މަނަދޫ މީހެއް ކޯވިޑަށް ޕޮޒިޓިވުވެ ރަށަށް ހާސްކަން
ފެތުރެމުންދާ ކޯވިޑް-19 އަށް ނ. މަނަދޫ މީހަކު ޕޮޒިޓިވުވެއްޖެއެވެ. ކޯވިޑް-19 ބަލި މީހުން ރާއްޖޭގެ އަތޮޅުތަކުން ފެންނަން ފަށާފައިވާއިރު، ނ. މަނަދޫ މީހަކު އެބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބަލިވެގެން އެމެޖެންސީގައި މާލެ ގެނެސް ފަރުވާ ދިނުމުގެ ތެރޭގައި ހެދި ކޯވިޑް ޓެސްޓަށް ޕޮޒިޓިވް ވުމުން ކަމަށް އެރަށުން “ތިލަދުން”އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ. މަނަދޫއިން ކޯވިޑަށް ޕޮޒިޓިވްވީ އުމުރުން ދުވަސްވެ، ބަލިވެ އުޅޭތީ ގޭން ބޭރަށްވެސް ނުނިކުމެވޭ އަންހެނެއް ކަމަށާއި، އެ މީހާއަށް ކާން އުނދަގޫވުމުން […]