މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ބިންހެލުމުގެ ޚަބަރު South Sandwich Islands region އަށް M5.1 ގެ ބިންހެލުމެއް އަތުވެއްޖެ - 28 މިނިޓު ކުރިން

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މިލަންދޫ އާއި ކޮމަންޑޫއިން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި

މިލަންދޫ އާއި ކޮމަންޑޫއިން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި

ށ. މިލަންދޫ އާއި ށ. ކޮމަންޑޫއިން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ށ. އަތޮޅުގެ ދެ ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ، މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް އާންމުފަރާތަކުން މިލަންދޫ ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މިލަންދޫ ޕޮލި...

އިބްރާހިމް އަސްވާޤް
ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރެއް ކޭއާރުއެޗްގައި ޚިދުމަތް ދޭންފަށައިފި

ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރެއް ކޭއާރުއެޗްގައި ޚިދުމަތް ދޭންފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް) ގައި ކުޑަކަމުދާ ނިޒާމުގެ (ޔޫރޮލޮޖިސްޓް) ހާއްސަ ޑޮކްޓަރެއްގެ ޚިދުމަތް ތަޢާރަފްކޮށް އެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ. ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ސްޕަރސްޕެޝަލިސްޓުގެ ޚިދުމަތް 22 ނޮވެމްބަރ 2020 ގައި އެ ހޮސްޕިޓަލުން ތަޢާރަފް ކޮށްފައިވާއިރު، މި ފަރުވާ ދެއްވަނީ އެކަމުގެ ސްޕެޝަލިސްޓެއްކަމަށްވާ ޑ.މުޙައްމަދު އެލްޝަތު ހުސެނި އިސްމާއިލްއެވެ. މިކަމާއި ގުޅިގެން ކޭއާރުއެޗުގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ އެ ހޮސްޕިޓަލްގައި މުޅީން އަލަށް ޔޫރޮލޮޖިސްޓް ( ކުޑަ...

އިބްރާހިމް ޚަލީލް
ނަސީމަށް ރުހުން ދީފި

ނަސީމަށް ރުހުން ދީފި

ހެލްތު މިނިސްޓަރުކަމުގެ މަގާމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް އައްޔަނުކުރައްވާފައިވާ އަޙްމަދު ނަސީމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ރައީސް ޞާލިޙް، ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަނު ކުރެއްވީ އޮކްޓޯބަރުމަހުގެ 22 ވަނަ ދުވަހުއެވެ. އަދި ނަސީމަށް މަޖިލީހުގެ ރުހުން ހޯދަން މަޖިލީހަށް ފޮނުއްވާފައި ވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ދިރާސާކޮށް ވަނީ ނަސީމަށް ރުހުން ދޭން […]

ޔުމްނާ ޢަލީ
އިމްރާނުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި

އިމްރާނުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި

ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲގެ މައްޗަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަލާގައި، 53 މެންބަރުންގެ ވޯޓާއިއެކު އިމްރާންގެ އިތުބާރުއޮތް ކަމަށް ފާސްވެއްޖެ އެވެ. އިދިކޮޅު ކޯލިޝަންގެ 9 މެންބަރަކާއި، މިނިވަން 2 މެންބަރަކު ސޮއިކޮށް ހުށަހެޅި އެ މައްސަލަ ފާސްނުވިއިރު، މިނިސްޓަރު އިމްރާންގެ އިތުބާރުނެތް ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އަދި އެ 11 މެންބަރުންނަކީ މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލިހަށް ވައްދާފައިވާ މައްސަލާގައި ސޮއިކުރެއްވި 11 މެންބަރުނ...

އަޙްމަދު ވަހީދު
އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ. އީސީގެ މެމްބަރުކަމުގެ މަޤާމު ހުސްވެފައިވަނީ އެކޮމިޝަނުގެ ނައިބް ރައީސް އަޙްމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލައްވާ ފަރާތްތަކުން އެކަމަށްކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރުގެ އިތުރުން ކުށާއި ދަރަނީގެ ރެކޯޑް ފޯމާއެކު މިމިހުގެ 30ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމުން އިސްތިއުފާދެއްވައި އެކ...

އިބްރާހިމް އަސްވާޤް
ތަރިކައާއި ސަގާފަތުން ފައިދާ

ތަރިކައާއި ސަގާފަތުން ފައިދާ

އައްޑޫ ސިޓީ ހިތަދޫގައި އޮންނަ ނޭޗަރ ޕާކު ބަލާލަން ދިޔަ ދުވަހެވެ. ގުދުރަތީ ހިތްގައިމު އެތައް މަންޒަރެއް ދުށީމެވެ. ތާރީޚީ އެތައް ވާހަކައެއްގެ އަޑު އެހީމެވެ. ވަރަށް ހިތްގައިމު ރީތި ފޮޓޯތަކެއް ނެގީމެވެ. އެ ދުވަހު ހިތަށް އެރިއެވެ. ރާއްޖޭގައި މީގެ ނޭޗަރ ޕާކުތައް ބައިވަރެވެ. އެ ތަންތަން ކޮންމެވެސް ދުވަހަކުން ޕާކުތަކަކަށް ވާނެއެވެ. ރަށްރަށުގައި ހުރި ކުޅިތަކާއި ފާތަކާއި ހިތްގައިމު ތުނޑިތަކާއި ތިލަ ފަޅުތަކާއި ކުދި ފުށިތަކާއި ހުރާގަނޑުތަކަކީ ވެސް ހަމަ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ […]

ޢަބްދުﷲ ސަޢީދު
އަދާލަތު ޕާޓީއާއިއެކު މަސައްކަތްކުރަން އަބަދުވެސް އެމްޑީޕީ ބޭނުންވޭ: އާޒިމް

އަދާލަތު ޕާޓީއާއިއެކު މަސައްކަތްކުރަން އަބަދުވެސް އެމްޑީޕީ ބޭނުންވޭ: އާޒިމް

އަދާލަތު ޕާޓީއާއިއެކު ގާތް ގުޅުމެއް ބާއްވައިގެން ކަންކަން ކުރަން އަބަދުވެސް އެމްޑީޕީން ބޭނުންވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅު ވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ މަޖިލިސްޖަލްސާގައި، އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައިވެސް ހުންނެވި، ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރުގެ މައްސަލައާއިގުޅިގެން، އެމައްސަލާގެ ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ އަދާލ...

އަލީ އާދިލް
އިތުބާރުގެ މައްސަލައަކީ ބަހަނާއެއް: އިމްރާން

އިތުބާރުގެ މައްސަލައަކީ ބަހަނާއެއް: އިމްރާން

އެމަނިކުފާނުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރުގެ މައްސަލައަކީ ބަހާނެއްކަމަށާއި، ސަރުކާރު ބަލިކަށިކޮށްލަން ހިންގާ ފިތުނައެއްކަން ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުގެ މައްސަލާގައި، މިއަދު ޖަވާބު ދާރީވެ މަޖިލިސް ތަޅުމުގައި ދެއްކެވި ވާހަކާގައެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ، އުފައްދައިގެން ބަޔަކު ކުރަހައިގެން އުޅޭ ”ކު...

އަލީ އާދިލް
މަޖިލީސް ''ބަގް'' ކުރަން އުޅުނު މައްސަލައެއް

މަޖިލީސް ''ބަގް'' ކުރަން އުޅުނު މައްސަލައެއް

ރައްޔިތުންގެ މަޖިލިސްގެ ބައެއް ކޮޓަރިތައް ”ބަގް” ކުރަން އުޅުނު މައްސަލައެއް ހުށަހެޅިފައިވާކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާ ފެށުމުގެ ގޮތުން، އެޖެންޑާ ނަމްބަރު 4، ”ރިޔާސަތުން އަންގާ އެންގުން”ގެ ދަށުން ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލިސްގެ ބައެއް ކޮޓަރިތައް ”ބަގް” ކުރުމަށް އުޅުނުކަމުގެ މަޢުލޫމާތު މަޖިލިސްގެ ސާޖެންޓް އެޓް...

ޔުމްނާ ޢަލީ
އޮޑިއެޕް އެސިސްޓެންސް: މިއޮތީ، އޮޑިވެރިންނަށް މާ ފަސޭހަ ގޮތެއް

އޮޑިއެޕް އެސިސްޓެންސް: މިއޮތީ، އޮޑިވެރިންނަށް މާ ފަސޭހަ ގޮތެއް

ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް، އެއް އަތޮޅުން އަނެއް އަތޮޅަށް ކަނޑު ދަތުރުކުރުމަށް އޮތް ހުރަހަކީ ދަތުރު ފަތުރު ރޭވިފައި އޮންނަ ހަރުދަނާ ވިއުގައެއް ގާއިމްވެފައި ނެތުމެވެ. އަދި ދެވޭނެ ގޮތް ތަކުގެ ފަސޭހަ މަޢުލޫމާތު ލިބެން ނެތުމެވެ. ފެރީތަކާއި ސްޕީޑްބޯޑްތަކުގެ ދަތުރުގެ ތާވަލް ފެންނާނެ އެކަށީގެންވާ ފަސޭހަ ވަޞީލަތެއް ނެތުމެވެ. މި ހުރިހާ ކަމަކަށް ހައްލު މިހާރު ހޯދައިދޭނެ ވަޞީލަތަކީި އޮޑިއެޕް އެވެ. މިއީ ދިވެހިރާއްޖޭގައި ކަނޑުދަތުރުފަތުރު ކުރާ ސްޕީޑްބޯޓްތަށް ފަސޭހަކަމާއިއެކު މެނޭޖް ކުރެވޭނެ ޕްލެޓްފޯމެ...

ޔުމްނާ ޢަލީ
ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން ރާއްޖެ އިން ދިވެއްސަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ނިޔާވެފައިވަނީ 77 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެ މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކަމަށާއި، އޭނާ ނިޔާވެފައިވަނީ މެންދުރުފަހު 14:09 ހާއިރު ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައިވެ އެވެ. ކޯވިޑް-19 ބަލީގައި ރާއްޖެ އިން އިތުރު މީހަކު ނިޔާވުމުން، ރާއްޖެ އިން މިހާތަނަށް ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 46 އަށް […]

ޖަލްވާން ޖާދުﷲ
"ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ" މުބާރާތުގެ 1،2،3 ވަނާގައިވެސް ނޭކުރެންދޫ ސްކޫލްގެ ދަރިވަރުން

"ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ" މުބާރާތުގެ 1،2،3 ވަނާގައިވެސް ނޭކުރެންދޫ ސްކޫލްގެ ދަރިވަރުން

މެގްރޫވް ދިރާސާ ކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)ގެ ފަރާތުން މުޅި ދުނިޔޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލި އެ ޖަމްޢިއްޔާގެ 19 ވަނަ “ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ ކޮންޓެސްޓް” ގެ 1،2،3 ވަނާގައި ވެސް ހދ. ނޭކުރެންދޫ ސްކޫލްގެ ދަރިވަރުން ހިމެނިއްޖެއެވެ. މުޅިދުނިޔޭގެ ހުރިހާ ސްކޫލަކަށްވެސް ބައިވެރިވެވޭނެހެން އާންމުކޮށް ހުޅުވާލި މި މުބާރާތަކީ ކަނޑޫފާ، ކުޅި އަދި ޗަސްބިންތަކާއި ގުޅޭގޮތުން ހޭލުންތެރި ކުރުވުމަށާއި، އެތަންތަނުގެ މުހިންމުކަން އަނ...

ޙުސައިން ޝަހުދީ
ދިވެހިންގެ ހީރޯ ފައިނަލަށް، ދަގަނޑޭގެ ޝުކުރު ސަޕޯޓަރުންނަށް!

ދިވެހިންގެ ހީރޯ ފައިނަލަށް، ދަގަނޑޭގެ ޝުކުރު ސަޕޯޓަރުންނަށް!

އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށް ގެންދާ “އޭއެފްސީ ބްރެކެޓް ޗެލެންޖް”ގެ ފައިނަލަށް ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ދަތުރުކޮށްފިއެވެ. ދަގަނޑޭ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލުގައި ވިއެޓްނާމުގެ ގުޔެން ގުއެންޑް ހައިއާ ވާދަކޮށް ކުރިހޯދައިގެންނެވެ. އާންމުންގެ މެދުގައި އޮންލައިނުކޮށް ނެގުނު ވޯޓުގައި ދަގަނޑޭއަށް 54.68 އިންސައްތަ ވޯޓު ލިބުނުއިރު، ގުޔެން ގުއެންޑް ހައިއަށް ލިބުނީ 45.32 އިންސައްތަ ވޯޓެވެ. މި ކާމިޔާބާއި ގުޅިގެން އަޝް...

އިބްރާހިމް ޚަލީލް
މަސްތުވާތަކެއްޗާއެކު ހަނިމާދޫއިން 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ހަނިމާދޫއިން 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް އަތޮޅުތެރޭގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަނެއްގައި ހދ. ހަނިމާދޫއިން މަސްތުވާތަކެއްޗާއެކު 02 މީހަކު ހައްޔަރުކޮށްފި އެވެ. އެގޮތުން ހަނިމާދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ހަނިމާދޫ ޕޮޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 26 އަހަރުގެ މީހަކާ 32 އަހަރުގެ 02 ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.  މި ހިނގާ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހިންގި  އޮޕަރޭޝަނުގައި އެ 02 މީހުން ހައްޔަރުކޮށްފައިވަނީ އެ...

ޖަލްވާން ޖާދުﷲ
ޤައުމީ ބޭންކްގެ ޚިދުމަތްތަކަށް ބުރޫއަރާ ރައްޔިތުންނަށް ދަތިވެއްޖެ

ޤައުމީ ބޭންކްގެ ޚިދުމަތްތަކަށް ބުރޫއަރާ ރައްޔިތުންނަށް ދަތިވެއްޖެ

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް ގެ އިންޓަނެޓް ބޭންކިން އާއި ޕީއޯއެސް މެޝިން ތަކުގެ ހިދުމަތަށް ބުރޫ އަރައިފި އެވެ. ބޭންކުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ޓެކްނިކަލް މައްސަލަ އެއް ދިމާވުމާ ގުޅިގެން އެ ބޭންކްގެ ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ބޭންކުގެ ފަންނީ މުވައްޒަފުން މިހާރު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މިއަދު މެންދުރުން ފެށިގެން ބޭންކުގެ ޕީއޯއެސް މެޝިންތަކާއި އިންޓަނެޓް ބޭންކިން އިން ދޭ […]

ޖަލްވާން ޖާދުﷲ