ނަފްސާނީ ނޭދެވޭ އަސަރުކޮށްފާނެ: ޓަވަރުން ވެއްޓުނު ކުއްޖާގެ މަންޒަރުތައް ނުފެތުރުމަށް އިލްތިމާސެއް
އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓުނު ހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ. މި ހާދިސާގެ ވީޑިއޯ އިތުރަށް ދައުރުނުކުރުމަށާއި، ސޯޝަލް މީޑިއާގެ ތަފާތު އެކައުންޓްތަކާއި، ޕޭޖުތަކުގެ އިތުރުން ގްރޫޕުތަކުންވެސް މި ވީޑިއޯ ނެގުމަށް އެންމެހާ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ...