މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އަލުން ކެފޭތައް ހުޅުވާއިރު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ!

އަލުން ކެފޭތައް ހުޅުވާއިރު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ!

ކޯވިޑް-19 ގެ ފުރަބަންދުގެ ހާލަތު ނިމުމަކަށް ގެނެސް، ލުއި ދިނުމުގެ ފިޔަވަހިތަކުގެ ދަށުން، ކެފޭތަކާއި ރެސްޓޯރެންޓުތައް އާންމުންނަށް ހުޅުވާލާއިރު އެތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކޮށް، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އުސޫލުގައި ކާބޯތަކެތި އުފައްދާ ތަންތަނާއި، ކާބޯތަކެތި ވިއްކާ ތަންތަނާއި، ކާބޯތަކެތި ޑެލިވަރީ ކުރުމާއި ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގ...

ޔުމްނާ ޢަލީ
ފުލުހުންގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ފުލުހުންގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ބިލަށް އެއްވެސް ހިޔާލެއް ހުށަހަޅުއްވަން ބޭނުންނަމަ މިމަހުގެ 30 ގެ ކުރިން ކޮމެޓީގެ އީމެއިލް committee@majlis.gov.mv އަށް ހުށަހަޅުއްވަން ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެވެ. ހިޔާލު ހޯދަން ހުޅުވާލިއިރު އެ ބިލާ […...

އަލީ އާދިލް
ހޯރަފުއްޓަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިފި

ހޯރަފުއްޓަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. އަތޮޅު ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހއ. ހޯރަފުއްޓަށް ކަނޑުމަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އެތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން ހޯރަފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުން...

ޝިއުނާ އާދަމް
ކޭތަ ހިފުމަކީ ޤިޔާމަތް ދުވަހުގެ މަތިން ހަނދުމަކޮށް، ސަމާލުވުމަށް ގޮވައިލައްވާ ގޮވައިލެއްވުމެއް: ޚުޠުބާ

ކޭތަ ހިފުމަކީ ޤިޔާމަތް ދުވަހުގެ މަތިން ހަނދުމަކޮށް، ސަމާލުވުމަށް ގޮވައިލައްވާ ގޮވައިލެއްވުމެއް: ޚުޠުބާ

ކޭތަ ހިފުމަކީ ޤިޔާމަތްދުވަހުގެ މަތިން ހަނދުމަކޮށް، ސަމާލުވުމަށް ގޮވައިލައްވާ ގޮވައިލެއްވުމެއް ކަމަށް މިއަދުގެ އިރުކޭތަ ނަމާދުގެ ޚުޠުބާއިން އެންމެހާ އަޚުންނާއި، އުޚުތުންނަށް ހަނދުމަކޮށް ދީފިއެވެ. މިއަދުގެ ކޭތަ ނަމާދުގެ ޚުޠުބާގައި މިމޭރުމުން ބުނެފައި ވަނީ ޤިޔާމަތްވުން ފެށޭނީ ވަރުގަދަ ބިންހެލުމަކާއި، ހަނދު ކޭތަ ހިފުމަކާއި، ތަރިތައް ވެރި ބުރައިގެންދާ ދިޔުމަކުން ކަމަށެވެ. އެހެންކަމުން ކޭތަ ހިފުން ފަދަ ކަންތައްތަކަކީ ޤިޔާމަތްދުވަހުގެ މަތިން ހަނދުމަކޮށް ދެއްވުމަށް މާތް ﷲ މިންވަރު ކުރައްވާފައިވާ ކަންތައ...

އަލީ އާދިލް
ޒުވާނުންގެ އާދޭސް: ޕޭޕެލް ފަދަ ގޭޓްވޭތަކެއް ރާއްޖެއަށް ގެނެސްދީ!

ޒުވާނުންގެ އާދޭސް: ޕޭޕެލް ފަދަ ގޭޓްވޭތަކެއް ރާއްޖެއަށް ގެނެސްދީ!

ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް! ދިވެހި އާޓިސްޓުންނާއި ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތައް ރަށުގަ ހުރެގެން ދުނިޔޭގެ ކޮންމެ ހިސާބަކަށް! ޑިވެލޮޕަރުންވެސް ވެބްސައިޓު ހަދާފަ ބޭރު މާކެޓަށް ވިއްކަންވީ! ޒުވާނުންގެ ޖީބަށް ވަގުތުން ފައިސާ! ރަށުގެ އުފެއްދުންތަކާއި ވިޔަފާރިތައް ރަށުބަނދުން މިނިވަންކުރުމަށް! ޒުވާނުންވެސް ރޯނު ވަށާފައި ބޭރުގެ މާކެޓްތަކަށް ވިއްކަންވީ! ޒުވާނުންނަށް ބޭނުންވަނީ ޒަމާނީ ތަރައްޤީ! ގޭގައި ތިބެގެން ޑްރޮޕް ޝިޕިން ވިޔަފާރި ކުރުމުގެ ފުރުޞަތު! މިއީ ސިޔާސީ ޕާޓީއެއް ވެރިކަމަ...

ހުސައިން ހަބީބް
ހޯރަފުށީ ހަހެތި ޖަމްޢިއްޔާއިން ބޭއްވި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ހޯރަފުށީ ހަހެތި ޖަމްޢިއްޔާއިން ބޭއްވި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ޢުމުރުން 20 އަހަރުން ދަށުގެ ޒުވާނުންތަކެއް އުފައްދައި، ހއ. ހޯރަފުށީގައި ހަރަކާތްތެރި ވަމުންއަންނަ “ހަހެތި ޖަމްޢިއްޔާ” އިން އިންތިޒާމުކޮށް ބޭއްވި “ހޯރަ ފުރަބަންދު މަދަޙަ މުބާރާތް 1441” ގެ ނަތީޖާ ފާޅުކުރުން ރޭ ބާއްވައިފިއެވެ. ކޯވިޑް-19 ގެ ސަބަބުން ސުކޫލުތައް ބަންދުވެ، ހުރިހާ ކުދިން ގޭގައި ބަންދުވެފައި ތިބި މި ދަނޑިވަޅުގައި އެކުދިންގެ ހިތްތަކުގައި ދީނީ ރޫހު އަށަގަންނުވާ، ވާދަވެރި ރޫހެއްގައި ދީނީ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި އެޖަމްޢިއްޔާއިން ބޭއްވި މި މުބާރާތް އަމާޒުކޮށްފައި ވަނީ އެރަށުގެ […]

ޝިއުނާ އާދަމް
އައްޑޫ ސިޓީން ދުވާލަކު ކޯވިޑަށް 100 ޓެސްޓް ހެދޭނެ ޤާބިލުކަން އިތުރުކޮށްފި

އައްޑޫ ސިޓީން ދުވާލަކު ކޯވިޑަށް 100 ޓެސްޓް ހެދޭނެ ޤާބިލުކަން އިތުރުކޮށްފި

ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންވާ ޕީސީއާރް މެޝިން އައްޑޫ ސިޓީއަށް ލިބުމާއިއެކު އެސިޓީގައި ދުވާލަކު 100 ޓެސްޓު ހެދުމުގެ ގާބިލުކަން އިތުރުވެއްޖެއެވެ. އެސިޓީން މިހާރު ދުވާލަކު 24 ސާމްޕަލް ކޯވިޑަށް ޓެސްޓު ކުރެވޭއިރު، މިހާރު ޓެސްޓު ކުރުން ކުރިއަށްދަނީ ބަޔޯ ފަޔަރ މެޝިނެއް މެދުވެރިކޮށެވެ. އައްޑޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ޝަރަފުއް ސާދާތު (ސާތު) އާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައި ވަނީ މާލެއިން އައްޑޫ އަށް ޕީސީއާރް މެޝިނެއް ލިބިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ […]

ޝިއުނާ އާދަމް
ޖަލުގެ އޮފިސަރަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމުން ގައިދީން ޓެސްޓުކުރަނީ

ޖަލުގެ އޮފިސަރަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމުން ގައިދީން ޓެސްޓުކުރަނީ

މާލޭ ޖަލުގައި މަސައްކަތް ކުރާ އޮފިސަރަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޮފިސަރުންނާއި ގައިދީން ކޯވިޑަށް ޓެސްޓުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ އެ އޮފިސަރު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ސަރވިސްއިން ކަނޑައަޅާފައިފާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށެވެ. އެގޮތުން އެޗްޕީއޭ އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމާއިއެކު އޮފިސަރުންނާއި ގައިދީން ކޯވިޑަށް ޓެސްޓުކުރުމަށް ކު...

ޔުމްނާ ޢަލީ
އިރުކޭތަ ނަމާދު ކުރުން މާދަމާ ހެނދުނު 10:30 ގައި

އިރުކޭތަ ނަމާދު ކުރުން މާދަމާ ހެނދުނު 10:30 ގައި

އިރުކޭތަ ނަމާދު ކުރުން މާދަމާ ހެނދުނު 10:30 ގައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި އޮންނާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިންބުނެފިއެވެ. އެ މިނިސްޓްރީއިން ނެރުނު ސަރކިއުލަރ އެއްގައި ބުނެފައިވަނީ މިމަހުގެ 21 ވާ އާދިއްތަ ދުވަހު އިރުކޭތައެއް ހިފާނެކަމަށާއި މި އިރުކޭތަ ހިފަންފަށާނީ ރާއްޖެ ގަޑިން އާދިއްތަ ދުވަހުގެ ހެނދުނު 09:39 ގައި ކަމަށާއި އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ، […]

އިބްރާހިމް އަސްވާޤް
ރޭޕް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޭޕް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީ (38އ) މައްސަލަ ނިމެންދެން ބަނދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ހުކުން ކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކުރިމިނަލް ކޯޓުން އެގޮތަށް ހުކުން ކޮށްފައިވަނީ މިއަދު ކަމަށެވެ. އަނީސް ޙިލްމީ ހައްޔަރުކޮށްފައިވަނީ، 2020 ޖޫން 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕް...

އަލީ އާދިލް
މަސައްކަތްތެރިންނަށް ހައްޤު މިންވަރު ހޯދައިދިނުމަށް ގޮވާލާ ދިއްދޫގައި މުޒާހަރާކޮށްފި

މަސައްކަތްތެރިންނަށް ހައްޤު މިންވަރު ހޯދައިދިނުމަށް ގޮވާލާ ދިއްދޫގައި މުޒާހަރާކޮށްފި

މަސައްކަތްތެރިންނަށް ކުރާ އަނިޔާ ހުއްޓާލާ މިނިމަމްވޭޖް އަވަސްކުރުމަށް ގޮވާލާ ހއ. ދިއްދޫގައި މުޒާހަރާކޮށްފި އެވެ. ދިއްދޫ ފުލެޓް ސަރަހައްދުގައި މިއަދު ކުރިއަށްދިޔަ މުޒާހަރާގައި ދިއްދޫގެ ގިނަ އަދަދެއްގެ ޒުވާނުންވަނީ ބައިވެރިވެފައެވެ. ރިސޯޓު ތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ޒުވާނުން ދިއްދޫގައި އުޅެމުންއަންނައިރު ދިއްދޫގެ ގިނަ އަދަދެއްގެ މުވައްޒަފުން ރިސޯޓުތަކުން ކަނޑާލާލަމުން އަންނާތީ ދިއްދޫ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދިއްދޫގައި ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ޒުވާނުން...

އިބްރާހިމް އަސްވާޤް
ދިއްދޫ ބަންޑާރަވިތާ 90 އަހަރު!

ދިއްދޫ ބަންޑާރަވިތާ 90 އަހަރު!

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ބަންޑާރަވީ ހިޖުރައިން 1351 ވަނަ އަހަރު ޝައްވާލް މަހުން 20 ވަނަ ދުވަހުއެވެ. އެއީ އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގައި، އެއިރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެވުނު ޚާއްސަ ޤާނޫނަކުންނެވެ. މިގޮތުން ދިއްދޫ ބަންޑާރަކުރުމާމެދު އެއިރުގެ ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާ ހިސާބަށް ކަންތައްދިޔައީ، ދިއްދޫ ރައްޔިތުންނާއި އޭރުގައި ވަރުވާއަށް ދިއްދޫ ދީފައިވާ އުތީމު ރައްޔިތުންނާ ދެމެދު ހިނގަމުންއައި އަރައިރުންތަކަށް ދާއި...

ނައްޝާމް ނަސީރު
ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު 54 އަހަރުގެ މީހަކު ވެލިދޫން ހައްޔަރުކޮށްފި

ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު 54 އަހަރުގެ މީހަކު ވެލިދޫން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ.ވެލިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު މީހަކު ވެލިދޫން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ވެލިދޫ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން  މި ޖޫން މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ. އެ އޮޕަރޭޝަނުގައި، އ...

ޔުމްނާ ޢަލީ
މަގޫދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މަގޫދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ.މަނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ނ. މަގޫދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު  މަސްތުވާތަކެއްޗާއެކު  ހައްޔަރުކޮށްފިއެވެ. މާލެއިން ފުރައިގެން މަގޫދޫއަށް އަންނަ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޖޫން މަހު 19 ވަނަ ދުވަހު ހެނދުނު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެ...

ޝިއުނާ އާދަމް
އިންޑިއާއާއި ޗައިނާ ނުތަނަވަސް ކަމުގެ ތެރެއަށް އިތުރަށް ގެނބެނީ!

އިންޑިއާއާއި ޗައިނާ ނުތަނަވަސް ކަމުގެ ތެރެއަށް އިތުރަށް ގެނބެނީ!

ޗައިނާ އާއި އިންޑިއާގެ ބޯޑަރުގައި އެ ދެގައުމުގެ ސިފައިންގެ މެދުގައި ހޯމަ ދުވަހު ހިނގި ކުރިމަތި ލުމަށްފަހު ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސް އިތުރަށް ގޯސްވާން ފަށައިފިއެވެ. އިންޑިއާ-ޗައިނާ ވަކިކުރާ އިމުގެ ގަލްވާން ވާދީ ސަރަހައްދުގައި ހޯމަދުވަހު ހިނގި ވަރުގަދަ ކުރިމަތިލުމުގައި އިންޑިއާ ސިފައިންގެ 20 މީހުން މަރުވެ، އިތުރު 56 މީހުން ޒަޚަމްވެފައި ވެއެވެ. އިންޑިއާއިން ބުރާސްފަތި ދުވަހުވަނީ، ދެ ޤައުމުގެ ދެމެދު މަސްރަހް އިތުރަށް ގޯސްކުރަން މަސައްކަތް ނުކުރުމަށާއި، އެކަމާއި ގުޅޭގޮތުން ފާޑުފާ...

ހުސައިން ހަބީބް