ބެލްޖިއަމްގެ ޑިފެންޑަރު ޑެބާސްޓް އަނިޔާއިން ރަނގަޅުވެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި
މި އަހަރުގެ ވޯލްޑް ކަޕްގައި އަނިޔާގެ ސަބަބުން މިހާތަނަށް އެއްވެސް މެޗެއް ކުޅެފައިނުވާ ބެލްޖިއަމްގެ ސެންޓަރ ބެކް ޒެނޯ ޑެބާސްޓް، އާދީއްތަ ދުވަހު މި މުބާރާތުގެ ފުރަތަމަ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެއެވެ. ފައިގެ އަނިޔާއަކާ ގުޅިގެން ހޮނިހިރު ދުވަހު ހެދި އެމް.އާރް.އައި ސްކޭންގެ ނަތީޖާ އަކީ “ޕޮޒިޓިވް” ނަތީޖާއެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އުމުރުން 22 އަހަރުގެ ޑެބާސްޓަށް މި އަނިޔާ ކުރިމަތިވީ މިދިޔަ މަހު ޕޯޗުގަލްގެ ސްޕޯޓިންގ ލިޒްބަންއާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދަނިކޮށެވެ. އާދީއްތަ ދުވަހު...