ރާއްޖެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު އދގެ އެޖެންސީ ތަކަށް ދެއްވައިފި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު އދގެ އެޖެންސީ ތަކަށް ދެއްވައިފިއެވެ. މައުލޫމާތުތައް ހިއްސާކޮށްފައި ވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ އދގެ ހުރިހާ އެޖެންސީއެއްގެ އިސް ފަރާތްތަކާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭއްވި ބައްދަލުވުމުގައެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮން ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، މިހާލަތުގައި އދ އާއި އދގެ އެކި ގުނަވަންތަކުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް މިނިސްޓަރ ޝާހި... އަލީ އިބްރާހިމް · 6 އަހަރު ކުރިން
މަޖިލިސް ޓޫރިޒަމް ހުޅުވާލަން ވާނީ މުވައްޒަފުންގެ މޫނުމަތިން އުފާވެރިކަން ދެއްކޭނެ ގޮތަކަށް ހަދައިގެން: ރާޢީ ޓޫރިޒަމް ސިނާއަތް އަލުން ފަތުރުވެރިންނަށް ހުޅުވާލަން ވާނީ ޙިދުމަތްދޭން ތިބި މުވައްޒަފުންގެ މޫނުމަތިން އުފާވެރިކަން ދެއްކޭނެ ގޮތަކަށް ހަދައިގެން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެކުލަވާލި “މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން” (MSTG) ގެ ފުރަތަމަ ދެލިކޮޕީއަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅަން ބޭނުންވާ ކަންކަން އެ މިނިސްޓްރީއާ ޙިއްޞާކުރުމަށް އެދި ފޮނުވުމާ ގުޅިގެން، އެ ގައިޑްލައިން އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
މަޖިލިސް ގުޅީ ފަޅުގައި 6000 ފްލެޓް އަޅާނެ ބިމެއް ހާއްސަ ކުރަން މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފި ގްރޭޓް މާލެ ޒޯންގައިވާ ގުޅީފަޅުގައި 6000 ހައުސިން ޔުނިޓް އަޅާނެ ބިމެއް ހާއްސަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފިއެވެ. އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިނަމާފައިވަނީ މާލޭ ސަރަހައްދަކީ ތޮއްޖެހިފައިވާ ރަށަކަށްވެފައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޖާގަ އުފެއްދިދާނެ ތަނެއްގެ ގޮތުގައެވެ. އެހެންވެ އެތަނުގައި ސޯޝަލް ހައުސިންއަށް 6000 ހައުސިން ޔުނިޓަށް ބޭނުންވާނެ ބިން ކަނޑައަޅަން ނިންމާފައިވެއެވެ. “ހަމައެކަނި އިގްތ... އަލީ އިބްރާހިމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޓީސީއިން ތަރައްޤީ ކުރަމުންދާ ކޮމަންޑޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް ށ. ކޮމަންޑޫ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް، އެ މަޝްރޫޢާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމްޕެނީ (އެމްޓީސީސީ)އިން ހަލުވިކަމާއިއެކު ކުރަމުން އެބަދެއެވެ. މިމަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތްތައް މިހާރު ފަށާފައިވާއިރު، ބަނދަރުގެ އެއްގަމު ތޮށްޓަށް ބޭނުންވާ ކީ-ވޯލް ބްލޮކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެމަސައްކަތުގެ 47 އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. ކޮމަނ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ޚަބަރު ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން 3 ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފި ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން ތިން ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފައިވާކަމަށް އިލެކްޝަން ކޮމިޝަން އޮފް މޯލްޑިވްސް (އީސީ) އިން ބުނެފިއެވެ. އީސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއާއި، ދިވެހި ރައްޔިތުންގެ ޕާޓީ އަދި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް އެވެ. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއިން އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީ، ސިޔާސީ ޕާ... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ 1 ބިލިޔަން ރުފިޔާގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށް އަންނާނެ: ރައީސް ކޯވިޑް19 ބައްޔާގުޅިގެން 1 ބިލިޔަން ރުފިޔާގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށް އަންނާނެކަމަށް “ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ”ގެ ފުރަތަމަ ބައްދަލުވުން ބާއްވަވައި ޓާސްކްފޯސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގަގެ މަޢުލޫމަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އޮޅުންފިލުއްވައި ދެއްކެވި ވާހަކައިގައި ވިދާޅުވެއްޖެއެވެ. މި ބައްދަލުވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޓާސްކްފޯސް އުފެއްދެވުމުގެ މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދަނޑުވެރިންނަށް ލިބުނު ގެއްލުމުގެ އަގު ތިން ލައްކައަށް، އެއްވެސް ބަދަލެއް ނުލިބޭ: ވައިކަރަދޫ ކައުންސިލް މިދިޔަ މަހު 21 އަދި 22 ވަނަ ދުވަހު މުޅި ރާއްޖެއަށް ކުރި މޫސުމީ ވިއްސާރައިގައި ހދ. ވައިކަރަދޫ ދަނޑުތަކަށް ލިބުނު ގެއްލުން ތިން ލައްކަ ރުފިޔާއަށް އަރާއިރު މިހާތަނަށް ބަދަލެއްގެ ގޮތުގައި ސަރުކާރުން އެއްވެސް އެހީއެއް ދެއްވާފައި ނުވާކަމަށް ވައިކަރަދޫ ކައުންސިލުން ބުނެފިއެވެ. “ތިލަދުން” އަށް ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމު މައުލޫމާތު ދެމުން ބުނީ މިދިޔަ މަހު ކުރި ވިއްސާރައިގައި ދަނޑުވެރިންނަށް ލިބުނު ގެއްލުން ހޯދުމަށް ކުރެވުނު މަސައްކަތުގައި ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުމުގަ... އަލީ އިބްރާހިމް · 6 އަހަރު ކުރިން
މަޖިލިސް މުވައްޒަފަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމާއި އެކު މަޖިލިސް އިދާރާ ބަންދުކޮށްފި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ މަޖިލީހީހުގެ އިދާރާ ބަންދުކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ، މަޖިލީހުގެ މެއިންޓަނެންސްގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ. މަޖިލީސް އިދާރާއިން ވަނީ މަޖިލީހުގެ މުވައްޒަފުންގެ ވައިބަރ ގުރޫޕުގައި އެވާހަކަ ހިއްސާކޮށްފައެވެ. މިގޮތުން މަޖިލީހުގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓުން ވަނީ ކޮވިޑު-19 އަށް މުވައްޒަފަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ މުވައްޒަފު އެންމެ ފަހުން މަޖިލީހަށް އައިސްފައިވަނ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ މިސްރުގެ ގާނޫނު ހަދާ މަޖިލީހުގެ %25 ގޮނޑި އަންހެނުންނަށް ޚާއްސަކުރަން ފާސްކޮށްފި ގާނޫނުހަދާ މަޖިލީހުގެ ގާނޫނަށް އިސްލާހު ގެނެސް، މަޖިލީގެ މެންބަރުންގެ %25 އަކީ އަންހެނުންކަމުގައި ހެދުމަށް މިސްރުގެ ގާނޫނުހަދާ މަޖިލިސް (މަޖްލިސުއްނު އްވާބް) އިން މިދިޔަ ހޯމަދުވަހު ފާސްކޮށްފިއެވެ. ނޭޝަނަލް އިލެކްޝަންސް އޮތޯރިޓީގެ ގާނޫނަށާއި ގާނޫނުހަދާ މަޖިލީހުގެ ގާނޫނަށް އިސްލާހު ގެނައުމަށް އިޖިޕްޓްސް ސަޕޯޓް ކޯލިޝަނުގެ ރައީސު ޑރ. ޢަބްދުލް ހާދީ އަލްޤަޞްބީ އާއި އިތުރު 60 މެންބަރުން ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ގާނޫނުހަދާ މަޖިލީހުގެ ގޮނޑީގެ އަދަދަކީ 568 އެވެ. އޭގެ ތެރެއިން %25 ޚާއްސަކުރެވޭނީ... ހުސައިން ހަބީބް · 6 އަހަރު ކުރިން
ކޮލަމް ވަކަރުގޭ ދަރީން ވާނީ ހަމަ، ވަކަރުގޭ ދަރީންނަށެވެ! މީހަކަށް އަޅުގަޑުމެން ދޭ ޖާގަޔަކުން ނުވަތަ މަގާމަކުން ނުވަތަ ހަވާލުކުރާ ވަޒީފާއެއްގެ ސަބަބުން އެމީހާގެ ކަންކަމަށް ބަދަލު އަތުވެދާނެކަމަށް ގަބޫލުކުރެވުމަކީ ވެދާނެކަމެކެވެ. އެހެންނަމަވެސް، އެއީ މުޅިން ތެދެއް ނޫނެވެ. އިންސާނީތަޖުރިބާއިން ދައްކާ ހަގީގަތަކީ އެއީއެވެ. އަޅުގަޑުމެންނަށް އާ ގާނޫނުއަސާސީން ލިބުނު މިނިވަންކަމާއި ގުޅިގެން އުންމީދުކުރެވުނު ތަހުޒީބާއި އެންމެބޮޑަށް ގުޅިފައިވާ އެއް ވިސްނުމަކީ މިއީއެވެ. އެހެންކަމުން، މިގާނޫނުއަސާސީގެ ދަށުން ބޭއްވި އިންތިޚާބުތަކުގައި މީހުން ހޮވުމަށް ވޯޓުދިނުމުގައ... މުޙައްމަދު ޝިހާބް · 6 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯ ކާޑު އެޖެންޓުންނަށް މިހާރު އީ- ސްޓޯރ މެދުވެރިކޮށް ކާޑުގެ ބާވަތްތަކަށް އޯޑަރު ކުރެވޭނެ! ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކާޑު އެޖެންޓުންނަށް މިހާރު އީ-ސްޓޯރ މެދުވެރިކޯށް ކާޑުގެ ބާވަތްތަކަށް އޯޑަރު ކުރެވޭނެކަމަށް އެސްޓީއޯއިން ބުނެފިއެވެ. މިގޮތަށް ހަމަޖެއްސުމާއި ގުޅިގެން އެ ކުންފުނީގެ ކާޑު އެޖެންޓުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. މާލެއެކޭ އެއް އަގެއްގައި ރަށްރަށަށްވެސް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯގެ ކާޑު އެޖެންޓުން ތިބޭ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އެ ކުންފުނިން ދަނީ ރައްޔިތުންނަށް ދަތިނުވާނެހެ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ކައުންސިލުންތަކަށް ކުރިމަތިލި ކެންޑިޑޭޓުން، ނަން ނެގުމުގެ ފުރުޞަތު ހުޅުވާލަނީ މިއަހަރު އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ޢިއުލާނު ކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން އަނބުރާ ނަން ނަގަން ބޭނުންވާ ކެނޑިޑޭޓުންނަށް އެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށް އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ. އަކުރަމް ވިދާޅުވީ ކެނޑިޑޭޓުންގެ ތެރެއިން ނަން ނަގަން ބޭނުންވާ ކެނޑިޑޭޓުންނަށް ނަން ނެގުމުގެ ފުރުޞަތު، ޤާނޫނު ނަމްބަރު 3/2020 ގެ ދަށުން ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށެވެ. […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ އަންހެނުންނަށް އަސާސީ ޚިދުމަތް ފޯރުކޮށް ނުދީ މާލެ ވަށައިގެން އޮތްހާތަނެއް ހިއްކީމައި ދެއްކުނު ވާހަކައެއް ދިމަލެއްނުވޭ: މެމްބަރު ޢަލީ ކެމްޕެއިންގައި ޖަޒީރާ ރާއްޖޭގެ ވާހަކައާއި، ލާމަރުކަޒީ ވާހަކަ ދެއްކިއިރު ރަށްރަށުގެ އަންހެނުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދީ، އަނެއްކާ ތިންވަނަ ފަހަރަށް މާލޭގެ މަގުތައް ހަދައި، މާލޭގައި ވަށައިގެން އޮތިއްޔާ އޮތްހާ ތަނެއް ހިއްކައި، ބްރިޖުއަޅަން ދިމާކުރީމައި ދައްކާ ވާހަކައަކާއި ކުރާ ކަމަކާ ދިމާނުވާ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މެމްބަރު ޢަލީ މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި، ކަމާގުޅ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ކުށުގެ ވެއްޓަށް އައިސްފައިވާ ބަދަލަކީ މި ސަރުކާރުން ކޮށްފައިވާ އިސްލާހީ މަސައްކަތުގެ ނަތީޖާ: އަލީ ނަޒީރު ކުށުގެ ވެއްޓަށް އައިސްފައިވާ ބަދަލަކީ މި ސަރުކާރުން ކޮށްފައިވާ އިސްލާހީ މަސައްކަތުގެ ނަތީޖާ ކަމަށާއި، ފުލުހުންގެ މުއައްސަސާއަށް އައިސްފައިވާ ބަދަލު މިންކުރަން ވާނީ މާޒީގައި ފުލުހުން ހިންގާފައިވާ ކަންކަމުގެ ބަދަލުގައި މިހާރު ފުލުހުން ރައްޔިތުންނާ މުއާމަލާތް ކުރާގޮތަށް ބަލައިގެން ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއާޒް އަލީ ނަޒީރު ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު އިއްޔެ ކުރި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަށް އިސްލާހީ ބަދަލު ގެނައުމަކީ ރައީސް މުހައްމަދު ސޯލިހުގެ... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގިނައަދަދެއްގެ ޒުވާނުން ރިސޯޓުތަކުން ވަކިކުރަމުން ދާތީ ދިއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންއަންނަ ގިނައަދަދެއްގެ ޒުވާނުން ރިސޯޓުތަކުން ވަކިކުރަމުން ދާތީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ރިސޯޓްތަކުން، އެތަންތަނުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ދިއްދޫ ކައުންސިލުން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް -19 ގެ ބަލިމަޑު ކަމުގެ ސަބަބުން، ޢާއްމު... އަލީ އާދިލް · 6 އަހަރު ކުރިން