މުވައްޒަފުންގެ އިހުމާލެއްނެތި، އިނާޔަތްތައް ހަމަޖެއްސުން ލަސްވާ ޙާލަތްތަކަށް ހައްލެއް
މުވައްޒަފުންގެ އިހުމާލެއްނެތި މުވައްޒަފުންނަށް ވަޒީފާއާ ގުޅިގެން ދެވޭ އިނާޔަތްތައް ހަމަޖެއްސުން ލަސްވާ ޙާލަތްތައް މެދުވެރިވެއްޖެނަމަ، މުވައްޒަފުން ކަމާގުޅޭ ސެޓްފިކެޓްތަކާއި ލިޔުންތައް އިދާރާއަށް ހުށަހެޅި ތާރީޚުން ފެށިގެން ކުރިއެރުން ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެއްސުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމަވައިފި އެވެ. ސިވިލް ސަރވިސް ކޮމިޝަނުން މިކަން މިގޮތަށް ނިންމަވާފައިވާކަން ބަޔާންކޮށް މިއަދު ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރުވެރިންނަށް، ފޮނުވާފައިވާ ސަރކ...