ސަރުކާރު ބަންދު މުއްދަަތު އިތުރުކޮށްފި
ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތު އިތުރު ކޮށްފިއެވެ. ރައީސް އޮފީހުން ބުނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން، 2020 މޭ މަހުގެ 3 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 14 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި ކަމަށެވެ. ރައީސް އޮފީހުން ބުނެފައިވަނީ ކުރިއ...