ކީރިތި ޤުރްއާނަކީ ރަސޫލާ އަމިއްލަ ފުޅަށް ގެންނެވި އެއްޗެއް ނޫނެވެ. އެއީ މާތް ﷲ ގެ ވަޙީ ބަސްފުޅެވެ.
މާތް ﷲ ގެ ޙަޟްރަތުގައި ހަމައެކަނި ދީނަކީ އިސްލާމްދީނެވެ. އެހެންކަމުން މުޙައްމަދު ޞައްލަﷲ އަލައިހި ވަސަލަމަ ރަސޫލުކަމާގެން ފޮނުއްވުމާއެކު އެހެން ހުރިހާ ދީންތައްވަނީ މަންސޫޙު ކުރައްވައިފައެވެ. އިސްލާމުންނަކީ މީގެ ކުރިން ފޮނުއްވުނު ރަސޫލުންނާއި އެބޭކަލުންނަށް ބާވައިލެއްވި ފޮތްތަކަށް އިމާންވާ ބައެކެވެ. ކީރިތި ރަސޫލާއަށް ބާވާލެއްވި ޝަރިޢަތް ކަމުގައިވާ ކީރިތި ޤުރްއާނުގައި އެހެން ހުރިހާ ޝަރިޢަތްތަކެއްގެ ތަޢުލީލު އައިސްފައި ވެއެވެ. އެހެންކަމުން ކީރިތި ޤުރްއާނަށް އީމާންވުމުން އެހެން ހުރިހާ ސަމާވީ ފޮތް ތަ...