ކަނޑުތައް ގަދަވުމާއިއެކު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުޞަތު އޮތުމުން މުޅި ރާއްޖެއަށް ވައިޓް އެލާޓް!
ކަނޑުތައް ގަދަވުމާއިއެކު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުޞަތު އޮތުމުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އިފީސް) އިން މި އެލާޓް ނެރެފައިވަނީ މިއަދު 10:45 އިން 15:00 އާއި ހަމައަށެވެ. މިއަދު ހެނދުނު 10:00 އިންް މާދަމާ ހެނދުނު 10:00 އަށް ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. ހުޅަނގުއުތުރާއި އު...