ސިއްޙީ ނިޒާމު ޑިޖިޓަލްކުރުމަށް މުހިންމު ފިޔަވަޅެއް، ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް އިފްތިތާޙުކޮށްފި
ރާއްޖޭގެ ސިއްޙީ ނިޒާމު ޑިޖިޓަލްކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި “މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030” ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މި ބްލޫޕްރިންޓް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ސިއްހަތާ، ޢާއިލާ އަދި އިޖްތިމާއީ ދާއިރާގެ ވަޒީރު ގީލާ ޢަލީ އެވެ. ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން އިފްތިތާހްކުރި މި ބްލޫޕްރިންޓަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)،...