ފަތުރުވެރިން ތިބި ރިސޯޓުތަކުގެ މުވައްޒަފުން އެހެން ރަށަކަށް ދާނަމަ ކަރަންޓީން ވާންޖެހޭ
ފަތުރުވެރިންނަށް ހުޅުވާލައި، އޮޕަރޭޓް ކުރަމުން އަންނަ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެ މުވައްޒަފުން ތިބި ރިސޯޓުން އެހެން ރަށަކަށް ދާނަމަ 14 ދުވަހު ކަރަންޓީންގައި މަޑުކުރަން ޖެހޭނެކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅު ވެއްޖެއެވެ. ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ވިދާޅުވީ ހުސްވި ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި ގުޅިގެން ފަތުރުވެރިން މިހާރު ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ޗ...