ވިޔަފާރި 'ވިޒިޓް މޯލްޑިވްސް އަހަރު'ގެ ޚާއްޞަ ހަރަކާތްތަކާއެކު އަމާޒަކީ 2.5 މިލިއަން ފަތުރުވެރިން ކުރިއަށް އޮތް 2027 ވަނަ އަހަރަކީ ‘ވިޒިޓް މޯލްޑިވްސް އަހަރު’ ގެ ގޮތުގައި ކަނޑައަޅައި، އެ އަހަރު ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކާއެކު ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިކަން މިފަދިން ވިދާޅުވީ ވަޒީރު 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ދެއްކެވި ވާހަކައިގައެވެ. ވަޒީރުގެ ވާހަކާގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ޔުމްނާ ޢަލީ · 1 ހަފްތާ ކުރިން
ޚަބަރު ކުޅުދުއްފުށީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެއްޖެ، ރައްކާތެރިވާން އިލްތިމާސްކޮށްފި ހދ. ކުޅުދުއްފުށި ސިޓީގެ ވައިގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެފައިވާތީ ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. އެ ކައުންސިލުން މި ފަދައިން އަންގާފައިވަނީ، ކުޅުދުއްފުށީގެ ވައިގެ ފެންވަރު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ތަޢައްޔަރުވެފައިވާ ވައިގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ސިއްހީ އަސަރުތަކުން ރައްކާތެރިވުމުގެ ގޮތ ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން · 2 މިނިޓު
މަޖިލިސް މަޝްރޫއުތަކުގެ 70 ޕަސެންޓް ނިންމުމުގެ އަމާޒާ އެކު 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ދައުލަތުން މިހާރު ހަވާލުކޮށްފައިވާ އަދި ހިނގަމުންދާ މަޝްރޫޢުތަކުގެ 70 އިންސައްތަ މަސައްކަތް ނިންމުމުގެ އަމާޒާ އެކު، އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބަޖެޓު މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވައިދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރެވެ. އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ މުޅި ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރުލައްކަ ސާޅީސްހާސް ހަތްސަތ ޔުމްނާ ޢަލީ · 1 ހަފްތާ ކުރިން
ރާއްޖެ ރާއްޖޭގައި އިންޓަޕޯލްގެ ބޮޑު އޮޕަރޭޝަނެއް، 200 އަށް ވުރެ ގިނަ ބިދޭސީން ޗެކްކޮށް ހަތް މީހަކު ހިފަހައްޓައިފި އިންޓަޕޯލްއިން ސަރަހައްދީ ފެންވަރުގައި ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކެއްގައި 200 އަށް ވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށް، އޭގެ ތެރެއިން ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ، މިއީ އިންޓަޕޯލްއިން މި އޮކްޓޫބަރު މަހު ސަރަހައްދީ ފެންވަރުގައި ކުރިއަށްގެންދާ “އޮޕަރޭޝަން ސްޓޯމް މޭކަރ 4” ގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތްތަކެއް ކަމަށެވެ. މި އޮޕަރޭޝަނަކީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ މަގު ޔުމްނާ ޢަލީ · 1 ހަފްތާ ކުރިން
ހަނގުރާމަ އީރާނުން ހޮރުމުޒް ސަރަހައްދުން އެމެރިކާ ޑްރޯނެއް ގޮއްވާލައިފި ހޮރުމުޒް ކަނޑުއޮޅީގެ އިރުމަތީ ސަރަހައްދުން ދަތުރުކުރި އެމެރިކާގައި އުފައްދާފައިވާ އެމްކިއު-1 މަރުކާގެ ޑްރޯނެއް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހުއްޓުވައި ގޮއްވާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އައިއާރްޖީސީއާ ހަވާލާދީ އީރާނުގެ ސެމީ-އޮފިޝަލް ނޫސް އެޖެންސީ “އިސްނާ” އިން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައެވެ. އިސްނާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހޮރުމުޒް ކަނޑުއޮޅީގެ އިރުމަތިން، އީރާނުގެ ސިރީކް އައްސޭރިފަށާ ދިމާލު ވައިގެ ސަރަހައްދުގައ ނާޒިމާ އަލީ · 1 ހަފްތާ ކުރިން · 1 މިނިޓު
ރާއްޖެ ''އަޅުގަނޑަށްވުރެ ބޮޑަށް ޒަޔަނިޒަމާ ދެކޮޅު ރައީސަކު ނެތް، އިޒްރޭލުގެ ޕާސްޕޯޓް ބޭންކުރަން ކެރުނު ވެރިއަކު ވެސް ކުރިންނެތް'' ޒަޔަނިޒަމާ އެމަނިކުފާނު ދެކޮޅު ކަމަށާއި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ދިވެހިރާއްޖޭގައި ތިބުމުގެ އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރަސްމާލޭގައި ހިންގާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ޕްރޮޕަޓީތަކަކީ އިސްރާއީލުގެ ރައްޔިތުންނަށްވެސް ރާއްޖޭގައި ތިބެވޭނެ މަގު ފަހިކުރާ މަޝްރޫޢެއްގެ ގޮތުގައި ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވަމުންނެވެ. ދައުލަތުގެ މީޑިއާއިން ގެނެސްދޭ ސިލްސިލާ ޕްރޮގްރާމް “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ވާހަ އަލީ އާދިލް · 1 ހަފްތާ ކުރިން
ރާއްޖެ ރަސްމާލެ ފަދަ މަޝްރޫޢުތައް ކުރިއަށްގެންދާއިރު 8 ކަމެއް ކަށަވަރުކުރަން ސަލަފްގެ އިލްތިމާސެއް ރަސްމާލެ މަޝްރޫޢާއި ބޭރުގެ އެފަދަ ބޮޑެތި މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު އަށް ކަމަކަށް ރިޢާޔަތްކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް މިއަދު އިލްތިމާސްކޮށްފިއެވެ. އެ ޖަމްޢިއްޔާއިން މިކަމަށް އެދުނީ މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ ގުޅޭ ޤާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް އެކަށައެޅުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކެއް ބަޔާންކޮށް ނެރުނު އިލްތިމާސެއްގައެވެ. ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް މިފަދަ އިލްތިމާސެއް މި ކުރީ، ސަރުކާރުން އިޢުލާންކޮށްފައިވާ ރަސްމާލެ މ ޔުމްނާ ޢަލީ · 1 ހަފްތާ ކުރިން
ކުޅިވަރު ޑްރާމާ އިން ފުރިގެންވި ޕެނަލްޓީތަކުން ޗެލްސީ ބަލިކޮށް، ލިވަޕޫލް ލީގު ކަޕްގެ ކުއާޓާ އަށް އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ގެ ބުރުގައި ބުދަ ދުވަހުގެ ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު، ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޑްރާމާ އިން ފުރިގެންވި ޕެނަލްޓީ ޝޫޓްއައުޓުން 6-5 އިން މޮޅުވެ ލިވަޕޫލުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ކުޑައިރުގެ ދެ އެކުވެރިން ކަމަށްވާ ލިވަޕޫލްގެ ކޯޗު އަންޑޯނީ އިރައޯލާ އާއި ޗެލްސީގެ ކޯޗު ޒަބީ އަލޮންސޯގެ ކުރިމަތިލުމުގައި، އެންފީލްޑްގައި ކުޅުނު މި މެޗުން […] އަޙްމަދު ވަހީދު · 1 ހަފްތާ ކުރިން
ރާއްޖެ ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑުން ބަރަހަނާ މަންޒަރެއް ދެއްކި މައްސަލައެއް ބަލަނީ ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑުން ބަރަހަނާ މަންޒަރެއް ފެންނަ ފޮޓޯއެއް ދެއްކި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށް، އެ މައްސަލަ ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ މި މައްސަލަ ފެންމަތިވެފައިވަނީ ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގައި ކަމަށެވެ. އެ ފިހާރައިގެ ބިލްބޯޑެއްގައި ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އަޅުވާފައި ހުރި ކަމުގެ މައުލޫމާތު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޮކްޓޫބަރު 29 ވަނަ ދުވަހުގެ ރޭ ދަންވަރު 03:23 އެހައިކަންހާއިރު […] ޔުމްނާ ޢަލީ · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު އެހީ ޖަމިއްޔާގެ އެހީ ނޮޅިވަރަންފަރު ކައުންސިލަށް ވިއްސާރަވެ ފެންބޮޑުވާ ހާލަތްތަކުގައި ބޭނުންކުރުމަށްޓަކައި އެހީ ޖަމުޢިއްޔާގެ ފަރާތުން ހދ. ނޮޅިވަރަންފަރު ކައުންސިލަށް 4 އިންޗީގެ ޕެޓްރޯލް ޕަންޕަކާއި ހޮޅި ހަދިޔާކޮށްފިއެވެ. މި އެހީއާ ގުޅިގެން ނޮޅިވަރަންފަރު ކައުންސިލުން ވަނީ އެ ޖަމުޢިއްޔާގެ އެންމެހައި މެންބަރުންނަށް ކައުންސިލާއި ރަށުގެ ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. ކައުންސިލުން ހާމަކުރި ގޮތުގައި ރަށުގެ ލާބައާއި މަންފާއަށް އެހީ ޖަމުޢިއްޔާއިން ވެދެއްވި މި ދީލަތި އެހީތެރިކަމަކީ ނުހަނު ބޭނުންތެރި އަދި ޝުކުރުވެރިކަމާ ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ސައިބަރ ސެކިއުރިޓީ މަސް: ހއ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ފުލުހުންގެ ބޮޑު ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ސައިބަރ ސެކިއުރިޓީ މަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރެވިފައިވާ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ކެމްޕޭނުގެ ދަށުން ހއ. އަތޮޅުގެ އެކި ރަށްރަށުގައި ފުލުހުން ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގައިފިއެވެ. އޮކްޓޫބަރު މަހުގެ 18 އިން 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ސައިބާ ސެކިއުރިޓީއަށް އާންމުންނާއި އެކި ދާއިރާތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމެވެ. ހއ. އަތޮޅު ޕޮލިހުން ބުނީ، މި ކެމްޕޭނުގެ ތެރެއިން ހއ. އިހަ ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން
ޚަބަރު އީރާނުން އިސްކުރަނީ ސުލްހަ، ހަނގުރާމަ އަށް ނުދިޔުމަށް އައު ހުށަހެޅުމެއް އެމެރިކާއާއެކު ވެވޭ އެއްބަސްވުމެއް ތަންފީޒުކުރުމަށް ހުށަހަޅާފައިވާ މުއްދަތު ހަތް ދުވަހުން ހަތަރު ދުވަހަށް ކުރުކުރުމާއެކު، ސުލްހައިގެ މަގު އަލިކުރުމަށް އީރާނުން އާ ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މިއީ ދެ ފަރާތުގެ ދެމެދުގައި އަލުން އަސްކަރީ ކުރިމަތިލުމެއް ހިނގިޔަ ނުދިނުމުގެ ގޮތުން، ނޮވެމްބަރު ހަތަރެއްގެ ކުރިން ތުރުކީގައި ބައްދަލުވުމެއް ބޭއްވުމަށް މެދުވެރިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އައި ހުށަހެޅުމެކެވެ. ”އަލް އަރަބިއްޔާ އިންގްލިޝް” އިން އެ ނޫހަށް މައުލޫމާތު ދިން މަސްދަރުތަކާއި ހަވާލާދީ ނާޒިމާ އަލީ · 1 ހަފްތާ ކުރިން · 1 މިނިޓު
ޚަބަރު ށ.އަތޮޅު ހޮސްޕިޓަލުގައި ޒުވާން އަންހެނުންނަށް ޚާއްޞަކޮށްގެން ސިއްޙީ ހޭލުންތެރިކަމުގެ ސެޝަނެއް ޒުވާން އަންހެނުންނަށް އަމާޒުކޮށްގެން، ގައިންގަޔަށް ނާރާ ބަލިތަކާއި އުރަމަތީގެ ކެންސަރާ ގުޅޭގޮތުން މަޢުލޫމާތު ދީ ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ސެޝަނެއް ށަވިޔަނި އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ނިންމައިފިއެވެ. ށ.އަތޮޅު ހޮސްޕިޓަލުން ބުނީ މި ސެޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އުމުރުން 35 އަހަރުން ދަށުގެ ޒުވާން އަންހެނުންނަށް ކަމަށެވެ. އެހެންކަމުން، ޚާއްޞަކޮށް 35 އަހަރުން ދަށުގެ ވީހާވެސް ގިނަ އަންހެނުން މި ސިއްޙީ ހޭލުންތެރިކަމުގެ ސެޝަނުގައި ބައިވެރިވުމަށް ށަވިޔަނި އަތޮޅު ހޮސްޕިޓަލ ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން
ބައިނަލްއަގުވާމީ އެމެރިކާގެ ހިމާޔަތް ހޯދުމަށްފަހު ބްރެޒިލްގެ ''ރައީސަކީ'' އޭނާކަމަށް ފްލާވިއޯ އަމިއްލައަށް ޢިއުލާންކޮށްފި ބްރެޒިލްގެ ސުޕްރީމް ކޯޓުން ޕާސްޕޯޓް ހަވާލުކުރަން އަމުރުކޮށްފައި ވަނިކޮށް، ސިއްރިއްޔާތުގައި އެ ގައުމުން ފިލައިގެން އެމެރިކާއަށް ދިއުމަށްފަހު، ބްރެޒިލްގެ އާ ރައީސަކީ އަދި ހައްގުވެރި ވެރިޔަކީ އޭނާ ކަމަށް އެ ގައުމުގެ ކަނާތުފިޔައިގެ ރިޔާސީ ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯ އަމިއްލައަށް އިއުލާންކޮށްފިއެވެ. އާއިލާއާއެކު ފްލާވިއޯ އެމެރިކާގެ މިއާމީއަށް އެތެރެވުމާއެކު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އޭނާއަށާއި އާއިލާއަށް އެމެރިކާގެ ވިސާ ދޭނެކަން ހާމަކޮށްފައެވެ. ނިމިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އ ނާޒިމާ އަލީ · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު މަގުމަތީގައި ހުރި ތަކެއްޗާއި ކާބޯތަކެތި އަޅާ ގަސްތައް ނަގަން ކޮމަންޑޫގައި މުހުލަތެއް ދީފި ށ. ކޮމަންޑޫ މަގުތަކުގައި ހުރި ތަކެއްޗާއި، ކާބޯތަކެތި އަޅާ ގަސްތައް 1 ނޮވެމްބަރު 2026 ގެ ކުރިން ނެގުމަށް އެ ރަށު ކައުންސިލުން ރައްޔިތުންނަށް އިލްތިމާސްކޮށް، އެކަމަށް މުހުލަތެއް ދީފިއެވެ. މިކަމާ ގުޅިގެން ކޮމަންޑޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މަގުގައި ހިނގާ ފަރާތްތަކަށާއި އެއްގަމު އުޅަނދު ދުއްވުމަށް ދަތިވާނެހެން މަގުމައްޗާއި ގޯޅިތަކުގައި ތަކެތި ބަހައްޓާފައި ހުންނަކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މަގުމައްޗާއި ގޯޅިތަކުގައި އެ ފަދައިން ޢަމަލު ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން