ކަނޑޫފާތައް މަރުވަނީ މޫސުމީ ބަދަލެއްގެ ސަބަބުން ނުވަތަ ވަކި ވައްތަރެއްގެ ފަނިފަކުސާއެއް ގިނަ ވުމުން
ހ.ކޭލާ އަދި ހދ. ނޭކުރެންދޫއާއި ދެރަށުގެ ކަނޑޫފަލަށް ދިމާވެފައިވާ މައްސަލައިގައި ކުރި ފީލްޑް ސާވޭ އިން ދެރަށުގައި ތަފާތުތަކެއް ފާހަގަ ކުރެވޭކަމަށާއި ކަނޑޫފާތައް މަރުވަނީ މޫސުމީ ބަދަލެއްގެ ސަބަބުން ނުވަތަ ވަކި ވައްތަރެއްގެ ފަނިފަކުސާއެއް ގިނަ ވުމުންކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހާމަކުރައްވައިފިއެވެ. އިންޑިއާ ކަނޑުގައި ވެސް އޮތް އެންމެ ބޮޑު އެއް ކަނޑޫފާ ކަމަށްވާ ނޭކުރެންދޫން 10،000 އަށް ވުރެ ގިނަ ކަނޑޫ ގަސް ވަނީ މަރުވެފަ އެވެ. […]