ރިޕޯޓް ''ރަޙިމުގެ ގުޅުން ކަނޑައިލުމަކީ ބޮޑު ފާފައެއް، އެފަދަ މީހަކު ސުވަރުގެއަކަށް ނުވަންނާނެ'' ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި، ގާތްތިމާގެކަމުގެ ގުޅުން ނުވަތަ ރަޙިމުގެ ގުޅުން ކަނޑައިލުމަކީ ނުރައްކާތެރި، ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ހަނދާންކޮށްދީ، އެފަދަ މީހަކު ސުވަރުގެއަކަށް ނުވަންނާނެ ކަމަށް ބުނެފިއެވެ. “ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން” މި މައުޟޫޢަށް ޚާއްޞަކޮށްގެން ދިން މި ޚުޠުބާގައި ވަނީ ޢާއިލީ ގުޅުންތައް ދެމެހެއްޓުމާއި، ކުދިން ހެޔޮ ގޮތުގައި ތަރުބިޔަތު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައިފައެވެ. ޚުޠުބާގައި ފާހަގަކުރި ގޮތުގަ ޔުމްނާ ޢަލީ · 6 ދުވަސް ކުރިން · 4 މިނިޓު
ޚަބަރު ބަޖެޓް 2027: ރިކަރަންޓް ޚަރަދު އާމްދަނީން ފޫބައްދައި، ދަރަނި ތިރިކުރުމުގެ ވަރުގަދަ އަމާޒެއް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ރިކަރަންޓް ޚަރަދުތައް ލިބޭ އާމްދަނީން ފޫބައްދައި، ދައުލަތުގެ ދަރަނި ދަށްކުރުމަށް މުހިންމު އަމާޒުތަކެއް ކަނޑައަޅާފައިވާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުންނެވެ. ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ އެކު ޤައުމުގެ މާލީ ހަމަޖެހުން ދެމެހެއްޓުން ކަށަވަރުކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއްކަން ފާ ޔުމްނާ ޢަލީ · 6 ދުވަސް ކުރިން · 3 މިނިޓު
ކުޅިވަރު ވިމެންސް ޗެމްޕިއަންސް ލީގު: ބާސާއިން އަށް ގޯލު ޖެހިއިރު، ސިޓީ އާއި ޕީއެސްޖީ އެއްވަރު އަންހެނުންގެ ޗެމްޕިއަންސް ލީގުގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުތަކުގެ ތެރެއިން، ޑެންމާކުގެ އެޗްބީ ކޯގޭއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރިއިރު، މެންޗެސްޓާ ސިޓީ އާއި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ. އަދި ޔުވެންޓަސް ވަނީ އެ ޓީމު ކުޅުނު މެޗު 4-1 އިން ކާމިޔާބުކޮށްފަ އެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއިން ޑެންމާކުގައި މި ނަތީޖާ ނެރެފައި […] އަޙްމަދު ވަހީދު · 6 ދުވަސް ކުރިން
ތިލަދުންމަތީ ޚަބަރު އުތީމުގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ކާނަލް ނާޡިމްގެ ޢާއިލާއިން އެ ރަށުގައި މިސްކިތެއް ބިނާކޮށްދެނީ ހއ. އުތީމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އާރްސީސީގެ އެއް ވެރިޔާ، ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޡިމްގެ ޢާއިލާގެ ފަރާތުން އަޅުއްވައިދެއްވާ މިސްކިތުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ. މި މިސްކިތަކީ މުޙައްމަދު ނާޡިމްގެ މަންމާފުޅުގެ ނަންފުޅުގައި ބިނާކުރާ މިސްކިތެކެވެ. މި މަޝްރޫޢުގެ ދަށުން ބިނާކުރާ މިސްކިތުގެ ކޮންސެޕްޓް ޑިޒައިން ކޮށްފައިވަނީ އުތީމުގެ ތާރީޚާއި ސަޤާފަތް އަދި ފާތިމަތު ސަޙާ · 6 ދުވަސް ކުރިން
ކުޅިވަރު 15 މިނެޓު ތެރޭ ރޮނާލްޑޯގެ ހެޓްރިކެއް، 985 ވަނަ ލަނޑާއެކު 1،000 ލަނޑުގެ އަމާޒާއި ގާތަށް ސައޫދީ ޕްރޯ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ 15 މިނެޓު ތެރޭގައި ކާމިޔާބުކުރި ހެޓްރިކާއެކު، އަލް ޚުލޫދު އަތުން 5-3 އިން މޮޅުވެ އަލް ނަސްރު މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ. މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑާއެކު ރޮނާލްޑޯގެ ކެރިއަރުގައި ޖެހި ޖުމްލަ ލަނޑުގެ އަދަދު މިހާރު ވަނީ 985 އަށް އަރައި، އޭނާ ހާސިލުކުރަން އަމާޒުހިފާފައިވާ ތާރީޚީ 1،000 ލަނޑުގެ ލަނޑުދަނޑިއާ އިތުރަށް ގާތަށް ޖެހިލާފައެވެ. ޖެހިޖެހިގެން ހަތަރު މެޗުން މޮޅެއް ނުލިބި އޮތް ޑެސް […] އަޙްމަދު ވަހީދު · 6 ދުވަސް ކުރިން
ބައިނަލްއަގުވާމީ އީރާނާއި ދެކޮޅަށް އެޅިދާނެ އަސްކަރީ ފިޔަވަޅުތަކުގެ އައު ޕްލޭން ޓްރަމްޕަށް ކިޔައިދީފި އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން ބޮޑެތި އަސްކަރީ ހަރަކާތްތަކެއް ފެށުމާމެދު ވިސްނަމުންދާ ދަނޑިވަޅެއްގައި، އެ ޤައުމާ ދެކޮޅަށް އެޅިދާނެ އަސްކަރީ ފިޔަވަޅުތަކުގެ އިޚްތިޔާރުތަކާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ވެރިޔާ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި މައުލޫމާތު އަރުވައިފިއެވެ. އެމެރިކާގެ ދަ ވޯލް ސްޓްރީޓް ޖާނަލް ނޫހުން އެމެރިކާގެ އޮފިޝަލުންނާއި އެ ބައްދަލުވުމުގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޑްމ ނާޒިމާ އަލީ · 6 ދުވަސް ކުރިން
ޚަބަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް 136 މިލިއަން، ލޯނުތަކަށް 651 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް 136.3 މިލިއަން ރުފިޔާ އަދި މަތީ ތައުލީމުގެ ލޯނު ފެސިލިޓީތަކަށް 651 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފިއެވެ. މި ތަފްސީލުތައް ހާމަކުރެއްވީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. މަޖިލީހުގައި ބަޖެޓް ބަޔާން އިއްވަވަމުން މިނިސްޓަރު ވިދާޅުވީ، ފާގަތި ގައުމެއް ބިނާކުރުމަށް ބޭނުންވާ ހުނަރާއި އިލްމު ޔުމްނާ ޢަލީ · 6 ދުވަސް ކުރިން · 1 މިނިޓު
ރާއްޖެ ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ، ތުރުކީވިލާތުގެ ރައީސް އުރްދުޣާނަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތަކާއި އިޚްލާޞްތެރި ތަހުނިޔާ އަރިސްކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި މުނާސަބަތަކީ ތުރުކީވިލާތު ޔުމްނާ ޢަލީ · 6 ދުވަސް ކުރިން
ބައިނަލްއަގުވާމީ ވޯޓު ގުނާ ނިމުނުއިރު ނަތަންޔާހޫއަށް ލިބުނީ 53 ގޮނޑި، ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ހަނިވެއްޖެ އިޒްރޭލުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ބަރުލަމާނީ އިންތިޚާބުގެ ވޯޓު ގުނައި ނިމުނުއިރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިއްތިހާދަށް ކާމިޔާބު ކުރެވުނީ 53 ގޮނޑި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއާއެކު 120 މެންބަރުންގެ މައްޗަށް އެކުލެވޭ ކްނެސެޓް (ބަރުލަމާން) ގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 61 ގޮނޑި އެއްވެސް ބަޔަކަށް ހަމަނުވެ، ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އޭނާއަށް މިވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. އިޒްރޭލުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީއާ ހަވާލާދީ އެ ގައުމުގެ ‘ޔައިނެޓް’ ނޫހުން ބުރ ނާޒިމާ އަލީ · 6 ދުވަސް ކުރިން
ތިލަދުންމަތީ ޚަބަރު އެއްބައިވަންތަކަމުގެ ނަމޫނާއެއް، މާއުނގޫދޫ ކޮމިއުނިޓީ ގްރޫޕުން އިސްނަގައިގެން ހެދި ''ބޮޑުމަގު މައިޒާން'' ރަސްމީކޮށް ހުޅުވައިފި ށ. މާއުނގޫދޫގެ އާންމު ރައްޔިތުންނަށް ހިތްފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމުތަކާއެކު، އެ ރަށު “ބޮޑުމަގު މައިޒާން” ރަސްމީކޮށް ހުޅުވައިފިއެވެ. މި މައިޒާނަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން އިސްނަގައިގެން ތަރައްގީކުރި ހިތްގައިމު ތަނެކެވެ. މި މައިޒާނަކީ މާއުނގޫދޫގެ އާންމުންގެ މައްޗަށް އެކުލެވޭ ފަރާތެއް ކަމަށްވާ “ކޮމިއުނިޓީ ގްރޫޕް”ގެ އިސްނެގުމުގެ މަތިން ތަރައްގީކުރި ތަނެކެވެ. މައިޒާނުގެ ޢަމަލީ މަސައްކަތްތައް އެއްކޮށް ނިންމުމަށްފަހު، މިހާރު ވަނީ ފާތިމަތު ސަޙާ · 6 ދުވަސް ކުރިން
ރާއްޖެ ފުޅާދާއިރާއެއްގައި ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުވައްމުލަކާއި ދުވާފަރުން ބަޔަކު ހައްޔަރަށް މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުވައްމުލައް ސިޓީ އާއި ރ. ދުވާފަރުން ބަޔަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. ފުލުހުން ހިންގި މި އޮޕަރޭޝަންތަކުގައި މި ދެ ރަށުން ޖުމްލަ ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ބުނި ގޮތުގައި، ފުވައްމުލައް ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ […] ޔުމްނާ ޢަލީ · 6 ދުވަސް ކުރިން
ރާއްޖެ ސްޕެއިންގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާގެ މެސެޖެއް ސްޕެއިންގެ ދެކުނުބިތުގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްޕެއިންގެ ސަރުކާރަށާއި ރައ ޔުމްނާ ޢަލީ · 6 ދުވަސް ކުރިން
ރާއްޖެ މޭޔަރު ސައުދަށް ކުރާ ދައުވާގެ ޝަރީއަތަށް އޭނާ ހާޒިރު ނުވުމުން އަޑުއެހުން ކެންސަލްކޮށްފި ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދި މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމަށް އޭނާ ހާޒިރު ނުވުމުން އަޑުއެހުން ކެންސަލްކޮށްފި އެވެ. ސައުދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގަ އެވެ. އެ މައްސަލާގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުމަށް ސައުދު ހާޒިރު ނުވުމުން އެ އަޑުއެހުން ކެންސަލް […] ހުސައިން ހަބީބް · 6 ދުވަސް ކުރިން
ރާއްޖެ މަސްވެރިކަން ފުޅާކުރަން 11،400 ޓަނުގެ ސްޓޯރޭޖާއި އައިސްޕްލާންޓްތައް، ދަނޑުވެރިކަމުން ހަމައަގު ހޯދައިދޭން ތަކެތި އެތެރެކުރުން ކޮންޓްރޯލް ކުރަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަމާއި ރައްޔިތުންގެ ފުދުންތެރިކަން ކަށަވަރުކުރުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމަކީ އެންމެ ޔުމްނާ ޢަލީ · 6 ދުވަސް ކުރިން
ޚަބަރު ރަފާހު ހުޅުވައިދޭން އެދި އާދޭސްކުރަނީ، ފަރުވާއަށް އިންތިޒާރުކުރި އެތައް ބަޔަކު ޝަހީދުވެއްޖެ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި، ބޭރުން ފަރުވާ ހޯދަންޖެހިފައިވާ ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރަފާހު ބޯޑަރު ހުޅުވައިދިނުމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އަނެއްކާވެސް ގޮވާލައިފިއެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި ފަރުވާއަށް ފުރުމުގެ ހުއްދައަށް އިންތިޒާރު ކުރަމުންދަނިކޮށް، ބޯޑަރު ބަންދުވެފައި އޮތުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާއިން ބޭރު ނާޒިމާ އަލީ · 6 ދުވަސް ކުރިން · 4 މިނިޓު