ކުޅިވަރު އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ޕެލޭ ހަދާފައިވާ ރެކޯޑާއި މެސީ އަރާ ހަމަކޮށްފި ސްޕެނިޝް ލީގުގައި ހޮނހިރު ދުވަހުގެ ރޭ ބާސެލޯނާއާއި ވެލެންސިއާ ބައްދަލުކޮށް 2-2 ގެ ނަތީޖާއިން އެއްވަރުވި މެޗުގައި މެސީ ކާމިޔާބު ކުރި ލަނޑާއިއެކު އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ހަދާފައިވާ ރެކޯޑާއި މެސީ އަރާ ހަމަކޮށްފިއެވެ. ބާސެލޯނާގެ އަމިއްލަ ދަނނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ވެލެންސިއާއިންނެވެ. މި ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ވެލެންސިއާގެ މިޑްފީލްޑަރ ކާލޮސް ސޮލާ ތަނަވަސް ކޮށްދިން […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަމް ކުލަބް ޕެނީގެ ފަރާތުން އެ ރަށުގައި ވޮލީ ކޭމްޕެއް ފަށައިފި ހދ.ނޮޅިވަރަމުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ ޕްރޮގްރެސިވް އެސޯސިއޭޝަން އޮފް ނޮޅިވަރަމް ޔޫތު (ޕެނީ) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ވޮލީ ކޭމްޕް ފަށައިފިއެވެ. ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ކޭމްޕް ފަށާފައިވަނީ 17 ޑިސެމްބަރ 2020 ވީ ބުރާސްފަތި ދުވަހުއެވެ. މި ކޭމްޕްގައި ޖުމްލަ 51 ބައިވެރިން ވަނީ ބައިވެރި ވެފައެވެ. އެއީ ފިރިހެން 27 އަދި އަންހެން 24 ބައިވެރިންނެވެ. މި ކޭމްޕާއި […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫގައި ވެސް ހަވާ އަރުވައި، ޝަރަފުގެ ހިނގާލުން ކުރިއަށް ގެންގޮސްފި ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން އުތުރުގެ ތިން ރަށެއްގައި ކުރިއަށް ގެންދަން ނިންމި ނިންމުމުގެ ދަށުން، އެހަރަކާތްތައް ހިންގި ފަހު ރަށެއްގެ ގޮތުން ހއ. އިހަވަންދޫގައި ޝަރަފުގެ ހިނގާލުމާއި، ހަވާ އެރުވުން ކުރިއަށް ގެންގޮސްފިއެވެ. އެހަރަކާތްތައް ހިންގުމަށް އިއްޔެ އިހަވަންދޫއަށް އެންއެންޑީއެފްގެ ޓީމު ދިޔުމުން އެހެން ރަށްރަށެކޭ ވެސް އެއްފަދައިން އިހަވަންދޫ ރައްޔިތުން ވަނީ އެ ޓީމަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެންއެންޑީއެފުން ވެސް ވަނީ އެކަން ފާހަގަ ކުރަށްވާފަ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ މޫސުން ގޯސްވާނެ، ހއ. އަތޮޅުން ތ. އަތޮޅަށް ހުދު ސަމާލު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މިގޮތުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް ގެ މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތަކީ މިއަދު ހެނދުނު 10:30 އިން ހަވީރު 16:00 އަށެވެ. މި ހުދު ސަމާލްގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާ […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ޤައުމުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއަކަަށް ހަދަންޖެހޭ: ނައިބު ރައީސް ޤައުމުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއަކަަށް ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ، އިއްޔެ ހުޅުމާލޭގައި ކުރިއަށް ދިޔަ “ސާފު ހުޅުމާލެ” ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަ ފުޅުގައެވެ. އެ ހަރަކާތް ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކާގައި ނައިބު ރައީސް ވަނީ، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، މި ސަރުކާރުން ސާފުތާހިރުކ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ކުޅިވަރު އިޓާލިއަން ސީރިއާ: ޕާމާއަތުން ޔުވެންޓަސްއަށް ފަސޭހަ މޮޅެއް އިޓާލިއަން ސީރިއާގައި ޔުވެންޓަސްއާއި ޕާމާ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ޔުވެންޓަސްއިން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ޕާމާގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުނނެވެ. މެޗުގައި ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުން މެޗުގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ، އެ ޓީމުގެ 20 އަހަރުގެ ސްވިޑަން ފޯވާޑް ކްލުސްވެސްކީއެވެ. އޭގެ ތިން މިނެޓް ފަހުން […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ކޮލަމް މަނަދޫއަށް ފުޓްބޯޅަ ތަޢާރަފުވިގޮތް މަނަދޫއަށް ފުޓްބޯޅަ ތަޢާރަފުވީ އަލްފާޟިލް ވެލިދޫގޭ މޫސާ ދީދީގެ އަތޮޅުވެރިކަމުގައެވެ. އެ ދުވަސްވަރަކީ ސުމުއްވުލްއަމީރު މުޙައްމަދު އަމީންގެ ވެރިކަމުގެ ދުވަސްވަރެވެ. އެ ދުވަސްވަރު މޫސާ ދީދީގެ އިތުރުން މާލޭގެ ކަމުވޮށިވެގެންވާ އެހެން ދެ ބޭފުޅަކު ވެސް މަނަދޫގައި އުޅުއްވިއެވެ. އެއީ ނ. އަތޮޅުގެ ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު ނ.ތ ޙަސަން ދީދީ އާއި މުޙައްމަދު އަމީން 1950 ވަނަ އަހަރު އުފެއްދެވި ކުޅިވަރު މުންތަޒިމްގެ ގަލޮޅު ކުލަބުގެ ވަކީލު އަލްފާޟިލް އަޙްމަދު ޢަލީ ދީދީ […] ޢަބްދުﷲ ސަޢީދު · 5 އަހަރު ކުރިން
ކުޅިވަރު ލިވަޕޫލްއިން ފަސޭހަ މޮޅެއް ހޯދިއިރު ސިޓީއަށް ހަނިމޮޅެއް އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލު ކުރިމެޗުން ތަފާތު ބޮޑު ނަތީޖާއަކުން ލިވަޕޫލް މޮޅުވިއިރު، މެންޗެސްޓާ ސިޓީއާއި ސައުތްހެމްޓަން ބައްދަލު ކުރިމެޗުން ހަނި ގޮތަކަށް ސިޓީ މޮޅުވެއްޖެއެވެ. ހޮނިހިރު ދުވަހު ޕެލެސްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލް ކާމިޔާބު ކޮށްފައިވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުޅިމެޗު ކޮންޓްރޯލް ކޮށްގެން ލިވަޕޫލް ކުޅެފައިވާއިރު އެ ޓީމުން މެޗުގެ ވަރަށް ކުރީކޮޅު ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ސަޑިއޯ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފަތުރުވެރިންގެ ފުރަތަމަ ގްރޫޕް ވަށަފަރަށް، "މިއީ ހަގީގަތުގައި ވެސް ސުވަރުގެއެއް": ޑރ. މާޝާ ކޯވިޑް-19ގެ ސަބަބުން މެދެކެނޑިފައި އޮތުމަށްފަހު، އަލުން ރާއްޖެ ހުޅުވާލިފަހުން ހއ. ވަށަފަރަށް މިއަދު ފަތުރުވެރިންގެ ފުރަތަމަ ގްރޫޕް ޒިޔާރަތް ކޮށްފިއެވެ. އެރަށުގެ ގެސްޓް ހައުސްތައް ހުޅުވާލަން ޓޫރިޒަމް މިނިސްޓްރީއިން ހުއްދަ ދީފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މިއަދު ވަށަފަރަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިންގެ ގްރޫޕަކީ ޔޫކްރެއިންއަށް ނިސްބަތްވާ ޢާއިލާއެކެވެ. އެ ޢާއިލާގައި ހިމެނެނީ 4 މެންބަރުންނެވެ. ދިގު ދަތުރަކަށްފަހު މިއަދު ވެލާނާއިންޓަނޭޝަނަލް އެއާޕޯޓުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްމަގ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ އާރުޑީސީއިން މިލަންދޫ މަގުތައް ހެދުމުގެ މަސައްކަތް ފަށައިފި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ޢަމަލީ މަސައްކަތް ނިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކާއި، މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއެވެ. މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މުވައްޒަފުން ނެތްކަމަށް ބުނެ ހުކުރު ނަމާދު ނުކުރުމުން، މަކުނުދޫ ކައުންސިލަށް ފާޑުކިޔުން މުވައްޒަފުން ނެތްކަމަށް ބުނެ ހދ. މަކުނުދޫގެ އެއް މިސްކިތުގައި އިއްޔެ ހުކުރު ނަމާދު ނުކުރުމުން، އެރަށު ކައުންސިލަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ. މަކުނުދޫ ކައުންސިލުން އިއްޔެ ހެނދުނު، އެކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހުކުރު ނަމާދު ކުރާނީ އެއް މިސްކިތުގައި ކަމަށެވެ. ސަބަބަކީ، މިސްކިތްތައް ބެލެހެއްޓޭ ވަރަށް މުވައްޒަފުން ނެތުން ކަމަށެވެ. ”މިސްކިތްތައް ބެލެހެއްޓޭވަރަށް މުވައްޒަފުން ނެތުމާއިގުޅިގެން މިއަދު ހުކުރު ނަމާދު ކުރުން އޮންނާނީ، ހަމައެކަނި ތަޤްވާ މިސްކިތު... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ވައްކަންކުރުމަކީ ވޯޓް ދޭންޖެހޭ ސަބަބަކައްވެގެން މުއިއްޒު ހޮވޭނަމަ އެހެރީ ހޮވިފައި: ޝިފާޢު ވައްކަންކުރުމަކީ ވޯޓް ދޭންޖެހޭ ސަބަބަކައްވެގެން މާލޭގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުޙައްމަދު މުއިއްޒު ހޮވޭނަމަ އެހެރީ ހޮވިފައިކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު އެހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރޮއްސިވް ކޯލިޝަންގެ ޕީއެންސީގެ ރައީސް، ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބުދުއް ރަޙީމް ޢަބުދު ﷲ (އަދުރޭ) ކުރެއްވި ޓުވީޓަކަށް ރައްދު ދެއް ވަމުންނެވެ. އަދުރޭ ޓުވީޓެއް ކުރަށްވާފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުގ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ހިޔާ ފްލެޓް ތަކުން ވިޔަފާރިތަކަށް ޖާގަ ދޫކުރަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓް ތަކުން ވިޔަފާރިތަކަށް ޖާގަ ދޫކުރުމަށް ހުޅުވާލައިފި އެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހައުސިންގ ޔުނިޓްތަކުގެ ގްރައުންޑް ފްލޯއިން ޒަރޫރީ ބޭނުންތަކަށާއި އާންމު ޚިދުމަތްތައް ޖާގަދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ބޭސްފިހާރަތަކުގެ އިތުރުން ކެފެޓޭރިއާއާއި ސުޕަރމާކެޓް ވިޔަފާރިތަކަށް ޖާގަ ދޫކުރުމަށް ވަނީ ހުޅުވާލާފަ އެވެ. ކްލިނިކް ހެދުމަށ... އަލީ އާދިލް · 5 އަހަރު ކުރިން
ވާހަކަ ވާހަކަ: ނާ ބަންނަ އަޑިގަނޑު (ފުރަތަމަ ބައި) މޫސުމީ ރީތި ދުވަހެކެވެ. ކަނޑު އޮތީ ތެޔޮފާންލައިފަ އެވެ. އިރުދޮށުން މަޑުމަޑުން ޖެހެމުން ދިޔަ ނަލަ ވައިގައި ރިޔާނެގި ކުދި ބޮއްކުރާ ފަހަރުތައް އަތޮޅުގެ ބޭރު ދުނީގައި ދުއްވައިލަ ދުއްވާލައި އެ ތިބީ ލޮނުކަމެއް އަތުޖެހޭތޯއެވެ. ރޭގަނޑު ކާލާނެ ފިލޮޅެއް ނޫނީ ގިޔުޅެއް ނަމަވެސް ނަނުގައި ގަނޭތޯއެވެ. ވަދާ ނުކުމެ މި އުޅޭ ކުދި ދޯނިފަހަރުގެ ހަރަކާތްތަކަކީ ބަލައި ފޫހިނުވާނެ މަންޒަރެކެވެ. ޢަޞުރުން ދަށް ވެ ޖައްވަށް ހަވީރުގެ ފިނިކަށް ވެރިވި މި ހިތްގައިމު ވަގުތުގައި ރަށުގެ […] ޢާޠިފާ ޒަކަރިއްޔާ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑެތި މަޝްރޫއުތައް ހިންގާ ''ކޮންޓްރެކްޓަރ ހާވާނެހަޑިއެއް ހާވާފައި'' ދެވިގެން ނުވާނެ: އާތިފް ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާ ކޮންޓްރެކްޓަރ ހާވާނެހަޑިއެއް ހާވާފައި ދެވިގެން ނުވާނެ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އާތިފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުއްޓަކީ މާލެ ފިޔަވާ ރާއްޖޭގެ އެންމެ ގިނަ އުޅަނދުފަހަރު ލަފާ ފުރާ ރަށް ކަމާމެދު އެއްވެސް މީހަކު ސުވާލެއް ނުއުފައްދާނެ ކަމަށެވެ. ކަންމިހެން އޮތުމުން ރަށުގެ ރައްޔިތުންނާއި އެރަށުގެ ބަނދަރު ބޭނުންކުރާ އަވައްޓެރި ރަށް ރަށުގެ ރައްޔިތުން އަންނަނީ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން