކުރީ 1980 ވަނަ އަހަރާއި ހަމައަށެވެ. ފޮޓޯއިން ފެންނަން އެހުރި ކޮމަންޑޫ ސްކޫލަކީ އަހަރެންގެ ތަޢުލީމީ ބިންގާ އެޅުނު ފުރަތަމަ މަދަރުސާއެވެ. ލިޔަންކިޔަން ދަސްކޮށްދީ ހިސާބު އަދަދުތަކާއި ނަވަތަ ދަސްކޮށްދިނީ އެ މަދަރުސާގެ އެދުރުންނެވެ. ހަނދާނަށް އަންނަނީ ސްކޫލަށްދިޔަ ފުރަތަމަ ދުވަހެވެ. ބެލެނިވެރިޔާ ހައްވަދައިތަގެ އަތުގައި ހިފައިގެން ކޮމަންޑޫ ބޮޑުމަގަށް ނިކުތީ މުޅިން އައު ތަޖުރިބާއަކާއި ކުރިމަތިލާށެވެ. ތުނޑި ފިހާރައަށްވަދެ ފޮތަކާއި ފަންސުރެއް އަދި ފުހ... އާދަމް ޝަރީފް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކަރަންޓީނަށް ތަބާނުވި މަދު ބައެއްގެ ސަބަބުން ރަށްތަކެއްގެ އެންމެން މަރުވެ، އެރަށްތައް ފަޅުވި ގޮތުގެ ވާހަކަ އަހަރަކީ 1797 ނުވަތަ 1798 ވަނަ އަހަރެވެ. ދުވަސްވަރަކީ ދުނިޔޭގައި އާލަމީ ވަބާއެއް ފެތުރެމުން ދިޔަ ދުވަސްވަރެކެވެ. ބައްޔަކީ ނުރައްކާތެރި ކަށިވިދުރި އެވެ. ޔޫރަޕުން އެކަނިވެސް މިބަލީގައި އަހަރަކު ހަތަރު ލައްކައެއްހައި މީހުން މަރުވަމުން ދެއެވެ. ޔޫރަޕުގެ ރަސްރަސްކަލުންނާއި ވެރިންވެސް މިބަލީގައި އަވަހާރަވަމުން ދެއެވެ. ބޭރު ކަރަކަރައިގައި މި ބަލިމަޑުކަން ބޮޑުވެ މިލިއަނުން މީހުން މަރުވާއިރު، ﷲ ގެ ހެޔޮ ރަޙުމަތުން ރާއްޖޭގެ ރަށްރަށް އޮތީ ވަރަށް ބޮޑަށް ސަލާމަތުން ކަމަށް ފެނެއެވެ. ދިރިއުޅުން އުފާވެރިވެފައި، އ... އަޙްމަދު ސާލިމް · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޮވިޑް-19: ދެވަނައަށް އެންމެ ގިނަ ޤައުމަކަށް ސްޕެއިން، މުޅިދުނިޔޭން 1.2 މިލިއަން ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ދެވަނަ އަށް އެންމެ ގިނަ ޤައުމު ކަމުގައި ސްޕޭން ހިމެނިއްޖެއެވެ. އަދި މިބަލި މުޅި ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު ވަނީ 1،201،473 އަށް އަރައިފިއެވެ. ކޮވިޑް-19 ސްޕޭން ،5 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ޕޮޒިޓީވް މީހުންގެ ޢަދަދު: 126،168 މަރުވި މީހުންގެ ޢަދަދު: 11،947 ރަނގަޅުވި މީހުންގެ ޢަދަދު: 34،219 ކޮވިޑް-19 އެންމެ […] އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ހަތަރު މަންޒިލަކަށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓްތަކެއް، މިއަދު ލަންކާއަށް ދާ ފްލައިޓް ފުލްވެއްޖެ ރާއްޖެ ނާދެވި، ހަތަރު ޤައުމެއްގައި ތާށި ވެފައިތިބި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން “މޯލްޑިވިއަން” ގެ ދަތުރުތަކެއް ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންއަށް ކުރުމަށް ހަމަޖައްސައިފި އެވެ. ނަމަވެސް ލަންކާ މަގުން ރާއްޖެއަށްނަން ގިނަ ދިވެހިން ތަކެއް ތިބުމާއިއެކު ލަންކާއަށް އަށް އަޅާ މިއަދުގެ ފްލައިޓް މިހާރު ފުލް ވެފައިވާ ކަމަށްވެސް މޯލްޑިވިއަނުންވަނީ ބުނެފައެވެ. މެލޭޝިއާގެ ކުއަލަރަމްޕޫރަށާއި އިންޑިއާގެ ޓްރެވެންޑްރަމަށް ވެސް ވަރަށް އަވަހަށް މޯލްޑިވިއަންއިން ފްލައިޓްތައް އަޅާނެ ކަމަށް ފޮރިން މިނ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން ކައުންސިލުގައި ރަޖިސްޓްރީކުރުމަށް އެދިއްޖެ ހއ. ހޯރަފުށީގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތައް ހޯރަފުށީ ކައުންސިލުގައި ރަޖިސްޓްރީކުރުމަށް އެކައުންސިލުން އެދިއްޖެއެވެ. ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ހޯރަފުށީ ކައުންސިލުން ބަލަހައްޓަމުންގެންދާ ދަނޑުވެރިކަންކުރާ ފަރާތްތަކުގެ ދަފްތަރު އަދާހަމަކުރުމަށް ބޭނުންވާތީ މިހާރު އެކަން ކުރަމުންގެންދާ ފަރާތްތަކުންނާއި އަލުން ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން އެއިދާރާގައި ރަޖިސްޓްރީވުމަށް ފޯމް ހުށަހެޅުއްވުން އެދޭކަމަށެވެ.... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހައިޑަވޭ ބީޗް ރިސޯޓުން 186 ދިވެހި މުވައްޒަފުންނާއި އެކު އާކޮންޓްރެކްޓްއެއް ހަދަނީ ދޮނަކުޅި އިންވެސްޓްމަންޓުން ހިންގާ، ހައިޑަވޭ ބީޗް ރިސޯޓުގެ 390 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރިކަން އަންގާފައިވީނަމަވެސް އެރިސޯޓުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އާ އެގްރީމެންޓްއެއްގެ ދަށުން މަސައްކަތް ކުރެވޭނެކަމަށް މުވައްޒަފުންނަށް އަންގާފައިވާކަމަށް އެރިސޯޓުން ވާހަކަ ދެއްކި މުވައްޒަފުން ބުނެފިއެވެ. އެ މުވައްޒަފުންބުނީ މީގެ ދުވަސްކޮޅެއްކުރީން މުވައްޒަފުންނަށް އެކި އޮޕްސަންތައް ހުރިކަމަށް މެނޭޖްމަންޓުން ބޭއްވި މީޓިންތަކުގައި މައުލޫމާތު ދިންގޮތަށް އަމަލު ކުރަން މެނޭޖްމ... އަލީ އާދިލް · 6 އަހަރު ކުރިން