މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ވޯލްޑް ކަޕްގެ ޖެހިޖެހިގެން 7 މެޗުގައި ލަނޑުޖަހައި މެސީ އާ ރެކޯޑެއް ގާއިމްކޮށްފި

ވޯލްޑް ކަޕްގެ ޖެހިޖެހިގެން 7 މެޗުގައި ލަނޑުޖަހައި މެސީ އާ ރެކޯޑެއް ގާއިމްކޮށްފި

ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަތް މެޗުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދައިފިއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އުރުދުންއާ ދެކޮޅަށް ކުޅެ 3-1 އިން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ވަނީ އޭނާގެ ވޯލްޑް ކަޕް ލަނޑުގެ އަދަދު 19 އަށް އިތުރުކޮށް، މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި ފިރިހެން ކުޅުންތެރިޔާގެ ރެކޯޑު އިތުރަށް ވަރުގަދަކޮށްފައެވެ. އުމުރުން 39 އަހަރު ފުރުނުތާ ތިން ދުވަސް ފަހުން ކުޅުނު […]

އަޙްމަދު ވަހީދު
އިތުރު ވަގުތުގެ ތެރޭގައި އޮސްޓްރިއާ އާއި އަލްޖީރިއާ އެއްވަރުވެ، ދެވަނަ ބުރަށް

އިތުރު ވަގުތުގެ ތެރޭގައި އޮސްޓްރިއާ އާއި އަލްޖީރިއާ އެއްވަރުވެ، ދެވަނަ ބުރަށް

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮސްޓްރިއާ އާއި އަލްޖީރިއާ ބައްދަލުކުރި ފޯރިގަދަ މެޗު 3-3 އިން އެއްވަރުވެ، ދެ ޓީމުވެސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ކެންސަސް ސިޓީގެ އެރޯހެޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ނަތީޖާއާއެކު، އީރާން ވަނީ މުބާރާތުން ކަޓާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވެފައި އޮތް ނަމަވެސް، އިތުރު ވަގުތުގެ ތެރޭގައި ރިޔާދު މަހްރޭޒް ވަނީ އަލްޖީރިއާއަށް ލީޑު ނަގައިދީފައެވެ. އެހެންނަމަވެސް، މެޗުގެ […]

އަޙްމަދު ވަހީދު
ފަސް ކޮންޓޭނަރު މޫދަށް ވެއްޓުނު، އަދި ފެނުނީ ދެ ކޮންޓޭނަރު

ފަސް ކޮންޓޭނަރު މޫދަށް ވެއްޓުނު، އަދި ފެނުނީ ދެ ކޮންޓޭނަރު

މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓުނު ހާދިސާގައި ޖުމްލަ ފަސް ކޮންޓޭނަރު ކަނޑަށް ވެއްޓުނުކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި ފަސް ކޮންޓޭނަރު ކަނޑަށް ވެއްޓި އޮޔާގޮސްފައިވާކަމަށާއި، މިހާތަނަށް ފެނުނީ ދެ ކޮންޓޭނަރު ކަމަށެވެ. އަދި ބާކީ ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ. މި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ބެލެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ […]

ޔުމްނާ ޢަލީ
ޕޯޗުގަލްއާ އެއްވަރުކޮށް ކޮލަމްބިއާ ގްރޫޕް ކޭގެ އެއްވަނަ ހޯދައިފި

ޕޯޗުގަލްއާ އެއްވަރުކޮށް ކޮލަމްބިއާ ގްރޫޕް ކޭގެ އެއްވަނަ ހޯދައިފި

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ޕޯޗުގަލްއާ ވާދަކޮށް 0-0 އިން އެއްވަރުކޮށް، ގްރޫޕް ކޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮލަމްބިއާ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ. މި މެޗު ފެށުމުގެ ކުރިންވެސް މި ދެ ޓީމަށް ވަނީ ނޮކައުޓް ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ. މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަނަ ހޯދި ކޮލަމްބިއާ ދެން ބައްދަލުކުރާނީ ގާނާއާއެވެ. ގާނާ ވަނީ އިއްޔެ ކްރޮއޭޝިއާ އަތުން 2-1 އިން ބަލިވެފައެވެ. ގްރޫޕްގެ ދެވަނަ ލިބުނު […]

އަޙްމަދު ވަހީދު
52 އަހަރުވީ ހިތްދަތިކަން ފިލުވާލައި ކޮންގޯ އިން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް

52 އަހަރުވީ ހިތްދަތިކަން ފިލުވާލައި ކޮންގޯ އިން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް

ވޯލްޑް ކަޕްގެ ތާރީޚުގައި 52 އަހަރު ވަންދެން ކޮންގޯއަށް އޮތް އެންމެ ހިތްދަތި ހަނދާނަކީ 1974 ވަނަ އަހަރު ޔޫގޯސްލާވިއާ އަތުން 9-0 އިން ބަލިވި މެޗެވެ. ނަމަވެސް، ހޮނިހިރު ދުވަހުގެ ރޭ އުޒްބެކިސްތާން އަތުން 3-1 އިން މޮޅުވެ، ކޮންގޯގެ އާ ޖީލުގެ ކުޅުންތެރިން ވަނީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި އާ ސަފުހާއެއް ލިޔެ، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރަށް ދަތުރުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 10 […]

އަޙްމަދު ވަހީދު
''ހުރިހާ ގިންތިއެއްގެ ވިޔަފާރިވެރިންނަށް ވެސް ކުރިއަރައި ދިއުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ''

''ހުރިހާ ގިންތިއެއްގެ ވިޔަފާރިވެރިންނަށް ވެސް ކުރިއަރައި ދިއުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ''

ހުރިހާ ގިންތިއެއްގެ ވިޔަފާރިވެރިންނަށް ވެސް ރާއްޖޭގައި ކުރިއަރައި ދިއުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިޤްތިޞާދެއް ބިނާކުރުމުގައި ސަރުކާރުން ދެމިތިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އިޤްތިޞާދުގެ ވަރުގަދަކަން ސީދާ ގުޅިފައިވަނީ،...

ޔުމްނާ ޢަލީ
ބެލިންހަމް އާއި ކޭންގެ ލަނޑުތަކުން ޕެނަމާ ބަލިކޮށް އިންގްލެންޑް ގްރޫޕުގެ އެއްވަނަ އަށް

ބެލިންހަމް އާއި ކޭންގެ ލަނޑުތަކުން ޕެނަމާ ބަލިކޮށް އިންގްލެންޑް ގްރޫޕުގެ އެއްވަނަ އަށް

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫޑް ބެލިންހަމް އާއި ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑުތަކުން 2-0 އިން ޕެނަމާ ބަލިކޮށް، އިންގްލެންޑުން ގްރޫޕް އެލްގެ އެއްވަނަ މަގާމު ކަށަވަރުކޮށްފިއެވެ. އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މޮޅުވުމާއެކު، ނޮކައުޓް މަރުހަލާގައި އިންގްލެންޑަށް ވަނީ ފަހި ފުރުސަތުތަކެއް ލިބިފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕެނަމާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމަށް އިންގްލެންޑަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން 62 ވަނަ […...

އަޙްމަދު ވަހީދު
ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ހުރިހާ ދިވެހީން އަތުގުޅާލުމަށް މެޑަމް ސާޖިދާގެ އިލްތިމާސެއް

ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ހުރިހާ ދިވެހީން އަތުގުޅާލުމަށް މެޑަމް ސާޖިދާގެ އިލްތިމާސެއް

ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ހުރިހާ ދިވެހީން އަތުގުޅާލުމަށާއި، މި ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމުގައި ވިޔަފާރިތަކުން އިސް ދައުރެއް އަދާކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު އިއްޔެ ގޮވާލައްވައިފިއެވެ. އެކަމަނާ މިފަދައިން ގޮވާލެއްވީ، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މުލަކު އަތޮޅު، މުލަކު ސްކޫލު ހޯލުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅ...

ޔުމްނާ ޢަލީ
ގާނާ ބަލިކޮށް ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް، މޮޑްރިޗް އާ ރެކޯޑެއް

ގާނާ ބަލިކޮށް ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް، މޮޑްރިޗް އާ ރެކޯޑެއް

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ގާނާ 2-1 އިން ބަލިކޮށް، ކްރޮއޭޝިއާ މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފިއެވެ. މި މެޗުގައި ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ވަނީ ވޯލްޑް ކަޕް ތާރީޚުގައި އެސިސްޓެއް ހެދި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި ޕެޓާ ސޫޗިޗް ޖަހައިދިން ލަނޑުން ކްރޮއޭޝިއާ ކުރި ހޯދާފައިވަނިކޮށް، މެޗުގެ 73 ވަނަ މިނެޓުގައި ގާނާގެ ޑެރިކް ލޫކަސަން ވަނީ ލަނޑެއް ޖަހައި […]

އަޙްމަދު ވަހީދު
އުތުރާއި މެދުރާއްޖެތެރެއަށް ރީންދޫ ސަމާލު

އުތުރާއި މެދުރާއްޖެތެރެއަށް ރީންދޫ ސަމާލު

ރާއްޖޭގެ މޫސުން ގޯސްވެ، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރީންދޫ ސަމާލު ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި އެލާޓް ނެރެފައިވަނީ މިރޭ ދަންވަރު 00:15 އިން ފެށިގެން ފަތިހު 04:15 އާ ހަމައަށެވެ. މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި […]

އަލީ އާދިލް
ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު އެ ކުންފުނިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ (27 ޖޫން 2026) ގެ 23:10 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގާފައިވަނީ މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި ބާޖު އަޅ...

ޔުމްނާ ޢަލީ
ވަށަފަރުން އިސްނަގައި މުހިންމު ފެށުމެއް، ދިއްދޫ ޓީމުގެ ކާމިޔާބީ ފާހަގަކޮށްފި

ވަށަފަރުން އިސްނަގައި މުހިންމު ފެށުމެއް، ދިއްދޫ ޓީމުގެ ކާމިޔާބީ ފާހަގަކޮށްފި

ހއ. ވަށަފަރު ޒުވާނުންގެ ދައުވަތަކަށް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާ ދިއްދޫ ޓީމުގެ މިއަދު އެރަށަށް ދަތުރެއްކޮށްފިއެވެ. ބޮޑު ތިލަދުންމައްޗަށް ބޮޑު ޝަރަފެއް ހޯދައިދިން ދިއްދޫ ޓީމު ރަށަށް ދިޔައީ އިއްޔެއެވެ. އަދި އެޓީމު މިއަދު ވަނީ ދިއްދޫ ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް ވަށަފަރު ޒުވާނުންގެ ދައުވަތަކަށް އެރަށަށް ޒިޔާރަތްކޮށްފައެވެ. ދިއްދޫ ޓީމު ވަށަފަރަށް ދިޔުމުން ސަގާފީ ހެދުމުގައި ގައުމީ ވަންތަ ރޫޙް ދައްކުވައިދެމުން ވަށަފަރު ބަނދަރުމަތިން ޓީމަށް ވަށަފަރު ރައްޔިތުން ވަނީ ރަތް ދޫލައިގެ މަރުޙަބާއ...

ޔުމްނާ ޢަލީ
މާލެ ޓީޖެޓީ ސަރަހައްދުން މުދާ އުފުލާ ދޯންޏެއް އަޑިއަށް

މާލެ ޓީޖެޓީ ސަރަހައްދުން މުދާ އުފުލާ ދޯންޏެއް އަޑިއަށް

މާލޭގެ ޓީޖެޓީ ސަރަހައްދަށް މުދާ ބަރުކޮށްގެން އޮތް ދޯންޏެއް މިރޭ އަޑިއަށް ގޮސްފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ޓީޖެޓީގައި އޮތް ދޯންޏެއް އަޑިއަށް ދާކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ޖޫން 27 ވަނަ ދުވަހުގެ ރޭ 19:31 އެހައިކަންހާއިރުއެވެ. މި ހާދިސާގައި އަޑިއަށް ގޮސްފަައި ވަނީ “ކުރިމަގު” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ގޮތާ ގުޅޭގޮތުން މިހާތަނަށް ބެލިބެލުމުން އެނގިފައިވަނީ، އެ ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބަރުކޮށްގެން […]

ޔުމްނާ ޢަލީ
އަހަރެމެން މުބާރާތުން ބޭރުކޮށްލުމަށް އެމީހުނަށް ކުރެވެން ހުރި ހުރިހާކަމެއް ކޮށްފި: އީރާނުގެ ކެޕްޓަން

އަހަރެމެން މުބާރާތުން ބޭރުކޮށްލުމަށް އެމީހުނަށް ކުރެވެން ހުރި ހުރިހާކަމެއް ކޮށްފި: އީރާނުގެ ކެޕްޓަން

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އީރާނާ މެދު ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅެމުންދާ ކަމަށް ބުނެ، އެ ގައުމުގެ ގައުމީ ޓީމުގެ ކެޕްޓަން މަހްދީ ތަރޭމީ ފީފާ އާއި އެމެރިކާގެ އިންތިޒާމުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. މިސްރާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަދައްކަމުން ތަރޭމީ ބުނީ އީރާން މުބާރާތުން ބޭރުކޮށްލުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް އިންތިޒާމުކުރާ ފަރާތްތަކުން ކުރަމުންދާ ކަމަށެވެ. ތަރޭމީގެ ވާހަކައިގައި އޭނާ ވަނީ މިއީ އިންސާފުވެރި މުބާރާތެއް ނޫންކަން ފާހަގަކޮށްފައެވެ. “މިއީ ވަރަށް ބ...

އަޙްމަދު ވަހީދު
ޖޯޖިއާގެ މަޖިލީހުގައި މެންބަރުން ތަޅައިގަނެ ބޮޑު މާރާމާރީއެއް ހިންގައިފި

ޖޯޖިއާގެ މަޖިލީހުގައި މެންބަރުން ތަޅައިގަނެ ބޮޑު މާރާމާރީއެއް ހިންގައިފި

ޖޯޖިއާގެ މަޖިލީހުގެ ބަހާރު މޫސުމުގެ ފަހު ޖަލްސާގައި، މެންބަރުންގެ މެދުގައި ހޫނު ބަހުސެއް ހިނގައި ބޮޑު މާރާމާރީއަކަށް ބަދަލުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހު، ބޮޑުވަޒީރު އިރަކްލީ ކޮބަކިޑްޒޭ ސަރުކާރުގެ އަހަރީ ރިޕޯޓު ހުށަހެޅުއްވުމަށްފަހު ކުރިއަށްދިޔަ ސުވާލާއި ޖަވާބު ސެޝަނުގެ ތެރޭގައެވެ. މި ކުރިމަތިލުން ފެށުނީ އިދިކޮޅު މެންބަރުން ޕޯޑިއަމްއާ ހަވާލުވެ، ސަރުކާރަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރަން ފެށި ހިސާބުންނެވެ. ޚާއްޞަކޮށް، އިދިކޮޅު މެންބަރު ގިއޯގީ ޝަރަޝިޑްޒޭ އާއި ‘ފޯ ޖޯޖިއާ’ ފ...

ނާޒިމާ އަލީ