ތިލަދުންމަތީ ޚަބަރު ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި ހދ. ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައިދެއްވައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދާނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަސައްކަތް ފެއްޓުމަށް ހަނިމާދޫގައި ބޭއްވިރަސްމިއްޔާތުގައި ރައީސްގެ އިތުރުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފޮރިން މިނިސްޓަރު އަބްދު ޝާހިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމު އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ. މި މަ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދެ ދުވަހުގެ ތެރޭގައި އާޒިމް ތިލަދުންމަތީގެ 5 ރަށެއްގެ ޕްރޮޖެކްޓުތައް ބައްލަވާލައްވައިފި ފާއިތުވި ދެ ދުވަހުގެ ތެރޭގައި ތިލަދުންމަތީގެ ފަސް ރަށެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ ޕްރޮޖެކްޓުތައް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ. ތިލަދުންމަތީގެ ޕްރޮޖެކްޓުތައް ހިނގާ ގޮތް ބެއްލެވުމަށް އާޒިމް ކުރެއްވި ދަތުރުފުޅުގައި ފަސް ރަށެއްގެ 10 ޕްރޮޖެކްޓެއްގެ މަސައްކަތް ވަނީ ބައްލަވާލައްވައިފިއެވެ. އެއީ ހއ. ދިއްދޫ އާއި ހއ. ހޯރަފުއްޓާއި ހއ. އިހަވަންދޫ އާއި ހދ. ކުޅުދުއްފުށި އަދި ހދ. ހަނިމާދޫގައި ކުރިއަށްދާ ޕްރޮޖެކްޓުތަކެވެ. މި... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދާގޮތް އާޒިމް ބައްލަވާލައްވައިފި ހއ. ދިއްދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ކޮނުމަށް ފަހު ބިންގަނޑު އެއްވަރު ކުރުމަށް ވެލި ބޭނުންކުރާނެއެވެ. އަދި ރަށް ގިރުމުން ސަލާމަތްކުރުމަށްޓަކާ 310 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމުގެ މަސައްކަތްވެސް ކުރާނެއެވެ. އެމްޓީސީސީން ބުނީ މިހާތަނަށް މި މަޝްރޫއުގެ 59 އ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނެއްލައިދޫ ބަނދަރުގެ މަޝްރޫއު ކުރިއަށްދާގޮތް އާޒިމް ބައްލަވާލައްވައިފި ހދ. ނެއްލައިދޫ ބަނދަރުގެ މަޝްރޫއު ކުރިއަށްދާގޮތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމްބައްލަވާލައްވައިފިއެވެ. އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މިއީ 50.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. CEO @adamazim inspects the progress of Hdh. Nehlaidhoo Habor Project. #MTCCProjects pic.twitter.com/IBiaCrD8O3 — MTCC Plc (@MTCCPlc) July 16, 2021 މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތީ ހަނިމާދޫ ބޭރުތޮށިލުމުގެ މަސައްކަތް ފަށައިފި ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް ފަށާފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ އެ މަސައްކަތް ފެށީ އިއްޔެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އާ ހާބަރު ބޭސިން ފުކުރުމުގެ 99 އިންސައްތަ މަސައްކަތް މިހާރު ނިމިފައި ވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އެ މަޝްރޫއުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ހިންނަވަރު ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަ މުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށާފައި ވާކަމަށް މޯލްޑިވްސްޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތް ފަށާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ ސަރަހައްދެއްގައިއެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ގއ. ވިލިނގިލި ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ގއ. ވިލިނގިލި ބަނދަރު ފުންކުރުމުގެ މަޝްރޫއުގެ 70 އިންސައްތަ މަަަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހާބަރ ބޭސިން ފުން ކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތުގެ 82 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 71،519 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތީ އިހަވަންދޫ ބަނދަރުގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެ ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 53 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގެ އެއްގަމު ތޮށި ލުން ހިމެނެއެވެ. މީގެއިތުރުން 284 މީޓަރުގެސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 17... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފީވަކުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ފަށައިފި ށ. ފީވަށް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތް ފެށީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކޮށް، ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، ކޮނުމަށްފަހު ބިންގަނޑުއެއްވަރުކުރަން 4511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 460.29 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމުގެ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ޅައިމަގު ބަނދަރުގެ ހާބަ ބޭސިންގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަރު ބޭސިން ފުންކުރުމުގެ 88 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް މޯލްޑިވްސްޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެސަރަޙައްދެއްގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,380 އަކަ މީޓަރުގެ ސަރަހައ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ހަންޏާމީދޫ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ފަށައިފި އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) ފަށައިފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ދޯނި އެހެލާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން 6,363.1 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 204 މީޓަރުގެ ބޭރު ތޮއްށި ލުމާއި 266 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތްކުރާނެއެވެ. އަދި 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ފޯކައިދޫ ބަނދަރުގެ ހާބާ ބޭސިންގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހާބާ ބޭސިން ފުންކުރުމުގެ 86 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑްކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން 39،995 ކިއުބިކް މީޓަރުގެ އައު ހާބާ ބޭސިން ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ބޭނުންކުރަމުންދާ ހާބާ ބޭސިންފުންކުރުމާއި، 4000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަހަ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ވާރޑް އިމާރާތުގެ ސީލިންގެމަސައްކަތް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ލެބޯޓްރީއަކާއި ވާރޑް އިމާރާތެއްގެ އިތުރުން އޯ.ޕީ.ޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެއެވެ. ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިއްޖެ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ދުވާފަރުގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ފަށައިފި ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ފަށައިފިއެވެ. މި މަޝްރޫއުގެ ދަށުން 4,960 އަކަ މީޓަރުގެ ސަރަހައްދެއްގައި ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި 17,790 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި ސާވިސް ލައިން އެޅުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނީއެމްޓީސީސީންނެވ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ވޭވަށު ބަނދަރުގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ މ. ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ހާބަރު ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތްތައް އިއްޔެ ފަށާފައިވާ ކަމަށް ބުންޏެވެ. މި މަޝްރޫއުގެ ދަށުން 66،831 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 350 މީޓަރުގެ ބޭރުތޮށި ލުމާއި 380 މީޓަރުގެ އެއްގަމުތޮށި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން