މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ފަލަސްތީނުގެ ބިންތައް ހިފުމަށް ކުރަމުންދާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ބިންތައް ހިފުމަށް ކުރަމުންދާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ބިންތަކުގެ ބޮޑު ބައެއް އިސްރާއީލުން އަނެއްކާވެސް ހިފުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން ދިވެހިރާއްޖެއިން އެކަން ކުށްވެރިކޮށްފި އެވެ. ރާއްޖެއިން މިކަން ކުއްވެރި ކުރެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އިއްޔެ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަ ފުޅުގައެވެ. ސަޢޫދީ ޢަރަބިއްޔާއިން ރިޔާސަތު ބެލެހެއްޓި މި ވަރޗުއަލް ބައްދަލުވުމަކީ ފަލަސްތީނުގެ ހުޅަނގ...

އިބްރާހިމް އަސްވާޤް
މިނިމަމް ވޭޖުން ދިރިއުޅެވޭނެ ގޮތް ވާނީ، ލާމަރުކަޒުކުރެވިގެން: މެމްބަރު ޔާސިރު

މިނިމަމް ވޭޖުން ދިރިއުޅެވޭނެ ގޮތް ވާނީ، ލާމަރުކަޒުކުރެވިގެން: މެމްބަރު ޔާސިރު

މިނިމަމް ވޭޖެއް ކަނޑައެޅިޔަސް ރައްޔިތުންނަށް މިނިމަމް ވޭޖުން ދިރިއުޅެވޭނެ ގޮތް ވާނީ، ލާމަރުކަޒުކުރެވިގެން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުއް ލަތީފު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 20020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި ވަޒީފާއާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުގެ ބިލްގެ ބަހުސްގައި އިއްޔެ ވާހާކަ ދައްކަމުން މެމްބަރު ޔާސިރު ވިދާޅުވީ މިނިމަމް ވޭޖަކީ އިންތިހާއަށް ދައްކަމުން އައި ވާހަ...

ޝިއުނާ އާދަމް
އަނެއްކާވެސް ޗައިނާގެ އެހީއެއް

އަނެއްކާވެސް ޗައިނާގެ އެހީއެއް

ކޯވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާ ސަރުކާރުން އިތުރު ސިއްޙީ ސާމާނުގެ އެހީތެރިކަން ފޯރުކޮށް ދީފިއެވެ. މިއީ ޗައިނާ ސަރުކާރުން ކޯވިޑާއި ގުޅިގެން ރާއްޖެއަށް އެހީގެ ތަކެތި ހަދިޔާކުރި 3 ވަނަ ފަހަރެވެ. މީގެ އިތުރުން ޗައިނާގެ ބައެއް ޖަމްޢިއްޔާތަކާއި، ކުންފުނިތަކުންވެސް ރާއްޖެއަށް ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާ ސަރުކާރުން ރާއްޖ...

ޝިއުނާ އާދަމް
ވޯލްޑް ބޭންކުން ރާއްޖެއަށް 12.8 މިލިއަން ޑޮލަރުގެ އެހީއެއް

ވޯލްޑް ބޭންކުން ރާއްޖެއަށް 12.8 މިލިއަން ޑޮލަރުގެ އެހީއެއް

ކޯވިޑް-19 އާ ގުޅިގެން ނޭދެވޭ އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށް ވޯލްޑް ބޭންކުން 12.8 މިލިއަން ޑޮލަރު  ދޭން ނިންމައިފި އެވެ. ވޯލްޑް ބޭންކުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޯވިޑް-19އާއި ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމް “ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް” އަށް 12.8 މިލިއަން ޑޮލަރު ނުވަތަ 197.38 މިލިއަން ރުފިޔާ ދިނުމަށް ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ. ވޯލްޑް ބޭންކުން ދިން އ...

ޔުމްނާ ޢަލީ
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއަށް މަޖިލިސް ވަނުން، ރަނގަޅު ގޮތެއްބާ؟

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއަށް މަޖިލިސް ވަނުން، ރަނގަޅު ގޮތެއްބާ؟

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަކީ ތިންބާރު ވަކިވެފައިވާ، ފުރިހަމަ ރިޔާސީ ނިޒާމެއްގެ ތަރަހައިގެ ތެރޭގައި އެކަށަހަޅާފައިވާ ޤާނޫނު އަސާސީއެކެވެ. އެ ޤާނޫނު އަސާސީގައި ޤާނޫނު ހެދުމުގެ ބާރު މަތިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ ޤާނޫނު އަސާސީގައި ދެން ކަނޑައެޅިފައިވާ ދެ ބާރަކީ ވެރިކަން ހިންގުމުގެ ބާރާއި އަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރެވެ. މިއިން އެއްވެސް ބާރެއް އެއްބާރުގެ މައްޗަށް އަނެއްބާރު އަރައި، ފުށު އެރުމެއް އެ ޤާނޫނު އަސާސީއަކު ނުވެއެވެ. މިތާނގައި ފިކުރު ހިންގާލަން މިޖެހުނު ކަމަކީ ރައ...

އަލީ އާދިލް
މިނިމަން ވޭޖަކީ އެމްޑީޕީގެ ވައުދެއް، ލަސްނުކޮށް ނިންމަން ޖެހޭ: މެމްބަރު ޖީހާން

މިނިމަން ވޭޖަކީ އެމްޑީޕީގެ ވައުދެއް، ލަސްނުކޮށް ނިންމަން ޖެހޭ: މެމްބަރު ޖީހާން

މިނިމަން ވޭޖަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އިތުރަށް ލަސްނުކޮށް ނިންމަން ޖެހޭކަމަށް ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި، ވަޒީފާއާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުގެ ބިލްގެ ބަހުސްގައި ވާހާކަ ދައްކަމުން މެމްބަރު ޖީހާން ވިދާޅުވީ “މިނިމަން ވޭޖް ކަނޑައެޅުމަކީ އެމްޑީޕީގެ ވައުދެއް. އެކަން އިތުރަށް ލަސްނުކޮށް މ...

ޔުމްނާ ޢަލީ
މިނިސްޓަރު އާތިފާ އިސްތިއުފާ ދެއްވައިފި

މިނިސްޓަރު އާތިފާ އިސްތިއުފާ ދެއްވައިފި

ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އެމްއާރުއެމްގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅަކު ވަނީ އެކަމަނާ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވިކަން ޔަޤީން ކޮށްދެއްވާފައެވެ. އެކަމަނާ އިސްތިއުފާ ދެއްވަން ނިންމެވީ ސިއްހީ ހާލުކޮޅު ގޯސް ވަމުން ގޮސް އިތުރަށް ގޯސްވެގެން ކަމަށާއި، ފާއިތުވެ ދެ ދުވަހު އެކަމަނާ އުޅުއްވީ ވަރަށް ބޮޑަށް އާލާސްކަންފުޅާކަމަށް މައުލޫމާތު ދިން މީހާ ކިޔައިދީފައިވެއެވެ. އާތިފާ ހައުސިން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފ...

ޖަލްވާން ޖާދުﷲ
ހދ. އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ހދ. އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ހދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުޞޫމް ސަސްޕެންޑް ކޮށްފިއެވެ. އެ ކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުޞޫމް ސަސްޕެންޑް ކުރީ 60 ދުވަހަށް ކަމަށެވެ. އޭނާ ސަސްޕެންޑް ކުރި ސަބަބެއްގޮތުގައި އެ ބަޔާނުގައި ބުނެފައި ވަނީ ފާޅުގައި ރިޝްވަތު ނަގާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިއަ ޕޯސްޓްތަކަކާއި ގުޅޭ މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ މައްސ...

ޔުމްނާ ޢަލީ
ޕާނަކަށް މަސްތުވާ ތަކެތި ލައިގެން ފިނޭއަށް އެތެރެކުރަން އުޅުނު 3 މީހަކު ހައްޔަރުކޮށްފި

ޕާނަކަށް މަސްތުވާ ތަކެތި ލައިގެން ފިނޭއަށް އެތެރެކުރަން އުޅުނު 3 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. އަތޮޅުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހދ. ފިނޭއިން 3 މީހަކު ހައްޔަރުކޮށްފި އެވެ. މި އޮޕަރޭޝަންއާއި ބެހޭ މަޢުލޫމާތުދެމުން ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 24 އަހަރުގެ 2 މީހުންކަމަށެވެ. އަދި މި 3 މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އިއްޔެ އިރު އޮއްސުނު ވަގުތު ކުޅުދުއްފުށި ސިޓީއިން ފިނޭއަށް ދިޔަ މުދާ އުފުލާ ފެރީއަކުން ފިނޭއަށް މަސްތުވާތަކ...

އަލީ އާދިލް
ވައިކަރަދޫގެ ކަރާ ދަނޑަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

ވައިކަރަދޫގެ ކަރާ ދަނޑަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

ހދ. ވައިކަރަދޫގެ ކަރާ ދަނޑުތަކަށް ގެއްލުން ތަކެއް ދީފިއެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ގެއްލުންތަށް ދީފައިވަނީ ވައިކަރަދޫގެ ފުރަތަމަ ކައުންސިލަރ އަޙަމަދު ހާޝިމް އަދި މިދައުރުގެ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރު ގެ ބައްޕަގެ ދަނޑަށެވެ. އެތައް ދުވަހެއްގެ މަސައްކަތް، އަނެއްކާވެސް އެއްރެއިން ކޮށާ ކުދިކުދި ކޮށްލައިފި ކޮށާ ކުދިކޮށްފައިވާ ކަރާތަކުގެ ފޮޓޯތައް ހިމަނުއްވާ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރުގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވެއެވެ. މިކަމާއި ގުޅިގެން ވައިކަރަދޫ ކައުނ...

ޖަލްވާން ޖާދުﷲ
ޝުކުރުވެރިވުމަކީ ތިބާގެ ތަނޅުދަނޑިކަމުގައި ހަދާށެވެ!

ޝުކުރުވެރިވުމަކީ ތިބާގެ ތަނޅުދަނޑިކަމުގައި ހަދާށެވެ!

ޝުކުރުވެރިވުމަކީ ހުރިހާކަމެއްގައިވެސް އަދި ހުރިހާ ހާލަތެއްގައިވެސް ހިތްހަމަޖެހުމާއި ކާމިޔާބުގެ ތަނޅުދަނޑިއެވެ. ތިބާ ދިރިއުޅޭނެ ގެދޮރު ހުރިނަމަ މާތްﷲއަށް ޝުކުރުވެރިވާށެވެ! ތިބާދެކެ ލޯބިވާ އާއިލާއެއް ތިބާއަށް ލިބިފައިވާނަމަ މާތްﷲއަށް ޝުކުރުވެރިވާށެވެ! މި ދެކަންތައްވެސް ތިބާއަށް ލިބިފައިވާނަމަ، މާތްﷲއަށް ޙަމްދުކޮށް ޝުކުރުވެރިވާށެވެ! ތިބާ ވިސްނާށެވެ! ދުނިޔޭގައި އެތައް މިލިޔަން މީހުންނެއް ވަންނާނެ ގެދޮރެއް ނެތިފައިވެއެވެ. އަދި މިލްކިއްޔާތުގައި އެމީހުންގެ އަމިއްލަ އެއްޗެހީގެ ގޮތުގައި ފާހަގަކޮށްލާނެ ހަ...

މުޙައްމަދު އާދަމް
ހދ އަތޮޅު ރަށްރަށުގައި މާބަނޑު މީހުން ސްކޭން ކުރަން ފަށާނީ މިމަހުގެ 13 ގައި

ހދ އަތޮޅު ރަށްރަށުގައި މާބަނޑު މީހުން ސްކޭން ކުރަން ފަށާނީ މިމަހުގެ 13 ގައި

ހދ އަތޮޅުގެ ރައްޔިތުންނަށް ފުރަބަންދުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާތީ އަދި ފެރީ ދަތުރުތައް ފަށާފައިނުވާތީ ހުރިހާ ރަށަކަށް ގައިނިކޮލޮޖިސްޓުން ހިމެނޭ ގޮތަށް އައުޓްރީޗު ޕްރޮގުރާމެއް ފަށަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރއެޗް) އިން ތައްޔާރުވެއްޖެއެވެ. އައުޓްރީޗު ޕްރޮގުރާމު ފެށުމަށް ހަމަޖައްސާފައި މިހާރު ވާނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް “ތިދަލުން” އަށް މަޢުލޫމާތު ދެއްވަމުން ކޭއާރުއެޗްގެ މެނޭޖަރ ހެލްތު ސަރވިސަސް އަހްމަދު ދާއޫދު ބުނެފައިވެއެވެ. ދާއޫދު އިތުރަށް ބުނެފައިވ...

އިބްރާހިމް އަސްވާޤް
ނާއިފާ ދޫކޮށްލި ފޮޓޯ ތަކުން ވައިކަރަދޫގެ ހިތްގައިމުކަން 

ނާއިފާ ދޫކޮށްލި ފޮޓޯ ތަކުން ވައިކަރަދޫގެ ހިތްގައިމުކަން 

ހދ. ވައިކަރަދޫއަކީ ގުދުރަތީ ގޮތުން ބޮޑު ރީތި ހިތްގައިމު ރަށެކެވެ. ރީތިކަނޑޫފަލެއްވެސް އޮންނަ މިރަށުގެ ރީތިކަން މިފަހަރު އާންމުންނަށް ފެނިގެން މިދިޔައީ އެރަށުގެ ޒުވާނެއްކަމަށްވާ ނާއިފާ މީސްމީޑީޔާއަށް ދޫކޮށްލި ފޮޓޯތަކުންނެވެ. ނާއިފާ ފޭސްބުކްގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކުން އެ ރަށުގެ އަންހެން ކަބަލުންގެ މުރާލިކަމާއި މަސައްކަތް ތެރިކަން ފެނިގެންދެއެވެ. އެގޮތުން ރޯނުވެށުމަށް ތައްޔާރު ވުމަށްޓަކައި ބޮނބި ފާކުރުމަށް ބަހައްޓާ މަންޒަރު ފެންނަ ފޮޓޯއަކީ ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ. ރޯނު، ރޯނަށް ވުމު...

އަޙްމަދު ވަހީދު
ކޭއާރއެޗްގައި އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިއަށް

ކޭއާރއެޗްގައި އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިއަށް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރއެޗް) ގައި އެމްޓީސީސީން ކުރަމުންއަންނަ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިއަށްދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނެފައިވަނީ 30 އެނދުގެ ވާރޑް އިމާރާތެއް އެޅުމާއި (ދެ ބުރިއަށް)، އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، ހޮސްޕިޓަލުގެ މައި އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯކްވޭއަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ އަޕްގުރޭޑް ކުރުމަށްޓަކައި އުފަން ހިޔާއަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިޔަށް ދާ...

އިބްރާހިމް އަސްވާޤް
ރަށްރަށުގައި މާބަނޑު މީހުން ސްކޭން ކުރަން ފަށަނީ

ރަށްރަށުގައި މާބަނޑު މީހުން ސްކޭން ކުރަން ފަށަނީ

ރަށްރަށަށް ގޮސް ސްކޭން ކުރުމުގެ ހިދުމަތް މި ހަފުތާގެ ތެރޭގައި ފެށިގެން ދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ނަޔާޒް އަހްމަދު ވިދާޅުވީ، މިހާރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހެނީ މާބަނޑު މީހުންނަށް ކަމަށާއި އެހެންކަމުން އެމީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. “ރަށްރަށަށް ގޮސް ސްކޭން ކުރުމުގެ ހިދުމަތް މި ހަފުތާގެ ތެރޭގައި […...

ޖަލްވާން ޖާދުﷲ