ކޮލަމް ބަލިވެ އިނުމަށް ގަސްތު ކުރިންސުރެ "ފޯލިކް އެސިޑް" މުހިންމު! ަދަރިމައިވާ ޢުމުރުގައި (15އަހަރާއި 49 އަހަރާއި ދެމެދު) ކޮންމެ އަންހެނަކުވެސް އެމީހެއްގެ އަމިއްލަ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ސަމާލުކަންދިނުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކެއްވެއެވެ. މިގޮތުން ބަލިވެ އިނުމުގެ ކުރިން ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި ފޯލިކް އެސިޑް ބޭނުންކުރަން ފެށުމަކީ ބަނޑުގައިވާ ކުޑަދަރި ފުޅު ދުޅަހެޔޮ ޞިއްޙަތަކާއިއެކު ހެދިބޮޑުވުމަށް ވަރަށް މުހިއްމު ކަމެކެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ތާޒާ މޭވާ، ތަރުކާރީ އަދި ގޮވާމާއި ގޮވާމުގެ ބާވަތްތައް، ސަރުބީ މަދުން ހިމެނި ފައިވާ ކިރ... ތިލަދުން · 5 އަހަރު ކުރިން
ރާއްޖެ ގައިދުރުކަން ކަށަވަރުކުރުމަށް ރިސޯޓުތަކުގައި ތަފާތު ގޮތްތަކެއް! ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ ހީނަރުވެފައިވާ ޓޫރިޒަމްގެ ސިނާޢަތުގައި އަލުން ފައިތިލަ ސާބިތުކުރުމަށް ދިވެހިރާއްޖެ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، ކޯވިޑް-19 ގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންވެސް ތަބާވާން ޖެހޭ ވަކި ޤަވާއިދުތަކެއް އެޗްޕީއޭގެ ލަފާގެ މަތިން ވަނީ އެކުލަވާލާފައެވެ. މި ގޮތުން އެންމެ ބޮޑު އެއް އިސްކަމެއް ދޭން ޖެހެނީ ދޭދޭ މީހުންގެ ދެމެދުގައި ގައިދުރުކަން އިސްކުރުމަށެވެ. އެހެން ޤައުމުތަކާއި ޚިލާފަށް، ރާއްޖޭގެ ގިނަ ރިސޯޓުތަކުން ޤައިދުރުކަން ކަށަވަރުކުރަނީ ވަރ... މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ރާއްޖެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ، ރާއްޖެއަށް އަސަރުކުރާނެ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ތޫފާނަކަށް ބަދަލުވެފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ކުރިން ލަފާކޮށްފައި ވަނީ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނީ މާދަމާ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް ދެންމެ މެޓް އޮފީހުން ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުއިރުދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރުގައި ދުރުގައި އުފެދިފައިވާ ކޮޅިގަނޑު... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭ ޖަލުގައި ހަފްލާއެއް ބާއްވައިފި ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލެ ޖަލުގެ މެޑިކަލް ސަރވިސްއިން ޕްރިޒަން އޮފިސަރުންނަށް ގައި މިއަދު ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. މީގެ އިތުރުން ޑެޕއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް އަދި މާލެ ޖަލުގެ ސީނިއަރ މެނޭޖްމަންޓާއި އޮފިސަރުން ބައިވެރިވެލެއްވިއެވެ. ކޮމިޝަނަރ އޮފް ޕްރ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ "އާއްމުންގެ އެކުވެރި ގުޅުން" ނަމުގައި ޖަމިއްޔާއެއް އުފައްދައިފި އިޖުތިމާއީ މައްސަލަތައް އުފެދުމުގެ މައިގަނޑު އަސްލެއް ކަމުގައި ހިމެނޭ ބޯހިޔާވަހިކަމުގެ ދަތިތަކާއި ގުޅޭގޮތުން އާއްމުންގެ އަޑު އުފުލުމަށްޓަކައި އަމިއްލަ ޖަމިއްޔާއެއް “އާއްމުންގެ އެކުވެރި ގުޅުން” މި ނަމުގައި ޖަމިއްޔާއެއް މިއަދު ރަޖިސްޓްރީ ކޮށްފިއެވެ. މިއީ، މިހާރުވެސް ހިޔާ ފްލެޓްތަކަށް ގެނައި ބަދަލުތަކާއި އޭގެ ސަބަބުން އާއްމުންނަށް ދިމާވަމުންދާ ދަތިތައް ހިއްސާކުރުމަށް އުފައްދާފައިވާ ވައިބާ ކޮމިއުނިޓީ “ކޮތަރު ކޮށި” ގްރޫޕް ހިންގާ ފަރާތްތަކުން އިސްނަގައިގެން އުފެއްދި ޖަމިއްޔާއެއްކަމަށް މަޢުލޫމާތު ލިބެއ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ޗައިނާ އަދި އިންޑިއާގެ ސަފީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި ޗައިނާ އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ. ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އާއެކު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވީ ހޯމަ ދުވަހު މެންދުރުފަހުއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ގޮން... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ H7 ކެޓަގަރީގެ ވަގުތީ ލިސްޓު އާންމުކޮށްފި “ހިޔާ” މަޝްރޫއުގެ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ H7 ކެޓަގަރީގެ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ އާންމުކޮށްފި އެވެ. އެ ކޮމިޓީން މިއަދު ވަނީ H7 ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. “ހިޔާ” މަޝްރޫޢުގެ H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެކޮމިޓީއިން […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ ކޮޅިގަނޑު ބާރުގަދަވެ، މާދަމާ ހަވީރު ތޫފާނަކަށް ބަދަލުވާނެ: މެޓް ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މާދަމާ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިމަހުގެ 3 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށެވެ. މިތޫފާން ހުޅަނގަށް ދަތުރުކޮށް 3 ޑިސެމްބަރުވާ ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް،... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫގައި ޕިކްނިކް އޭރިޔާއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލު އިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް ހަނިމާދޫ ގާފާލަމުގެ އުތުރުން ޕިކްނިކް އޭރިއާއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން 01 ޑިސެމްބަރ 2020 ވީ އަންގާރަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 10 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އެ ކައުންސިލުގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް މަސްބޯޓު ހުޅުމާލެއަށް ގެނެސްފި ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް އަތުލައިގަތް ބޭރުގެ މަސްބޯޓު ހުޅުމާލެ ގެނެސްފި އެވެ. އެމްއެންޑީއެފުން ވިދާޅުވީ މިހާރު އެމައްސަލަ ބެލުމަށް ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށެވެ. ކ.މާފުށީގެ އިރުން 140 ނޯޓިކަލް މޭލުން، ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް އިއްޔެ އެ ބޯޓު ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސް މިއަދު ހަވީރު 05:15 ހާއިރު ހުޅުމާލެ ފަޅަށް ވައްދާފައިވާކަމަށެވެ. 6 ފަޅުވެ... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި އޫރިދޫގެ ޑިޖިޓަލް ޕާރޓްނާރކަމާއި އެކު "ވަރޗުއަލް ރިއަލިޓީ ކެފޭ" ހުޅުވައިފި ރާއްޖޭގެ އެންމެ ފުރަތަމަ ވަރޗުއަލް ރިއަލިޓީ ކެފޭގެ ގޮތުގައި “ވީއާރް ކެފޭ” އަމީނީ މަގުގައި ހުންނަ މާލެ ސްކޮޔާގެ ފުރަތަމަ ފްލޯގައި ހުޅުވައިފިއެވެ. މިކެފޭ ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަޚުލޫފެވެ. ވީއާރް ކެފޭގެ ނަމުގައި މާލޭގައި މުޅިން އަލަށް ހުޅުވުނު މިކެފޭ އަކީ ރާއްޖޭގައި އެޅިގެން ދިޔަ ވާޗުއަލް ރިއަލިޓީގެ މުހިންމު ބިންގަލެކެވެ. އެންމެ ފަހުގެ ޒަމާނީ ވަސީލްތަކާއެކު ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް މުނިފޫހިފިލުވައިދުމުގެ ހިދުމަތްދޭ މ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ޖަޕާނު މަތިން ފެނުނު ގިނިހިލަ، ފެނުނީ ބޮޑު އަލިފާން ބޯޅައެއްގެ ސިފައިގައި ޖަޕާނުގެ މަތިން ފެނުނު ގިނިހިލައިގެ ވާހަކައިން މިއަދު މިވަނީ މީސް މީޑިޔާ ފުރާލާފައެވެ. ގިނަ ބަޔަކަށް މި މަންޒަރު ފެނުމާއި އެކު ފޯނުތަކުގެ ކެމެރާތަކުގެ ޒަރީޢާއިން މި މަންޒަރުވަނީ ވަރަށް ވެސް ރީތިކޮށް ރެކޯޑުކޮށް މުޅި މީސްމީޑިޔާއަށް ބަންޑުންކޮށްލާފައެވެ. ޖަޕާނު މަތިން މި ފެނުނު ގިނިހިލަ އެންމެ ރީތިކޮށް ފެނިފައިވަނީ ޖަޕާނުގެ މެދު އަދި ހުޅަނގުގެ އަވަށްތަކަށެވެ. މަންޒަރު ދުށް މީހުން އަދި ފޮޓޯ/ވީޑިޔޯގެ ޒަރީޢާއިން ފެންނަ ފެނުމަށް މި ގިނިހިލަ އާދަޔާ ޚިލާފަށް އަލިގަދައެވެ. އެއްބަޔަކު […] މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ވިޔަފާރި ފެނަކަ ހިންގުމަށް އައި އިންޤިލާބީ ބަދަލުގެ ހެޔޮނަތީޖާ: އަރަނި ކުންފުންޏަކަށްވެ، ސާފު ސާދާ އޮޑިޓް ރިޕޯޓެއް 2019 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 35 މިލިޔަން ރުފިޔާ ލިބުމަކީ ކުންފުނި ހިންގުމުގައި އިޚްލާޞްތެރިކަން އިސްކޮށް، އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ހެޔޮ ނިޔަތް ކުރިއަށް ނެރުމުގެ ނަތީޖާކަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ. އޮޑިޓް ރިޕޯޓާއި ގުޅިގެން ފެނަކައިން ނެރުނު ބަޔާނުގައި ބުނީ 18 ޑިސެމްބަރ 2018 ވަނަ ދުވަހުން ފެށިގެން މިއަދާހަމައަށް، ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދީ، ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރިޕޯޓް މަކުނުދޫ އޮތީ ސާރާއާއިއެކު، އަޅުގަނޑުމެންވެސް އެހީތެރިވަމާތޯ! ސާރާ ޝުރައިހް މުޙައްމަދު ދުނިޔެއަށް އުފަންވެފައިވަނީ 23 ނޮވެމްބަރ 2019 ގައެވެ. ދުނިޔެއަށް އުފަންވީއިރު ސާރާގެ މައިބަދައިގައި ޓިއުމަރެއް އުފެދިފައިވީ ނަމަވެސް އެކަން ފުރަތަމަ އެނގިގެން ގޮސްފައިވަނީ ސާރާގެ އުމުރުން އެއްމަހުގައި ސާރާގެ ދެފައިގެ ހަރަކާތް ހުއްޓުމާއި ގުޅިގެން ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓްތަކުންނެވެ. މިކަމާއި ގުޅިގެން ސާރާގެ މައިބަދާގައި އުފެދިފައިވާ ޓިއުމަރު ނެގުމަށް ފުރަތަމަ އޮޕަރޭޝަން ކޮށްފައިވަނީ މިހިނގާ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. މިހާރު ސާރާގެ އުމުރުން އަހަރެއް ފާއިތު... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އިންޑޮނޭޝިޔާގެ އަލިފާން ފަރުބަދައެއް ގޮވައި އެތައްހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް އިންޑޮނޭޝިޔާގެ ނުސާ ތެންގާރާ ހިސާބުގައި ހުރި އަލިފާން ފަރުބަދައެއް ގޮވައި އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތް އެ ޤައުމުގެ ސަރުކާރުން ފަށައިފިއެވެ. މިހާތަނަށް މަޢުލޫމާތު ލިބޭ ގޮތުގައި މި އަލިފާން ފަރުބަދަ ގޮވައި، އެ ފަރުބަދަ ގޮވުމުގެ ސަބަބުން 4 ކިލޯމީޓަރު ދުރަށް އަލިފާނާއި ދުމުގެ އަސަރު ދަނީ ކުރަމުންނެވެ. އަދި މި ކަމުގެ ސަބަބުން މިހާތަނަށް 2700 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އިންޑޮނޭޝިޔާއަކީ މި ފަދަ […] މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން