ޝަކީލް އީސީއަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިވަގުތު ހުންނެވި މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމުން، ޝަކީލް އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ ހަތް މެންބަރުންނެވެ. އިލެކްޝަންސް ކޮމިޝަންގެ […]