ރާއްޖެ ޒުވާނުންގެ ޚިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ޤައުމީ ތަރައްޤީއަށް އަގުހުރި އުންސުރުތަކެއް: ރައީސް ޒުވާނުންގެ ޚިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ޤައުމީ ތަރައްޤީއަށް އަގުހުރި އުންސުރުތަކެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ. ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މެސެޖުގައި ރައީސް ވަނީ، ތަފާތު ޙާލަތްތަކުން އަންނަ ޒުވާނުންގެ މެދުގައި ހުރި އުންމީދުތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ އާބާދީގެ 45 އިންސައްތައަކީ ޒުވާނުންކަ... ޔުމްނާ ޢަލީ · 2 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ނޭކުރެންދޫގައި ޒުވާނުންގެ ފޯރަމަކާއި ތިންމުގޯލި ކުޅުމުގެ ހަރަކާތެއް މިއަހަރުގެ ޒުވާނުންގެ ދުވަހަށް ޚާއްސަކޮށް ހާއްސަ ހަރަކާތްތަކެއް ގެންދަން ހދ. ނޭކުރެންދޫ ކައުންސިލުން ތައްޔާރުވެއްޖެއެވެ. ނޭކުރެންދޫގައި މި ދުވަސް ފާހަގަކުރުމަށް ގެންދަން ތައްޔާރުވެފައިވާ އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ޒުވާނުންގެ ފޯރަމް އެވެ. “މުޖުތަމަޢު ބިނާކުރުމުގައި ޒުވާނުންގެ ދައުރު” މި ޝިޔާރުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ހާއްސަ ފޯރަމެއް އޮންނާނީ މިރޭ 20:45 ގައި އެރަށު ކައުންސިލް އިދާރާ އާއި ދެމެދު ބީޗު ސަރަހައްދުގައެވެ. މި ފޯރަމްގައި ދަރުސްދެއްވަން ހަމަޖެހިފައި ވަނީ އައްސައިޚް މ... ފާތިމަތު ސަޙާ · 2 މަސް ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (14) 9 އޯގަސްޓްގެ އަދަދާއި ގުޅޭ: ” ލޯބިވަނީތަ އަހަރެންދެކެ؟” މާޔާގެ ސުވާލުން އާއިޒަށް ސިހުން ލިބުނެވެ. އެހާ ސީދާކޮށް މާޔާ އެ ސުވާލު ކުރާނެ ކަމަށް އާއިޒް ހިތަކަށް ވެސް ނާރައެވެ. ދޭނެ ޖަވާބެއް ނޭނގިފައި އާއިޒަށް އިނދެވުނީ މާޔާގެ މޫނަށް ބަލާށެވެ. ” އަހަރެން މަތިން މިސްވާން ޖެހޭ ސަބަބެއް އޮންނާނެ އެއްނު.” އަނެއްކާ ވެސް މާޔާ ބުންޏެވެ. ހިތަށް އަރާ އެއްޗެހި ފަސޭހައިން ދުލުން ބޭރުކޮއްލަން މާޔާ ޖެހިލުމެއް ނުވެއެވެ. އަނެކާ ކޮންމެ އެއްޗެއް […] ސަލާމާ ޢަބްދުލް ޢަލީމް · 2 މަސް ކުރިން
ބައިނަލްއަގުވާމީ އިސްރާއީލަށް ގެންދަން އުޅުނު ކާގޯ ކޮންޓޭނަރެއް މެލޭޝިޔާއިން ހިފަހައްޓައިފި އިސްރާއީލަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ އަސްކަރީ ބޭނުންތަކަށް ބޭނުންކުރެވިދާނެ ފަދަ މުދާތަކެއް އެކުލެވޭ ކާގޯ ކޮންޓޭނަރެއް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހިފަހައްޓައިފިއެވެ. މި ކޮންޓޭނަރު ހިފަހައްޓާފައިވަނީ ޖޯހޯރުގައި އޮންނަ ޕޯޓް އޮފް ތަންޖުންގް ޕެލެޕަސްއިންނެވެ. މެލޭޝިޔާގެ ބޯޑަރު ކޮންޓްރޯލް އެންޑް ޕްރޮޓެކްޝަން އޭޖެންސީ (އޭކޭޕީއެސް) އިން މި ކޮންޓޭނަރު ހިފެހެއްޓީ ލިބުނު އިންޓެލިޖެންސް މައުލޫމާތުތަކަކަށް ބަލައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އިބްތިދާއީ ތަހުގީގުތަކުން ދައްކާ ގޮތުގައި މި މު... ނާޒިމާ އަލީ · 2 މަސް ކުރިން
ކުޅިވަރު ސުޕަ ކަޕް: ޕީއެސްޖީ އާއި އެސްޓަން ވިލާ، ހެއްކެއް ނެތި ވޯލްޑްކަޕުން ބޭރުކުރި އާރްތަން ވޯލްޑް ކަޕް ފައިނަލަށްފަހު އެންމެ ތިން ހަފުތާ ފަހުން، އައު ޔޫރޯޕިއަން ސޮކާ ސީޒަންގެ ފުރަތަމަ ތަށި ކާމިޔާބުކުރުމަށް ޕެރިސް ސެއިންޓް-ޖާމަން (ޕީއެސްޖީ) އާއި އެސްޓަން ވިލާ ބުދަ ދުވަހު އޮސްޓްރިއާގެ ސާލްޒްބާގްގައި ބައްދަލުކުރާނެއެވެ. މިއީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕީއެސްޖީ އާއި ޔޫރޯޕާ ލީގު ކާމިޔާބުކުރި އެސްޓަން ވިލާގެ މެދުގައި ކުޅެވޭ ޔޫއީއެފްއޭ ސުޕަ ކަޕް މެޗެވެ. މި މެޗުގެ ރެފްރީކަން ކުރުމަށް ހަމަޖެހިފައިވަނީ ސޯމާލިއާގެ ރެފްރީ އުމަރު އާރްތަންއެވެ. އާރްތަން ވަނީ ޓެރަރިސްޓް ޖަމާއަތްތަކާ […] އަޙްމަދު ވަހީދު · 2 މަސް ކުރިން
ތިލަދުންމަތީ ޚަބަރު އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ޕްލެޓްފޯމެއް ގާއިމުކުރުމަށް ހަނިމާދޫގައި މަހާސިންތާ ބޭއްވުމަށް ހުށަހަޅައިފި އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް، ހުރިހާ ރަށެއްގެ ޚިޔާލު ހޯދައި ރަނގަޅު ޕްލެޓްފޯމެއް އެކުލަވާލުމަށް ހަނިމާދޫގައި މަހާސިންތާ ބޭއްވުމަށް އެރަށު ކައުންސިލުން ފެމިލީ އެންޑް ވެލްފެއަރ މިނިސްޓްރީގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ހުށަހަޅައިފިއެވެ. މި ހުށަހެޅުން ހުށަހަޅާފައި ވަނީ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މިނިސްޓްރީއާއި ކައުންސިލްތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާ ކުރުމަށް ބާއްވާ ސިލްސިލާ ބައްދަލްވުންތަކުގެ ތެރެއިން... ސަލާމާ ޢަބްދުލް ޢަލީމް · 2 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ނެއްލައިދޫގައި ގަސްގަހަށްޖެހޭ ބަލިތަކާއި އެ ބަލިތަކުން ސަލާމަތްވާނެ ގޮތްތަކުގެ މައުލޫމާތު ޕްރޮގްރާމެއް ހދ. ނެއްލައިދޫގައި، ގަސްގަހަށްޖެހޭ ބަލިތަކާއި އެ ބަލިތަކުން ސަލާމަތްވާނެ ގޮތްތަކާބެހޭ ގޮތުން ދަނޑުވެރިންނަށް ޢަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ. މިއީ ނެއްލައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ނެއްލައިދޫ ކައުންސިލް އަދި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަަޞީލަތްތަކާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި މަޢުލޫމާތު ދެއްވީ މިނިސްރީގެ ފަރާތުން ހދ.ހަނިމާދޫ ސެންޓަރުން، އެގްރިކަލްޗަރ އޮފިސަރ... ސަލާމާ ޢަބްދުލް ޢަލީމް · 2 މަސް ކުރިން
ކުޅިވަރު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރީގޭޒް ކައިވެނިކޮށްފިއެވެ. 10 އަހަރު ދުވަހުގެ ގުޅުމަކަށްފަހު މި ދެމަފިރިން ކައިވެނިކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. ރޮނާލްޑޯގެ ޕަބްލިކް ރިލޭޝަންސް ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ކައިވެނީގެ ސިވިލް ހަފްލާއަކީ އެ ދެމަފިރިންގެ ފަސް ދަރިންނާއެކު ބޭއްވުނު އާއިލީ އަދި އަމިއްލަ ހަފްލާއެކެވެ. މި ހަފްލާ އޮތީ ޕޯޗުގަލްގެ ވެރިރަށް ލިސްބަން ކައިރީގައި އޮންނަ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ކަސްކާއިސްގައެވެ. ޕޯޗުގަ... ނާޒިމާ އަލީ · 2 މަސް ކުރިން
ބައިނަލްއަގުވާމީ އީރާންދެކެ ބިރުން ކާބޯތަކެތި އުފުލާ ޓްރަކެއްގައި ފިއްލެވިކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފި ފާއިތުވި މަހު ތުރުކީއަށް ކުރެއްވި ދަތުރުފުޅަކަށްފަހު، އެއާ ފޯސް ވަން އިން އެހެން މަތިންދާބޯޓަކަށް އެއާޕޯޓުގެ ކާބޯތަކެތި އުފުލާ ޓްރަކެއް ބޭނުންކުރައްވައިގެން އެހެން މަތިންދާބޯޓަކަށް ބަދަލުވެވަޑައިގަތްކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފިއެވެ. އީރާނުން އަވަހާރަކޮށްލަފާނެކަމުގެ ބިރަށް ތުރުކީގައި ސިއްރު ފްލައިޓަކަށް އެރުމަށް ޓްރަމްޕް ކެޓަރިން ޓްރަކެއްގައި ފިއްލެވިކަމަށް ވޮޝިންޓަން ޕޯސްޓުން އިއްޔެ ވަނީ ރިޕޯޓްކޮށްފައެވެ. އާންމުވެފައިވާ ވީޑިއޯ ފުޓޭޖުން ފެންނަގޮތުގައި ދުވަސްވެފައިވާ އެއާފޯސް ވަން ޖަމްބ... ނާޒިމާ އަލީ · 2 މަސް ކުރިން
ބައިނަލްއަގުވާމީ ގޯލާން ހައިޓްސްއަކީ އިސްރާއީލުގެ ތަނެއްގެ ގޮތުގައި ކޮލަމްބިއާއިން ބަލައިގަތް ދުވަހު ބާރުގަދަ ބިންހެލުމެއް ކޮލަމްބިއާގެ އާ ސަރުކާރުން ގޯލާން ހައިޓްސްއަކީ އިސްރާއީލުގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެން ދުވަހު އެ ގައުމުގެ ހުޅަނގު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ. ކޮލަމްބިއާގެ އާ ރައީސް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާގެ ސަރުކާރުން ގޯލާން ހައިޓްސްއަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތީ 10 އޮގަސްޓް 2026 ގައެވެ. މިއީ ކޮލަމްބިއާއަށް ބާރުގަދަ ބިންހެލުން އައި ދުވަހާ ދިމާވި ނިންމުމެކެވެ. މީޑިއާ […] ނާޒިމާ އަލީ · 2 މަސް ކުރިން
ވިޔަފާރި އައިލެންޑް އެވިއޭޝަނުން ޓްވިން އޮޓާ މަރުކާގެ ދެ ބޯޓު ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)އިން މުޅިން އަލަށް ދެ ޓްވިން އޮޓާ ކްލާސިކް 300-ޖީ މަރުކާގެ ބޯޓު ގަތުމަށްޓަކައި ޑި ހެވިލަންޑް އެއާކްރާފްޓް އޮފް ކެނެޑާ ލިމިޓެޑާއެކު ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ދެ ބޯޓު ގަތުމުގެ ސަބަބުން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން އަދި ފުރޮޅުލީ ބޯޓުތަކުގެ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އައިލެންޑް އެވިއޭޝަނުން ބުނެއެވެ. މި ބަދަލާއެކު އޮޕަރޭޝަނަލް އެފިޝަންސީ ނުވަތ... ޔުމްނާ ޢަލީ · 2 މަސް ކުރިން
ރާއްޖެ މި އަހަރުގެ ދެ ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ހިންގާ މި އަހަރުގެ ދެ ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމަކީ ވޯލްޑް ބޭންކްގެ އެހީގައި، މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިޔުޓާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސް ރިސޯސަސްއިން ހިންގާ ޕްރޮގްރާމެކެވެ. ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި ކުރިއަށްދާ މި ކޯހުގައި ކަނޑުގެ އެކި ދިރުންތައް އާލާކުރުމަ... ފާތިމަތު ސަޙާ · 2 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ޑިޖިޓަލައިޒޭޝަން އެންޑް އޮޓޮމޭޝަން ވޯކްޝޮޕެއް ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް އަމާޒުކޮށްގެން “ޑިޖިޓަލައިޒޭޝަން އެންޑް އޮޓޮމޭޝަން ވޯރކްޝޮޕް 2026” ގެ ނަމުގައި ވޯރކްޝޮޕެއް އިއްޔެ ބާއްވައިފިއެވެ. މިއީ އެ ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް، އޮޓޮމޭޓްކޮށް، ކަރުދާހާއި ނުލާ މަސައްކަތްކުރާ އިދާރާއަކަށް ހެދުމަށް އެކުލަވާލާފައިވާ ޑިޖިޓަލައިޒޭޝަން އެޖެންޑާގެ ތެރެއިން ހިންގާފައިވާ ވޯކްޝޮޕެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ވޯކްޝޮޕްގައި އެ ކައުންސިލްގެ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ އިދާރީ މުވައ... ފާތިމަތު ސަޙާ · 2 މަސް ކުރިން
ބައިނަލްއަގުވާމީ ފަލަސްތީނުގެ ކޮންވޯއީގައި ބައިވެރިވި ފަރަންސޭސި އެކްޓިވިސްޓް ސެބަސްޓިއަން އިސްލާމްވެއްޖެ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމަށް ފްރާންސުން ފެށި “ޕަލެސްޓައިން ކޮންވޯއީ” ގައި ބައިވެރިވި ފަރަންސޭސިވިލާތުގެ އެކްޓިވިސްޓެއް ކަމަށްވާ ސެބަސްޓިއަން މިޝެލޮޓް އިސްލާމްދީން ގަބޫލުކޮށްފިއެވެ. އިސްލާމްވުމަށްފަހު އޭނާ މިހާރު ވަނީ އޭނާގެ ނަން ޔޫސުފް ސަލާހުއްދީން ގެ ނަމަށް ބަދަލުކޮށްފައެވެ. ބޮސްނިއާ އެންޑް ހެރްޒެގޮވީނާއިން ފެށިގެން ތުރުކީ މަގުން ހުޅަނގު އައްސޭރިއަށާއި އުރުދުންއަށް ދަތުރުކުރާ މި އެއްގަމު ކޮންވޯއީ ތުރުކީއަށް ފޯރުމާއެކު، ސެބަސްޓިއަން ވަނީ އޭނާ އިސްލާމްވިކަން ރަސްމީކޮށް އިއުލާންކޮށްފައ... ނާޒިމާ އަލީ · 2 މަސް ކުރިން
ވިޔަފާރި އިންވެސްޓަރުންނަށް އޮޅުވާލަން ސީއެމްޑީއޭގެ ނަމުގައި ފޭކް ޕޭޖެއް ހިންގަނީ: ސަމާލުވުމަށް އިލްތިމާސްކޮށްފި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ނަމާއި ނިޝާން (ލޯގޯ) އަދި އެ އޮތޯރިޓީން ހުއްދަދީފައިވާ މުއައްސަސާތަކުގެ ބްރޭންޑިންގ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ފޭސްބުކްގައި ހިންގަމުންދާ ފޭކް ޕޭޖަކަށް ސަމާލުވުމަށް އިންވެސްޓަރުންނާއި އާންމު ރައްޔިތުންނަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ. ސީއެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ފޭސްބުކް ޕޭޖަކީ އެ އޮތޯރިޓީގެ ރަސްމީ ޕޭޖެއް ނޫން ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ސީއެމްޑީއޭ އިން ހަދާފައިވާ، ހ... އިބްރާހިމް އަސްވާޤް · 2 މަސް ކުރިން