ބައިނަލްއަގުވާމީ އިރާގުގެ ސަރަހައްދު އަވައްޓެރި ގައުމުތަކަށް ހަމަލާދިނުމަށް ބޭނުންކުރުން ހުއްޓުވާނަން: ބޮޑުވަޒީރު އިރާގުގެ ބިމާއި ވައިގެ ސަރަހައްދު އަވައްޓެރި އެއްވެސް ގައުމަކަށް ހަމަލާދިނުމުގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު އަލީ އަލްޒައިދީ ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު އަލްޒައިދީ މިހެން ވިދާޅުވީ އިރާގުގެ އެއާ ډިފެންސް ކޮމާންޑް އޮޕަރޭޝަންސް ސެންޓަރަށް ކުރެއްވި ޒިއާރަތެއްގައެވެ. އިރާގުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު އަލްޒައިދީ ވަނީ އިރާގުގެ ސިޔާދަތާއި ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާ... ނާޒިމާ އަލީ · 2 މަސް ކުރިން
ރާއްޖެ ޑޮލަރާއި ގުޅުވައިގެން ''ދޮގު ވާހަކަތައް'' ދެއްކުމުން ބްލެކްމާކެޓަށް ހިތްވަރުލިބި އިގްތިސޯދަށް ނުރައްކާވޭ: ސައީދު ޑޮލަރާއި ގުޅުވައިގެން ”ދޮގު ވާހަކަތައް ދެއްކުމުން” މާކެޓްގައި ނުތަނަވަސްކަން އުފައްދައި، ބްލެކް މާކެޓަށް އިތުރަށް ހިތްވަރުލިބި ވިޔަފާރިވެރިންނަށާއި ރާއްޖޭގެ އިގްތިސޯދަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށް އިގްތިސޯދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މީސްމީޑިއާއަށް ދޫކޮށްލެއްވި ވީޑިއޯ މެސެޖެއްގައި ސައީދު ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ޑޮލަރާއި ގުޅުވައި ދޮގު ވާހަކަތައް ދައްކަމުން އަންނަކަމަށެވެ. އަދި އެވާހަކަތައް ދައްކާ މައިގަނޑު މަގްސަދަކީ މުޒާހަރާއަށް މީހުން ޖަމާކުރުން ކަމަށ... އަލީ އާދިލް · 2 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ފަޚުރުވެރި އުތީމު ގަނޑުވަރު ބަލައިލަން ޒިޔާރަތެއް، އެނގެން މުހިންމު ކަންކަން ދިވެހި ރާއްޖޭގެ މިނިވަންކަމުގެ މޭސްތިރިޔާ، އައްސުލްޠާން މުޙައްމަދު ތަކުރުފާނު އުޅުއްވި ބިނާއަށް ވަނުމަކީ ކޮންމެ ދިވެއްސެއްގެ ހިތުގައި ވެސް ފަޚުރުވެރިކަމުގެ އިޙްސާސްތައް އުފެދޭނެ ކަމެއްކަން ގައިމެވެ. ގަނޑުވަރުގެ އެތެރޭގެ ހަމަހިމޭންކަމާއި، އެ ތަނުގެ މާތްކަން ހިތަށް ވަނުމުން ކުރެވޭނީ އިޙްތިރާމްގެ އިޙްސާސެކެވެ. ގަނޑުވަރުގެ އެތެރޭގެ ފަރުމާއާއި އަތްތެރި މަސައްކަތްތައް ބަލައިލުމުން އެތައް އަހަރެއް ކުރީގެ ދިވެހިންގެ ވައްޓަފާޅި ހިތަށް ތަޞައްވުރު ކުރެވޭނެއެވެ. އަދި ގަނޑުވަރުގެ އެތެރޭގެ އަޖައިބު ކުރަނިވި ކ... ސަލާމާ ޢަބްދުލް ޢަލީމް · 2 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ހޭންޑްބޯޅަ މުބާރާތް ސެޕްޓެމްބަރު ހަތަރެއްގައި، ބައިވެރިވާން ހުޅުވާލައިފި ހއ. ދިއްދޫ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ދިއްދޫގެ އަންހެން ބޭފުޅުންނަށް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ “ހއ.ދިއްދޫ ހޭންޑްބޯޅަ މުބާރާތް 2026” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ހަމައެކަނި ދިއްދޫގެ ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިފައިވާ މި މުބާރާތުގެ މަޤްޞަދަކީ ދިއްދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހި ކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމެވެ. މި މުބާރާތަށް... ފާތިމަތު ސަޙާ · 2 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ''ޕޮޒިޓިވް ޕޭރެންޓިން ސެޝަން'' އެއް، ބައިވެރިވާން ހުޅުވާލައިފި ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގުޅިގެން ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ބޭއްވުމަށް ހަމަޖެހިފައިވާ “ޕޮޒިޓިވް ޕޭރެންޓިން ސެޝަން” ގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ( ކޭ.އާރް.އެޗް ) އިން ހުޅުވާލައިފިއެވެ. ޕޮޒިޓިވް ޕޭރެންޓިން ސެޝަންގައި ބައިވެރިވުމަށް ނަންނޯޓު ކުރުމަށް އެ ހޮސްޕިޓަލުގެ ނަމްބަރު 6528864 އަށް މިއަދުގެ 15:00 އިން ފެށިގެން ގުޅުއްވާ ނުވަތަ އެ ހޮސްޕިޓަލްގެ ވެބްސައިޓް www.krh.gov.mv ގެ ޕޭޝަންޓް ޕޯރޓ... ފާތިމަތު ސަޙާ · 2 މަސް ކުރިން
ބައިނަލްއަގުވާމީ ހުޅަނގުގެ ގައުމުތަކަށް އިސްރާއީލް ހިންގާ ޖަރީމާތަކެއް ނުފެނޭ، ދުނިޔެއަށް އިންސާނީ ހައްގު ކިޔައިދިނުން ހުއްޓާލަންޖެހޭ: އީރާން އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ބެހޭގޮތުން ދުނިޔެއަށް ނަސޭހަތްދިނުން ފްރާންސް ފަދަ ހުޅަނގުގެ ޤައުމުތަކުން ހުއްޓާލަންޖެހޭ ކަމަށް އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އިރާނުގެ ދާޚިލީ ކަންކަމާ މެދު ހުޅަނގުގެ ޤައުމުތަކުން ފާޑުކިޔަމުންދާއިރު، ޣައްޒާގައި ނަސްލު ނައްތާލައި، އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކަށް އެ ފަރާތްތަކުން ފިޔަވަޅުު ނާޅާކަމަށް ވިދާޅުވަމުންނެވެ. އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައ... ނާޒިމާ އަލީ · 2 މަސް ކުރިން
ކުޅިވަރު އެސްޓަން ވިލާ ބަލިކޮށް ޕީއެސްޖީން ޔޫއީއެފްއޭ ސުޕަ ކަޕް ދިފާއުކޮށްފި ޔޫރަޕުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޔޫއީއެފްއޭ ސުޕަ ކަޕް މެޗުގައި 2-1 އިން އެސްޓަން ވިލާ ބަލިކޮށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ޖެހިޖެހިގެން ދެވަނަ އަހަރަކު މި މުބާރާތުގެ ތަށި އުފުލާލައިފިއެވެ. އޮސްޓްރިއާގެ ސާލްޒްބާގްގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ ދެވަނަ ހާފުގައި ދެސިރޭ ދުއޭ ޖެހި ލަނޑުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ކްވިޗާ ކްވަރާތުސްކޭލިއާގެ ފުރިހަމަ ލަނޑުން ޕީއެސްޖީން ކުރިހޯދާފައިވަނިކޮށް، އެސްޓަން ވިލާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އުމުރުން […] އަޙްމަދު ވަހީދު · 2 މަސް ކުރިން
ބައިނަލްއަގުވާމީ 80 އިންސައްތައަށްވުރެ ގިނަ ވޯޓާއެކު އިލްހާން އުމަރު ޕްރައިމަރީ ކާމިޔާބު ކުރަށްވައިފި އެމެރިކާގެ މިނެސޯޓާ ނެގުމުގެ 5 ވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓްގެ ޑިމޮކްރެޓިކް ޕްރައިމަރީ، އެ ދާއިރާގެ ގޮނޑި މިހާރުވެސް ފުރައްވަމުން ގެންދަވާ އިލްހާން އުމަރު ކާމިޔާބު ކުރައްވައިފިއެވެ. މި އިންތިޚާބު އިލްހާން ކާމިޔާބު ކުރައްވާފައިވާ ކަން އެމެރިކާގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ސީބީއެސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިނިއާޕޮލިސް ހިމެނޭ މި ދާއިރާއިން ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާ އިލްހާން ވަނީ ވާދަވެރި އެހެން ކެންޑިޑޭޓުންނާ ވާދަކުރައްވައި ވޯޓުގެ 80 އިންސައްތައަށްވުރެ ގިނަ... ނާޒިމާ އަލީ · 2 މަސް ކުރިން
ތިލަދުންމަތީ ޚަބަރު އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ހދ.އަތޮޅުގެ މެޗުތައް މާދަމާ ފަށަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، “އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅުގެ މެޗުތައް މާދަމާ ފަށާނެއެވެ. މި މުބާރާތުގެ ހދ. އަތޮޅުގެ މެޗުތައް ހޯސްޓްކުރާ ރަށަކީ ނޮޅިވަރަންފަރެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ ހދ. އަތޮޅުގެ ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ހޯސްޓްކުރާ ރަށް ނޮޅިވަރަންފަރު، ހަނިމާދޫ އަދި ކުމުންދޫއެވެ. ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ މިވަގުތު ފުޓްސަލް ރަސްގެފާނ... ޔުމްނާ ޢަލީ · 2 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ކޭއާރުއެޗުގައި ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓުކުރުމަށް ހުޅުވާލައިފި ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގުޅިގެން ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހެލްތު ޓްރިޕްގެ ތެރެއިން ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން އެ ހޮސްޕިޓަލުގެ ނަންބަރު 6528864 އަށް ގުޅައިގެން ނުވަތަ އެ ހޮސްޕިޓަލުގެ ވެބްސައިޓް www.krh.gov.mv ގެ ޕޭޝަންޓް ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރެވޭނެއެވެ. މި މަލ... ޔުމްނާ ޢަލީ · 2 މަސް ކުރިން
ވިޔަފާރި އުރީދޫ ނޭޝަންއާ ގުޅިގެން ބާއްވާ ޕީއެމްއެންސީ މޯލްޑިވްސް ފޯލް ނޭޝަނަލް ފައިނަލްސްގައި 16 ޓީމެއް އުރީދޫ ނޭޝަން މުބާރާތުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ބައިވެރިވާ ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) މޯލްޑިވްސް ފޯލް ނޭޝަނަލް ފައިނަލްސްގައި ރާއްޖޭގެ އެންމެ މޮޅު 16 ޓީމު ވާދަކުރުމަށް ތައްޔާރުވެއްޖެއެވެ. ރާއްޖޭގައި އީ-ސްޕޯޓްސްގެ މާހައުލު ކުރިއަރުވައި، ހުނަރުވެރި ދިވެހި ގޭމަރުންނަށް ޤައުމީ ފެންވަރުގެ މުބާރާތްތަކުން ފެށިގެން ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށް އުރީދޫ ނޭޝަނުން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާ... އިބްރާހިމް އަސްވާޤް · 2 މަސް ކުރިން
ބައިނަލްއަގުވާމީ އެމެރިކާއިން އީރާނަށް ނިއުކްލިއާ ބޮމެއް އަޅައިފިނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިފާނަން: އައިއާރުޖީސީ އެމެރިކާއިން އީރާނާ ދެކޮޅަށް ނިއުކްލިއާ ބޮމެއް ބޭނުންކޮށްފިނަމަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތައް އީރާނުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިންޒާރު ދީފިއެވެ. މި އިންޒާރާއެކު އައިއާރުޖީސީން ވަނީ މިއަދުގެ މަޝްރަހަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރާ މުޅިން ތަފާތު މަޝްރަހެއްކަން ފާހަގަކޮށްފައެވެ. އައިއާރުޖީސީގެ ބަޔާނުގައި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރާއި މިހާރުގެ އަސްކަރީ އުސޫލުތަކުގެ... ނާޒިމާ އަލީ · 2 މަސް ކުރިން
ރާއްޖެ މުދަލުގެ އަގުތަކާ ބެހޭ މަޢުލޫމާތު ލިބޭ އަގުމަގު ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ފިހާރަތަކަށް ކަސްޓަމަރުންނަށް މުދަލުގެ އަގުތަކާ ބެހޭ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހަދާފައިވާ “އަގުމަގު” ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ފިހާރަތަކަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި، މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ހާސް ކަސްޓަމަރުންނަކަށް، ފިހާރަތަކުގައި ހުރި މުދަލުގެ އަގުތަކާ ބެ... ޔުމްނާ ޢަލީ · 2 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ޕޯޓުން ހަފްތާއެއްގެ ތެރޭގައި 35 ހާހަށްވުރެ ގިނަ ކާގޯ ޕެކޭޖް ކްލިއަރ ކޮއްފި ހދ. ކުޅުދުއްފުށީ ޕޯޓުން ހަފްތާއެއްގެ ތެރޭގައި 35 ހާހަށް ވުރެ ގިނަ ކާގޯ ޕެކޭޖް ކްލިއަރ ކޮއްފައިވާކަމަށް އެ ކުންފުނިން ނެރުނު “ވީކްލީ ސްޓެޓިސްޓިކްސް” ގައި ބުނެފިއެވެ. ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް (ކޭޕީއެލް)ގެ މި ރިޕޯޓުގައި ބުނާ ގޮތުން އޯގަސްޓް 2 އިން 8 އަށް ހިނގި ހަފުތާގައި އުތުރުގެ ޕޯޓުން ވަނީ 9،592 ޕެކޭޖުގެ ޖެނެރަލް ކާގޯ، 23،628 ޕެކޭޖުގެ ސްޕެއާ ޕާޓްސް އަދި 2834 ކާޓަން ޑްރިންކްސްގެ އިތުރުން 254 މޮޓޯސައިކަލާއި 1 ހެވީ ވެހިކަލް ކްލިއާ […] ފާތިމަތު ސަޙާ · 2 މަސް ކުރިން
ރާއްޖެ ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީ 26.5 ބިލިއަން ރުފިޔާއަށް، އާމްދަނީ 9.3 އިންސައްތަ މައްޗަށް މިއަހަރުގެ އޯގަސްޓް 06 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައި، އާމްދަނީ 9.3 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 24.2 ބިލިއަން ރުފިޔާއެވެ. އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބ... ޔުމްނާ ޢަލީ · 2 މަސް ކުރިން