ފިނިފެންމަލުގެ ދާނުގައި ތަޢުލީމު ޙާޞިލެއް ނުކުރެވޭނެ
ހަނދާން ހުންނަން ފެށިއިރު ވެސް ދޮންތަ ކިޔަވަމުން ދަނީ މާލޭގައެވެ. އޭރު ތުއްތައާއި ކުޑާއްތަ ކިޔަވަނީ ހޯރަފުށީގައެވެ. ދޮންތަ ކިޔަވައި ނިމުނުތަނާ މި ދެ ދައްތަ ވެސް ކިޔަވަން މާލެ ގެންދަވައިފިއެވެ. ކިޔެވުން ރަނގަޅަށް ނުނިމެނީސް ތުއްތަ ނިޔާވެއްޖެއެވެ. (ތުއްތަގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާށި! އާމީން!) ދެން ކުޑާއްތަ އެކަނި މާލޭގައި ކިޔަވަމުން ދަނިކޮށް އެންމެ ފަހުން އަހަރެންނަށް ވެސް ކިޔަވަން މާލެ ދާން ފުރުޞަތު ލިބިއްޖެއެވެ. އެއީ، ދައްތަމެން ކިޔަވަން މާލެ ގެންނެވީއްސުރެން އަހަރެން އިންތިޒާރުކުރަމުން [...