މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އިނގިރޭސި ބޮޑުވަޒީރު އައިސީޔޫގައި އަށް ބަދަލު ކޮށްފި

އިނގިރޭސި ބޮޑުވަޒީރު އައިސީޔޫގައި އަށް ބަދަލު ކޮށްފި

ހުން އައުމާއެކު ކޮވިޑް-19 އިގެ އަލާމާތްތައް އިތުރުވެފައިވާތީ އިތުރު ޓެސްޓުތައް ހަދައި ފަރުވާ ދިނުމަށް ލަންޑަން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާ އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ. އުމުރުން 55 އަހަރުގެ އިނގިރޭސި ބޮޑު ވަޒީރު އެޑްމިޓުކޮށްފައި ވަނީ، ޑޮކްޓަރުގެ ލަފާގެ މަތީން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ބޮޑުވަޒީރުގެ ހާލު ސީރިއަސް ވާން ފެށީ އިއްޔެގެ މެންދުރުން ފެށިގެންނެވެ. އެމަނިކު...

ޔުމްނާ ޢަލީ
ރިސޯޓަކުން މޫދަށް ފުންމާލި މީހަކު ގެއްލިގެން ހޯދަނީ

ރިސޯޓަކުން މޫދަށް ފުންމާލި މީހަކު ގެއްލިގެން ހޯދަނީ

ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސްގައި މަސައްކަތް ކުރާ މީހަކު މޫދަށް ފުންމާލުމުން ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސް އެންޑް ސްޕާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް ގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފްގެ ނޯދަން އޭރިއާއިން ހަރަކާތްތެރިވާން ފަށާފައި ވާކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްގެ ނޯދަން އޭރިއާއަށް ލިބިފައިވަނީ މިރޭ 22:13 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ. ރިސޯޓުގެ ސީސީޓީވީން ފެންނަ ގޮތުގައި، އެ މީހާ...

ޝިއުނާ އާދަމް
ބުކިން ސިސްޓަމަށް ހަމަލާތައް ދެމުންދާ ކަމަށް މޯލްޑިވިއަނުން ބުނެފި

ބުކިން ސިސްޓަމަށް ހަމަލާތައް ދެމުންދާ ކަމަށް މޯލްޑިވިއަނުން ބުނެފި

ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ އޮންލައިން ބުކިން ސިސްޓަމަށް ބަޔަކު ހަމަލާ ދެމުން ދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މޯލްޑިވިއަނުން ކުރި ޓުވީޓެއްގައި ބުނީ ‏އޮންލައިންކޮށް އެ ކުންފުނީގެ ބުކިން ސިސްޓަމަށް އެޓޭކްތަކެއް ދޭ ކަމަށް ސިސްޓަމް އެޑްމިނިސްޓްރޭޓަރއިން މަޢުލޫމާތު ދީފައިވާކަމަށެވެ. މި ފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި މިފަދަ ދަށު ދަރަޖައިގެ ކަންތައްތައް ކުރަމުންދިއުމަކީ އެ ކުންފުނިން ހިތާމަކުރާ ކަމެއްވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ. އޮންލައިންކޮށް އަޅުގަނޑުމެންގެ ބުކިން ސިސްޓަމަ...

ޝިއުނާ އާދަމް
ގެއްލިގެން ހޯދަމުންދިޔަ މީހެއް ވައިގޮޅިތެރޭ މަރުވެފައި އޮއްވާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ މީހެއް ވައިގޮޅިތެރޭ މަރުވެފައި އޮއްވާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަމީހެއް ވައިގޮޅިތެރޭ މަރުވެފައި އޮއްވާ ފެނިއްޖެކަމަށް ފުލުހުން ބުނެފިއެވެ. ނޫސްތަކަށް މަޢުލޫމާތުދެއްވަމުން ފުހުން ބުނެފައިވަނީ މާފަންނު ގައި ހުރި ގެއަކުން މިއަދު ހެންދުނުން ފެށިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ނުފެނިގެން މިރޭ 22:17 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މިހާދިސާ އާއި ގުޅިގެން އެ މީހާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން، އެ ގޭގެ ވައިގޮޅި ތެރެއަށް ވެއްޓިފައި އޮއްވާ މިރޭ 22:36 އެހާކަންހާއިރު ފުލުހުނަށް ފެނިފައިވާކަމަށާއި އެ މީހާ މިހާރު ވަނީ އައިޖީއެމްއެ...

ޝިއުނާ އާދަމް
ތާރީޚުގެ ތެރެއިން ތިލައުތުރު ދިއްދޫ (2)

ތާރީޚުގެ ތެރެއިން ތިލައުތުރު ދިއްދޫ (2)

އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައި ދިއްދޫގައި ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި މުޅިރަށްހެން އަނދައިހުލިވިއެވެ. ދިއްދޫގައި ކިޔާގޮތުންނަމަ “ރަށް ފެންވުން” ހާދިސާ ހިނގައިދިޔައީ އޭރު ދިއްދޫގައި މާލެ ދަތުރުކުރި ބައްތެއްޔެއް މާލެއިން އައި ދަތުރެއްގައި ރަށުގެ ހުޅަނގު ފަރާތަށް މުދާ ހުސްކުރުމުގައި މޫދަށް ވެއްޓިފަ އޮތް އަލިފާންފޮއްޓެއް ކުއްޖަކު ނަގައިގެން އުޅުމުގެ ތެރޭގައި އަތިރީގައި ހުރި ފަންކުނިތަކެއްގައި ރޯވެގެންނެވެ. މިއީ ރިޔާވިޔުމަށް އިރާ ފަންވަތްތަކުންނަގާ ބޯބުރިތަކާ، އި...

ނައްޝާމް ނަސީރު
މިކުދިން މަތިން ހަނދާން ނައްތާނުލާތި!

މިކުދިން މަތިން ހަނދާން ނައްތާނުލާތި!

ދުނިޔޭގެ އެކި ކަން ކޮޅުތަކުގައި ދަތިހާލުގައި އުޅެމުން އަންނަ އެތައް ހާސް މުސްލިމް ޢާއިލާތަކާއި، އެ ޢާއިލާތަކުގެ މައުސޫމް ކުދިންނަށް މިވަނީ ދަތީގެ މައްޗަށް ދަތި ކުރިމަތިވެފައެވެ. ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ހާސްކަމުގައި އޮތް އިރު އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި އުހުތުން ކުރެ، އަނިޔާވެރިކަމާއި، ނުފޫޒުން އިންސާނީ އެތައް ޙައްޤެއް ގެއްލިފައިވާ މުސްލިމުންގެ މަތިން މިވަގުތު ހަނދުމަ އައުކޮށް އަޅުގަނޑުމެންގެ ދުޢާގައި އެމީހުންވެސް ޝާމިލް ކުރަމާތޯއެވެ! އަޅުގަނޑުމެންނަށް ކޮށްދޭވެ މާގިނަ ކަންކަން ނ...

ޙުސައިން ޝަހުދީ
ވަދު އަޅަން އުޅުމުގެ ތެރޭގައި އަތަށް ދާވަނި ހެރިއްޖެ

ވަދު އަޅަން އުޅުމުގެ ތެރޭގައި އަތަށް ދާވަނި ހެރިއްޖެ

މާލެ ދަތުރުކުރާ ބޯޓެއްގައި ހުރި މީހަކު ވަދު އަޅަން އުޅުނުމުގެ ތެރޭގައި އަތަށް ދާވަނި ހެރި ޒަހަމްވެއްޖެއެވެ. އެމީހާ އަތަށް ދާވަނި ހެރި ލޭ މަނާ ނުވެގެން އުޅެނިކޮށް އެމްއެންޑީއެފުން މިހާރުވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ އެމްއެންޑީއެފުން ބުނީ ފުވައްމުލަކުން ފުރައިގެން މާލެ ދަތުރު ކުރަމުން ދިޔަ “ނިރުވާ” ބޯޓު މ. ކޮޅުފުށި 8 ނޯޓިކަލް މޭލު ބޭރުގައި ވަދު އަޅަން އުޅުމުގެ ތެރޭގައި އެބޯޓުގައި ހުރި މީހެއްގެ އަތަށް ދާވަނި ހެރި ލޭ މަނާ ނުވެގެން އެމްއެންޑީއެފުން ސެންޓްރަލް […]

ޔުމްނާ ޢަލީ
ގާނޫނުއަސާސީ އިސްލާހު ކުރަން ޤާނޫނީ ހުރަހެއް ނެތް: އޭޖީ

ގާނޫނުއަސާސީ އިސްލާހު ކުރަން ޤާނޫނީ ހުރަހެއް ނެތް: އޭޖީ

ގާނޫނުއަސާސީ އިސްލާޙުކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ. ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލްތަކުގެ އުމުރު އޮތީ ކަނޑައެޅިފައި ކަމަށާއި ޖޫން ތިނެއްގެ ފަހުން ކައުންސިލްތައް ދެމި އޮންނާނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށެވެ. ‏” ކައުންސިލްތަކުގެ ޢުމުރު އޮތީ ކަނޑައެޅިފަ. 3 ޖޫންގެ ފަހުން ކައުންސިލްތައް ދެމިއޮންނާނީ ޤާނޫނުއަސާސީ އިޞްލާހުކޮށްގެން. ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 253 ވަނަ މާއް...

ޔުމްނާ ޢަލީ
ކޮވިޑް-19 އާއި ގުޅޭ ގޮތުން ދަރިފުޅާއި ވާހަކަ ދައްކާނީ ކިހިނެތް؟

ކޮވިޑް-19 އާއި ގުޅޭ ގޮތުން ދަރިފުޅާއި ވާހަކަ ދައްކާނީ ކިހިނެތް؟

ކޮރޯނާ ވައިރަސް ބަލިމަޑުކަން 2019 (ކޯވިޑް-19) އާ ގުޅޭގޮތުން އަޑުއިވެމުންދާ އެކި މަޢުލޫމާތުގެ ސަބަބުން ތިމާއަށް ހިތްނުތަނަވަސްކަން ދިމާވުމަކީ އެކަށީގެންވާކަމެކެވެ. ހަމަ އެފަދައިން، ތިމާގެ ދަރިންނަށްވެސް މިފަދަ ހިތްނުތަނަވަސްކަން ދިމާވުމަކީ އެކަށީގެންވާކަމެކެވެ. އެހެން މީހުންގެ ފަރާތުންނާއި، ޓީވީ އިންނާއި، އޮންލައިންކޮށް އަޑު އިވެމުންދާ ކަންތަކަކީ ކޮންކަހަލަ ކަމެއްކަން އެކުދިންނަށް ނުވިސްނިދާނެއެވެ. ވުމާއެކު، އެކުދިންނަށް ހިތާމައާއި، ފިކުރު ބޮޑުވުމާއި، ހާސްކަމުގެ އިޙުސާސްތައް ތަޙައްމަލުކުރަން ޖެހު...

ތިލަދުން
އިނގިރޭސި ބޮޑުވަޒީރު އެޑްމިޓު ކޮށްފި

އިނގިރޭސި ބޮޑުވަޒީރު އެޑްމިޓު ކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފިއެވެ. ބީބީސީއިން ބުނެފައިވާ ގޮތުގައި އިނގިރޭސި ބޮޑު ވަޒީރު ހުން އައުމާއެކު ކޮވިޑް-19 އިގެ އަލާމާތްތައް ފެންނާތީ، ލަންޑަން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އުމުރުން 55 އަހަރުގެ އިނގިރޭސި ބޮޑު ވަޒީރު އެޑްމިޓުކޮށްފައި ވަނީ، ޑޮކްޓަރުގެ ލަފާގެ މަތީން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އިނގިރޭސި ބޮޑު ވަޒީރު ކޮވިޑަށް ޕޮޒިޓިވްވެފައި ވ...

އަލީ އާދިލް
ދިއްދޫ ރަށްވެހިންގެ ވަޒީފާއަށް އަންނަ ބަދަލުތައް ކައުންސިލުން ދެނެގަންނަނީ

ދިއްދޫ ރަށްވެހިންގެ ވަޒީފާއަށް އަންނަ ބަދަލުތައް ކައުންސިލުން ދެނެގަންނަނީ

މިވަގުތު ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން، ރިޒޯޓްތަކާއި އަދި ޕްރައިވެޓް ސެކްޓަރގެ އެހެން ވަޒީފާތަކުގައި އުޅޭ ދިއްދޫގެ ރައްވެހިންގެ ވަޒީފާތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ކަމަށް ހއ. ދިއްދޫ ކައުންސިލުން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރެމުންދާތީ، މިވަގުތު ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން، ރިޒޯޓްތަކާއި އަދި ޕްރައިވެޓް ސެކްޓަރގެ އެހެން ވަޒީފާތަކުގައި އުޅޭ ދިއްދޫގެ ރައްވެހިންގެ...

އަލީ އާދިލް
ޤަވާޢިދާ ޚިލާފަށް ވެލި ނުނެގުމަށް ހޯރަފުށީ ކައުންސިލުން އިލްތިމާސްކޮށްފި

ޤަވާޢިދާ ޚިލާފަށް ވެލި ނުނެގުމަށް ހޯރަފުށީ ކައުންސިލުން އިލްތިމާސްކޮށްފި

ހޯރަފުށީ އިޚްތިސާސްގެ ތެރެއިން އަދި އިޚްތިސާސްގެ ބޭރުންވެސް ޤަވާއިދާ ޚިލާފަށް ވެލިނުނެގުމަށް ހޯރަފުށީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ހޯރަފުށީ އިޚްތިސާސްގެ ތެރެއިން އަދި އިޚްތިސާސްގެ ބޭރުންވެސް ޤަވާއިދާ ޚިލާފަށް ބައެއް ފަރާތްތަކުން ވެލި ނަގަމުން ގެންދާތީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރާކަމަށެވެ. އެގޮތަށް ޤަވާއިދާ ޚިލާފަށް ވެލިނަގަމުން ގެންދާ ފަރާތްތަކާއި މެދު ޤާނޫނުތަކާއި ޤަވާއިދުތަކުގައި ވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަ...

ޝިއުނާ އާދަމް
ކުރިއަށްއޮތް ހަފްތާތެރޭގައި އެމެރިކާއިން ވަރަށްގިނަ ބަޔަކު މަރުވާނެ: ޓްރަމްޕް

ކުރިއަށްއޮތް ހަފްތާތެރޭގައި އެމެރިކާއިން ވަރަށްގިނަ ބަޔަކު މަރުވާނެ: ޓްރަމްޕް

އެމެރިކާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގައ،ި ކުރިއަށްއޮތް ހަފްތާތެރޭގައި އެމެރިކާއިން ވަރަށްގިނަ ބަޔަކު މަރުވާނޭ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އެހެން ވިދާޅުވެ، އިންޒާރު ކުރެއްވީ ވައިޓްހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. ޓްރަމްޕް ވިދާޅުވީ މި ހިނގާ ހަފްތާއާއި ކުރިއަށްއޮތް ހަފްތާއާ ދެމެދުގެ މުއްދަތަކީ އެމެރިކާއަށް ވަރަށް ގޮންޖެހުންބޮޑު، ވަރުގަދަ ދުވަސްތަކަށް ވެގެން ދާނެ ކަމަށެވެ. ވަރަށް ގިނަބަޔަކު މަރުވާނެކަމަށްވެސް...

ޔުމްނާ ޢަލީ
ކާފިއުގެ ވަގުތުގައި މިއަދު 146 މީހަކަށް ނަސޭހަތްތެރިވެ، އެކަކު ޖޫރިމަނާކުރި

ކާފިއުގެ ވަގުތުގައި މިއަދު 146 މީހަކަށް ނަސޭހަތްތެރިވެ، އެކަކު ޖޫރިމަނާކުރި

މާލެގައި ކާފިއު ހިންގި ވަގުތު ބޭރުގައި އުޅުނު އެކަކު ޖޫރިމަނާކޮށް، 146 މީހަކަށް މިއަދު ނަސޭހަތް ދީފަ ވާނެކަމަށް ފުލުހުންވިދާޅުވެއްޖެއެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު ހިންގަމުންނެވެ. މިއަދު މިއީ ކާފިއު ހިންގި ތިންވަނަ ދުވަހެވެ. ފުލުހުން ވިދާޅުވީ މިއަދު ކާފިއު ހިންގި ތިން ގަޑިއިރު ބޭރުގައި އުޅުނު އެކަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެެ. […]

ޖަލްވާން ޖާދުﷲ
މިވަގުތު ކަރަންޓީނުގައި ތިބީ 809 މީހުން: މަބްރޫކް

މިވަގުތު ކަރަންޓީނުގައި ތިބީ 809 މީހުން: މަބްރޫކް

މިވަގުތު ކަރަންޓީނުގައި ތިބީ 809 މީހުން ކަމަށާއި، އައިސޮލޭޝަންގައި ތިބީ 12 މީހުން ކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކުރެއްވީ މިހާރު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިޔަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އާއި ގުޅޭ ފަހުގެ މަޢުލޫމާތު ހިއްސާ ކުރަށްވަމުން މަބްރޫކު ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުން 73 މީހުން ދޫކޮށްލާފައި ވާކަމަށެވެ. އަދި މިއަދު 187 ސާމްޕަލެއް ނަގާފައިވާކަމަށާއި، ކަރަން...

ޝިއުނާ އާދަމް