ފިއްލަދޫ އަންހެނުންގެ ކޮމެޓީގެ މަދަހަ މުބާރާތް އަންނަ މަހު، ބައިވެރިވާން ހުޅުވާލައިފި
ހއ. ފިއްލަދޫގެ “އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަދަޙަ މުބާރާތް 2026″ގައި ބައިވެރިވުމަށް، ފުރުޞަތު ހުޅުވާލައިފިއެވެ. ފިއްލަދޫ ކައުންސިލްއިން ހާމަކުރާ ގޮތުގައި އަންހެނުންގެ ކޮމިޓީން އިންތިޒާމްކުރާ މި މުބާރާތް އަމާޒުކޮއްފައިވަނީ، އެ ރަށުގެ 13 އަހަރުންމަތީގެ ހުރިހާ ރައްޔިތުންނަށެވެ. ފިއްލަދޫގެ ރައްވެއްސަކަށްވުން ނުވަތަ އެ ރަށުގައި ދިރިއުޅޭމީހަކަށް ވުމުގެ އިތުރުން، 13 އަހަރުންމަތީގެ ދިވެހި ރައްޔިތަކަށްވުމީ މި މުބާރާތުގެ މައިގަނޑު ތިން ޝަރުުޠެވެ. މި މުބާރާތުގެ މަަޤްޞަދަކީ މުޖްތަމަޢު...