ތިލަދުންމަތީ ޚަބަރު ފީވަކުން, މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ ށ. ފީވަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެރަށުން ވާހަކަދެއްކި މީހަކު ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އަދި އެރަށުން ޕޮޒިޓިވްވި މީހާ ހޯމު ކަރަންޓީނުގައި ހުރި ނަމަވެސް އެރަށުން ބަޔަކާއި ބައްދަލު ވެފައިވާތީ އެމީހުން އަމިއްލައަށް މިހާރު ކަރަންޓީނު ވެފައި ވާކަމަށް މަޢުލޫމާތު ހިއްސާ ކުރި މީހާ ބުންޏެވެ. ފީވަކުގެ އިތުރުން ވެސް ހަރަށަކުން މިއަދު އަލަށް ކޯވިޑަށް މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދ. ކުޑަހުވަދޫއިން […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މެދުކަނޑާލި ކޭއާރުއެޗުގެ އޯޕީޑިގެ ޚިދުމަތް ފަށައިފި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ފަރުވާދިނުމަށްފަހު މާލެ ފޮނުވާލި ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށީ މޮނިޓަރިންހާލަށް ގެނައުމުން މެދު ކަނޑާލި ކޭއާރުއެޗުގެ އޯޕީޑިގެ ޚިދުމަތް މިއަދު އަލުން ފަށައިފިއެވެ. މިގޮތުން މިއަދު 15:00 އިން ފެށިގެން އެ ހޮސްޕިޓަލްގެ އޯޕީޑީގެ ޚިދުމަތް ވަނީ ފަށާފައެވެ. އެކަން ހާމަކޮށް އެ ހޮސްޕިޓަލުން ބުނެފައިވަނީ ހޮސްޕިޓަލުގެ އޯޕީޑީގެ ޚިދުމަތް މިއަދު 1500 އިން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ. އަދި ކުރިން ލިބެމުން ދިޔަހެން ޓެލެކޮންސަލްޓޭޝަންގ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ކަރަންޓީނު ފެސިލިޓީތަކުން ފިލި ބިދޭސީން ހޯދަން ފޮޓޯ އާންމުކޮށްފި އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާ ބިދޭސީންތަކެއް ހޯދަން ފޮޓޯ އާންމުކޮށްފިއެވެ. މިގޮތުން ފުލުހުން މިއަދު ވަނީ ކަރަންޓީނު ފެސިލިޓީތަކުން ފިލާފައިވާ11 ބިދޭސީއެއް ހޯދަން ފޮޓޯ އާންމު ކޮށްފައެވެ. “މަތީގައިވާ ފޮޓޯއިން ފެންނަ މީހުންނަކީ، އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާތީއާއި، ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފިލާފައިވާ މީހުންނެވެ.” ފޮޓޯ އާންމު ކުރުމަށްފަހު ފުލުހުން ބުނެފައި ވެއެވެ. ފުލުހ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ އީސީއިން އިދިކޮޅު ކޯލިޝަންގެ ބައެއް އިސްބޭފުޅުންނަށް ނަސޭހަތްދީފި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިދިކޮޅު “ޕްރޮގްރެސިވް ކޯލިޝަން”ގެ ބައެއް އިސް ބޭފުޅުންނަށް ނަސޭހަތް ދީފިއެވެ. އެ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޕީޕީއެމް އަދި ޕީއެންސީގެ އިސް ބައެއް ބޭފުޅުންނަށް ނަސޭހަތް ދިނީ ޤާނޫނާއި ޚިލާފަށް ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުގައި ތަކުރާރުކޮށްފައި ބައިވެރިވެފައި ވާތީކަމަށެވެ. “ޤާނޫނާއި ޚިލާފަށް ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުގައި ތަކުރާރުކޮށްފައި ބައިވެރިވެފައިވާތީ އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ޕީޕީއެމް އަދި ޕީއެންސީގެ އިސް ބައެއް ބޭފ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރިޕޯޓް ކޯވިޑްގެ ރާޅު އުތުރަށް ބިންދާލުން: އިސްކުރީ އެއްބައިވަންތަކަމާއި އޯގާތެރިކަން 19 އޭޕްރިލް 2020 ވަނަ ދުވަހަކީ ބޮޑު ތިލަދުންމަތި އެ ދުވަހެއްގެ މަތިން ޒަމާންތަކަށް ހަނދާން ހުންނާނެ ދުވަހެކެވެ. އެ ދުވަހަކީ ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ސިހުންގެނުވި، ބިރުވެރިކަން އިހްސާސްވި ދުވަހެކެވެ. ނަމަވެސް އެދުވަހު އެ ރައްޔިތުން މާޔޫސް ވުމެއްނެތި އިސްކުރީ އެކުވެރިކަމެވެ. ޗައިނާގެ ވޫހާން ސިޓީއިން 31 ޑިސެމްބަރު 2019 ގައި ބިންދާލި ކޮރޯނާ ވައިރަސްގެ ބިރުވެރި ރާޅު ފަތުއަޑު ކިޔާފައި ދުނިޔެއަށް ފެތުރިގަތެވެ. އެބަލީގެ ސަބަބުން ދުވާލަކު އެތައް ފުރާނައެއް ގެއްލެމުން ދިޔައިރު، ސައިންސްވެރިންނާއ... ތިލަދުން · 6 އަހަރު ކުރިން
ޚަބަރު ޔާސިރު އަދުރޭ އަށް: ދައުރެއް ނިމިދިޔައިރު އުތުރަށް ކޮށްދެވުނީ ކޮންކަމެއްތޯ؟ ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެންބަރ ޔާސިރު ޢަބްދުއްލަޠީފް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް ވަރުގަދަ ރައްދެއް ދެއްވައި ސުވާލެއް ކުރައްވައިފި އެވެ. “ރާއްޖެ-އިންޑިއާ ކާގޯ ފެރީ: ދިވެހިންނަށް ކުރިއެރުން، އިގްތިސާދަށް ދިރުމެއް!” މިސުރުހީ ހިމަނުއްވާ އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެ-އިންޑިއާ ކާގޯ ފެރީގެ ބޭނުމަކީ ދިވެހި އިގްތިޞާދުގެ މައްޗަށް އިންޑިއާ އިން އަތްގަދަ ކުރުންކަމަށާއި ދިވެހި ވިޔަފާރި ވެރިން ފުނޑާލުންކަމަށެވެ. އަދި ވޯރާ ވިޔަފާރި ވެރިންގެ ޒަމާނ... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ފޯޅަވަހި ކައިރިއަށް 6.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ ފޯޅަވަހި ކައިރިއަށް 6.2 މެގްނިޓިއުޓް ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. ބިންހެލުން އައިސްފައިވަނީ އައްޑޫސިޓީ އާއި 501 ކިލޯމީޓަރު ދުރުންކަމަށް އެމެރިކާގެ ޖިއަލޮޖިކަލް ސާވޭއިން ރިޕޯޓްކޮށްފައިވެއެވެ. މިބިންހެލުން އައިސްފައިވަނީ ރާއްޖޭ ގަޑިން މިރޭ 10:24 ގައެވެ. އެމެރިކާގެ ޖިއަލޮޖިކަލް ސާވޭއިން މިބިންހެލުމުގެ ބާރުމިނަކީ 6.2 ކަމަށް ބުނެފައިވީނަމަވެސް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ދެންމެ ބުނެފައިވަނީ ބިންހެލުމުގެ ބާރުމިނަކީ 5.8 ކަމަށެވެ. އަދި މި ބިންހެލުން އައިސްފައިވަނ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނަޒްމުލް ޙަސަން ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަން، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ފަތްކޮޅު އެރުއްވުމަށްފަހު ބަންގްލަދޭޝްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ރަޙުމަތްތެރިކަމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކު... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ޚަބަރު ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ޑީޖީ، ސީއެސްސީގެ މެންބަރުކަމަށް ރައްޔިތުން މަޖިލީހުގައި މިއަދު ބޭއްވުނު 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ބައްދަލުވުމުގައި ނެގުނު ވޯޓުން ސިވިލްސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރުމަށް ހދ.އަތޮޅު ކައުންސިލްގެ ކުރީގެ ޑިރެކްޓަރޖެނެރަލް އިބްރާހިމް ރަޝީދުގެ ނަން 65 ވޯޓާއިއެކު ފާސްކޮށްފިއެވެ. އިބްރާހިމް ރަޝީދާއެކު ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރުމަށް މިއަދު ފާސްވެގެން ދިޔަ ބޭފުޅުންނަކީ މީޑިޔާ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ފަރުޞަތު އާއި ބުރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
މަޖިލިސް ސީއެސްސީއަށް އައްޔަނު ކުރުމަށް 4 ބޭފުޅަކަށް ރުހުންދީފި ސިވިލް ސަރވިސް ކޮމިޝަނު (ސީއެސްސީ) އިން ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް 4 ބޭފުޅަކު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލިސްއިން ރުހުން ދީފިއެވެ. އެ ބޭފުޅުންނަށް ރުހުން ދީފައިވަނީ މިއަދު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ. ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރުމަށް މަޖިލިސްއިން ރުހުންދިން ބޭފުޅުންނަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ރަޝީދު / ބްލެކް، ރ.މީދޫ، މީޑިޔާ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ފަރުޞަތު […] އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ އިންޑިޔާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ އަވަހާރަވެއްޖެ އިންޑިޔާގެ ރައީސްކަން 2012 ވަނަ އަހަރުން 2017ވަނަ އަހަރަށް ކުރެއްވި އިންޑިޔާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވެއްޖެއެވެ. ޕްރަނާބް މުކަރްޖީ އަވަހާރަވެފައިވާކަން އޭނާގެ ދަރިކަލުން އަބިޖީތު މުކަރުޖީވަނީ ޓްވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ. ޕުރަނާބު މުކަރުޖީ އަވަހާރަވީ އޮގަސްޓު މަހުގެ 10ވަނަ ދުވަހުން ފެށިގެން ހަސްފަތާލުގައި ފަރުވާދަމުން ދަނިކޮށެވެ. ހަސްފަތާލުގައި އެނދުމަތިކޮށްފައިވަނީ ޞިއްޙީ ޙާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެންނެވެ. ހަސްފަތާލުގައި ކުރި ތަހުލީލުތަކުން ސިކުނޑީގައި ލ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ މަޖިލިސްގެ ދައުރު ދަންމާލައިފި ރައްޔިތުންގެ މަޖިލިސްގެ މިހާރު ހިނގަމުންދާ 2020 ވަނަ އަހަރުގެ ދެވަނަ ދައުރު ދަންމާލަން ފާސްކޮށްފިއެވެ. މަޖިލިސްގެ ދައުރު ދަންމާލަން ފާސްކުރީ ރިއާސަތުގައި އިންނެވި، މަޖިލިސްގެ ނައިބު ރައީސް އެ ގޮތަށް ހުށަހަޅުއްވައިގެންނެވެ. މިރޭ މަޖިލިސްއިން ނިންމި ނިންމުމުގެ ދަށުން މިހާރު ހިނގަމުންދާ މަޖިލިސްގެ ދައުރު ނިންމާ ޖަލްސާ އޮންނާނީ ސެޕްޓެމްބަރު 7 ވާ ހޯމަ ދުވަހުއެވެ. މަޖިލިސްގެ ދައުރު ދަންމާލުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރިޔާސަތުން ވިދާޅުވީ، ކޯވިޑްގެ މިހާލަތުގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ޚަބަރު މި މިގެނެވޭ އިސްލާޙް ތަކަކީ ރިސޯޓް ބޯއީސްގެ އިސްލާޙުތަކެއް: ޝިފާޢު ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލަށް ކޮމިޓީގެ މަރުޙަލާގައި ގެނެސްފައިވާ އިސްލާޙް ތަކަކީ ރިސޯޓް ބޯއީސްއަށް ގެނެސް ދެވޭ އިސްލާޙްތަކެއް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި އިޖުތިމާއީ ކޮމެޓީއާއި އަދި އިޤްތިޞާދީ ކޮމެޓީގެ ޖޮއިންޓް ކޮމެޓީއިން ދިރާސާކުރި ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލްގެ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރަށް ވަމުންނެވެ.... އަލީ އާދިލް · 6 އަހަރު ކުރިން
ކޮލަމް ރާއްޖެއަށް އުނދަގޫކުރާ ޖިންނިފުރޭތައިގެ ވާހަކަ ދިވެހިރާއްޖެ އިސްލާމްވީ ސަބަބާ ބެހޭ ގޮތުން އައިސްފައިވާ ވާހަކައަކީ ރާއްޖެއަށް އުނދަގޫކުރާ ޖިންނިފުރޭތައިގެ ވާހަކައެވެ. އެއީ ތުންތުންމަތިން ދެކެވެމުން އައި ފޯކުލޯރެކެވެ. މިއީ މި ވާހަކައަށް ދިވެހި ތާރީޚުން ޖާގަލިބޭ ސަބަބެކެވެ. އެކަމަކު މި ވާހަކަ ލިޔުމުން ފެންނަން އޮތް އެންމެ ދުރު ތާރީޚީ މަސްދަރަކީ އިބްނު ބަޠޫޠާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ މަޢުލޫމާތު އެއްކޮށްގެން “ރިހްލަތު އިބްނު ބަޠޫޫޠާ”ގެ ނަމުގައި 756 ވަނަ އަހަރު އެކުލަވާލެވިފައިވާ ދަތުރުނާމާއެވެ. އިބްނު ބަޠޫޠާ ޖިންނި ފުރޭތައިގެ ވާހަކަ ލިޔުއ... ޢަބްދުﷲ ސަޢީދު · 6 އަހަރު ކުރިން
ރާއްޖެ ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އަތާރް މުޚްތާރް ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، އެކަމަނިކުފާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ފާކިސްތާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި... ޔުމްނާ ޢަލީ · 6 އަހަރު ކުރިން