ކުޅިވަރު ފޮކްސް އާއި ޓެލެމުންޑޯ މެދުވެރިކޮށް އެކަނިވެސް 60 މިލިއަނަށްވުރެ ގިނަ މީހުން ވޯލްޑް ކަޕް ފައިނަލް ބެލި މި އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރި ފޯރިގަދަ މެޗު، އެމެރިކާގެ ފޮކްސް އަދި ޓެލެމުންޑޯ ނެޓްވޯކް މެދުވެރިކޮށް އެކަނިވެސް 60 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އިތުރު ވަގުތުގެ ތެރޭގައި 1-0 އިން ސްޕެއިން މޮޅުވި މި މެޗަކީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ ގިނަ ބަޔަކު ބެލި އިނގިރޭސި ބަހުގެ ފުޓްބޯޅަ ޓެލެކާސްޓެވެ. ފޮކްސް ނެޓްވޯކުން ހާމަކުރި ގޮތުގައި، އިނގިރޭސި ބަހުން ދެއްކި މި […] އަޙްމަދު ވަހީދު · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ކޭއާރުއެޗުގައި ކާމިޔާބު ޕްރައިމަރީ ހެލްތު ކެއާ ރިވައިޓަލައިޒޭޝަން ރޯލްއައުޓް ތަމްރީނެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކުރިއަށް ގެންދިޔަ ޕްރައިމަރީ ހެލްތު ކެއާ ރިވައިޓަލައިޒޭޝަން ރޯލްއައުޓް ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ކޭއާރުއެޗުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޚަދީޖާ އަލީ އާއި، ޓްރެއިނިން ކޯޑިނޭޓަރ ރަމްލާ ވަޖީހު އަދި ޕީއެޗްސީ ކޮންސަލްޓަންޓް ފަތުހުﷲ ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައިވެއެވެ. އެ ބޭފުޅުންގެ ވާހަކާގައި ރަށްރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމުގައި މިފަދަ ތ... ޝިއުނާ އާދަމް · 3 މަސް ކުރިން
ރާއްޖެ ޕޮލިސް މެމޯރިއަލް ވޯލްގައި ޝަހީދުންގެ ގޮތުގައި 5 ފުލުހެއްގެ ނަން ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް ނުވަތަ ޚިދުމަތާ ގުޅުންހުރި އެކި ހާދިސާތަކުގައި ވަކިވެދިޔަ ފުލުހުންގެ ޒިކުރާ އާކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ‘ޕޮލިސް މެމޯރިއަލް ޑޭ’ ގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މިއަހަރުގެ މި ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ ރޭ މެންދަމު 00:00 ގައި ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމާއެކުގައެވެ. ކޮންމެ އަހަރެއްގެ ޖުލައި 23 ވަނަ ދުވަހު މި ދުވަސް ފާހަގަކުރަނީ، 2012 ޖުލައި 23 […] ޔުމްނާ ޢަލީ · 3 މަސް ކުރިން
ބައިނަލްއަގުވާމީ ސައުދީ އާއި އެމެރިކާއިން ނިއުކްލިއާ ހަކަތައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި ސައުދީ އަރަބިއްޔާގެ މަދަނީ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި، އެ ޤައުމާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއްގައި ބުދަ ދުވަހު ސޮއިކޮށްފިއެވެ. ސައޫދީ ދައުލަތުގެ މީޑިއާއިން ސިފަކޮށްފައިވާގޮތުގައި މިއީ ސައުދީ އަރަބިއްޔާގައި އަމާންކަމާއެކު ނިއުކްލިއާ ހަކަތަ އުފެއްދުމުގެ ދިގު މުއްދަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށް ވެވުނު މުހިންމު ތާރީޚީ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެނާޖީ މިނިސްޓަރު ޕްރިންސް އަބ... ނާޒިމާ އަލީ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެ ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ބޮޑުބައި ނިމި، މަޝްރޫޢު ނިމުމަކާ ގާތްވެފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން ބުނިގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމް.ޓީ.ސީ.ސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު މި މަޝްރޫޢޫގެ ސައިޓުގައި ކުރިއަށްދަނީ ބަނދަރުގެ ބޭރު... އަޙްމަދު ވަހީދު · 3 މަސް ކުރިން
ބައިނަލްއަގުވާމީ އެމެރިކާގެ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު ހޯރްމޫޒް ކަނޑުއޮޅި ނުހުޅުވާނަން: އީރާން އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، ދުނިޔޭގެ އިގްތިސާދީ މުހިންމު ރާސްތާއެއް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ މަސްރަހު ގޯސްވެފައިވާއިރު، އެމެރިކާއިން ދެމުންދާ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު އެ ކަނޑުއޮޅި އާންމު ހާލަތަށް ނުގެންނާނެ ކަމަށް އީރާނުން ބުނެފިއެވެ. އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމުގެ އިންޒާރުމި ކުރިމަތިލުންތައް އިތުރަށް ހޫނުވެގެން ދިޔައީ، އީރާނުގެ މިސައިލް ނުވަތަ ޑްރޯން ހަމަލާއަކުން އެމެރިކާގެ އަސްކަރީ ނުވަތަ ވިޔަފާރި އުޅަނދަކ... ނާޒިމާ އަލީ · 3 މަސް ކުރިން
ވިޔަފާރި މާލޭ ބޮޑުތަކުރުފާނު މަގު މަޝްރޫޢު: ޓްރެފިކް ނިޝާންތަކާއި ރޯޑް މާކިންގްގެ 100% ނިންމާލައިފި މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތުގެ ދަށުން މަގުގައި ކުރަހަންޖެހޭ ޓްރެފިކް ނިޝާންތަކާއި ރޯޑް މާކިންގްގެ މަސައްކަތްތައް 100 އިންސައްތަ ނިންމާލެވިފައިވާކަމަށް މި މަޝްރޫޫއު ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ. އެމްޓީސީސީން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން ސެގްމަންޓް 2 އަދި 3 ގައި ހިމެނޭ ޕާކިންގް ޒޯންތަކާއި ދުވާރު ހެދުމުގެ މަސައްކަތް މިހާރ... އަޙްމަދު ވަހީދު · 3 މަސް ކުރިން
ރާއްޖެ ހިންމަފުށީގައި ހިނގި މާރާމާރީއަކާ ގުޅިގެން މިސްރުގެ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ކ. ހިންމަފުށީގައި ހިނގި މާރާމާރީއަކާ ގުޅިގެން މިސްރަށް ނިސްބަތްވާ ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގާ ކަމުގެ ރިޕޯޓު 19 ޖުލައި 2026 ވަނަ ދުވަހުގެ ރޭ 19:24 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިސްރަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނ... އަލީ އާދިލް · 3 މަސް ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕް ބޭނުން ވަނީ އދ.ގެ ވެރިއަކަށް ފީފާގެ ރައީސް އިންފަންޓީނޯ އައްޔަންކުރަން އެކުވެރި ދައުލަތްތަކުގެ (އދ. – ޔޫއެން) ދެން އަންނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އައްޔަންކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ ކަމަށް ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފިއެވެ. އަންގާރަ ދުވަހު ނިއުޔޯކް ޕޯސްޓުން މިކަން ހާމަކޮށްފައިވަނީ ރައީސް ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ މަސްދަރަކާ ހަވާލާދީއެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންފަންޓީނޯއަކީ މުޅި ދުނިޔޭގެ އިހުތިރާމް ލިބިފައިވާ، އަދި މީހުން އެއްބައިވަންތަ ކުރުވުމުގެ ހާއްސަ ގާބިލުކަމެއް ލިބިފައ... ނާޒިމާ އަލީ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫގައި އަޅާ 75 ހައުސިން ޔުނިޓުގެ މަސައްކަތް ނިމުމަކާ ގާތަށް ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓުގެ ބޮޑުބައި ނިމި، އަމަލީ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ދިއްދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ 98.55 އިންސައްތަ މަސައްކަތް މިހާރު ވަނީ މުޅިން ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ އިމާރާތްތަކުގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ. ޖުމްލަ 120 މިލިއަން ރުފިޔާ ހ... ޝިއުނާ އާދަމް · 3 މަސް ކުރިން
ރާއްޖެ އިނާޔަތްތައް ކުޑަކުރުމުން އެސްޖީންގެ އުދާސްތައް ބަންޑުންކޮށްލައިފި ސަރުކާރުގެ ވުޒާރާތަކުގެ ޕާނަމަންޓް ސެކްރެޓަރީންނާއި ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން (އެސްޖީ) އިންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ޕޭ ކޮމިޝަނުން ނިންމި ނިންމުމާއި ގުޅިގެން އެސްޖީންގެ އުދާސްތައް ބަންޑުންކޮށްލައިފިއެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ސިވިލް ސާވިސް އިދާރާތަކުގެ ޕަރނަމަންޓް ސެކްރެޓަރީންނާއ،ި ޒިންމާދާރު އިސްވެރިންނާއ،ި ސެކްރެޓަރީ ޖެނެރަލުންނާއ،ި ވަގުތީ ސެކްރެޓަރީ ޖެނެރަލުން އަދި ޒިންމާދާރުވެރިންނަށް 21 ޖުލައި 2026 ގައި ފޮނުވާފައިވާ ސ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ކުޅިވަރު ފައިނަލްގައި ދަރިފުޅު ކުޅޭތަން ބަލަން ޔަމާލްގެ ބައްޕަ ނުދިޔައީ ކީއްވެ؟ އާދީއްތަ ދުވަހު ކުޅުނު ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރި ތާރީޚީ މެޗަށް ލަމީން ނުކުތީ އޭނާގެ ކެރިއަރުގެ އެންމެ މުހިންމު މެޗަށެވެ. އެއީ އޭނާގެ ޅަ އުމުރުގައި ދުނިޔޭގެ ތަށި އުފުލާލަން ނުކުތް ޝަރަފްވެރި މެޗެވެ. އެ މެޗު ކުޅެވެމުން ދިޔަ ވަގުތާއި މެޗަށްފަހު ޔަމާލްގެ ޢާއިލާ ދަނޑުން ވަނީ ފެނިފައެވެ. ނަމަވެސް އެތަނުން ޔަމާލްގެ ބައްޕައެއް ނުފެނެއެވެ. ދަރިފުޅުގެ މުހިންމު ވަގުތުގައި ކުރިން މިފަދަ ވަގުތުތަކުގައި ފެނުނު ބައްޕަ ކޮބައިތޯ އެއީ […] ނާޒިމާ އަލީ · 3 މަސް ކުރިން
ޚަބަރު އީރާނަށް ހަމަލާދިނުމަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އާ ބޮޑުވަޒީރު ދީފި އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމް، އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދޭ ހަމަލާތަކުގައި އިނގިރޭސި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދެއްވައިފިއެވެ. މި ނިންމުމުގެ ދަށުން އިންޑިއާ ކަނޑުގައި އޮންނަ ފޯޅަވަހި ނުވަތަ ޑިއޭގޯ ގާސިއާ މަރުކަޒާއި، އިންގްލެންޑުގެ ގްލޮސްޓަރޝަޔަރގައި ހުންނަ އާރް.އޭ.އެފް ފެއަރފޯޑް މަރުކަޒު ބޭނުންކުރުމުގެ އިޚްތިޔާރު އެމެރިކާގެ މަތިންދާބޯޓުތަކަށް ލިބޭނެއެވެ. މި މަރުކަޒުތައް ބޭނުންކުރާނީ އީރާނުގެ މިސައިލް ނިޒާމުތަކާއި، ހޯރްމުޒް ކަނޑުއޮޅިއަށް އަމާޒުކޮށް އ... ނާޒިމާ އަލީ · 3 މަސް ކުރިން
ރާއްޖެ ވަށަފަރު ކައުންސިލުގެ ހުއްދަނެތި، ކަނޑާލިފިނޮޅަށް އަރާފޭބުމާއި ބަނދަރުކުރުން މަނާކޮށްފި ހއ. ކަނޑާލިފިނޮޅަށް ކުރިއާލާ ދެވޭ ހުއްދައެއް ނެތި އަރާފޭބުމާއި، ބަނދަރުކުރުން އަދި އެއްވެސް ހަރަކާތެއް ހިންގުން ވަށަފަރު ކައުންސިލުން މިއަދު މަނާކޮށްފިއެވެ. ވަށަފަރު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅު އަޅާފައިވަނީ އެ ރަށުގެ ގުދުރަތީ މާހައުލަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީކަމަށެވެ. މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ނިންމުމާ ގުޅޭގޮތުން ކައުންސިލުން ބުނީ، ކައުންސިލްގެ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން ނުވަތަ އުޅަނދަކުން އެ ރަށަށް އަރައިފިނަ... އަލީ އާދިލް · 3 މަސް ކުރިން
ރާއްޖެ އޮޑިޓް ރިޕޯޓު މުއްދަތުގައި ހުށަނޭޅުމުން ތިން ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފި ސިޔާސީ ޕާޓީތަކުގެ އަހަރީ މާލީ އޮޑިޓް ރިޕޯޓު ކަނޑައެޅި މުއްދަތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައި ނުވާތީ، އިދިކޮޅު އެމްޑީޕީ ހިމެނޭހެން ތިން ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފިއެވެ. އީސީން ފިޔަވަޅު އެޅި ޕާޓީތަކުގެ ތެރޭގައި އެމްޑީޕީގެ އިތުރުން ހިމެނެނީ އަދާލަތު ޕާޓީއާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ. މި އަހަރުގެ މާލީ އޮޑިޓް ރިޕޯޓުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ސިޔާސީ ޕާޓީތަކަށް ދިން މުއްދަތު ހަމަވީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުގެ […] އަލީ އާދިލް · 3 މަސް ކުރިން